ހައި ކޯޓުގެ ފަނޑިޔާރު ސަމީރު: އޭނާ މިއަދު ވަނީ އިސްތިއުފާ ދެއްވާފައި -- ފޮޓޯ/މިހާރު
17 އެޕްރީލް 2022 - 13:41
ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރު މިއަދު ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ވެސް އިންނެވި ފަނޑިޔާރު ސަމީރު ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވިކަން "މިހާރު" އަށް ވަނީ ކަަށަވަރުވެފަ އެވެ. އޭނާ އިސްތިއުފާ ދެއްވި ސަބަބެއް އަދި ނޭނގެ އެވެ.
ހައި ކޯޓުގައި މަޝްހޫރު ބޮޑެތި މައްސަލަތަކެއް ބެއްލެވި ފަނޑިޔާރު ސަމީރަކީ 2011 ވަނަ އަހަރު އެ ކޯޓަށް އައްޔަންކުރި ބޭފުޅެވެ. އޭގެކުރިން އޭނާއަކީ ސިވިލް ކޯޓުގެ އިސްގާޒީ ކަމާއި ގާޒީކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ ހައި ކޯޓު ހިންގުމާ ހަވާލުވެގެން އެންމެ ގިނަ ދުވަހު ހުންނެވި ފަނޑިޔާރު ވެސް މެ އެވެ.
ފިރިމީހާ އަނބިމީހާ ރޭޕްކުރުމުގެ ކުށެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ސާބިތުވާ ކަމަށް ނިންމެވީ ވެސް ފަނޑިޔާރު ސަމީރެވެ. 2020 ވަނަ އަހަރު އޭނާ ރިޔާސަތު ބެލެހެއްޓެވި ބެންޗުން އިއްވެވި އެ ހުކުމުގައި، އެ ކުށާ ގުޅޭގޮތުން އުފެދިފައިި އޮތް ބޮޑު ބަހުސަށް ދީނީ ގޮތުން ތަފްސީލުކޮށް އޭނާ ޖަވާބު ދެއްވާފައިވެ އެވެ.
މީގެ އިތުރުން ދެ ފިރިންގެ ތިބުމުގެ މައްސަލަތަކާ ހެދި، ވަރި ރަޖިސްޓްރީކުރަން ޖެހޭ ގޮތަށް 2015 ވަނަ އަހަރު ހައި ކޯޓުން ކަނޑައެޅީ ވެސް ފަނޑިޔާރު ސަމީރު ރިޔާސަތު ބެލެހެއްޓެވި ބެންޗަކުންނެވެ.
ހައި ކޯޓުގައި އޭނާ ބެއްލެވި މަޝްހޫރު ބޭފުޅުންގެ މައްސަލަތަކުގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލަށްލި މައްސަލަ ހިމެނިވަޑައިގަންނަވަ އެވެ. ޑރ. އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމް އަހުމަދުގެ މައްސަލަ އާއި އެ ނޫން ވެސް މަދަނީ އަދި ދުސްތޫރީ މައްސަލަތައް އޭނާ ބެއްލެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިއްލި
19 April 2022
ތީ ހަމަ ތެދެއް, ދުވަހަކުވެސް އެއްވެސް ވަކީލެއްވެސް, ފަޑިޔާރެެއްވެސް ރިޝްވަތެއް ނުނަގާނެ.
އިއްލި
19 April 2022
"ދުވަހަކުވެސް ރިޝްވަތު ނަގާފައެއްނުވޭ" ކިހާވަރަކަށް އެގިގެންބާ?
ޑެދަޑި
18 April 2022
ސަމީރު ދަންނަން..މީ ގައުމަައް ގެެއްލިގެން ދިޔަ އަގުހުރި އިހުލާސްތެރި ޤާޒީއެއް..ދުވަހަކުވެސް ރިސްވަތު ނަގާފައެއް ނުވޭ..މައްސަލަތައް ނިންމަނީ ތެދުވެރިކޮއް..ކިތަންމެ ޕުރެސަރު ކުރިއަސް..މިއީ ތެދު ހަަަގީޤަތް. ޢަގުވައްޓާލަން ކިތަންމެ ކޮމެންޓު ކުރިއަސް ..ދެރަކަމެއް..ދެން ނުލަފާ ލާދީނީ މީހަކު އައްޔަނުކުރޭ. އެވީ..
