ޚަބަރު / އެޗްޑީސީ

ޓާޓާ ފްލެޓުގެ ލޯނަށް މިހާތަނަށް ހުށަހެޅީ ތިން މީހެއް: އެޗްޑީސީ

ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކުރަމުންދާ ފްލެޓް: މި ތަނުން ފްލެޓް ލިބުނު މީހުންނަށް ދިން މުއްދަތު ހަމަވާނީ އަންނަ މަހުގެ 26ގައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރީގެ އަރަބިއްޔާ އަދި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ލޯނު ހޯދުމަށް މިހާތަނަށް ހުށަހެޅީ އެންމެ ތިން މީހަކު ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

މަޖީދީމަގުގައި ހުންނަ "މާލޭ ސްކުއާ" އަދި އަމީނީމަގުގައި ހުންނަ "މާލޭ ގްރޭންޑް"ގައި ހަދާފައިވާ ފްލެޓްތައް ލިބުނު މީހުން އަންނަ މަހުގެ 26 ގެ ކުރިން އެޗްޑީސީ އަށް ފައިސާ ދެއްކޭނެ ގޮތެއް ހަމަޖައްސަން ޖެހެ އެވެ. އެގޮތުން އެއް ފަހަރާ ދެ މިލިއަން ރުފިޔާ ނުވަތަ ބޭންކް މެދުވެރިކޮށް ލޯނު ހޯދައިގެން ވެސް އެ ފައިސާ ދައްކަން ޖެހެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ތެރެއިން ތިން މީހަކު ލޯނު ހޯދުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން އެކަކު ފްލެޓްގެ އަގު އެއްފަހަރާ ދައްކާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ފްލެޓްތައް ލިބުނު މީހުން އަންނަނީ އެމްއައިބީގެ އިތުރުން އެޗްޑީއެފްސީ އާއި ބީއެމްއެލް މެދުވެރިކޮށް ވެސް ލޯނު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޗްޑީއެފްސީ އަށް މިހާތަނަށް އެއްވެސް އެޕްލިކޭޝަނެއް ހުށަހަޅާފައިނުވާ ކަމަށް އެތަނުގެ އޮފިޝަލަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިހާތަނަށް އެޕްލިކޭޝަން ހުށަހަޅާފައި ނުވި ނަމަވެސް ދުވާލަކު 10 ވަރަކަށް މީހުން ލޯނާ ބެހޭ މައުލޫމާތު ސާފުކުރެ އެވެ.

"އަޅުގަނޑަށް ލަފާކުރެވެނީ ކުރިޔަށް އޮތް ހަފުތާގެ ތެރޭގައި އެޕްލިކޭޝަންތައް ލިބެން ފަށާނެ ކަމަށް. އެއީ ޖެނުއަރީ 26 އާ ހަމައަށް ފުރުސަތު އޮތީމަ،" އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގައި ހިންގާ ބޭންކުތަކުގެ ތެރެއިން ގެދޮރަށް ފައިނޭންސް ކޮށްދޭ އެންމެ ދަށް ރޭޓަކީ ނުވަ ޕަސެންޓް އިންޓަރެސްޓް ރޭޓެވެ. އޭގެ ތެރެއިން އެމްއައިބީން ޑައުންޕޭމަންޓަށް 20 ޕަސެންޓް ދެއްކުމުން އަހަރަކު ނުވަ ޕަސެންޓް ޕްރޮފިޓްގައި 20 އަހަރަށް ބަހާލައިގެން ދެއްކޭ ގޮތަށް ފައިނޭންސް ކޮށްދެ އެވެ. މިގޮތަށް އެ ބޭންކުން ފައިނޭންސް ކޮށްދެނީ ތިން މިލިއަނަށް ވުރެ އަގު ކުޑަ ތަންތަނަށެވެ.

