27 އެޕްރީލް 2022 - 14:40
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާއި ދެކޮޅަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި، އެ ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރު ބާތިލުކުރަން އިދިކޮޅު ކޯލިޝަނުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.
އެ ކޯލިޝަނުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކޯޓަށް މިއަދު އެ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު ރައީސް ނެރުއްވި ގަރާރުގައި ވަނީ އެއްވެސް ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި އަދި ނުރައްކާ އޮތް ކަމެއްކަން ފާހަގަކުރައްވައިފަ އެވެ. އަދި ވަކިވަކި ގައުމުތަކާ ދެކޮޅަށް ނަފުރަތު އުފެއްދުމަށް ހިންގޭ އެފަދަ ހަރަކާތްތަކަކީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން ހުއްޓުވަން ޖެހޭނެ ހަރަކާތެއް ކަމުގައި ކަނޑައެޅުމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ނިންމާފައިވާކަން ވެސް ފާހަގަކުރައްވައިފައިވެ އެވެ.
''....ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ނ) އާއި (ރ) އާއި (މ) އިން ރައީސުލްޖުމްހޫރިއްޔާ އަށް މަތިކޮށްފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ދަށުން ބަޔާންވެދިޔަ ފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި މިކަން މި ގޮތުގެ މަތިން ތަންފީޒު ކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި މި ގަރާރު އެކަށައެެޅީމެވެ.''
އިދިކޮޅު ކޯލިޝަނުން ރައީސްގެ ގަރާރު ބާތިލު ކުރަން ކޯޓަށް ހުށަހެޅީ، އެ ގަރާރާ ގުޅިގެން ގާނޫނީ ބައެއް މީހުން ވެސް ފާޑުކިޔާފައި ވަނިކޮށެވެ. ބައެއް މީހުން ބުނެފައި ވަނީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތެއްގެ މަތިން އެ މީހެއްގެ ބުއްދި އަށް ފެންނަ ގޮތްތަކާއި ހިޔާލުތައް ދުލާއި ގަލަމުން އަދި އެ ނޫން ވެސް ގޮތް ގޮތަށް ފާޅުކުރުމުގެ މިިނިވަންކަން ކޮންމެ މީހަކަށް ވެސް ލިބިގެންވާއިރު ގަރާރެއް ނެރުއްވައިގެން އެ ހައްގު ހަނިނުކުރެވޭނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސައިޚް
28 April 2022
ތަންދޮރު ނޭންގޭ ގާނޫނީ މީހުންވެސް އުޅޭ ދޯ.؟ ޚިޔާލުފާޅު ކުރުމުގެ މިނިވަންކަމާ މި ގަރާރާ ހުރީ ކޮންގުޅުމެއް.؟ ގަރާރުގަ ބުނަނީ " ރޭވިގެން ވަކި ގައުމަކާ ދެކޮޅަށް ހިންގޭ ހަރަކާތް " ދިވެހި ދައުލަތުން ސިޔަސީގުޅުން ގާއިމްކޮއްފައިވާ، އަދި އަވައްޓެރި ދައުލަތެއްގެ ކަރާމާތަށް އުނިކަން އަންނަގޮތަށް 2 ގައުމުގެ ގުޅުމާއި، ސަރަހައްދީ މަސްލަހަތު ގެއްލޭގޮތަށް މިގޮވާ " އިންޑިއާ އައުޓް " ހުއްޓުވަންޖެހޭ، ގަރާރު ހަމަ ރަނގަޅު.
ބީރުބަލް
28 April 2022
ދުނިޔޭގެ ތަހުޒީބު މުޖުތަމައު ތަކުގަ މިފަދަ ކަންކަމުގައި ކޯޓުގެ ދައުރެއް އޮތަސް ރާއްޖެފަދަ ނާތަހުޒީބު ގައުމުތަކުގަ ސިޔާސީ މީހުން ޖަހާ ސަކަރާތުގައި ކޯޓުތަކަށް އެއްވެސް ދައުރެއް ނޯންނަ ގޮތަށް ވީ އެންމެ އަވަހަކަށް ގާނޫނުތައް ބަދަލުކުރަން އެބަޖެހޭ. ރާއްޖޭގެ ގައުމީ ސަލާމަތާބެހޭ ކަންކަން ނިންމުމުގެ ފުރިހަމަ ބާރާ އިޚްތިޔާރު ގައުމީ ސަލާމަތާބެހޭ އިދާރާތަކަށް އެކަނި ދޫކޮށްލުން މާ ބުއްދިވެރި.
ރަބީން
27 April 2022
ފުރަތަމަ މަރުހަލާގައި ދަށުކޯޓްތަކުން ބަލާނީ އެކޯޓުތަކުގެ ކޮންޓްރޯލް އޮތީ ސަރުކާރު..މައްސަލަތަކަށް ގާޒީންވެސް ލަނީ ޔަގީންކަން އޮންނަ މީހުން..