ދުވަސްވީ ވަކީލެއް
18 April 2022
ފަނޑިޔާރު ސަމީރަކީ ޚުލްގުހެޔޮ ބުއްދިވެރި ޢަދުލަށް ޙުކުމް ކުރާ ޢިލްމީ ފަނޑިޔާރެއް. އެކަމަކު މަޤާމުން އިސްތިއުފާދިނުމުން އޭނަ ނުދަންނަ މީހުންވެސް އެމީހުން ތާއީދުކުރާ ނުވަތަ ދެކޭގޮތެއް ޕްރޮމޯޓް ކުރުމުގެ ގޮތުން އަގުވައްޓާލަން ކޮމެންޓްލިޔާކަމީ ދެރަ ކަމެއް. އަހަރެން 18 އަހަރުވަންދެން ވަކީލެއްގެ ގޮތުން މަސައްކަތްކުރި އިރު ދުވަހަކުވެސް ރިޝްވަތެއް ނުނަގަން. ކުށްކުރިމިހެއްގެ ވަކީލަކަށް ނުދަން. އެކަމަކު އަގުވައްޓާލިއިރު ހެދީ ދަރަނިވެރިޔަކަށް. މިއީ ދުނިޔެ!!!
ޢަލިނީ
18 April 2022
ޙަމަ ތެދު..މިތާ ރަގަޅު މީހަކައް ޖާގައެއް ނެތް..ވަޒީފާއެއްވެސް ނެތް..ސަމީރު އެހެދީ ރަގަޅައް..ފިތިގެން އުޅޭނެކަމެއް ނެތް..
ވިކިލީކްސް
17 April 2022
ބައެއް މައްސަލަ ނިންމުމުގައި މަންފާ ހޯދާފައިވާ ކަމަށްބުނެ ފަނޑިޔާރުންގެ ބެލެނިވެރި ފަރާތުން ސަމީރުގެ މަގާމް ގެއްލޭނެ ކަމަށް ހިންޓު ދީފައިވަތީ، އިސްތިއުފާ ދިނުމަކީ އެންމެ ބުއްދިވެރިކަން ކަމަށް ފެންނާތީ އެމަނިކުފާނު އިސްތިއުފާދެއްވައިފި އެވެ.
އަސް
17 April 2022
މައުމޫން ޖަލަން ލާން އޭރު ނިންމި ނިންމުމުން އެބަ އިގޭ ކަންކަން ކުރާނެ ގޮތް.
އަލިފުޅު1111
18 April 2022
ކަލޭ މައުމޫނު ހުދުފޮތިކޮޅަކަށް ހަދާއިރު އޭނާއަކީ ކާކުކަން ނޭގޭ ދިވެއްސެއް ނުހުންނާނެ. އޭނާ ޖަލަށް ދާން ޖެހުމަކީ ޤާޟީގެ ނިންމުން ގޯސްވާންޖެހޭ ސަބަބެއްނޫން. މައުމޫނު ޖަލަށްދާންޖެހޭ ފަދަ ކަމެއް ކޮށްފާނެ ކަމުގެ ހެއްކަކީ "ކޯޓްއަމުރު" ނެރުމުގެ ކުރިން "މާދަމާރޭ އެއަށްވުރެ ބޮޑު ކޭތައެއް ހިފާނެކަމަށް" ޖުމްހޫރީޕާޓީގެ ޕޯޑިއަމްގަ ވިދާޅުވި ވިދާޅުވުން.
ޙަސަނުބެ
17 April 2022
ވަރަށް ދެރަ. ޢިލްމީ ގާބިލް ރަގަޅު މީހެއް.
ާއީސަ
17 April 2022
ވަރަށް ރަގަޅު ފަނޑިޔާރެއް.
އަސްރަފް
17 April 2022
ހައިޖެކް ކޮށްފަ އޮތް ޝަސރުއީ ނިޒާމެއްގަ މަސައްކަތް ކުރުމަށްވުރެ ރަނގަޅުވާނީ އިސްތިއުފާ ދިނުން.
ފޭކު
17 April 2022
ޖޭ.އެސް.ސީގެ ބަޔާނުގައި ފަނޑިޔާރުކޮށްދިން އަގު ހުރި މަސައްކަތުގެ ވާ ހަކަ އެބައޮތް. މި އަގު ހުރި މަސައްކަތުގެ ތެރޭގައި އަބްދުﷲ ދީދިމެންނާއެކު ފުލެޓު ހޯދި ގޮތާއި އެދުވަސްވަރު ހުކުމްކުރިގޮތް ހިމެނޭތަ؟ މި ހާރު ތިޔަ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލަ ހަނދާން ނެތުނީ؟ މައްސަލަ އޮއްބާލާފަ ހެޕިލީ އެވަރ އަފްޓަރ ދޯ؟ ސަޅި!
ކޭތަ
18 April 2022
ކަލޭ މީހުންގެ އަގުވައްޓަން އުޅުނަސް ތީ ބޮޑުވަރު. ތަންދޮރު ބަލާފަ ކޮމެންޓު ކޮއްބަލަ.
ށަވިޔަނި
17 April 2022
ސަމީރު އިސްތިއުފާދިނުމުގެ ފަހަތުގައި ކިތަންމެ ކަމެއްވާނެ. ކޮމެންޓުތަކުން އެކަންތަކެއް ނޭނގޭނެ އިންތިޒާރު ކުރޭ.