އެމްއައިބީގެ ރޭޓްތައް ދައްކާ ގޮތުން ޓާޓާ ފްލެޓަކަށް 20 އަހަރުގެ ތެރޭގައި 3،454.939ރ. ދައްކަން ޖެހެ އެވެ. އެ އަދަދު ދައްކަން ޖެހެނީ ދެ މިލިއަން ރުފިޔާ ފްލެޓަކަށް މަހަކު 14،395.58ރ. ދައްކާ ނަމަ އެވެ. އެހެން ބޭންކުތަކާއި ފައިނޭންސް ކޮށްދޭ ތަންތަނުން 20 ޕަަސެންޓް ޑައުންޕޭމަންޓް ދެއްކި ނަމަވެސް އިންޓަރެސްޓްގެ ގޮތުގައި މަދުވެގެން 10 ޕަސެންޓް އިންޓަރެސްޓްގެ ގޮތުގައި ޗާޖްކުރެ އެވެ.

އެޗްޑީސީން މި މަހުގެ ކުރީކޮޅު އަންގާފައި ވަނީ ލޯނުގެ ކަންކަން ހަމަޖެއްސި ކަމުގެ ލިޔުން އަންނަ މަހުގެ 26ގެ ކުރިން ހުށަހެޅުމަށެވެ. އަދި ފްލެޓް ހަވާލުކުރާނީ ލޯނަށް ދައްކަން ޖެހޭ ޑައުންޕޭމަންޓް ހަލާސްކުރުމަށް ފަހު، އެޗްޑީސީ އާއި ލޯނު ދޭ ފަރާތް އަދި ފްލެޓްގެ ވެރިފަރާތާ ދެމެދު ކުރާ އެއްބަސްވުމަކަށް ފަހުގައި ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.

ދެ އިމާރާތުން ދޭ ފްލެޓެއްގެ އަގު އުޅެނީ ދެ މިލިއަން ރުފިޔާގަ އެވެ. ރާއްޖޭގެ ބޭންކްތަކާއި ގެދޮރަށް ލޯނު ދޫކުރާ އެހެން ފަރާތްތަކުން ޑައުންޕޭމަންޓްގެ ގޮތުގައި 20 ޕަސެންޓް ނަގަ އެވެ. އެހެންކަމުން ދެ އިމާރާތުން ފްލެޓް ލިބުނު މީހުން ޑައުންޕޭމަންޓްގެ ގޮތުގައި 400،000ރ. ދައްކަން ޖެހެ އެވެ. އަދި ޑައުންޕޭމަންޓް ކުޑަކޮށްދިނުމަށް އެކި މީސްމީހުން އަންނަނީ އެދެމުންނެވެ.

ކުރިން އަރަބިއްޔާ ހުރި ބިމުގައި 90 ފްލެޓް އަދި ގާކޮށީގައި 190 ފްލެޓް ތަރައްގީކޮށްފައިވެ އެވެ. އޭގެ އަގުގެ ގޮތުގައި ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ.

18 ކޮމެންޓް, 31 ރިއެކްޝަންސް

icon happy icon happy 3%
icon sad icon sad 13%
icon angry icon angry 84%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ައަތޮޅުދީބު

23 December 2016

ދިވެހިން ހާއްސަކޮށް މިޖީލަކީ ވަރަށް ނަސީބު ދެރަޖީލެށް!! އެއީ ދިވެހިންގެ ގިނަބަޔަކު ދާއިމީ ބޯހިޔާވަހިކަމުން މަހުރޫމުވެ ކުލީ އަޅުންނަށްވުން.މަރުވަންދެށް ވެސް މިތިބެން މިޖެހެނީ ކުލިދައްކާލަ ދައްކާލާ.މީގެ ހައްލަކީ ރާއްޖޭގެ އެންމެންނަށް ގޮތިދިނުން.ދިވެހި ރާއްޖޭގެ އުތުރާ ދެކުނުގަ ބިން އެބައޮތް.މިބިންތަށް ތަރައްގީ ކުރެވެނީ އެސަރަހައްދުގައިވާ ފަޅާ ފަޅުރަށްތަށް ބޭނުން ކޮށްގެން.

