ހުޅުމާލޭގައި ބިދޭސީއަކު މަރާލުމުގެ ތުހުމަތުވާ މީހާ: ފިލައިގެން އުޅެނިކޮށް ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފައި -- ފޮޓޯ: ފުލުހުން
17 އެޕްރީލް 2022 - 03:11
ހުޅުމާލޭގެ ހާންޖީ ރެސްޓޯރަންޓްގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ އެހީތެރިޔަކަށް ހަމަލާދީ މަރާލި ކަމަށް ތުހުމަތުވާ ޕާކިސްތާނުގެ ޝެފް ފިލައިގެން އުޅެނިކޮށް، ފުލުހުން އޭނާ ހޯދައި މިރޭ ހައްޔަރުކޮށްފި އެވެ.
ފުލުހުން ކުރި ޓުވީޓެއްގައި އޭނާ ހައްޔަރުކުރިކަން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ހޯދި ތަނެއް ނުބުނެ އެވެ.
ނިރޮޅުމަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރެންޓްގައި ހިންގި އެ މާރާމާރީގައި، އެ ތަނުގައި މަސައްކަތްކުރާ ބަންގްލަދޭޝް މީހަކަށް ހަމަލާދިން ކަމުގެ ތުހުމަތު ކުރެވެނީ އެތަނުގައި މަސައްކަތްކުރާ ޕާކިސްތާނުގެ ޝެފް މުހައްމަދު އާބިދްގެ މައްޗަށެވެ. އަދި އެ ހަމަލާދިނުމަށް ފަހު އޭނާ ވަނީ އެތަނުން ފިލައިފަ އެވެ.
އުމުރުން 26 އަހަރުގެ އެ މީހާ ފިލުމުން، ފުލުހުން ރޭގައި ވަނީ އޭނާ އަކީ މުޖުތަމައު އަށް ނުރައްކާތެރި މީހެއް ކަމަށް ބެލެވޭތީ އޭނާ ހޯދަމުން އަންނަކަން އިއުލާންކޮށްފަ އެވެ.
ހާންޖީ ރެސްޓޯރަންޓް ހުންނަ ސަރަހައްދު ބަންދުކޮށް، ފުލުހުން މައްސަލަ ތަހުގީގު ކުރަނީ -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ބަންގްލަދޭޝްގެ މީހާ މަރުވީ އެ ހަމަލާއަށް ފަހު ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަނިކޮށެވެ. އޭނާގެ ކަރަށާއި ބޮލަށާއި އަދި ފަޔަށް ވަޅިން ހަމަލާދީފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ. އަދި ޒަހަމްތަކާ އެކު އޭނާ އެ ރެސްޓޯރެންޓުގެ ތެރޭގައި އޮންނަ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
މީގެ ކުރިން ވެސް އެ ޝެފް މާރާމާރީ ހިންގާފައިވާކަން "މިހާރު" އަށް ވަނީ އެނގިފަ އެވެ.
ޕާކިސްތާނުގެ ކެއުމަށް ހާއްސަ ކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯރަންޓްގެ ބަދިގޭގައި މަސައްކަތް ކުރާ މީހަކު "މިހާރު" އަށް ބުނީ ޕާކިސްތާނުގެ ޝެފާއި ބަންގްލަދޭޝްގެ މީހާއާ ދެމެދު ބަދިގެ ތެރޭގައި ޒުވާބެއް ހިންގައި ބަންގްލަދޭޝް މީހާގެ ގަޔަށް ޝެފް ވަޅިން ހަމަލާ ދިން ކަމަށެވެ.
