މޯލްޑިވިއަންގެ މަތިންދާބޯޓެއް: އެ އެއާލައިންގެ ބޯޓެއް އެމަޖެންސީގައި މިރޭ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައިވޭ -- ފައިލް ފޮޓޯ: މިހާރު
10 އެޕްރީލް 2022 - 22:20
މޯލްޑިވިއަންގެ ފްލައިޓެއް ލ. ކައްދޫ އެއާޕޯޓަށް މިރޭ ޖައްސަން އުޅެނިކޮށް، އެ ފްލައިޓްގެ ލޭންޑިން ގިއަރު ތާށިވެ، އެނބުރި އައިސް ކުއްލި ހާލަތުގައި ވެނާލާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ޖައްސައިފި އެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
އެމްއޭސީއެލްގެ މީޑިއާ އޮފިޝަލް ޝަމްއާން ޝާކިރު "މިހާރު" އަށް ވިދާޅުވީ ވީއައިއޭ އިން ފުރައިގެން ކައްދު އަށް ދަތުރުކުރި އެ މަތިންދާބޯޓް، ކައްދޫ އެއާޕޯޓުގައި ޖެއްސުމަށް ލޭންޑިން ގިއަރު ހުޅުވަން އުޅުނު ނަމަވެސް، އެ ނުހުޅުވުމުން މިރޭ އަށެއް ޖާހަކަންހާއިރު ކުއްލި ހާލަތުގައި ވެލާނާ ވީއައިއޭ އަށް ޖެއްސީ ކަމަށެެވެ.
"އިމަޖެންސީގައި އައިސް، އެއްވެސް އިތުރު ނުރައްކާތެރި ކަމެއް ދިމާނުވެ ޖެއްސީ،" އޭނާ ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ ލޭންޑިން ގިއަރު ތާށިވުން ފިޔަވައިއި، އިތުރު މައްސަލައެއް ޖެހުނުކަން އަދި ކަށަވަރުނުވާ ކަމަށެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ކުންފުނީގެ އިސްވެރިން ފޯނަށް ޖަވާބު ނުދެއްވާތީ އެ ބޭފުޅުންގެ ބަހެއް އަދި ނުލިބެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާރިސް.
11 April 2022
ތިކަން ހުއްޓާލާކަށް ނުވޭތަ. ގެއްލުންވާ ކުންފުނި ބަޤުރޫޓް އިއުލާންކޮށްފައި ތިތަނުގެ ތިބި މުސާރަބޮޑު ވެރިން ވެމްކޯގެ މަޤާމް ތަކަށް ފޮނުވާލަބަލަ.
އޮނަރަބްލް އަފީފު ދީދީ
11 April 2022
މިއީ އައްޑޫސިޓީގެ އިޤްތިސޯދާއި އައްޑޫ ރައްޔިތުނާއި ގުޅުންހުރި ސީރިއަސް މައްސަލައަކަށްވާތީ ސިޓީ ކައުންސިލްގެ "އައުދަޔާއި ޙިލާފު ކުއްލި ބައްދަލުވުމެއް" ބާއްވާ މައްސަލައިގެ ޙަޤީގަތް ދެނެގަނެވި ސިވިލްއޭވިއޭޝަނުން މައްސަލައިގެ ތަޙްޤީގު ނިމެންދެން މޯލްޑިވިއަންގެ ދަތުރު އައްޑުއަށް ކުރުން ހުއްޓާލަން އަންގަންޖެހޭ. # އަދި މަންޓާ އެއަރ ގެ މެނޭޖްމަންޓާއި ވާހަކަދައްކާ އައްޑުއަށް ޑެއިލީ ޝެޑިއުލް ފްލައިޓް އޮޕަރޭޓްކުރެވޭތޯ މަޝްވަރާކޮށް އެކަމަށް މަގުފަހިކުރައްވާ.
ކުލްސުމު.
11 April 2022
މިވަރުންވެސް އަދިވެސް އުޅެނީ ކަންކަން ފޮރުވަން. ދެން ދަތުރު ކުރާނީ މަންތާގައި.
އޮނަރަބްލް އަފީފު ދީދީ
11 April 2022
މޯލްޑިވިއަނުން ބުނަނީ އައްޑުއަށްކުރާ ދަތުރުތަކަކީ "ގެއްލުމުގައި" ކުރާ ދަތުރުތަކެއްކަމަށާއި، ގޭންއެއަރޕޯޓަށް މިތަނުގެ ފްލީޓްގައި އޮތް A-321 ބޯޓް އޮޕަރޭޓްނުކުރަނީ އެވަރަށް ލޯޑް ނުލިބޭތީކަމަށް. # ނަމުގެކުރިއަށް "ޤައުމީ" ލާފައި އޮތް ކަމުގައިވިޔަސް ވަރަބިދިފައިވާ މޯލްޑިވިއަން އެއަރލައިން ދެންރަނގަޅުވާނީ އައްޑުއަށް އެއްވެސްވަރަކަށް ދަތުރުނުކުރުން. މިހާރު އައްޑޫމީހުން މަންޓާއަށް ހޭނިއްޖެ. ފުރުސަތުގެ ބޭނުންކޮށް މަންޓާގެ ޑެއިލީ ޝެޑިއުލް ދަތުރުފައްޓަވާ.
