ރިޕޯޓް / ސުޕްރީމް ކޯޓް

ދަ ލާސްޓް ސީން: އެންމެ ފަހުން އެކުގައި އުޅޭ މީހަކީ ގާތިލް!

މަރުވި މީހާއާ އެކު އެންމެ ފަހުން އުޅެނިކޮށް ފެނިފައިވާ މީހަކީ އޭނާގެ ގާތިލު ކަމަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ވަނީ ބަލައިގެންފައި

ކްރައިމް ސީނެއްގައި ފުލުހުން ހެކި ހޯދަނީ: މަރުވި މީހާއާ އެކު އެންމެ ފަހުން އުޅެނިކޮށް ފެންނަ މީހަކީ ގާތިލު ކަމަށް ބެލުމުގެ އުސޫލު ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ވަނީ ބަލައިގެންފައި -- ފޮޓޯ/މިހާރު

މަރިޔަމް ޝީރީނާއި އޭނާގެ ލޯބިވެރިޔާ މުހައްމަދު ނަޖާހު އެ ދެ މީހުން އެކުގައި އުޅުނު ކޮޓަރި އަށް ވަން ވަގުތަކީ ޝީރީން ދިރިހުއްޓާ އެންމެ ފަހުން ފެނުނު ވަގުތެވެ. އޭގެފަހުން ވީތަނެއް ނޭނގިގެން ގެއްލިގެން ހޯދަމުން ދަނިކޮށް ޝީރީންގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ އޭގެ ތިން ދުވަސް ފަހުން މާ ދުރުގައި ހުރި ހަދަމުންދިޔަ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރެއިންނެވެ. އެއީ މީގެ 12 އަހަރު ކުރިން މުޅި ރާއްޖެ ސިއްސުވާލި ބޮޑު މަރެވެ.

ނަޖާހަކީ ޝީރީންގެ ގާތިލު ކަމަށް ބެލެވޭނެ އެތައް ހެއްކެއް ހުއްޓެވެ. އާންމު މީހެއްގެ ވިސްނުމުން ނަޖާހާ ދެކޮޅަށް ހެކި ހުއްޓަސް، ގާނޫނީ ގޮތުން އޮތް "ބަލި ފަޔަކީ" މަންޒަރު ފެނުނު އެއްވެސް މީހަކު ނެތުމެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ ބަންދު ކޮޓަރިއެއްގެ ތެރޭގަ އެވެ. މަރާލި ގޮތެއް ނުވަތަ އެކަމަށް ބޭނުންކުރި ހަތިޔާރެއް ނުފެނެ އެވެ. ހަށިގަނޑު ފެނުނުއިރު ކުނިވެފައި އޮތުމުން އޭނާ މަރުވުމަށް މެދުވެރިވި ސަބަބެއް ނުހޯދެ އެވެ.

ގުޅުވާލެވޭ ގަރީނާތަކަށް އެކަނި ބިނާކޮށްގެން ރާއްޖޭގައި ދައުވާކުރި މަރުގެ ފުރަތަމަ މައްސަލަ އޭގެ 12 އަހަރު ފަހުން ސުޕްރީމް ކޯޓުން ދާދިފަހުން ނިމިގެން ދިޔައީ މަރުގެ މައްސަލަތައް ސާބިތު ކުރުމުގައި އާ އުސޫލެއް ގާއިމް ކުރުމަށްފަހު އެވެ.

ދަ ލާސްޓް ސީން ތިއަރީ

ދަށު ކޯޓުން މިނިވަންވި ނަޖާހުގެ މައްޗަށް ހައި ކޯޓުން އިއްވި 12 އަހަރުގެ ޖަލު ހުކުމް ދާދިފަހުން ސުޕްރީމް ކޯޓުން ދެމެހެއްޓީ "ދަ ލާސްޓް ސީން ތިއަރީ" ބޭނުން ކުރުމަށް ފަހު އެވެ. އެއީ މަރުވި މީހާއާ އެކު އެންމެ ފަހުން އުޅެނިކޮށް ފެނުނު މީހާއަކީ ގާތިލު ކަމަށް ބެލުމުގެ އުސޫލެވެ.