The name is already taken The name is available. Register?

މޫސާ އަބުދުﷲ

23 December 2016

އަދި ވާހަކައެއް ބުނަންބޭނުން ކޮންމެކަމެއްގާވެސް މިއޮންނަނީ އޮޅުވާލުން .. ގެދޮރު ނެތިގެން ވަންނާނެތަނެއްނެތިގެން ކަމަށްބުނެ ފޯމްތަށް ހުށަހަޅަނީ ފްލެޓްހަމަ ލިބޭއިރަށް ކުއްޔަށްދެނީ .. ނިކަންބައްލަވާ ހުޅުމާލޭ އެއްކޮޅުން އަނެއްކޮޅަށް މުޅީންހެން ކުއްޔަށް އުޅޭމީހުން ކޮބާވެރިފަރާތް ވަންނާނެތަނެއްނެތިގެން ކަމަށްބުނެ ހެދަނީ ހުސްދޮގު ހުޅުމާލޭގެ %80 މީހުން ފުލެޓްތައް ކުއްޔަށްދީފަ .. ބަލަ މިވީކިހެނެއް ސަރުކާރުގެ ފައިސާއިން ވަކިބަޔަކަށް ވިޔަފާރި ކޮށްދެނީކީނޫންތަ .. މިއީކީ މައްސަލައެއްނޫން އަޅުގަޑުގެ ރައްޓެއްސަކު ހުޅުމާލޭން ލިބުނު ފްލެޓަށް ދައްކަން ޖެހެނީ މަހަކު 7000ރ އޭނާ ކުއްޔަށްދީގެން އުޅެނީ 15000ރ އަށް މިއީ ކޮންއުސޫލެއް މިއީ ކުރާބޮޑުވައްކަމެއް ތިޔަބުނާ ރަތްޔިތުންގެ ފައިސާއިން ހެދިތަންތަން މިއީވެސް އެކަމަކު މިއީ މަނާކަމެކޯލަ .. ކޮބާހެދި އެގްރީމެންޓް ހަދާނެއްނެތް މިވާހަކަ ދައްކާކަށްވެސް ބޭނުމެއްނުވޭ މިއީ އެންމެނަށް އެގޭ ބޮޑު ސިއްރެއް .. މިއީވެސް ހަމަ ޚިޔާނާތަކަށް ވާނީ .. ރަތްޔިތުންގެ ފައިސާއިން ވަކިބަޔަކަށް ނާޖާއިޒު ފައިދާހޯދައިދެނީއޭވެސް ބުނެވިދާނެ... އަޅުގަޑަށް ފެންނަނީ ފްލެޓްތައް ނީލަންކިޔާ އެންމެ ބޮޑުއަގެއް ހުށަހަޅާފަރާތަކަށް ވިއްކާލަން ..

The name is already taken The name is available. Register?

އައްޔަ

23 December 2016

ތިޔައީ ވަރަށް ބޮޑުތެދެއް ފްލެޓްތަކުގެ އެގްރީމެންޓާ އެއްގޮތަކަށް އަމަލެއް ނުކުރޭ އަދިމިކަން ބަލާނެ ބަޔަކުވެސް ނެތް މިއީހަމަ ރަތްޔިތުންގެ ފައިސާއިން ވަކިބަޔަކަށް ކޮށްދޭ ވިޔަފާރިއެއް..

The name is already taken The name is available. Register?

ވިސްނާ

22 December 2016

މީ މިސަރުކާރުން ހިނަގާ ވަރަށްބޮޑު އޮޅުވާލުމެއް. މީމަކަރު ހެދުން. ރައްޔިތުންނަށް އޮޅުވާލުން. ފެލާލުން. ހަބޭސް.

The name is already taken The name is available. Register?