ސާލިމީ
11 April 2022
ކޮންތާކުތަ ގޭން ކިޔާ ރަށެއް އޮންނަނީ. އަހަރުމެން ކުޑަ އިރުއްސުރެ އަދާ ހަމައަށް ކިޔަނީ ގަން. ގަމަށް ދާން. ގޭން، ގޭނަށް ދާނެ ގޮތެއް މަށަކަށް ނޭންގުނު.
ފިލިއަފީފު
11 April 2022
ކަލޭމެން ބޭނުމެއް ނުވާނެ މޯލްޑީވިއަންއެއް. ކަލޭމެން ބޭނުންވާނީ ސީޝެލްސްގެ އެއާލައިންސް.
އޮނަރަބްލް އަފީފު ދީދީ
11 April 2022
މޯލްޑިވިއަން އޮތީ ނޭވާހޮޅިއަށް އެޅި ގުރައުންޓް ކުރާން ޖެހިފައި. ކުންފުނީގެ ބޯޑާއި ސީނިއަރ މެނޭޖްމަންޓްގައި އެއަރލައިނެއް ހިންގޭނެވަރުގެ ތަޖުރިބާއާއި ޤާބިލްކަން ހުރި ހަމައެކަކުވެސް ނެތް. # އެއަރމޯލްޑިވްސް ޒަމާނުގައި ޓިކެޓް ވިއްކާ، ބޯޑިންގ ޕާސް ކަޑަން ނުވަތަ ކާރގޯ ޕެކޭޖްގައި ޓެގް ހަރުކުރަން ހުރުމަކީ އެއްވެސް ޙާލެއްގައި ނެޝަނަލް ފުލޭގް ކެރިއަރގެ އިސް މަޤާމް ތަކަށާއި ބޯޑަށް އެފަދަ މީސްމީހުން ޝަރުތު ހަމަވާންޖެހޭވަރުގެ ކަމެއްނޫން. ތިތަން އިސްލާޙްކުރޭ.
ސައްތާރރު
11 April 2022
އޮނަރަބްލް އަފީފު ދީދީ މޯލްޑިވިއަންގަ މަސައްކަތް ކުރާތާ ކިތައް އަހަރުތަ؟
އަމިން.
11 April 2022
100 ގެ ވާހަކަ އެއް.
ބޯގޮވާފަހުރި އަފީފު
11 April 2022
ގުރައުންޓު ކުރަނީ ކިހިނެއްތަ؟
ޕިސްޕިސް
11 April 2022
އެއްކަލަ ރޯނު އެދުރު...
ހުސެން
11 April 2022
ލ.ކައްދޫއަށް ތިރިކުރަންއުޅެނިކޮށް ލޭންޑިން ގިއަރު ތާށިވީމާ އަނބުރާ ހުޅުލެއަށް ތިރިކުރަންދާންޖެހުނު ސަބަބެއްނުވިސްނޭ، ކައްދޫ އެއަރޕޯޓަށްވެސް އެމެޖެންސީގައި ތިރިކުރެވެންވާނެނުންތޯ؟ ރަށްރަށުގަ ހުންނަ ހޮސްޕިޓަލްތައްގޮތަށްތޯ އެއަރޕޯޓުތައްވެސްހުރީ އަނެއްކާ؟ ކައްދޫއެއަރޕޯޓުގައި އަލިފާންނިވާނެ ލޮރީއެއްނެތީބާ؟
ޑޮކްޓާރ. ބަނާނާ
11 April 2022
މޯލްޑިވިއަންގައި ތިބި ތަޖުރިބާހުރި އިންޖިނިއަރުންނާއި މުއައައްޒަފުން ބޭރުކޮއްފަ ޕާޓީގެ އެކްޓިވިސްޓުން ލައިގެން އެއަރ ލައިން ހިންގުމުގެ ނަތީޖާ މިފެންނަނީ...1950 ވަނަ އަހަރުތެރޭ އަހަރުމެން ބޮއްކުރާގައި ފަރުމަހަށް ފުރާހެން ތިޔާ މޯލްޑިވިއަން ގެ ބޯޓްތައް މިހާރު ދަތުރު ކުރަނީ. ޥަރަށް ސަލާމް!
ށަވިޔަނި
11 April 2022
ޕާޓީ ބަދަލުވުމުން ހުރިހާ ތަނެއްގައި އުޅޭ މީހުން ބަދަލުވާކަށް ނުޖެހޭ. ބަދަލުވާންޖެހެނީ ސިޔާސީ މަތީ މަގާމުތައް.
ރަދީފްއޮފިޝަލް
11 April 2022
ހެލޯ ޑރ ޔޫ ކެހެނަކަށް.ރޯދަ ވީއްލުމަށް އެރޭންޖްކޮށްފެލެ.
