ކާންޖީ ރެސްޓޯރަންޓުގައި މަސައްކަތް ކުރާ ޕާކިސްތާން ޝެފް: އޭނާ ވަނީ ފިލާފައި.
16 އެޕްރީލް 2022 - 21:03
ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ހަމައެކަނި މީހާ އަށް ވަޅިން ހަމަލާދީ މަރައިލި އެ ރެސްޓޯރަންޓުގެ ޕާކިސްތާނުގެ ޝެފް ކުރިން ވެސް މާރާމާރީ ހިންގާފައިވާކަން އެނގިއްޖެ އެވެ.
ނިރޮޅުމަގު 19 ގޯޅީގައި ހުންނަ ހާންޖީ ރެސްޓޯރަންޓުގައި ބަންގްލަދޭޝްގެ މީހާ އާއި ޕާކިސްތާނުގެ ކައްކާ މީހާއާ ދެމެދު ބަދިގެ ތެރޭގައި މާރާމާރީ ހިންގީ މިއަދުގެ ހަވީރު ފަހެއް ޖަހަން އުޅެނިކޮށެވެ. މި ހަމަލާގައި ލިބުނު އަނިޔާތަކާ ގުޅިގެން ބަންގްލަދޭޝްގެ މީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަތާ ކުޑައިރުކޮޅެއްގެ ތެރޭގައި ވަނީ މަރުވެފަ އެވެ.
ޕާކިސްތާނުގެ ކެއުމަށް ހާއްސަ ކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި ހާންޖީ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ މީހަކު "މިހާރު" އަށް ބުނީ ޕާކިސްތާނުގެ ޝެފާއި ބަންގްލަދޭޝްގެ މީހާއާ ދެމެދު ބަދިގެ ތެރޭގައި ޒުވާބެއް ހިންގައި ބަންގްލަދޭޝް މީހާގެ ގަޔަށް ޝެފް ވަޅިން ހަމަލާ ދިން ކަމަށެވެ.
ވަޅި ހަރާފައި ވަނީ ބަންގްލަދޭޝްގެ މީހާގެ މޫނާއި ކަރާއި ފަޔަށް ކަމަށް އޭނާ ބުންޏެވެ.
"މާރަމާރީ ހިންގި އަޑަށް ރެސްޓޯރަންޓުތެރެއަށް ވަތް އިރު އެހެން މީހުން ވެގެން ބަންގްލަދޭޝްގެ މީހާ ބަދިގެ އިން ނެރެނީ. އޭނާ އޮތީ ހުއްޓުން އަރާފައި. އަހަރެން އޭނާ އަށް ނޭވާ ލައްވަން މަސައްކަތް ކުރިން. އެކަމަކު އޭނާ އޮތީ އޮތް ގޮތަށް،" ޓީޝާޓުގައި ބަންގްލަދޭޝް މީހާގެ ލޭ ހޭކިފައި ހުރި މުވައްޒަފަކު ކިޔައިދިނެވެ.
އޭނާ ބުނިގޮތުގައި ބަންގްލަދޭޝްގެ މީހާ އަށް ހަމަލާ ދިނުމަށް ފަހު ޝެފް ވަގުތުން އެ ތަނުން ފިލި އެވެ.
"އޭގެ ފަހުން އޭނައެއް ނުދެކެން."
ޕާކިސްތާނުގެ ޝެފް، މި ހަމަލަ އަށް ފަހު ފިލާފައިވާތީ އޭނާ ހޯދަން ފުލުހުން ވަނީ މިހާރު އިއުލާނުކޮށްފަ އެވެ. އުމުރުން 26 އަހަރުގެ އެ ފިރިހެންމީހާ އަކީ ނުރައްކާތެރިމީހެއް ކަމަށާއި އޭނާއާ ކުރިމަތިނުލައި ފުލުހުންގެ ނަމްބަރު 119 އަށް ގުޅަން ފުލުހުން އެދެ އެވެ.
ހާންޖީ ރެސްޓޯރަންޓްގައި ހިންގި މާރާމާރީ އަށް ފަހު ފިލައިގެން އުޅޭ ޕާކިސްތާނުގެ މީހާ
"މިހާރު" އާ ވާހަކަ ދެއްކި އެހެން މީހަކު ބުނީ، ހަމަލާ ދިން ޕާކިސްތާނުގެ ޝެފަކީ އަބަދުވެސް ވަރަށް ރުޅިގަދަ މީހެއް ކަމަށެވެ. އޭނާ މީގެ ކުރިން ވެސް އެ ތަނުގެ މުއައްޒަފުންނާ ޒުވާބުކުރާ ކަމަށް އޭނާ ބުންޏެވެ.
