މަތިންދާބޯޓަށް ހަމަލާ ދިނުމަށް ޖަރުމަންގައި އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކެއް، އަސްކަރީ ތަމްރީންތަކެއްގައި ވައިގެ ތެރޭގައިވާ އަމާޒަކަށް ބަޑިޖަހަނީ. --އޭއެފްޕީ
27 އެޕްރީލް 2022 - 11:41
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ އިން ދިފާއުވުމަށް ޔޫކްރޭނުން ކުރަމުން ދާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޖަރުމަން ވިލާތުން އެ ގައުމަށް ބަރު ހަތިޔާރު ފޮނުވުމަށް ނިންމައިފި އެވެ.
ޖަރުމަން ވިލާތުގެ ދިފާއީ ވަޒީރު ކްރިސްޓީން ލަމްބްރެޝްޓް އިއްޔެ ވިދާޅުވި ގޮތުގައި މަތިންދާބޯޓަށް ހަމަލާ ދިނުމަށް އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކު، ޔޫކްރޭނަށް ފޮނުވުމަށް ޖަރުމަން ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ޔޫކްރޭނަށް ބަރު ހަތިޔާރު ފޮނުވުމަށް ފުރަތަމަ ފަހަރަށް ޖަރުމަން ވިލާތުން މި ނިންމީ، ޔޫކްރޭންގެ މިނިވަންކަން ދިފާއުކުރުމަށް ކުރަމުންދާ ހަނގުރާމައިގައި، ވިލާތުގެ އިއްތިހާދުގެ ބޮޑު ބާރެއްގެ ހައިސިއްޔަތުން ޖަރުމަން ވިލާތުން އެކަށީގެންވާ ދައުރެއް އަދާނުކުރާ ކަމަށް، ޔޫކްރޭނުން ބުނަމުން ދަނިކޮށެވެ.
މަތިންދާބޯޓަށް ހަމަލާ ދިނުމަށް ޖަރުމަންގައި އުފައްދާފައިވާ ގެޕާޑް މަރުކާގެ ޓޭންކެއް، އަސްކަރީ ތަމްރީންތަކެއްގައި ވައިގެ ތެރޭގައިވާ އަމާޒަކަށް ބަޑިޖަހަނީ. --އޭއެފްޕީ
ޖަރުމަންގައި ހުންނަވާ ޔޫކްރޭންގެ ސަފީރު ވިދާޅުވީ، ރަޝިޔާ ސިފައިން ބަލިކުރުމުގައި އެހީތެރިވެދިނުމަށް ޖަރުމަން ވިލާތް ޖެހިލުންވާ ކަމަށެވެ. އަދި ރަޝިޔާގެ ތެލާއި ގޭސް ގަތުން ހުއްޓާލައިފި ނަމަ، ކުރިމަތިވެދާނެ ގެއްލުމަކާ މެދު ޖަރުމަން ވިލާތުން ވިސްނަން ތިބުމުން، ގެއްލިގެން ދަނީ ޔޫކްރޭން ރައްޔިތުންގެ ފުރާނަތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޖަރުމަން ވިލާތުގެ ބަރު ހަތިޔާރު ޔޫކްރޭނަށް ފޮނުވަން ނިންމިކަން ޖަރުމަނުން މި އިއުލާންކުރީ، އެ ގައުމުގައި ހުރި ދުވަސްވީ ބައެއް ބަރު ހަތިޔާރުތައް ޔޫކްރޭނަށް ފޮނުވުމުގެ ހުއްދައަކަށް އެދި، ޖަރުމަންގެ އަސްކަރީ ކުންފުނި ރައިންމެޓަލް ޑިފެންސްގެ ފަރާތުން ސަރުކާރަށް ހުށަހަޅާފައިވަނިކޮށެވެ. ޔޫކްރޭނަށް ފޮނުވުމަށް އެ ކުންފުނިން އެދުނު ބަރު ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ ލެޕާޑް 1އޭ5 މަރުކާގެ 88 ޓޭންކާއި މާޓެން މަރުކާގެ 100 ޓޭންކެވެ.
"އަސްކަރީ ހާއްސަ ހަރަކާތެއް"ގެ ނަމުގައި ރަޝިޔާ އިން ޔޫކްރޭންގައި މިހާރު ކުރަމުންދާ ހަނގުރާމަ އަށް ދެ މަސް ފުރި ތިން ވަނަ މަސް ފެށިފައިވާ އިރު، ރަޝިޔާގެ އަސްކަރިއްޔާ އަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. އަދި ޔޫކްރޭނަށް ވަނީ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުން ލިބިފަ އެވެ.