އޮނަރަބްލް އަފީފު ދީދީ
10 April 2022
މިއީ ސްރީލަންކަން އެއަރލައިންސް ފަދައިން މަންޓާ އެއަރލައިނުން އައްޑޫސިޓީގެ ރައްޔިތުނަށް އެހީތެރިކަން ފޯރުވައިދޭންޖެހޭ ވަގުތު. # މިގޮތުން މަންޓާ އެއަރ އައްޑުއަށް މިހާރު ކުރަމުންދާ ދަތުރު އިތުރުކޮށް ޑެއިލީ ޝެޑިއުލް ފުލައިޓް ގޭންއެއަރޕޯޓަށް އޮޕަރޭޓް ކުރަންޖެހޭ. # މިކަމުގައި މަންޓާއަށް އޮންނާނެ ޔަޤީންކަމަކީ އަގު ބޮޑުނޫންނަމަ 2 ބޯޓް އެއްފަހަރާ އުދުހެން އޮތްކަމުގައިވިޔަސް މޯލްޑިވިއަންގެ ބަދަލުގައި އައްޑޫމީހުން ދަތުރު ނަގާނީ މަންޓާ އެއަރ އިން ކަން.
އޮނަރަބްލް އަފީފު ދީދީ
10 April 2022
މައްސަލައިގެތެރެއަށް މޭޔަރާއި ކައުންސިލުން ވަދެގަތުމަށް ޤާނޫނީ ހުރަހެއްނެތް. މިކަމުގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭތީ ކައުންސިލުން ގޭންއިންޓަރނޭޝަނަލް އެއަރޕޯޓާއި މަޝްވަރާކޮށް މިމައްސަލަ ސިވިލްއޭވިއޭޝަން އޮތޯރިޓީން ތަޙްޤީގުކޮށް ވަކިގޮތެއް ކަޑައަޅަންގެން މޯލްޑިވިއަން އައްޑުއަށް ދަތުރު ކުރުން ހުއްޓުވަންޖެހޭ. # މޯލްޑިވިއަންގެ ދަތުރު ހުއްޓުވާއިރު މަންޓާއާއި ވާހަކަ ދައްކާ ގޭންއެއަރޕޯޓަށް ޑެއިލީ ޝެޑިއުލް ދަތުރުކޮށްދޭން އެފަރާތުގައި އަވަހަށް އެދޭ.
ހޭބަލި
11 April 2022
ބަލަ މި ފުލައިޓުމީ އައްޑޫ އަށް ދިޔަ ފުލައިޓެއް ނޫނޭ މޭޔަރަކާ އަނެއް ޔަރަކު ބޭނޭކަށް! އެހެންނޫނަސް ސިވިލް އޭވިއޭށަންގެ ކަންކަމުގެ ތެރެއަށް ބޯބޭނުމުގެ ހައިސިއްޔަތެއް އެއްވެސް ކައުންސިލަކަށް ނޯންނާނެ.
އާދަންޖީ.
11 April 2022
ހޭބަލި ތިބުނާ ގޮތުން ހަނޑޫ ހަކުރު ފުށް ގެނެސް ދިނުމަކީ އެސްޓީއޯގެ ކަމެއް. މަދިރި ކޮންޓްރޯލް ކުރުމަކީ ހެލްތުގެ ކަމެއް މަގު ހެދުމަކީ ރޯޑް ކުންފުނީގެ ކަމެއް. އެއްގަމު ތޮށި ލުމަކީ ހައުސިންގެ ކަމެއް.. ދެން ކައުންސިލުން ކުރަންވީ ކޮންކަމެއް ؟ ކަލޭމެން ތިރަށުގައި ބޮޑާކަންމަތީ ތިބެބަލަ. ތިބޯޓަކީ ގަމަށް އުދުހުނު އެއްޗެއްކަމުގައިނުވިޔަސް މޯލްޑިވިއަން ވެއްޓި ކަމެއްވެއްޖެނަމަ އައްޑޫ އެތައް ބައެއްގެ ފުރާނަ ގެއްލިދާނެތީ ކައުންސިލުން އެކަމުގެ ތެރެއަށް ވަދެވޭނެ.
ައަޖައިބު1
10 April 2022
ދެން ވެލާނާގައި ޖެއްސިއިރު ލޭންޑިންގ ގިއަރު ހުޅުވުނު؟
އެހެންޏާ
11 April 2022
ލޭންޑިންގ ގިއަރަށްވެސް އެނގޭނެ މިތަނުގަ ކޮމެންޓް ކުރާ އަފީފް ދީދީ ކިޔާއުޅޭ މުގައްދަސް ރަށަކީ މާލެ ކަމާ އެރަށާ ގުޅިފަ އޮންނަނީ ގައުމުގެ މައި އެއަޕޯޓްކަން. ލޭންޑިންގ ގިއަރުވެސް ތާއްޓެއް އެރީމަ ފުރޮޅުކޮޅު ބޮޑާހާކާފަ އެންމެ ފަހުން ބީއްސަން ބޭނުންވީ ވެލާނާގަކަމަށް ބެލެވެނީ.