މީގެ ކުރިން ވެސް ރެސްޓޯރަންޓުގައި ކަސްޓަމަރުން ތިއްބާ މުވައްޒަފަކާ މާރަމާރިީ ހިންގި ކަމަށް އޭނާ ބުންޏެވެ.
ޕާކިސްތާނުގެ ޝެފާއި ބަންގްލަދޭޝްގެ މީހާއާ ދެމެދު މިއަދު ޒުވާބުކޮށް، މާރަމާރީ ހިންގި ސަބަބެއް ސީދާ ސާފެއް ނުވެ އެވެ. ދެ މީހުން ދެމެދު ފައިސާގެ މައްސަލަތަކެއް ޖެހުނު ކަމަށް އަޑުފެތުރުނަސް އެކަމުގެ މައުލޫމާތު އެނގޭ މީހުން އެކަން ދޮގުކުރެ އެވެ.
ހަމަލާގައި މަރުވި ބަންގްލަދޭޝްގެ މީހާ މަސައްކަތް ކުރަނީ ކާންޖީގައި ކިޗަން ހެލްޕަރެއް ގޮތުގަ އެވެ. ދެން އުޅޭ އެހެން ހުރިހާ މުވައްޒަފުންނަކީ ޕާކިސްތާނުގެ މީހުންނެވެ.
ފުލުހުން ދަނީ އެ ރެސްޓޯރަންޓު ހިމެނޭ ސަރަހައްދު އެއްކޮށް ބަންދުކޮށްގެން ތަހުގީގު ކުރަމުންނެވެ. މި ހާދިސާގައި މަރުވި ބަންގްލަދޭޝް މީހާ އަދިވެސް އޮތީ ހުޅުމާލޭ ހޮސްޕިޓަލްގެ އީއާރްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް
17 April 2022
ހަމަ ފައްކާ ކުމާރެއް ދޯ؟
އައިންތު
17 April 2022
އެކަމަކުވާ!!! މިވަރުވެގެން ދާއިރު ތިޔަ ރެސްޓޯރަންޓުގަ މަސައްކަތް ކުރާ މީހުންތިބީ ކިހިނެތް ވެފަތަ؟ އަބަދު ޒުވާބުކޮށް ގަޔަށް އަތްލާ، މާރާމާރީ ހިންގާއިރުވެސް އެކަން ހުއްޓުވަން އެއްކަމެއްވެސް ނުކޮށް ބަލަންތިބީތަ؟ މަރުޙޫމްއަށް ސުވަރުގެ މިންވަރު ކުރައްވާށި! آمين
ޣައިމު
17 April 2022
ޢިންސާފު ގާއިމުކުރަން ގޮވާލަން.. މައިންބަފައިންނާއި އަނބިދަރިން ދޫކޮއް ބޮޑެތި ލޯނު ނަގައިގެން ބިދޭސީން ރާއްޖެ އަންނަނީ… މަރުވިމީހާގެ ފާފަ ފުއްސަވާ އައިލާއައް ކެތްތެރިކަން ދެއްވާށި.. އާމީން
ކޮރަލް
16 April 2022
ރެސްޓޯރަންޓް ހިންގާ ނޫނީ ވެރި ފަރާތުގެ ބަހެއް ހާމަ ކުރި ނަމަ އިތުރަށް ލިޔުން ފުރިހަމަ ވާނެ އެވެ..
އޮނަރަބްލް އަފީފު ދީދީ
16 April 2022
އެކުވެރި އިންޑިޔާގެ އެހީތެރިކަމުގައި މިސިޓީގައި އިމާރާތްކޮށްދިން އައްޑޫ ޕޮލިސް އެކެޑަމީގައިހުރި "National Collage of Policing and Law Enforcement." ގައި އަވަހަށް ފުލުހުންނާއި ދިވެހި ފުލުހުންގެހިދުމަތަށް ޝައުޤުވެރިވާ ސްކޫލްތަކުގެ ގުރޭޓް 10-8 ހިމެނޭކުދިންނަށް ފުރުސަތުދީގެން ކޯސްތައް ހިންގާ ޙަޤީގީ މާނައިގެ ފުލުހުންގެ ހިދުމަތް ރައްޔިތުނަށް ދިނުން އަވަސް ކުރަންޖެހޭ. މިހާރު އެ ޒިންމާ ނަގަނީ މަގުމަތީގައި ބަހައްޓާ ޕްލާސްޓިކް ބެރިކޭޑާއި ޓްރެފިކް ކޯނުތައް.