"އެހެން މީހަކު އޭނާ މަރާލުމަށް ފުރުސަތު ލިބޭނެ ކަމަށް ބުއްދި އަށް ގަބޫލު ނުކުރެވޭނެ ވަގުތުގެ ތެރޭގައި މަރުވި މީހާއާ އެކު ހުރި މުއްތަހަމަކީ އެ ކުށްކުރި މީހާ"

މި ތިއަރީ ބޭނުން ކުރަނީ އެ މީހާ މަރާލަން އެހެން މީހަކަށް ފުރުސަތު ނުލިބޭނެހާ ވަގުތުގެ ތެރޭގައި އޭނާއާ އެކު އެންމެ ފަހުން އުޅުނު މީހާއަކީ އޭނާގެ ގާތިލު ކަމަށް ބެލުމަށެވެ. މިއީ މަރާލި މަންޒަރު ފެނުނު އެއްވެސް ހެއްކަކު ނުހުންނަ މައްސަލަތަކުގައި ބޭނުންކުރާ އުސޫލެކެވެ.

"މަރުވި މީހާ މަރުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ނުވަތަ މަރުވި ވަގުތު ނުވަތަ މަރުވި ފަހުން، މުއްތަހަމް ފިޔަވައި އެހެން މީހަކު އޭނާ މަރާލުމަށް ފުރުސަތު ލިބޭނެ ކަމަށް ބުއްދި އަށް ގަބޫލު ނުކުރެވޭނެ ވަގުތުގެ ތެރޭގައި މަރުވި މީހާއާ އެކު ހުރި މުއްތަހަމަކީ އެ ކުށްކުރި މީހާ،" މި ތިއަރީ ބުނެދެމުން ސުޕްރީމް ކޯޓުގެ ހުކުމުގައި ބުނެފައިވެ އެވެ.

ޝީރީނާއި އޭނާގެ ލޯބިިވެރިޔާ ނަޖާހު: ނަޖާހުގެ ޖަލު ހުކުމް ދެމެހެއްޓީ ލާސްޓް ސީން ތިއަރީގެ ދަށުން

މިސާލަކަށް ފަޅު ގެއެއްގެ ތެރޭގައި މީހަކު މަރާލާފައި އޮންނަ ހާލަތުގައި، އޭނާ މަރާލިތަން އެހެން ބަޔަކަށް ނުފެނިދާނެ އެވެ. އެކަމަކު އެ ދުވަހު އޭނާ އާއި އިތުރު މީހަކު އެތަނަށް ވަންނަނިކޮށް އެހެން ބަޔަކަށް ފެނިފައި އަދި އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާގެ މަރާލާފައި އޮއްވާ އެތަނުން ފެނިއްޖެ ނަމަ، އޭނާގެ ގާތިލަކީ އޭނާއާ އެކު އެތަނަށް ވަން މީހާ ކަމަށް އެހެން ގޮތަކަށް ސާބިތުނުވާހާ ހިނދަކު މި ތިއަރީގެ ދަށުން ބެލެވޭނެ އެވެ.

މަރުވި މީހާއާ އެކު ހުރި މުއްތަހަމު އެ މަރު ހިނގި ގޮތާ މެދު ބުއްދި ގަބޫލުކުރާ ސާފު ޖަވާބެއް ނުދެވޭ ނަމަ، އެގޮތުން ކުރެވޭ އިފްތިރާޟް އިތުރަށް ވަރުގަދަ ވެގެން އަންނާނެ-- ފަނޑިޔާރު ހުސްނުއްސުއޫދު

