އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
25 އެޕްރީލް 2022 - 12:37
އިންޑިއާ އާއި ޕާކިސްތާނާ ދެމެދު، މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ކަޝްމީރުގެ އިންޑިޔާ ފަޅީގައި ވެސްޓްމެންޓްތައް އިތުރު ކުރައްވާނެ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ކަޝްމީރުގެ އިންޑިއާ ފަޅީގައި އިއްޔެ ބޭއްވި އެއްވުމަށް ބޮޑުވަޒީރު މޯދީ ވަޑައިގެންނެވި އިރު، ކަޝްމީރުގެ މަގުތަކާއި ހުރިހާ ސަރަހައްދުތަކެއްގައި އިންޑިއާގެ ސިފައިންނާއި ފުލުހުން ދިޔައީ ވަރުގަދަ ހަތިޔާރުތަކާ އެކު ސަލާމަތީ ކަންތައް ބަލަހައްޓަމުންނެވެ. ބޮޑުވަޒީރު އެ ސަރަހައްދަށް ވަޑައިގަތުމުގެ ތިން ދުވަސް ކުރިން ވެސް އެ ސަރަހައްދުގައި، ހަނގުރާމަވެރިންނާއި ފުލުހުންނާ ދެމެދު ހަމަލާތަކެއް ބަދަލުކުރި އެވެ.
Panchayati Raj institutions strengthen the spirit of democracy. Addressing Gram Sabhas across the country from Jammu & Kashmir. https://t.co/dMWlbBU92x
— Narendra Modi (@narendramodi) April 24, 2022
މޯދީ ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި ކުރުމަށް ކަނޑައެޅި އިންވެސްޓްމެންޓްތަކުގެ އަގު ފަސް ބިލިއަން ޑޮލަރަށް އަރައިފި ކަމަށެވެ. އޭގެ ތެރޭގައި އެމިރޭޓްސްގެ ބޮޑެތި ކުންފުނިތައް ކަމަށްވާ ލުއުލުއު ގުރޫޕާއި ޑީޕޯ ވޯލްޑްގެ ފަރާތުން ކަޝްމީރުގައި ގާއިމުކުރާ އިންވެސްޓްމެންޓްތައް ހިމެނެ އެވެ. އޭގެ އިތުރުން އެމިރޭޓްސްގެ އިމާރް ޕްރޮޕާޓީސްގެ ފަރާތުން ކަޝްމީރުގެ ސްރީނަގަރުގައި 5،000 އަކަފޫޓުގެ ޝޮޕިން މޯލްއެއް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.
ކަޝްމީރުގައި ހުރި އިންވެސްޓްމަންޓުގެ ފުރުސަތުތައް ދެނެގަތުމުގެ ގޮތުން، އެމިރޭޓްސްގެ ވިޔަފާރި ކުންފުނިތަކާއި، އެމިރޭޓްސްގައި ހިންގާ އިންޑިއާގެ ވިޔަފާރި ކުންފުނިތައް ހިމެނޭ ވަފުދެއް މިދިޔަ މަހުގެ ތެރޭގައި ކަޝްމީރަށް ޒިޔާރަތްކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްނީް
26 April 2022
މޯދީ އައް ތިކަން ވާނެ. ކޮންމެވެސް އެއްގޮތަކައް ކަޝްމީރު ކަންތައް ނިންމާ. ކޮންމެހެން ދެބައި ތަޅާ ފޮޅާ އެތަކެއް ގިނަ އިންސާނުން ތަކެއް މަރާ ހަދާނެ ކަމެއް ނެތް. އަވަހައް ނިންމައިގެ ތިބޭ!
ފަހުދު
25 April 2022
ހިންދޫ ހަނަފަތުރަނީ
ސިންގާސަނާ
25 April 2022
ކުރަން އުޅޭ ކަންތައް އެބަ އެނގޭ މޯދީ.
އަލިކޮއި
25 April 2022
މޯދީބްރޯ ކަޝްމީރަށް ދިއުމަށްވުރެ މަހަށް ދިޔައިއްޔާ މާ ތާހިރުވާނެ. އިންވެސްޓްމަންޓޭ ކިޔާނެކަމެއްނެތް. ކަޝްމީރަށް ހަދަމުންދާގޮތް އެބަފެނޭ. ވަކި ޕޮޕިއުލޭޝަނެއް އެތަނުގައި ބޮޑުވީމާ ހަޖަމްނުކުރެވިގެންއުޅޭތަން ފެނޭ. ތިޔައީ މިދިވެހިރާއްޖެނަމަ، އަހަރުމެންގެ ރައީސް ވަގުތުން ގަރާރެއްނެރެ، ރޭސިޒަމް ނައްތާލީސް. #އިބޫއިޒްދަބެސްޓް
ރަދީފު ބިން ރަފައިދާ
25 April 2022
ހައްތަހާ ކަޝްމީރު ބަނދެވޭގޮތްވަނީ.