ތުއްތޫގެ އިބުރ
27 April 2022
ޤަރާރު ބާތިލު ކުރިޔަސް ވެރިކަން ނުލިބޭނެ
ހާމިދު ޝާހިދު
27 April 2022
ކޯޓުތައް އޮތީކީ މިނިވަންކޮށެއް ނޫން. އެހެންވެ، ތިކަމެއް އިދިކޮޅުން އެދޭގޮތަކަށް ނުބަލާނެ. އަދި ނުވެސް ނިންމާނެ. މިއަށްވުރެއް ވަކިން ޖައްބާރު ސަރުކާރެއް ފަހަކަށް އައިސް މިރާއްޖެއިން ފެނިގެން ގޮސްފައެއް ނުވާކަން ހުދު އެމްޑީޕީ މީހުންވެސް ދަނީ ބުނަމުން. އަދި އެބައިމީހުން ބުނަނީ، މިއީކީ ތިމަންނާމެންގެ ސަރުކާރެއް ނޫނޭ. މިއީ، ކޯލިޝަން ސަރުކާރެކޭ. އެމްޑީޕީގެ ސަރުކާރެއްނަމަ ޑިމޮކްރަސީ ނަގަހައްޓާނަމޭ. ދުލުގެ މިނިވަންކާ ދޭނަމޭ. ކޮރަޕްޝަން ހުއްޓުވާނަމޭ.
އާލިމު ބާގިރު
28 April 2022
ކަލޯ އަދިވެސް ޖައްބާރު ވެރިކަމެއް ކުރިމީހާ ފެނުނީމަ ގައިން ހީބިހިނަގައިގެންދޭ. މަޖިލިސް މެމްބަރުން ފާރުމަތިން އުކުމާއި ޖަލަށްލުމާއި ސްޕްރީމް ކޯޓުގެ ޓިނުނަގައިގެން ފަނޑިޔާރުން ވަގަށް ނެގުމާއި ހުރިހާ ސިޔާސީ މީހުން ޖަލަށް ލުމާއި ޕާޓީ ކުދިން ލައްވައި ކުންފުނިތައް ދޮވެލުން ފަދަ އެތައްކަމެއް ހިނގި
ޗަންބީ
27 April 2022
ތިމައްސަލަ ނިމޭނީ 2023 ވަނަ އަހަރުގެ އާ ސަރރުކާރު ވެރިކަމާ ހަވާލުވާ ހިސާބުން. އެއޮންނަ ސަރރުކާރަކާ ދެކޮޅަށް ޗުއްޕުވެސް ބުނެވޭ ފެންވަރުގެ ބަޔަކު ޝަރުއީ އަދި ގާނޫނީ ދާއިރާގައި ނޫޅޭ. އެހެންނަމަ މިތާގައި ބާރ ކައުންސިލެއްވެސް އޮންނަ އިރު މިހިގާ ޚިޔާލުތަފާތުވުންތަކުގައި އެއްޗެއް ބުނީސް. ބައެއް މީހުންނަކީ ބާރުތައް ލިބުނުން އެޅިހާ ބަތަކަށް ރިހަ ވާ ބައރެއް.
ދޮސަބިސްނާ
27 April 2022
އަޅެހެޔޮނުވާނެ ރައީސް ގަރާރަކުން މިވަގު ޖަލަށް ލައިދީބަލަ އަހަރުމެންގެ އެތަށް ބިލިއަން ރުފިޔާ އެއް އެކައުންޓަށް އަޅައިގެން ގޭގައިނދެގެން ގައުމު ފަސާދަކުރާނީއޭ
އައްޑާ
27 April 2022
ބަލަގަ އިދިކޮޅުގަ ޔާނުމެންގެ ވެރިކަމުގަވެސް ބޭނުންހާ ޤަރާރުތައް ނެރެގެން ޤާނޫނު އަސާސީއަށް ބެލުމެއްނެތި ކަންތައް ހަމަ ކުރަމުންދިޔައީ ނުންތޯ؟
ފަނޑިޔާރު މަނިކުފާނުގެ
27 April 2022
ތިޔަ މައްސަލަ ސިވިލް ކޯޓުން ބެލުނުގެ އިޙްތިސާސް ލިބިގެން ނުވޭ މައްސަލަ ހުށަހަޅަން ޖެހޭނީ ހައިކޯޓަށް ތިއީ ކޮންސްޓިޓިޓުޝަނަން މައްސަލައެއް ޢިދިކޮޅަށް ރަނގަޅު ވަކީލުން އެބަ ބޭނުންވޭ
ޢަލީބެ
28 April 2022
ޑރ ޖަމީލު ވ ރައްޔިތުންގެ މަޖިލިސް ޤަޟިއްޔާ ކިޔާލަ ބަލަ