އައްޔަ

22 December 2016

ތިޔަފްލެޓެއްގެ ކަންތަށް ހާދަބޮޑުވެއްދޯ ފްލެޓްގެ އަގުބޮޑުވީ ކީއްވެބާ އަގުބޮޑުކޮށް ފްލެޓް ވިއްކީމަ ސަރުކާރު ހިންގަން ތިބޭމީހުނަށް ފައިދާވަނީތަ؟ ހާދަ ތާކުންތާކުނުޖެހޭ ކޮސް އެބަގޮވަޔޭދޯ ބަލަގަ ފްލެޓް ގަންނަވަރަށް ލާރިނެތުން އެއީ މީހަކު ކުރިކަމެއްތަ ފައސާނެތިއްޔާ ދޫކޮށްލާ ... އެއްގޮތަކަށްވެސް އަގުކުޑަކުރާނެ ކަމެއްނެތް ...

The name is already taken The name is available. Register?

23 December 2016

ކަޓު ނެގުމުގެ ބައި މާ ބޮޑީ ތޯއްޗެ!

The name is already taken The name is available. Register?

ޢަލީ

23 December 2016

އަމިއްލަ ބޯހިޔާވަހިކަމެއް ނެތްބަޔަކު އުޅެންޖެހެނި ކުއްޔަށް އެއްތަނުން އަނެއްތަނައް އަބަދުވެސް ބަދަލުވެ ބަދަލުވެ، ގަނަ ތެޅެނި. ދެން އަތުގަކޮންލާރިއެއްތަ ހުންނާނި. ކޮމެއްޓެއްކޮއްލާއިރު ސިކުނޑިވެސް ބޭނުން ކޮއްބަލަ.

The name is already taken The name is available. Register?

އަހުމަދު / ހިތަދޫ

22 December 2016

ސަރުކާރުން ވަނީ، އިންޑިއާގެ ޓާޓާ ކުންފުނީގެ ހިއްސާ އޮންނަ އެޕެކްސް ރިއަލިޓީ އަށް 277 މިލިއަން ރުފިޔާ އެއްފަހަރާ ދައްކައިފަ އެވެ. ފުލެޓުތަކުފެ ޚަބަރު މިސައިޓުންގެންނަ ކޮންމެ ފަހަރަކު މަތީފައި އެވާ އިބާރާތުން ރައްޔަތުން އޮޅުވައިލާކަން ޔަގީން ކުރެވޭތީ ދަންނަވަން ބޭނުންވޭ.!!!! އާދެ.! ސަރުކާރާއި ދައުލަތް އެއްނުކުރާށެވެ. ސަރުކާރުގައި ބުހުންނާނެ އެއްވެސް ފައިސާއެއް ފައިސާއަކީ ދިވެހި ދައުލަތުގެ ރެވެނިޔު ކަމުން އެދައްކަނީ ރައްޔަތުން އެފައިސާ ތިޔަ ވިދާޅުވި ޓާޓާ ޖޮއިންޓު ވިންޗަރ ކުންފުންޏައް.. އާޚިރުގައި އެދެއްކުނީ ދިވެހި ރައްޔަތުންގެ ޓެކުސްފައިސާ ތިބޭފުޅާގެ ވެސް ފައިސާ.. އަބުދުއްލޯ ޔާމިނުގެ ބައިލާރި ފޮތްޗެއްވެސް މިއިން އެއްވެސް ދަރަންޏެއް ޚަލާސް ކުރުމަކައް ދައްކާފައެއްނެތެވެ. ވީމާ ތިބޭފުޅުންވެސް ކޮންމެވެސް ވަރަކައް ރައްޔަތުން ނައް ހަގީގަތް ހާމަ ކޮށްދިނުމަކީ ރަނގަޅު ނިއުސް ވެރިކަމަކީ.. ފުލެޓުތައް ކީއްވެތޯ އަގު ބޮޑުކުރަންޖެހުނީ އާދެ.! ފުލެޓުތައް އިމާރާތް ކުރި މީހުނައް ދެއްކީ ގަނޑުކޮށް ރައްޔަތުންގެ އަތުންނެގޭ ޓެކުސް ކަން ތިބޭފުޅާއައް އެނގި ނުލައްވަނީތޯ.! ބުވަތަ އެނގި ހުރެ ރައްޔަތުން އޮޅުވައި ލައްވަނީތޯ.؟؟؟

The name is already taken The name is available. Register?

