ޔާމީން ދިރިއުޅުއްވާ ގެކޮޅުގައި އިންޑިއާ އައުޓް ޖަހާފައިވާ ބޮޑު ބެނާއެއް--
20 އެޕްރީލް 2022 - 11:23
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގެ ބޭރުގައި ހަރުކޮށްފައިވާ "އިންޑިއާ އައުޓް" ޖަހާފައިވާ ބޮޑު ބެނާ، ފުލުހުން ފޮނުވައިގެން ނަގަން ޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކެމްޕެއިނެއް ކުރަމުން އަންނަ އިރު ހެންވޭރުގައި ޔާމީން ދިރިއުޅުއްވަމުން ގެންދަވާ އަމިއްލަ ގެކޮޅު، ހ. ދޫވެހީގައި އިއްޔެ ވަނީ އިންޑިއާ އައުޓް ޖަހާފައިވާ ބޮޑު ބެނާއެއް ހަރުކޮށްފަ އެވެ. އަދި ޕީޕީއެމްގެ އޮފީސް ހިމެނޭ ހ. ހުރަފަ ގޭގައި ވެސް ވަނީ އިންޑިއާ އައުޓް ބެނާއެއް ހަރުކޮށްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އަވަށްޓެރި ގައުމުތަކާ ގުޅޭ ގޮތުން ބަދުބަސް ބުނެ މާލޭގެ ބޮޑެތި އިމާރާތްތަކުގައި ބެނާ ނެގުމަކީ ގާނޫނުލްއުގޫބާތާ ހިލާފު ކަމެކެވެ. އަދި އެއީ އާންމު މަސްލަަހަތާ ވެސް ހިލާފު ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
ޔާމީން ދިރިއުޅުއްވާ ހ. ދޫވެހީގައި އިންޑިއާ އައުޓް ބެނާއެއް ދަމާފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ވަގުތުން ވަގުތަށް ފުލުހުން ފޮނުވައިގެން [އިންޑިއާ އައުޓް ބެނާ] ނަގަން ޖެހޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މިހެން ވިދާޅުވީ އިންޑިއާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގެ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާ ދެކޮޅަށް ސަރުކާރު އަޑު އުފުލުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން ހުށަހެޅި ކުއްލި މައްސަލަައަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.
އެފަދަ މައްސަލަތަކަށް ބަހުސް ކުރުމަށް މަޖިލީހުގެ ގަވައިދާއި ޑިމޮކްރަޓިކް އުސޫލުތައް ތަނެއް ނުދޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އަވަށްޓެރި ގައުމުތަކުގައި ހިނގާ ދާހިލީ ކަންކަމާ ގުޅޭ ގޮތުން މަޖިލީހުގައި ބަހުސް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ އިންޑިއާ އައުޓް ކެމްޕެއިން ހުއްޓުވުމަށް އެމްޑީޕީ އާއި ސަރުކާރު ކޯލިޝަންގެ ހުރިހާ ޕާޓީތައް މީގެ ކުރިން ވެސް ވަނީ ގޮވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
21 April 2022
އިންޑިއާގެ ތިބި ހުރިހާ ދިވެހިން އެގަމުން ބޭރުކުރާތަން އަހަރެން ވަރަށް ދެކޭހިތްވޭ. ބޮޑަށް ރަނގަޅީ އެއެންމެން ޑީޕޯރޓް ކޮއްލިއްޔާ.
ޙަބީބު
21 April 2022
ކޮއްކޯ އިންޑި ޔާ މިލިޓަރީ މިތާ އޮތުމަކީ އެއްގޮތަކައްވެސް ގަބުލު ކަމެއްނޫން އަދި ދިވެހިން ބޭސްކުރަން ދަނީ ހިލެޔެއްނޫން ލާރިދީގެން އަދި ފި ޔާ ގަންނަނީވެސް ާ ލާރިދީފަ އަދި ވަރައްބޮޑައް އޮޅިފަ އޮތްކަމެއް ސާފުކޮއްލަދޭނަން ހަކުރާ ގޮދަންފުއް ތާއްޖެ ޔައް އެތެރެކުރަނީ ޔޫރަޕުން އަދި ހަނޑޫ ގެންނަނީ ބަރުމާއިން ނަމަވެސް އިންޑި ޔާ ރައްޔިތުންނާ ރާއްޖޭގެ ރައްޔިތުން އޮންނަނީ ރަނގަލު ގުޅުމެއް މައްސަލަޔަކީ ސި ޔާސީގޮތުން ބަނދެލުން މިއީމިނިވަންގައުމެއް ވަކިބައެއްގެ ދ
ލާމަސީލު
21 April 2022
ދަރުމަވަންތަ ހޮސްޕިޓަލް ޓަވަރުގަ ފޮތިގަނޑެއް ދެމުން މަށަށް އޯކޭ. އެކަމަކު ރަށުތެރޭގަ މައްސަލަޔަކަށް މިވަނީ އައިޖީއެމްއެޗް ޖެހިގެން ހުރި ދަރުމަވަންތަ ހޮސްޕިޓަލްގެ ދެވަނަ ޓަވަރުގަ ފޮތިގަނޑެއް ދެމީމާކަމަށް ރަށުތެރޭގަ މީހުން ވާހަކަ އެބަދައްކާ. އެބުނާ ތޯތޯ ބަހުގެ މާނައެއް ނޭނގުނު. ކޮންމެވެސް މީހަކު ކިޔާދީފިނަމަ ރަނގަޅު.