ކުށެއް ނެތް މީހަކަށް އަދަބު ދެވިދާނެތަ؟

މި ތިއަރީގެ ސަބަބުން ކުށެއް ނެތް ބަޔަކު ބެދުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން މިފަދަ ހާލަތްތަކުގައި، އޭގެ އިދިކޮޅު ހެކި ދެއްކުމުގެ ފުރުސަތު އޮވެ އެވެ. ޒިންމާ އޮންނާނީ ތުހުމަތު ކުރެވޭ މީހަކަށެވެ. އެކަން އޭނާއަށް ކުރެވިއްޖެ ނަމަ، ސަލާމަތް ވެވިދާނެ އެވެ. އެކަމަކު ބުއްދި ގަބޫލުކުރެވޭ ފަދަ ވަރުގަދަ ސަބަބެއް ނުދެއްކޭ ނަމަ، އެއީ އޭނާއާ ދެކޮޅަށް ބޭނުން ކުރެވޭނެ ވަރުގަދަ ހެއްކެކެވެ.

"މަރުވި މީހާއާ އެކު ހުރި މުއްތަހަމު އެ މަރު ހިނގި ގޮތާ މެދު ބުއްދި ގަބޫލުކުރާ ސާފު ޖަވާބެއް ނުދެވޭ ނަމަ، އެގޮތުން ކުރެވޭ އިފްތިރާޟް އިތުރަށް ވަރުގަދަ ވެގެން އަންނާނެ،" ފަނޑިޔާރު ހުސްނުއްސުއޫދު ލިޔުއްވައި، އަދި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި އެ ހުކުމުގައިވެ އެވެ.

މި ތިއަރީ އެހެން ބައެއް ގައުމުތަކުގައި ވެސް ބޭނުންކުރެ އެވެ. މި ތިއަރީގެ ގަބޫލުކުރުން (ޕްރިޒަމްޝަން) އަނބުރާލަން ހެކި ދެއްކޭނީ މިސާލަކަށް ތިން ވަނަ މީހަކު އެ ދެމެދަށް އައިކަން ނުވަތަ އެކަމަށް ވަގުތު އޮތްކަން ސާބިތުކޮށް ދީގެން ނުވަތަ އެތަނުގައި އޭނާ އެ ވަގުތު ނުހުންނާނެ ކަން ސާބިތުކޮށް ދީގެންނެވެ.

"ދެ މީހުން އެކީގައި އުޅެނިކޮށް ފެނުނު ވަގުތާއި އޭނާ މަރުވެފައި އޮއްވާ ފެނުނު ވަގުތާ ދެމެދު ވަރަށް ގިނައިރުތަކެއް ވެފައި ވެސް އޮވެދާނެ. އޭރުން މި ތިއަރީ ބޭނުން ކުރަން އުނދަގޫވާނެ. އެއީ ތިން ވަނަ މީހަކަށް އެކަން ކުރަން އެބައޮތް ފުރުސަތު ލިބިފައި." ވަކީލަކު ވިދާޅުވި އެވެ.

ފުރިހަމަ ހެކި ލިބުމަކީ ހިޔާލީ ކަމެއް

ކުށްކުރާ ވައްޓަފާޅި ބަދަލުވެއްޖެ އެވެ. ރޯމާ ދުވާލު މަގުމަތީގައި މީހުން މެރި ޒަމާން ފާއިތުވެ، މިހާރު އެކަން ކުރަނީ ފާރަލައިގެން ވަރަށް ސިއްރިއްޔާތުގަ އެވެ. ފަހަތަށް ހެކީގެ އެއްވެސް މިންވަރެއް ދޫނުވާނެ މިންވަރަށް ތައްޔާރުވެގެންނެވެ. ޝީރީންގެ މަރުގެ މައްސަލަ އޭގެ ހެއްކަކަށް ފުދެ އެވެ.

ހެކި ހޯދުމުގައި ފުލުހުންގެ ޓީމެއް ހަރަކާތްތެރިވަނީ -- ފޮޓޯ/ޕޮލިސް

ބަދަލުނުވެ އޮތީ އުސޫލުތަކެވެ. މިހާތަނަށް ރާއްޖޭގައި ކުށަށް އިއުތިރާފް ނުވާ ނަމަ މަރުގެ މައްސަލަތައް ސާބިތު ކުރަމުން އައީ މަންޒަރު ފެނުނު މީހުންގެ ބަހަށް ބިނާކޮށެވެ. ފޮރެންސިކް ހެކި އެކަނި ހުރުމަކުން ނުފުދެ އެވެ.