މޫސާ އަބުދުﷲ

22 December 2016

ވަރުގަދަ ވާހަކައެއް ތިޔާދައްކަނީ .. ބަލަގަ ޓެކްސްފައިސާއިން ހިލޭފްލެޓް ދޭންވީތަ ޓެކްސްފައިސާއަކީ ހަމަ އެންމެންގެފައިސާ ވަކިބަޔަކަށް ފްލެޓް ދޭކަށްނުޖެހޭނެ ފްލެޓް ގަންނަވަރަށް ފައިސާ ނެތިއްޔާ ދޫކޮއްލީމަނިމުނީ މަވެސް ބޭނުން ތިންއަބީންވެސް ..

The name is already taken The name is available. Register?

ފިނިފިނި

22 December 2016

ޢިސްލާމިކް ބެންކް އިން %9 އިންޓްރެސްޓް ނަގާއިރު ގިނައިން ލޯނަށް ލާރި ދެއްކިޔަސްވާ ފައިދާއެއް ނެތް އެކަމަކު އެހެން ބެންކް ތަކުން ގިނައިން ދައްކައިފިނަމަ ދައްކަންޖެހޭ އިންޓްރެސްޓް ކުޑަވޭ... ހުރިހާ ބޭފުޅުންވެސް ލޯން ނަގާ ނަމަ ރަގަޅަށް މަޢުލޫމާތު އޮޅުންފިލުއްވާފަ ލޯނު ނަންގަވާ.

The name is already taken The name is available. Register?

ޕިއްޕަޅޭ

23 December 2016

ވާ ފައިދާ އިނގޭނެ އާޚިރަތްދުވަހުން. ތަފާތަކީ ރިބާގެ މުޢާމަލާތެއްގަ ބައިވެރިވާން ނުޖެހޭކަން.. ރިބާއަކީ ނުބައިކަން ބޮޑުވެގެންވާ ބޮޑު ފާފައެކެވެ.

The name is already taken The name is available. Register?