ރަޝިޔާ ސިފައިން ފުރިހަމަ ބާރާ އެކުގައި ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށި ނަމަވެސް، ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އެހީތެރިކަމާ އެކު ޔޫކްރޭނުން ދިފާއުގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން، ރަޝިޔާ ސިފައިންނަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ. ހުޅަނގުގެ އަސްކަރީ އިދާރާތަކުގެ އަންދާޒާތައް ބުނާ ގޮތުން، ޔޫކްރޭން ހަނގުރާމައިގައި ރަޝިޔާގެ 15000 އަށް ވުރެ ގިނަ ސިފައިން މިހާތަނަށް މަރުވެއްޖެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަފްރާސިޔާބު
28 April 2022
ބަރު ހަތިޔާރަށްވުރެ ބޮޑަށް ބައު ހަތީޔާރާ ވައްތަރީ. ހެޓިލަރުގެ ދުވަސްވަރުގެ ހަތިޔާރު.
ކޮރަލް
27 April 2022
އެމެރިކާ އާ ޔޫރަޕުން މަސައްކަތް ކުރަނީ ޔޫކްރޭން އަށް ހަތިޔާރު ދީގެން ހަނގުރާމަ ކުރިއަށް ގެންދާ ށެވެ. ހަނގުރާމަ ހުއްޓާލާކަށް ނޫނެވެ. އޭގެ ހުރިހާ ގެއްލުމެއް ޔޫކްރެން އަދި ރަޝިޔާ ސިފައިންނަށެވެ. އެއްވެސް ގެއްލުމެއް ޔޫރަޕާ އެމެރިކާ އަކަށް ނެތެވެ. އެމީހުން ތިބޭނީ ކުޅި ބަލާށެވެ.
ބަރުކަނ
27 April 2022
ގައުމެއްގެ މިނިވަން ކަމަކީ އަގުކުރެވޭ ވަރަށް ބޮޑު ރައުސުލް މާލެއް. ޔުކްރޭން އިންނަންވީ ރަޝިޔާ ބޭނޫން މީހަކާއެއް ނޫން.
ލުއިކަނ
28 April 2022
ގައުމެއްގެ މިނިވަންކަމަކީ އެހެން ގައުމެއްގެ މިނިވަންކަމަށްވެސް ހުރަސް އެޅުމެއް ނޫން.. ރަޝިޔާގެ ގޯތި ބުޑަށް މިސައިލް ޖަމާ ކުރަންޔާ އެބަޔަކަށްވެސް މިނިވަންކަމެއް ނޯންނާނެ.
ބީރުބޮލު ވަޒީރު.
27 April 2022
އަވަހަށް ފޮނުވާ. މިތިބީ ރެޑީގަ. ތިއަ އެއްޗެއް ޔޫކުރޭނަށް ވަންނާނީ ޕޮލެންޑު ތެރޭންލާފަ. ޕޮލެންޑު ތެރޭން ޔޫކުރޭނަށް ވަންނަ މަގުމަތީ ތިއަ ބަރު ހަތިޔާރު ޝިޕްމަންޓް ގޮށްވާ އަޅިއަށް ހަދާލާނަން. ދެން އަޅިތަށް ބޮލުގަ އުނގުޅައިގެން ސެލްފީ ނަގާފަ ޔޫޓިއުބަށްލާ.
ސަލީމު އިދުރީސް
27 April 2022
ޖަރުމަނު ވިލާތުގަ ކިތެމެގިނަ ޒަމާނީހަތިއާރު ހުއްޓަސް އެގައުމުގަ ހަނގުރާމަޔެއް ކުރަން ތައްޔާރު ކޮއްފައޮތް ފައުޖެއް ނެއް! އެމިހުން މިލުޓުރީ ގޮތުން ދުނިއޭގަ ކުޅޭ ދައުރަކީ ވޮޗަރުންގޮތައް ތަންތާ ފޯރިމެރުން
ރަދީފްއޮފިޝަލް
28 April 2022
ސަލީމް އިދްރީސްގެ ކޮމެންޓަށް ތާއީދުކުރަން.
އަބޫބަކުރުބެ
27 April 2022
ޖަރުމަނު މިއުޅެނީ ކޮންމޮޔައެއްވެގެން؟
ކރުނބާއީ
27 April 2022
ކަލޭމެން ބޭނުން ނުވާގޮތަށް އުޅެނީ ހުސް މޮޔައިން.
އަސަރު69
27 April 2022
މިހާރު ކަންކަން ތިޔަދާ ބީދައިން ދާނަމަ، ޔަގީނުންވެސް އަދި ކެމިކަލް ހަތިޔާރު ބޭނުންކުރާނެ. މިހާރު ކުރަމުންދާ ހަނގުރާމައިގާ ރަޝިޔާއަށް ގޮތްހުސްވާ ހިސާބަށް ގޮސްފިއްޔާ އެކަންވެސް ކުރާނެ. އަދިވެސް ވާހަކަދައްކައިގެން ކަންކަން ހައްލުކުރެވެން އެބައޮތް. ވިސްނާފިކުރުކުރޭ. އެމެރިކާ އެކަންޏެއްނޫން ބާރުހުރީކީ.
ބޮރިކސަން
27 April 2022
ސުޕަޕަވާރ ގޮތް ހުސްވޭތަ. ބާދަގަޑު ހުސްވީތަ