މި މައްސަލާގައި މި ވިސްނުން ސުޕްރީމް ކޯޓުން އެއްފަރާތް ކޮށްލީ "ފުރިހަމަ ހެކި ލިބޭނެ ކަމަށް ބުނާ ބުނުމަކީ ދޫދޫ މަތިން އައިސްފައިވާ ޚިޔާލީ ވާހަކައެއް" ކަމަށް ސިފަ ކުރަމުންނެވެ. އަދި މަންޒަރު ފެނުނު މީހަކު ނެތަސް، ގަރީނާތަކުން އެކަނި ވެސް ކުށް ސާބިތު ކުރެވޭނެ ކަމަށް ހުކުމުގައި ކަނޑައަޅާފައިވެ އެވެ.

"ކުށްކުރި ތަން ލޮލަށް ފެނުނު ހެކިން ނެތް ނަމަވެސް ލިބިފައިވާ ގަރީނާތައް ގުޅުވާލުމުން މުއްތަހަމު އެ ކުށްކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެ ގަރީނާތަކުން ދޭހަ ކުރެވޭ ނަމަ، އެ މިންވަރުން ކުށް ސާބިތު ކުރުމަށް ފުދިދެ އެވެ." ހުކުމުގައިވެ އެވެ.

"ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެން ނުވާނެ އެވެ. މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅިން އެއްކީލި ވާން ޖެހޭނެ."

އެހެން ނަމަވެސް ގަރީނާތަކަށް އެކަނި ބަލައިގެން މަރުގެ ކުށެއް ސާބިތު ކުރުމުގައި ހަރުކަށި އުސޫލުތަކެއް އެ ހުކުމުގައި ކަނޑައަޅާފައިވެ އެވެ. އެއީ ގުޅުވާލެވޭ ގަރީނާ އެކަނި ބޭނުން ކުރާ ނަމަ، ހުރިހާ ގަރީނާތައް ތުހުމަތުވާ މީހާއާ ދެކޮޅަށް ހުރުމެވެ. އަދި އޭނާގެ މައުސޫމް ކަމާ ދިމާލަށް މިސްރާބު ހުރި ގަރީނާއެއް ކިރިޔާ ވެސް ހުރި ނަމަ، ކުށް ސާބިތު ނުކުރުމެވެ. ހުކުމުގައިވާ ގޮތުން އެއީ އިސްލާމީ ބޮޑެތި އިލްމުވެރިންގެ ރައުޔު ވެސް މެ އެވެ.

"ހެކީގެ ޗޭނުގައި ނުގުޅޭ ބޮޅެއް އޮވެގެން ނުވާނެ އެވެ. މައިގަނޑު ވާގިއާގެ ވަށައިގެންވާ އެންމެހައި ހާލަތުތައް މުއްތަހަމު ކުށްކޮށްފައިވާ ކަމުގެ ނަޒަރިއްޔާއާ މުޅިން އެއްކީލި ވާން ޖެހޭނެ،" ހުކުމުގައިވެ އެވެ.

ގަރީނާތަކުގެ މިސްރާބު ކިރިޔާ ވެސް އޭނާގެ މައުސޫމް ދިމާލަށް ގެންދެވޭ ނަމަ، ހުކުމުގައިވާ ގޮތުން ކުށް ސާބިތެއް ނުކުރެވޭނެ އެވެ. ހުކުމުގައިވާ ގޮތުން އެއީ އިސްލާމީ ބޮޑެތި އިލްމުވެރިންގެ ރައުޔު ވެސް މެ އެވެ. އެއީ އާންމު އުސޫލުން ހެކިބަހަށް ވުރެ ދަރަޖައިގެ ގޮތުން ގަރީނާ ދަށް ވާތީ އެވެ.