ބަލްވީ

22 December 2016

މި ފްލެޓް ތަކަކީ ވަކި ރަށެއްގެ ބަޔަކަށް އެޅި ފްލެޓް ތަކެއް ނޫން. މި ފްލެޓްތައް ލިބިފަ އެބަހުރި މާލޭގެ ރައްޔިތުންނަށްވެސް (އޭ، ބީ ކެޓަގަރީ) ރަދި ރަށްރަށުގެ ބޭފުޅުންނަށްވެސް (ސީ ކެޓަގަރީ). ބައެއް ބޭފުޅުނަށްނަށް މިކަން އޮޅިވަޑައިގެންފަ ވާކަމަށް ފެނޭ. ދެން ފްލެޓްތައް ދޫކުރަން ނިންމާފަ އޮތީ ވަކި އަގުތަކަކަށް. އެ އަގުތަކަކީ ދެ ސަރުކާރަކުން އިއުލާންކުރި އަގުތަކެއް. މިސަރުކާރަށް އައި އިރުވެސް ހަމަ އެ ޕްރޮގްރާމްގެ ދަށުން ހޮވިފަ ތިބި ރައްޔިތުނަށް ފްލެޓްތައް މި ދެނީ. އެހެންމީމަ މަހުން މަހަށް ދައްކަންޖެހޭ އަގާއި މުޅި ޖުމްލަ އަގު ބަދަލު ކުރުމަކީ އިންސާފެއް ނޫން. ފްލެޓް ގަންނާނެ ފެންވަރު ނެތްކަމަށް ބުނެވޭކަށް ނެތް. ގަންނަން ކުރިމަތިލީ ގަނެވޭނެ ތަންތަން. އެހެން ނަމަވެސް އޮޅުވާލުމެއްގެ ތެރެއިން އިމާރާތާއި ނުބައްދަލު އަގެއް އެއްފަހަރާ ދައްކަން އެންގުމަކީ ގަންނަން ތިބި ބެއްގެ މައްސަލައެއް ކަމަށް ދެކުމަކީ ހަމައިން ވިސްނާ ބޭފުޅަކު ކުރާނެ ކަމެއްނޫން. ދެން މާލޭއަކީވެސް ރާއްޖޭގެ ރަށެއް. މާލެޔަށް އުފަންވީ އެ ބޭފުޅަކު ބަނޑުގަ އޮވެ ފޯމެއް ފުރައިގެނެެއް ނޫން. އެހެން ކަމުން މާލޭގަ އުޅެވޭނީ މުއްސަނދިންނަށް އެ ކަންޏެއްނޫން. އެއީ ހެއްދެވިދާނެ ގޮތެއްހެނެއް ހިއެއްނުވޭ. އެހެން ކަމަަށް ވާނަމަ މި އުސޫލަށް އެހެން ރަށްތައްވެސް ފެތެން ޖެހޭނެ. ހަގީ ގަތަކީ މި ރާއްޖޭގަ ބޭ އިންސާފަށާއި އަމިއްލަ އެދުމަށް އެކަނި ވިސްނަވާ ވަރަށް ގިނަ ބޭފުޅުން އުޅުއްވާކަން. މިއީ ހިތާމައެއް. ގައުމަކަށް އުފާފާގަތިކަން އަންނާނީ އިންސާފުން ކަންކަން ހަމަ ހަމަ އުސޫލަކުން ކަންކަން ކޮށްގެން. މުއްސަނދިން އުޅެން މާލެ، ފަގީރުން އުޅެން ނޮޅިވަރަމް، އަދި މެދުފަންތީގެ މީހުންނަށް ލާމު ގަން، ހެއްދެވުމަކީ މި ގަރުނުގަ އެއްވެސް ބަޔަކު ތަރުހީބު ދޭނެ ކަމެއްނޫން. މި ގޮތަށް ވިސްނަވާ ބޭފުޅުން އެ ބޭފުޅުންގެ މުއްސަނދި ކަމާ އެކީގަ ހޮލީވުޑް ގެ މުއްސަނދީން އުޅުއްވާ ހިސާބަކުން ގެއެއް ހޯއްދަވައިގެން އަޅުގަޑުމެން އުފަން ރަށް، މާލެ، ދޫކުރައްވާ ވަޑައިގެންފިނަމަ އަޅުގަޑު މެންނަށް ލިބިފަ އޮތް ފްލެޓެއްގެ ވާހަކަ އާއި ބޭއިންސާފުން ކަންކުރާ ވާހަކަ ދެއްކީމަ އެކަމަށް ތާކުން ތާކު ނުޖެހޭ ކޮމެންޓް ކުރައްވާކަށް ޖެހިވާޑައެއް ނުގަންނަވާނެ.

The name is already taken The name is available. Register?

ދޫނި ރާއްޖެ

22 December 2016

ބަޔަކު އެޅި ފްލެޓް އިމާރާތެއްގައި އެހެންބަޔަކު ފައިދާ ނަގަނީ. މިވެސް އިންސާފް ދެއްތޯ؟

The name is already taken The name is available. Register?

