ދެކުނު ކޮރެއާގައި އަންހެނަކު ކުޑަކުއްޖަކު އުރާލައިގެން: ދަރިން ބަލައިބޮޑުކުރުމުގެ ހަރަދު އެންމެ ބޮޑީ އެ ގައުމުގައި.
11 އެޕްރީލް 2022 - 07:21
ދަރިން ބަލައިބޮޑުކުރުމުގެ ހަރަދު އެންމެ ބޮޑީ ދެކުނު ކޮރެއާގައި ކަމަށް ފަހުގެ ދިރާސާއެއްގައި ބުނެފި އެވެ.
އެމެރިކާގައި ފައިނޭންޝިއަލް ސާވިސް ދޭ އަމިއްލަ ކުންފުންޏެއް ކަމަށްވާ ޖެފެރީސް އިން ކުރި އެ ދިރާސާ އަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައި ވަނީ ޗައިނާގެ ތިންކް ޓޭންކެއް ކަމަށްވާ "ޔުވާ ޕޮޕިއުލޭޝަން ރިސާޗް" އިންނެވެ.
އެ ދިރާސާގައި ބުނި ގޮތުގައި، ކުއްޖަކު ލިބި އެ ކުއްޖާ އަށް 18 އަހަރު ފުރެންދެން އެންމެ ބޮޑު ހަރަދެއް ކުރަން ޖެހެނީ ދެކުނު ކޮރެއާގައި ކަމަށެވެ. އެ ލިސްޓުގެ ދެވަނައިގައި އޮތީ ޗައިނާ އެވެ. އަދި ތިން ވަނައިގައި އިޓަލީ އޮތް އިރު، އެމެރިކާ އޮތީ ހަތް ވަނައިގަ އެވެ.
އެހެން ނަަމަވެސް، ޗައިނާ އަކީ ކުޑަކުދިންނަށް ބޭނުންވާ އެއްޗެހި އެންމެ އަގުބޮޑުކޮށް ލިބެން ހުންނަ ގައުމުކަށް އެ ދިރާސާގައި ބުންޏެވެ.
ޗައިނާގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ކުދިންނަށް ތައުލީމު ދިނުމަށާއި ސިއްހީ ފަރުވާ ދިނުމަށެވެ. ވަރަށް ފަހަކާ ޖެހެންދެން ޗައިނާގައި ޕްރީސްކޫލްގެ ހިދުމަތް ވެސް ދިނީ ހުސް އަމިއްލަ ފަރާތްތަކުންނެވެ.
އެ ގައުމުގައި ކުއްޖަކު ބަލައިބޮޑުކުރުމަށް 75،000 ޑޮލަރު ހޭދާވާ ކަމަށާއި އަދި އެ ކުދިން ޔުނިވާސިޓީތަކަށް ފޮނުވައި، ކިޔަވައިދޭން ވެސް އިތުރު 22،000 ޑޮލަރު ހޭދަވާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
11 April 2022
ޜާއްޖޭގައި ދަރިންނައް ކިޔަވާދީ ބޮޑުކުރުމައް ކިހާ ހަރަދެއް ދޭބާ؟
ށަވިޔަނި
11 April 2022
މާލޭގައި ދިރިއުޅޭ މީހުންގެ އަތުންވެސް ތިއަދަދާ ކާރިކުރާވަރަށް ދަރިން ބަލާ ބޮޑުކުރަން ޚަރަދު ހިނގާފާނެ.