"ދެ ގޮތެއް ދޭހަކުރެވޭ ނަމަ ފަނޑިޔާރު ބުރަވާން މުއްތަހަމުގެ ފަރާތަށެވެ. ގަރީނާއިން ކުށް ސާބިތުވާ ކަމަށް ނިންމާ ނަމަ، މައްސަލާގެ ވަށައިގެންވާ ހާލަތުތަކުގެ ޖުމްލަ ނަތީޖާ ވާންޖެހޭނީ ހަމައެކަނި މުއްތަހަމު ކުށް ކޮށްފައިވާ ކަން ދޭހަވުން ކަމަށެވެ،" ހުކުމުގައި ބުނެފައިވެ އެވެ.

ހެކި ނުލިބޭ ގޮތަށް ސިއްރުވެރި ގޮތުގައި ހިނގާ މަރުތައް ރާއްޖޭގައި އާންމުވަމުން ދާއިރު، ސުޕްރީމް ކޯޓުގެ ނިންމުމަކީ މިފަދަ މައްސަލަތަކަށް ކަނޑައެޅިގެންދިޔަ މުހިންމު އުސޫލެކެވެ. އެއީ މަރުގެ މައްސަލަތަކުގައި ކުށްވެރިން ދޫވުން ހުއްޓުވަން އެޅޭނެ ފިޔަވަޅެއް ކަމަށް ބެލެވެ އެވެ.

14 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 78%
icon sad icon sad 0%
icon angry icon angry 11%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިކިލީކުސް

30 March 2022

ޑިމޮކްރަސީގައި ރައްޔިތުންގެ ނިންމުންތަކަށް ގާޟީންވެސް ޖެހޭނީ ބޯލަނބަން. އަހަރެމެން ވޯޓުދީގެން އިންތިޚާބުކުރި މެމްބަރުން ހަދާފައިވާ ޤާނޫނުއަސާސީއަށް ރިއާޔަތްކޮށް ގަރީނާއަށް އެކަނިވެސް ހުކުމް ކުރެވިދާނެ. ސުޕްރީމްކޯޓަކީ ކޮބައިކަންވެސް އެޤާނޫނުއަސާސީގައި ވަނީބުނެދީފަ. ވީމާހިތަށް އެރިހާ ކޮމެންޓެއް ކުރުމުގެ ބަދަލުގަ ބިނާކުރަނިވި ވާހަކަ ދައްކާ! ރައްޔިތުން ވަނީ ހުކުމް ކުރެވޭނެ ގޮތްތަކާއި ހުކުމް ނުކުރެވޭނެ ގޮތްތައް ކަނޑައަޅާ ނިންމާ ތަސްދީގުކޮށްފަ!

The name is already taken The name is available. Register?

އުސްމާން ހަލީފާ

30 March 2022

މި ގައުމުގާ އުޅޭ މީހުންނައް މާބޮޑައް ދީން އެގެނީ. އަރަބިންނައް ވުރެ މާ މޮޅައް އަރަބި ތަރުޖަމާ ކޮއް، ބަހުގެ އަސްލު މާނަ އަތުރާލާގޮތް ހާދަހާއޭ މޮޅީ. ރޯނު އެދުރު ދިވެހިން ހައްތަހާވެސް! މިސާލަކައް، އެއީ ދިވެހި ދޮންބަންޑަރައިން ގެ ވާހަކަ ސައުތު ކޮރެއާ މީހުން އައިސް މާނަ ކޮއްގެން ދިވެހިންނައް ވުރެ މޮޅައް އެވާހަކަ މާނަކޮއް ވީގޮތް ކިޔާދިނުން ކަހަލަ ކަމެއް!!

The name is already taken The name is available. Register?

ބަކުންބޭ

30 March 2022

2 މިހަކު ތިބި ތަނެއްގައި މިއަޅާ ހުރެ އަނެއް މީހާގެ މަރުގެ ހާލަތު މެދުވެރި ނުކުރެއްވުން އެދި ދުއާކުރަމަވެ. ނޫނީ މިއަޅާ މިތިއަރީ ގެ ދަށުން ގާތިލަކަށް ވެދާނެއެވެ.