އަންމު

22 December 2016

ގޮތްހުސްވީމަ ހުރިހާ ކަމެއްވެސް ކުރާނެ. ހަގީގަތަކީ މިއީ ރައްޔިތުންނަށް 9750 ރުފިޔާއަށް މަހު ކުލިދައްކާ 25 އަހަރުގެ ތެރޭ އެ ތަނުގެ އަގު ދެއްކޭ ގޮތަށް ނިމިފަ އޮތްކަމެއް. މި ފްލެޓްތަކަކީ އެ އިމާރާތްތައް ލިބުނު ބައެއްގެ މިލްކެއް އެ އަދަދުތައް ދެއްކޭނެ ކަމަށް ބުނާހާ ހިނދަކު. 5 އަހަރަށްފަހު މި އަދަދުތައް ބަދަލުކޮށްލީ ކުއްލިޔަކަށް. 5 އަހަރުން 2 މިލިޔަން ދައްކަން ބުނެ ބައެއްގެ އަތުން ފްލެޓްތައް އަތުލީ. ދެން 5 އަހަރުން 2 މިލިޔަން ދެއްކޭނެ ކަމުގެ ޕްލޭނެއް ހުށަހަޅަން ބުނުމުން އެކަންވެސް ރައްޔިތުން ކުރި. އެކަންވެސް އެންމެ ފަހުން ހަނދާން ނައްތާލީ. ސަބަބަކީ 5 އަހަރުން 2 މިލިޔަން ދައްކަންޖެހޭތީ އެއްފަހަރާ ގިނަ ފައިސާ ލިބޭނީ އެހެން ގޮތެއް ހަދައިގެން ކަމުން. ދެން މިއައީ ސިޓީއެއް. އެއްވެސް ވާހަކައެއް ނިއުސްކޮންފަރަންސެއް ބާއްވާލާ މައުލޫމާތު ދިނުން ކަހަލަ ކަމެއްވެސް ނުކުރެ. ދެން މިއައީ 2 މިލިޔަން އެއްފަހަރާ ދެއްކުމަށް. ކޮންމެ ގޮތަކުންވެސް ފްލެޓް ހަވާލު ކުރެވޭނީ 2 މިލިޔަން ދެއްކީމަ ކަމަށް ސިޓީގައޮތީ. އެހެން ކަމުން ކޮބާތޯ ރައްޔިތުންނަށް ސަރުކާރުން ކޮށްދިން ކަމަކީ؟ މިއީ ސޯޝަލް ހައުސިންގް ސްކީމެއް. މިއީ ރިއަލްއެސްޓޭޓް ވިޔަފާރިއެއް ނޫން. އެންމެ ފަހުން ފައިސާ ހޯދަން ލޯނު ލިބޭނެ ކަމަށް އެޗް.ޑީ.ސީ އިން ބުނި. މިކަންވެސް ވީ ނުކުރާ ކަމަކަށް. ބޭންކްތަކުން ބުނަނީ ހަމަ ކޮމާޝަލް ލޯންތައް ލިބޭނެކަމަށް. ވަކި ހާއްސަ ލޯނެއް ނެތްކަމަށް. އެހެން ވީމަ 20 ފަރސެންޓް ދައްކާފަ (4 ލައްކަ) 10% އިންޓަރަސްޓް ގަ ލޯނު ނެގިދާނެ ކަމަށް މަހުން މަހަށް ލިބޭ މުސާރަ ބެލުމަށް ފަހު. އެހެން ކަމުން މިއީވެސް ވާނެ ކަމެއް ކަމަކަށް ނުވި. ދެން އޮތީ ލޯނު ލިބުނު ކަމަށް ބެލުން އެ ފައިސާ ހޯދުނު ބަޔަކަށް. އެ ބަޔަކުވެސް މަހަލު 17000 ދައްކަން ޖެހޭނެ 20 އަހަރުވަންދެން. މިއީ 4 މިލިޔަން ރުފިޔާ. 2 މިލިޔަންގެ ފްލެތް 4 މިިލިޔަނަށް ބަދަލުވީ. އެންމެ ފުރަތަމަ މަހު ކުލި އެއީ ކެއްވާވަރުގެ ކުއްޔެއްނޫން. މި ޕްރޮގްރާމް ރޭފިގެން ހުޅުމާލޭގަ މިހާރު އުޅެމުން ދާ މީހުންނަށްވެސް ފްލެޓްތައް ދެވުނީ މަހަކު 25 ހާސް ލިބޭނަމަ 100 ޕޮއިންޓް ލިބިގެން. އެހެން ވީމަ 17000 މަތިކޮށް އަދި ބޭންކުގެ ފައިނޭންޝަލް ސްކްރީނުން ފާސްވެގެން ލޯނު ލިބޭނެގޮތެއް ނޯންނާނެ. މިވަރުގެ ލޯނު ހޯދެނެ ފެންވަރުގެ ރައްޔިތުންނަކަށް ނޫން ފްލެޓްތައް ދޭން ނިންމީ. އެހެން ކަމުން މިކަން ބަދަލު ކުރުމަކީ ވަރަށް ބޮޑު ބޭ އިންސާފެއް. 2 މިލިޔަނަކީ ބޮޑު އަދަދެއް. ފްލެޓްތައް ދައްކާލިއިރު ފެންވަރު ދަށް. ތަށިމުށި ތަކާއި ތަނުގެ ފިނިޝިންގް ހުރީ ހަމަ ދަށްފަންތީގެ ފެންވަރަށް. އަގު މި ނެގެނީ ފްރިމިއަމް ފްލެޓެއްގެ އަގު އެއީ 2 މިލިޔަން. ރެހެންދި ފްލެޓްވެސް ވިއްކީ 2 މިލިޔަނަށްކަން އަޅުގަޑުމެންނަށް ހަބަރުތަކުން ފެނޭ. ދެން މިވަރުގެ ފެންވަރުދަށް ފްލެޓްތަކެއް 2 މިލިޔަނަށް މި ވިއްކަނީ ކީއްވެގެންތޯވެސް ސުވާލު ކުރެވޭ. އަދި ހަގީގަތަކީ މިއެއްނޫން. ހަގީގަތަކީ ލޯނު ނަގައިގެން ގަންނަ ކަމަ 4 މިލިޔަން ދާކަން. މި ނިކަމެތި ރައްޔިތުންނަށް މިއަށްވުރެން ބޮޑު ހިތާަމައެއް އޮންނާނެތޯ؟