ޢަބުޅޯ
21 April 2022
ތިގެ ބައްލަވައި އިމާރާތް ކުރަން ރަތްޔިތުންގެ ކިހާފައިސާއެއް އައުޓްވިބާ؟
ޓިނު
20 April 2022
ގެ ނަގަންވީ؟
އެންދެރި ރާޖާ
20 April 2022
ނުފޮރޮއް ޕާނެއް
ކުއްޅަވައް
20 April 2022
އަލީ ރާޖާ، ޔުކުރެއިން އަކީ ކުރީގެ ސޯވިއެޓް ޔުނިއަންގެ ބައެއް. މި ރާއްޖެ އިންޑިޔާގެ ބައެއްގެ ގޮތުގައި މާޒީގެ އެއްވެސް އިރެއްގައި އޮތްބާ؟ މިހާރުވެސް އިންޑިޔާ އެއޮތީ ސިއްކިމް އާ ކުރިން މި ރާއްޖޭގެ ބައެއްކަމަށް ވާ މަލިކު ވެސް ޖަހައިގެންފައި! ތިޔަކަހަލަ ބައިގަނޑެއް ތިޔަ އުޅެނީ އަމިއްލަ ފައިފާއަށް މި ރާއްޖެ އިންޑިޔާގެ އަޅުވެތިކަމަށް ނުގެންދެވިގެން! އިރާދަކުރެއްވިއްޔާ ދުވަހަކުވެސް އެކަމެއް ނުވާނެ!
މުޙުއްމާ
20 April 2022
މިނިވަންކަމުގެ ބާނީކަމަށް ދަޢުވާކުރާ ނަޝީދު އެންގީ? މީނަ މިހާރު ޑިކްޓޭޓަރަކަށް ބަދަލުވީތަ?
ކިނބޫ
20 April 2022
އަބަދުވެސް ޑިކްޓޭޓަރެއް އެއީ. ބޮޑު އަނގައެއް އޮންނަނީ. ބޮޑު ބޮލުރޮއްޖެއް!
އަލީރާޖާ
20 April 2022
ޖެހިގެން އޮތް އެންމެ ބޮޑު ގައުމާ ދިމާކުރީމާ ވާނެ ގޮތް އެއޮތީ ޔުކްރެއިންއަށް ވެފަ. ބޭރުގެ އެއްވެސް ގައުމަކާ ދިމާކޮށްފައި މިޒާތުގެ ކަންކަން ކުރަން ހުއްދަ ދިނުމަކީ ރަގަޅު ކަމެއް ނޫން. ސިޔާސަތަކާ ދެކޮޅު ހަދަންޏާ ސަރުކާރާ ދެކޮޅަށް ވާހަކަ ދެއްކިޔަސް ބޭރުގެ އެއްވެސް ގައުމަކާ ދިމާ ކުރުމަކީ ހުއްޓުވަންޖެހޭ ކަމެއް.
އެނދިމަރީ
20 April 2022
މަގޭހިތަށްއަރާ އެހެން ގޮވަ ގޮވާފަ ވެރިކަން ލިބިއްޖެނަމަ ދެން ވެރިކަންކުރާނީ ކިހިނެތްބާވައޭ. ޔަގީންވާކަމަކީ އެއްވެސް ގައުމަކާއި ޚާއްސަކޮށް އަވަށްޓެރި ގައުމަކާއި ޖެހިގަނެގެން އުޅެވޭވަރު ގައުމެއް ނޫން މިރާއްޖެއަކީ. އެފަދަ ދުވަހެއް އަތުވެއްޖެ ނަމަ މިގައުމު ބޮޑު އަނދަވަޅަކަށް ވައްޓާލާނެ
ބޭރު
20 April 2022
ކަލޭ ތީކާކު. އިންޑިޔާ ބޭރުކޮށްލާނަން.
އެނގިއްޖެ؟
20 April 2022
އޭ ނަޝީދު. ކަލެއަކަށް ނޭނގޭނެ ކުރަންވާ ކަންކަން ބުނާކަށް. ކަލޭ ތީ ކަންނަންނޫރު އަލީރާޖާ. ޒާތްޒާތު ނަންނަމުގަ އަނގަ ނުތަޅާ އޮވޭ.
ކިނބޫ
20 April 2022
ކަލޭ ތިޖަހަނީ ހަމަ ރަނގަޅު ނަންނަން. އަލީރާޖާ އާއި އެނދިމަރިޔަނބު ކަހަލަ ޚާއިނެއް ކަލޭ ތީ. ކަލެއަށްވެސް އެކަން އެބަ އެނގޭތާ.
ބޭރުކުރޭ
20 April 2022
ތިބައިގަނޑުގެ އެއްވެސް މީހަކު އެގައުމަށް ނޭރުވުމަށް ގޮވާލަން
ދޮގެއްތަ؟
20 April 2022
ވ. ރަނގަޅު ކަމެއް ތީ. އޭރުން 3 ބިހުން 2 ބިސް ލިބޭނެ އެހެން ގޮތެއް ހޯދާނެ.
ފަހުދު
20 April 2022
ތިޔަ ބެނާ މިހާރުން މިހާރައް ނަގަން ގޮވާލަން. ތިޔައީ އެއްގޮތަކައްވެސް ކޮއްގެން ވާނެ ވަރުގެ ކަމެއްނޫން. ތިތާ އިންނަންޖެހޭނީ ތިޔައްވުރެ މާބޮޑު ބެނާއެއް.