The name is already taken The name is available. Register?

އަލީ2

30 March 2022

ތިނިންމުމަށް މަރުޙަބާސްޕްރީމްކޯޓް، މިސާލަކަށް ކުޑަކުއްޖަކު(ބާލިޣުވިޔަސް ނޫނީ ތުއްތުކުއްޖަކަށްވިޔަސް) ރޭޕް ކުރިތަން ނުފެނިދާނެ.އެކަމަކު އެ އަންހެން ކުއްޖާގެ ޖިންސީ ގުނަވަނުން ފިރިހެން މީހާގެ ސްޕާމް ފެނުން،މީ ވަރަށް ރީތިމިސާލެއް. މިޙާލަތުގައި ޤަރީނާ މާ ވަރުގަދަވޭ އެބަ ހެއްކަކަށްވުރެ.ހެކިވާ މީހާއަށް ދޮގުހެދުމުގެ ފުރުޞަތުވެސް އޮންނާނެ.އެކަމު ފިރިހެންމީހާގެ ސްޕާމް އަންހެން ކުއްޖާގެ ގައިން ފެންނަންޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެތާ އެކަންނުކުރަންޏާ.

The name is already taken The name is available. Register?

ވިކިލީކުސް

30 March 2022

އަލީ2 ބުނަންތަ ވާހަކައެއް.. ކަލެއަކީ ލެބްގައި މަސައްކަތްކުރާ މީހެއްނަމަ ކަލެޔަށް އެނގުނީސްކަންނޭނގެ ފައިސާގެ ދަޅައަށް ސާމްޕަލް ތަކުގެނަތީޖާ ދުނިޔޭގެ ލެބްތަކުގައު ބަދަލުކޮށްފަހުރި ގޮތްތައް. އެހެންވީމަ ފޮރިންސިކް ހެކި ޒިނޭ ސާބިތުކުރުމަށް ކަމަކުނުދޭ.

The name is already taken The name is available. Register?

ގަބުޅި ކަތީބު

30 March 2022

ކުއްވެރިން ޒަމާނަށް ފެތުން އިރު ހުކުން ކުރަން މިތިބީ އަދުވެސް އެވޭލާ ޒަމާނުގެ މުރަނގަގަސްދަށު މާލިމީން ވީމަ ވާނީ މިހެން.. ފަޑިޔާރުގެ ސާފުކޮށް ޒަމާނަށް ފެތޭ މީހުން ލާގެން ނޫނީ މިކަމެއް ވާކަށް ނެތް

The name is already taken The name is available. Register?

ޒައިކް

30 March 2022

އިސްލާމީ ޝަރީއަތާ ފުށު އަރާ ތިއަރީއެއް.. ހައްދު ނުވަތަ ޤިސާސްގެ މައްސަލަތައް ހުޅަނގުގެ މީހުންގެ ތިއަރީތަކުން ސާބިތުކުރުމަށް ސުޢޫދުމެން އުޅުމަކީ ދެރަ ކަންކަން.. ސާބިތު ކުރެވޭނެ ގޮތްތައް ދީނުގަ އޮވޭ ކަނޑައަޅުއްވާފަ.. އެއަށް ކަންކަން އިތުރުކޮށް ނުހެދޭނެ..

The name is already taken The name is available. Register?

ލޮލްލޮލްލޮލް

30 March 2022

ނޭގޭ ވާހަކަ ދީނޭ ކިޔައިގެން ނުދައްކާ ހުރުން ބުއްދިވެރި

The name is already taken The name is available. Register?