The name is already taken The name is available. Register?

އޮޅުވާލީދޯ

22 December 2016

ޓާާޓާ ފްލެޓަށް ލޯނަށް އެދި ހުށައެޅީ އެންމެ ތިން މީހުން ކަމުގައިވާނަމަ ރައީސް އޮފީހުގެ އިކޮނޮމިކް ކައުންސިލަށް އިނގޭނެ ނޫންތޯ މިނިސްޓަރުން ތެދު ބަހުން ވާހަކަ ނުދައްކާ ކަން ރައީސް ކައިރީގައި. މިނިސްޓަރުން ރިކޮމެންޑޭޝަން ދޭނީ 4 ލައްކަ ރުފިޔާ ޑައުން ޕޭމަންޓްގެ ގޮތުގައި ދެވޭނެ ކަމަށް. މި ރިކޮމެންޑޭޝަން އަށް ބޭސް ކޮށް މިގޮތަށް ކަންކަން ކުރަން ރައީސް އޮފީހުން ޑިިސިޝަން މޭކް ކޮށް ފައިވަނީ ޓާޓާ ފްލެޓްސް ތަކުގެ އަގަކީ 2 މިލިއަން ރުފިޔާ ކަމަށް. ކަން މިހެން ހުރުމުން ރައީސް އޮފީހުން ވިސްނަން ޖެހޭ އެއްޗަކީ މިނިސްޓަރު ކަމުން ވަކި ވުމުން މިނިސްޓަރު ޒިންމާ ވާން ޖެހޭ އެއްވެސް ކަމެއް ނޯވޭ ހުރިހާ ކަމެއްގައި ޒިންމާ ވާން ޖެހޭނީ ރައީސް ކަމަށް ވާތީވެ މިކަން ކަން އެބަޖެހޭ މިހާރަށް ވުރެން ގާތުން ރައީސް އޮފީހުން ބަލަން. ވަރަށް ބޮޑު އޮޅުވާލުމެއް މިއޮތީ ހައުސިންގް މިނިސްޓްރީން ޓާޓާ ފްލެޓްސް ތަކުގެ ކަންކަމުގައި އޮޅުވާލާފައި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454