ހިޔާ ފްލެޓެއްގެ ބެލްކަނީގައި ދެ މީހަކު މަޑުކޮއްލައިގެން: ހިޔާ ފްލެޓްގެ ޓަވަރެއްގެ މަސްތުވާތަކެތީގެ ވިޔަފާރީކުރި ކަމަށް ތުހުމަތުވާ ބަޔަކު ވަނީ ހައްޔަރުކޮށްފައި -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
30 އެޕްރީލް 2022 - 10:28
ޑްރަގް ވިޔަފާރިކުރާ ބަޔަކު އުޅޭ ކަމަށް ތުހުމަތުކުރެވިގެން ކޯޓު އަމުރެއްގެ ދަށުން ހިޔާ ފްލެޓެއް ބަލައި ފާސްކުރި އިރު އެތަނުން ޑްރަގްސް އާއި ގިނަ އަދަދެއްގެ ފައިސާ ފެނުމުން އެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ ފަސް މީހުންގެ ބަންދަށް ވެސް 15 ދުވަސް ދީފަ އެވެ. އުމުރުން 19-26 އަހަރާ ދެމެދުގެ އެ ދިވެހި ފަސް ފިރިހެނުންނަށް ތުހުމަތުކުރަނީ މަސްތުވާތަކެތިި ބޭނުންކޮށް، ގެންގުޅެ އެ ތަކެތީ ވިޔަފާރިކުރުމެވެ.
ފުލުހުން ކޯޓަށް ހުށަހެޅި ހެކީގައި ބުނީ އެ ފްލެޓްގެ ސިޓިންރޫމްގައި ހުރި ޓީވީ ރެކުގެ ދަމާވަތްގަނޑުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެހި ހުރި ހަ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށެވެ. އެ ކަބަޑާއި ސޯފާމަތިންނާއި އެ ފްލެޓްގެ ދެ ކޮޓަރި ބަލައި ފާސްކުރުމުން "ހާމަކަން ބޮޑު ގޮތެއްގައި" ގިނަ އަދަދެއްގެ ފައިސާ ހުރި ކަމަށް ވެސް ބުންޏެވެ.
އެ ފްލެޓުން 50،300ރ. ފެނިފައިވެ އެވެ. އަދި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލަތްތައް ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު ކޯޓުގައި ބުނީ އޭނާގެ އަތުން ފެނުނު ފައިސާ އަކީ ވަޒީފާ އަދާކުރާ ތަނުން ލިބުނު ފައިސާ ކަމަށެވެ. އަދި އޭނާ ހައްޔަރުކުރި އެޕާޓްމަންޓުން މަސްތުވާތަކެތި ފެނުނަސް، އޭނާއަކީ އެ ތަކެތި ބޭނުންކުރާ މީހެއް ނޫން ކަމަށް ބުންޏެވެ.
އެ މީހުންގެ ތެރޭގައި މީގެ ކުރިން މަސްތުވާތަކެތި ބޭނުންކޮށް، ރިހެބަށް ގޮސް ފަރުވާ ފުރިހަމަ ކުރި މީހަކު ވެސް ހިމެނެ އެވެ. އަދި އެތަނުން އެކަކު މަސްތުވާތަކެތި ބޭނުންކުރާ ކަމަށާއި އެ ފްލެޓަށް ދިޔައީ އެ ތަކެތި ބޭނުންކުރަން ކަމަށް ވެސް ކޯޓުގައި އެއްބަސްވި އެވެ. އަދި އޭނާ ވަނީ ރިހެބަށް ފޮނުވައިދިނުމަށް ވެސް އެދިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޭެައިސޭ
03 May 2022
ކޮބާތަ ތިފުލެޓް ނަންބަރަކީ (ފުރިހަމަ މައުލޫމާތު ލިޔެދެއްވުންއެދެން )
ޝާރީފް
02 May 2022
ހާދަ ވިސްނުން ތޫނު ފްލެޓެކޭ ދޯ. އާފަހެ ފްލެޓު ޑްރަގު ވިއްކަނީ ވިއްޔަ
ނޯ ތޭންކްސް
01 May 2022
ސްލަމް
ހިޔާ ހިޔާ ކެނަބިސް!
01 May 2022
ރީތި ކޮއްލަން ކޮންމެ އެއްޗެކޭ ކިޔަސް، ހިޔާ ފްލެޓް ތަކަކީ ޑްރަގް ވިޔަފާރިއައް ރަނުގެ ފުރުސަތެއް. އޭގެ ބޭނުން ކުރާނެ. ގައުމީ މުއައްސަސާ ތަކަކުނެތް އެކަން ހުއްޓުވޭނެ ފެންވަރެއް. މީގަ އެންމެ ބޮޑު ދެރައެއް ލިބޭނީ އެތާގާ އުޅޭ ތެދުވެރި އާއިލާ ތަކައް. އެހެނީ އެމީހުންގެ ފަރާތުން ކުރެވޭ ކަމަކުން ޑްރަގް ލޯޑު ތަކުގެ ރާޑަރައް އަރާފާނެތީވެ!
މުހަންމަދު
01 May 2022
ރެޑްހޭންޑްކޮށްވެސް ހޯދިދާނެ. ސާބިތެއްނުވޭ. ޢަދަބެއް ނުދެވޭ. މިއީ ފޫނެތްފައަށް ފެންފުރުން. ވަރަށް އައްޗި.
