މިދިޔަ އަހަރު އީދު ބަންދަށް ރަށަށް ދިއުމަށް ބަޔަކު ލޯންޗަށް އަރަނީ: މި އަހަރުގެ ފިތުރު އީދަށް ވެސް ގިނަ ބަޔަކު ރަށްރަށް ވަނީ ގޮސްފައި -- ފޮޓޯ: މިހާރު
30 އެޕްރީލް 2022 - 11:57
އީދު ބަންދަށް މާލެއިން ގިނަ ބަޔަކު ރަށްރަށަށާއި ރާއްޖެއިން ބޭރަށް ފުރައިފި އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިތުރު އީދަކީ އަންނަ ހޯމަ ދުވަހެވެ. ރާއްޖޭގައި އީދަށް ހަނދު ބެލުން މިރޭ އޮންނާނެ އެވެ.
އިއްޔެ އިން ފެށިގެން އީދު ބަންދަށް ހަފުތާއެއްގެ ޗުއްޓީ ލިބޭތީ ގިނަ ބަޔަކު ވަނީ އެކި ތަންތަނަށް ފުރައިފަ އެވެ. ޑޮމެސްޓިކް ފްލައިޓްތަކާއި ލޯންޗް ފެރީތަކަށް ވެސް ބާރުބޮޑުވެ، ރަށްރަށުގެ ގެސްޓް ހައުސްތަކުގެ ބުކިންތައް ވެސް ވަނީ ފުލްވެފަ އެވެ.
މިއަދާއި މާދަމާ ވެސް ގިނަ ބަޔަކު ރަށްރަށަށް ފުރާނެ ކަމަށް ބެލެވޭއިރު، މިއީ ކޮވިޑް-19އާ ގުޅިގެން އެޅި ފިޔަވަޅުތައް އުވާލި ފަހުން ގިނަ ބަޔަކު އެއްފަހަރާ މާލެއިން ބޭރަށް ޗުއްޓީއަށް ދާނެ ފުރަތަމަ ފަހަރެވެ. ކޮވިޑްގެ ކުރިން އާންމުކޮށް، ކޮންމެ އީދަކަށް ވެސް މާލެއިން ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރެ އެވެ.
Malé huss vaane kanneynge dho mi eid ah 🤔
— Zāy (@zae_xi) April 29, 2022
މި ބަންދުގައި ގިނަ ބަޔަކު ރާއްޖެއިން ބޭރަށް ވެސް ދަތުރުކުރާއިރު، އިމިގްރޭޝަނުން އިއްޔެ ބުނީ މިދިޔަ ބުރާސްފަތި ދުވަހު އެކަނި ވެސް 329 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ. އަދި 227 ޕާސްޕޯޓެއް އެންރޯލް ކޮށްފައިވެ އެވެ.
އެގޮތުން ވީހާވެސް ގިނަ ރައްޔިތުންނަށް ޚިދުމަތްދީ، ޢީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ކުރައްވަމުންދާ އުއްމީދުތަކުގައި ކުލަޖެއްސުމުގެ ގޮތުން، އަޅުގަނޑުމެންގެ ހީވާގި އޮފިސަރުން 28/4/22 ވަނަ ދުވަހު 09:00 - 17:00 އަށް އަދި 20:30 - 23:30 އަށް ޚިދުމަތް ދީފައިވާކަން ފާހަގަކުރަން. 2/2 pic.twitter.com/2M6skqw1pW
— Maldives Immigration (@ImmigrationMV) April 29, 2022
އެތެރޭގެ އުދުހުންތައް އެންމެ ގިނައިން ކުރާ ގައުމީ އެއާލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުން ވެސް ބުނެފައި ވަނީ މުޅި އީދު ބަންދަށް ވެސް އެ އެއާލައިންގެ ފްލައިޓްތައް ފުލްވެފައިވާ ކަމަށެވެ. އެ އެއާލައިނުން ފަހުން ދަތުރުތައް އިތުރުކޮށްފައި ވެސް ވެ އެވެ.
މާލެއާ އެންމެ ކައިރިން އާންމުކޮށް މީހުން ޗުއްޓީ އަށް ގޮސް އުޅޭ ގިނަ ރަށްތަކަށް ވެސް ވަރަށް ބާރުބޮޑެވެ. ކ. މާފުށި، ކ. ތުލުސްދޫ، ކ. ހުރާ، ކ. ގުރައިދޫ އަދި ކ. ދިއްފުށީގެ ގިނަ ގެސްޓް ހައުސްތައް ވަނީ ފުލްވެފަ އެވެ.