ދީނޭ ކިޔާނީ ދީން އެނގިގެން

30 March 2022

މި ތިއަރީން މަރު ސާބިތުކުރި އިރު ގާތިލަށް މަރުގެ ހުކުމް ނީއްވި ސަބަބާ މެދު ވިސްނާލަން އެނގުނު ނަމަވެސް ތިޔަ ކޮމެންޓް ކުރަން ނުޖެހުނީސް. އެ ކުރީ ހައްދުގެ ހުކުމެއް ނޫން. ތައުޒީރީ ހުކުމެއް. ކޮންމެ ކަމެއް ދީނާ މަތިކޮށްފަ ލާދީނީ ގޮވަން ފޯރި ހުންނަ ބައެއް މިއީ

The name is already taken The name is available. Register?

ޝޫޓިން ސްޓާރ އަކީ ޖިންނި އެއް ގައިގާ ޖެހޭ އެއްޗެއް!

30 March 2022

ފުށު އަރާ ދެއްތޯ؟ ދެން ކިހިނެތް ހަދާނީ! އެނގިހުރެ ގޯސް އެ ހަދަނީ!!!

The name is already taken The name is available. Register?

ޙަސަން އަޙްމަދު

30 March 2022

ޝަރީޢަތަކީ ކަލޭކަހަލަ ގަމާރުން ލުއިފޮތެއް ކިޔާލައިގެން ހުރިހާ އުސޫލެއް އެނގެން އޮންނަ ކަހަލަ ތިލަ އެއްޗެއް ނަމަ ހަތަރު ފަސް އަހަރުގެ ބޮޑެތި ޑިގުރީތަށް ކިޔަވައި އޭގެމައްޗަށް ތީސީސް ލިޔެ މާސްޓާޒްއާ ޕީއެޗްޑީ ހަދަންޖެހޭ ވަރު ކަމަކަށް ނުވީސް. އަދި ޢިލްމުވެރިން ބޮޑެތި އިޖްތިހާދުތައްކޮށް ދިރާސާތައް ހަދައި ޖިލްދުޖިލްދަށް ފޮތްލިޔަން ޖެހޭވަރުކަމަކަށް ވެސް ނުވީސް. ކަލޭ ކަހަލަ ދެތިން ރޯނުއެދުރަކު ތުނި ފޮޅިއެއް ކިޔާލަނިކޮށް ނިމުނީ.

The name is already taken The name is available. Register?

އިބުރޭ އިއްސެ

30 March 2022

ހަމަ ހަބަރެއް ފެންނަ އިރަށް އިސްލާމީ ޝަރީއަތޭ ކިޔައިގެން ކޮމެންޓް ކުރުމުގެ ކުރިން މައްސަލާގައި ހިމެނޭ އެންމެހާ ވާގިއާތައް ބަލައިގެން ކޮމެންޓްކުރުން ރަނގަޅު. ހި ލިޔުމުގައި ބަޔާންކުރާ މައްސަލައިގައި އިއްވާފައިވާ ހުކުމަކީ އިސްލާމް ދީނުގައި ހައްދު ކަނޑައެޅިފައިވާ ހައްދެއް ނޫން. ހުކުމުގައި ކޮށްފައިވާ ތައުޒީރީ އަދަބެއް. ސަބަބުވެރި އިންސާނަކަށް ގަބޫލުކުރެވޭ ފުރިހަމަ ގަރީނާއަކީ ތައުޒީރީ އަދަބު ކަނޑައެޅުމުގައި ބޭނުންހިފޭނެ އެއްޗެއް

The name is already taken The name is available. Register?

ވަހީދު

30 March 2022

އޭލިއަން އާ ބެހޭ މައުލޫމާތު އިންސާނުންނަށް ހޯދިފައި ނުވާއިރު، ޝޫޓިންގް ސްޓަރއޭ ކިޔަން އެނގިއްޖެ. އެހެނަސް ތަރިއަކީ ކޮޅުކޮޅަށް ދުވެހަދާއެއެއްޗެއްނޫންކަން ނުދަންނަނީބާ؟

The name is already taken The name is available. Register?

Roanu bondi

30 March 2022

liyun nuves kiyaa thiya komment kuranee, nudhanna kankamuge vaahaka nudhekkun rangalhuvaaneee.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454