76437
01 May 2022
ގޭގެ ވެރިން މިކަހަ ދަރިންގެ މައްސަލަ ރިޕޯތްކުރާނަމަ ތަންކޮޅުއް ހައްލުވާނެ.
އާދަނު32
01 May 2022
ކުލިނުދައްކާ ޖަހާ ސަކަރާތަކީމިއީދޯ؟!
ޙުސައިނުބެ
02 May 2022
ކުލި ދައަކަން ލާރިކޮޅެއް ހަދާލީ ދޯ
ގުދުގުދާބެއްޔާ
30 April 2022
ރިހެބަކައްވެސް ނޫން ފޮނުވަން ވީ މަރުގެ ހުކުމް ގަޑިއިރެއްގަ ތެރޭގައި ތަންފީޒުކޮއް މަސްތުވާ ތަކެތި ބޭނުންކޮއް ޑީލްހަދާ މީހުންނަށް ރަގަޅު މެސެޖްއެއް ދޭންވީ! ސިންގަޕޫރު ގައި އޮންނަ ކަހަލަ ޤާނޫނު ތަންފީޒް ކުރަންވީ!
ފިޔަ
14 May 2022
ކަލޭ ދާން ވީނު ސިގަޕޫރަށް...ވާނުވާ..
އަޙުމަދު.
30 April 2022
ރީހެބަކީ މަސްތުވާ ތަކެތީގެ މައްސަލަ ތަކުގެ އަދަބުން ސަލާމަތްވާން ނުވަތަ އެ ކުށުން ބަރީޢަވާން މިމީހުން ދާން ބޭނުންވާ ފިނި މައިޒޏެއް ކަމަށް ސިކުރަނީ. ވަނީވެސް އެހެންތަ ބޮޑެތި އަދަބު ތަކުން ސަަލާމަތްވާން އެތަނުގަ ހޭކިލާފަ އެނބުރިއައިސް ކުރިއަށްވުރެ ގަދަޔަށް އެކަން ކުރާމީހުން ގިނައީ. ރީހެބަށް ގެންދިއުގެ ބަދަލުގައި އެމީހަކަށް ކަނޑައެޅޭ ހުކުން ވަރުގަދައަށް ތަންފީޒު ނުކުރާނަމަ މިކަމަށް ދުވަކުވެސް ހައްލެއް ނާންނާނެ.
ބޮޑުކުލި ސުހޭލު
30 April 2022
އެޗްޑީސީން އަދިވެސް ކުލި ދައްކާށޭ ކިޔާފަ ދުވޭ. ތަނުގެ ސެކިއުރިޓީ ބެލެހެއްޓެނީކީ ނޫން. ތަން ހަދާފަ ހުރީ އެކްސެސް ކޮންޓްރޯލް ލާފަ. ޢެކަމު އެވެސް އޮޕަރޭޝަނަލް ކުރެޗުނީކީނޫން. ޢަދި ސީސީޓީވީ ލާނަމޭވެސް އޮތް އެގްރިމެންޓުގަ. ޢެކަންވެސް ވީކީ ނޫން. ކޮންކަމެއް ކޮއްދެވިގެންތަ ބޮޑުއަގު ނަގަން ސުހޭލު މި ކިޔަނީ.
ފެރީނިޒާމް
30 April 2022
ކިހިނެއްތަ ބަލަހައްޓަންވީ؟ ފުލެޓަށް ވަންނަ ހުރިހާ އެންމެން ޗެކް ކުރަންވީތަ؟ ކަސްޓަމްސް އޮފިސަރުން ބަހައްޓަންވީ ދޯ ފުލެޓު ދޮރުމަތީ ޑުރަގު ވައްދާ ތޯ...
އަހަންމަދު.
01 May 2022
އެކްސެސް ކޮންޓްރޯލް ސިސްޓަމް އޮޕަރޭޓް ކުރަންވީ. އެގްރިމެންޓުގަ އޮތް ގޮތަށް ސީސީޓީވީ ކެމެރާ ހަރު ކުރަންވީ. އެނގިއްޖެތަ ބަލަހައްޓަން ކުރަންވީ ކަންތައް. ޕޮލިސް ޕޯސްޓްތަކެއް ބަހައްޓައިގެން އެތާ ތިބެނީ ކޯޗެއް ބަލަހައްޓަންތަ؟ ވަރުވަރުން ހަދާފަ ކީއްކުރަން ހުންނަ މުއައްސަސާތަކެއްތަ؟ މީހަކު އެއްޗެއް ބުނާއިރަށް ފުރައްސާރަ ކޮށް ދިމާކުރަން ތިމާމެންވަރު ބައެއް ނެތްކަމަށް ހީކޮށްގެން އެބައުޅޭނު.
ކިނބޫ
01 May 2022
ލޮލުން ބަލަހައްޓަންވީ. ދެލޯ ކަނު ބަޔަކު ކަންކަމާ ހަވާލުވެ ތިބީމަ ވާގޮތް މީ. ބަލަހައްޓަންވީ ކހިނެއްކަން ނޭނގެންޏާ މަސްއޫލިއްޔަތުތަކުން އެއްފަރާތް ވާންވީ.