ރޯނުއެދުރުގޭއެދުރުބޭ
16 April 2022
ހާލަތު މިދަނީ އެއްދުވަހުން އަނެއްދުވަހަށް ގޯސްވަމުން. ބިރުވެރިކަން އުފެދެމުން. އިހަކަށްދުވަހު ބޭރުމީހަކު ދިވެއްސަކު މަރާލީ. މިއުޅެނީ އަނެއްބޭރުމީހާ ބޭރުމީހަކު މަރާލައިގެން. އެބުނަނީ އެތަށްފަހަރަކު މާރާމާރީ ހިންގިއޭ. މުޅިގައުމުގައި ގަވާއިދާއި ހިލާފަށް އުޅޭބިދޭސީން ސަރުކާރަކަށް މަތަނުކުރެވޭ. ހައްލެނުވޭ. މުޅިތަނުގައި މިބަޔަކު ހިސާބެއް ކިތާބެނެތި.
ކަތިބުރުމާ
18 April 2022
މިހާރު މި ދިވެހި ރާއްޖެއަކީ،އިންޑިޔާ،ބަގްލާދޭސް އަދި ޕާކިސްތާނުން މީހުން، އެމީހުން ބޭނުންވާ ޖަރީމާ އެއްހިންގަން އެމީހުންނަށް ހިބައިންދީފައި އޮތް ތަނެއްބާ؟
ބިލް ކުލިންޓަން
16 April 2022
އިމްރާނު ބޭރުކުރާއިރަށް މިމީހުން ފުއްޕާންފެށީއެއްނު.
އޮނަރަބްލް އަފީފު ދީދީ
16 April 2022
ރާއްޖޭގެ ވާރކްވީސާ އީޔޫގެ ޤައުމުތަކާއި، ސްވިޓްޒަލެންޑް، އެމަރިކާ، ކެނަޑާ، ޗައިނާ، ޖެޕާން، ސިންގަޕޯރ، ކޮރެއާ، ސައުދީ، ޤަޓަރ، ކުވެއިތު، ޔޫއޭއީ، ސައުތުއެފްރިކާ، އޮސްޓްރޭލިއާ، ނިއުޒީލަންޑް، ރަޝިޔާ، އަދި އިންޑިޔާ، ލަންކާމީހުނަށް ފިޔަވާ އެހެންޤައުމުތަކުގެމީހުނަށް އާންމުކޮށް އޮންނައުސޫލަށްވުރެން "ހަރުދަނާ" (ހަރުކަށި ބޭނުން ނުކޮށް ހަރުދަނާ ބޭނުންކުރީ މިކަމަކީ ހަރުކަށި ކަމުގެ ގޮތުން އަޅާންޖެހޭ ފިޔަވަޅެއްކަމަށް ޤަބޫލުނުކުރާތީ) އުސޫލުތަކެއް ކަޑައަޅަންޖެހޭ..
އަހަންމާދީ
16 April 2022
ކީއްވެ އިންޑިއާ މީހުނަށް ވަކި ހަރުދަނާ ނުކުރަންވީ؟ މާރާމާރީ ހިންގުމުގައި އަރާތިބިބައެއް އެއީވެސް. އިހަކަށް ދުވަހު ޓެކްސީ ޑްރައިވަރެއް މަރަން އުޅުނީވެސް.
ބާގީ އަފީފް ރަދުން
16 April 2022
މީގެ ތެރެއަށް އަލްޖުމުހޫރިއްޔަތު ވަލްއައްޑުއިއްޔާ ހިމަނާލިނަމަ ވަރަށް ފުރިހަމަވީސް.
ސަންފާ ދިޔެ
17 April 2022
ޖެޕާން ޤަޓާރ؟ ތީ ގޭން އައިލޭންޑް އެކްސެންޓުން ކިޔާ ގޮތްތަ؟
ޚހގދރގގއޔއ
17 April 2022
ޕާކިސްތާން މީހުން މާ ރަނގަޅު ވާނެ. އިންޑިޔާ މީހުން ނުގެންނަން ޖެހޭނީ. ރޭޕްކޮށްފާނެތީ ީީީވ
ލަބީދު
16 April 2022
ޕާކިސްތާން ސޯލޓް ބާއީ.
ކަވާބުސެފު
16 April 2022
ނިކުންނަމާ ތި ސޮރު ހޯދަން.
ީިދިވަ
17 April 2022
ނުދާތި
ސައްތި
17 April 2022
އަވަސް ކުރޭ!!!!