ގެސްޓް ހައުސް ވިޔަފާރީ އެންމެ ފުޅާކޮށް ކުރަމުން އަންނަ މާފުށީގައި މިފަހަރު ވަރަށް ކުލަގަދަކޮށް އީދު ފާހަގަކޮށް، ހަވާ އަރުވަން ވެސް ނިންމާފައިވެ އެވެ. އަދި ބޮޑު މިއުޒިކް ޝޯއެއް ވެސް އެ ރަށުގައި ބާއްވާނެ އެވެ. އީދު ދުވަހުގެ ރޭ އޮންނަ އެ މިއުޒިކް ޝޯގައި ޔާރާ އާއި ހަބޭސް ބޮޑުބެރު ގުރޫޕާއި ސަފޫރާ އެންޑް ފްރެންޑްސްގެ ލައިވް މިއުޒިކާއި އަދި ޑީޖޭ ބައި އިންމަ ބައިވެރިވާނެ އެވެ.
މާފުށީގައި ބާއްވާ އީދު ހަރަކާތުގައި ބައިވެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވެސް އެ ރަށަށް ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
Left gloomy weather at Male' and travelled to #SuvadiveIslands to be greeted by a nice sunny day
— Neonthu (@nunthu) April 29, 2022
Happy Eid Holidays everyone pic.twitter.com/flyEJ1wB80
އީދު ބަންދަށް ގިނަ ބަޔަކު ފުރާއިރު، މިއީ "ފެން އީދަކަށް" ވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.
މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
"އަންނަ މަހުގެ އެކަކުން ފެށިގެން މޫސުން ގޯސްވާނެ ކަމަށް ދައްކަނީ. ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ތަންކޮޅެއް ވިއްސާރަކޮށް އުޅެނީ. ވައި ވެސް ބާރުވާނެ. ކަނޑު ވެސް ގަދަވާނެ،" އެ އޮފީހުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ދިވެހިންތައް
02 May 2022
މާލެއިން މީހުން ހުސްވާނީ 60 ހާސް ބަންގަޅަދޭޝް މީހުން ރަށައް ގޮސްގެންދޯ؟
ހާލުފޮޅި ފޮޅި
30 April 2022
އަހަރު ތެރޭގައި އަންނަ އެންމެ އުފާވެރި ދުވަސްކޮޅު.... ރަށްރަށުން މާލެ އަރާ ތިބި އެންމެން ރަށަށް ދާ ދުވަސްކޮޅު އެއީ ބުނެދޭން ނޭނގޭހާވެސް އުފާވެރި ދުވަސްކޮޅެއް.. ހާދަ ހިތްހަމަ ޖެހެޔޭ، މީހުން މަދުވެފަ އެހާމެ އަޑުމަޑުވާނެ...
މަން
30 April 2022
ދާގޮތަށް ނާންނަަތި
_______
30 April 2022
ރާއްޖެތެރޭ މާލޭ މީހުންނަށް އަމިއްލަ ރަށް ފެންނަނީ ހަމައެކަނި އީދު އައީމައި.
ރާއްޖެތެރޭސޮރު
30 April 2022
އޭރުން ކިހިނެތް ކަލޭ ކައިގެންބޮއިގެން އުޅޭނީ. އަމިއްލަ ނަފްސަކަށްވެސް ބެލެމެއް ނެތް ދޯ.
ފަހުދު
30 April 2022
މާލޭ މަގުތައް ގޮނޑަކައް ހެދިގޮތައް އަމިއްލަ ރަށުގެ މަގުތަހައް ކުނި ނާޅާތި
ޞާޣިޜު
30 April 2022
ނަސީބެއްނު، ދެން ނާންނާތި!
________
30 April 2022
މުޅި އަހަރު މަލޭގައި އުޅެފައި ހަމަ އީދަށް ރަށަށް. ކިހާ ދެރަކަމެއް. އީދު އަޔަކަސް ހަމަ މާލޭގައި އުޅެވޭނެއޭ. ކޮންމެހެން އީދަށް ރަށަށް އަންނާނެކަމެއް ނެތް.
48343
30 April 2022
އީދުންއެނބުރިއަންނައިރު ނަންބަރުތަކަށް އަސަރުނުކުރާނެބާ؟
އޭންޓްޒް
30 April 2022
ހިންޏަކީ މިސާލެކޭ ހިންޏަކީ މިސާލެކޭ!
އަލިބެހޮއްކޮ
30 April 2022
އީދު އުފާ ފާޅު ކުރާއިރު ބީޗްތަކާއި ފިނޮޅުތަކާއި ރަށް ރަށުގެ މަގުތަކަށް ކުނި ނާޅާ ސިވިލައިޒްޑް ބަޔަކު އުޅޭނެ ގޮތަށް އުޅޭނެ ކަމަށް އުންމީދު ކުރަން.
ހސގދފސދ
30 April 2022
ނާތަހުޒީބުކޮށް އީދުފާހަގަކުރެވުނީމާ އީދަކަށްވަނީ.
ށަވިޔަނި
30 April 2022
އަހަރުމެން ބޮލަށް ތަންކޮޅެއް ފަސޭހަވާނެ.
ބުރުގާ
30 April 2022
ހެޔޮނުވާނެ، އަވަހައް ބާރައް ފުރާ!