"މިހާރު" އާ ވާހަކަ ދެއްކި މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުއައްޒަފުންނާ ޒުވާބުކުރާ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
17 April 2022
މަސައްކަތުގެ މާހައުލުގައި ތަކުރާރުކޮއް މާރާމާރީ ހިންގިއިރު ގައިމު ތަނުގެ ވެރިފަރާތުން ފިޔަވަޅު އެޅިނަމަ މިއަދު މީހެއްގެ ފުރާނަ ނުގެއްލުނީސް. މިކަހަލަ ބޮޑޮތި ކުތައް ކުރާއިރު، ވިޔަފާރީގެ ވެރިފަރާތާ އިމިގުރޭޝަ ގެ އިހުމާލައް އެހަރުވެސް ބަލާލިބާ، ތަނުގައި މަސައްކަތް ކުރާ އެންމެން އަތުގަ ވާކް ފާމިޓް އޮވޭބާ؟ މުވައްޒަފުންގެ އިންށުއަރަންސެއް އޮވޭބާ، މައްޔިތާގެ ހަށިގަންޑު އޭނާގެ ގައުމައް ފޮނުވޭނެ ގޮތެއް ހަމަޖެހިފައިވޭބާ؟
ޟުހާނާ
17 April 2022
މަސައްކަތު މާހަލުގައި ތަޅާފޮޅުމާއި މާރާމާރީއާއި ، ނަސްލީ މައްސަލަތަކާއި ގުޅުންހުރި ހާދިސާތައް ހިނގުމަކީ ވަރަށް އާންމުކަމެއް ! މިމަންޒަރު އެންމެ ގިނައިން ފެންނަނީ ގަލްފުގެ ގައުމުތަކުން ، މީގެ އަހަރުތަކެއް ކުރިން ޔޫއޭއީގައި ބަންގްލަދޭޝްގެ ކައްކާއަކު އޭނާ ގެންގުޅުނު ވަޅިން އެތަނުގައި އުޅުނު ޕާކިސްތާން މަސައްކަތުމީހަކު މަރާލާ ، 4 ފަޅިއަށް ފަޅިކޮށް ޑަސްޕިންކޮތަޅުގައި ބަންދުކުރުމަށްފަހު އުކާލި ޚަބަރުވެގެންދިޔައީ އެމުޖުތަމައު ސިއްސުވާލި ޙާދިސާއަކަށް
ހުސެން
17 April 2022
ހޯދުނީމާ، މެރިކަމަށް ސާބިތުވީމާ ނުވަތަ ކޯޓުން މަރުގެ ހުކުމްއިއްވީމާ ދެން؟؟ ކިހިނެއްހަދަނީ؟ 25 އަހަރުވަންދެން ދިވެހިންގެ ފައިސާއިން ކާންދީ ބޯންދީ ނިދާނެތަންދީ ގެންގުޅޭނީދޯ! ނުވަތަ ޑީޕޯޓޭ ކިޔާފަ އަވަހަށް ގައުމަށްފޮނުވާލާނީ؟ މިހެންމިކަންވާނަމަ ތަހުގީގު އަދި ޝަރީޢަތް މިއީ ވޭސްޓުއޮފްއެނަރޖީ ނޫންކޮންކަމެއް؟
ޓަނުުު
17 April 2022
ކައްކާއޭ ދިވެހި ބަހުން ލިޔުނީމަ ނޫސްވެރިޔާ ދެރަވީތަ
ބައިޓަނު
17 April 2022
"ކައްކާ" ކަމަކު ނުދާނެ. ކިޔަންޖެހޭނީ ޗެޕް. ހަމައެގޮތަށް "ރޯދަވިއްލުން" ކަމަކު ނުދާނެ. ކިޔަންޖެހޭނީ އިފްތާރު
އަބްޑޫޅް
17 April 2022
1971 ވަނަ އަހަރު، ޕާކިސްތާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ލެފްޓެނަންޓު ޖަނަރަލް އާމިރު ހާނު ނިޔާޒީ، އެއްވެސް ސަރުތަކާ ނުލައި، އިންޑިޔާގެ ދިފާއީ ބާރުތަކާއި، އިރުމަތީ ބަންގާޅުގެ މުއްތި ބަހީނީން ގެ މަންދޫބު، ލެފްޓެނަންޓް ޖަނަރަލް ޖަގްޖިޓް ސިންގު އައުރޯރާ ގެ ކުރިމަތީ ހަތިޔާރު ބެހެއްޓި ގޮތަށް، ޕާކިސްތާނުގެ އިސްލާމީ ޖުމްހޫރިއްޔާ ގެ، މި ކައްކާމީހާ، ދިވެހިރާއްޖޭގެ ހިތްވަރުގަދަ، ފުލުހުންގެ ކުރިމަތީ ވަޅި ބޭއްވުމަށްފަހު، ހައްޔަޔަށް ހުރަހޮޅިގަތީ އެވެ. މާތުރަ.
ސުވާލު
17 April 2022
މާތުރަ އަކީ ކޮބައިތޯ؟
ށަވިޔަނި
17 April 2022
މަރުގެ އަދަބުދީ
ދުވާލު
17 April 2022
ތިއީ އިންޑިއާ މީހެއް ނަމަ މި ރޯދަ މަހުވެެސް އިދިކޮޅު މީހުން އައުޓް ކުރަން ހިފާނެ
ބަކޫ22
17 April 2022
އިންޑިޔާ ބޭފުޅެއްނަމަ ނުފެންނާނެ ނުވަތަ ވާނީ މޮޔައަކަށް.
ދގދސެފ×
17 April 2022
ގާތައްފުރޮޅައިގެން އެއޮތީ ހޯދާފާ.