މިދިޔަ އަހަރު އިސްލާމީ މަރުކަޒުގައި އޮތް ބޮޑު އީދު ނަމާދަށް ފަހު ބަޔަކު މިސްކިތުން ފައިބަނީ -- ފޮޓޯ: ނިޝާން އަލީ | މިހާރު
30 އެޕްރީލް 2022 - 15:54
އަންނަ ހޯމަ ދުވަހު އީދު ނަމާދު ވަގުތަށް މާލޭގެ ތިން ސަރަހައްދެއްގެ ޓްރެފިކަށް ބަދަލު ގެންނަން ނިންމައިފި އެވެ.
ފުލުހުން ބުނީ ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި އިސްލާމީ މަރުކަޒުގެ ސަރަހައްދާއި އަދި މިފަހުން ހުޅުވި ސަލްމާން މިސްކިތުގެ ސަރަހައްދުގެ ޓްރެފިކަށް އެ ދުވަހު ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އިސްލާމީ މަރުކަޒުގެ ސަރަހައްދުން ބޮޑުތަކުރުފާނުމަގާއި އަމީރް އަހްމަދު މަގާއި އަދި ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުގެ ކަންމަތިން މެދުޒިޔާރަތް މަގަށް، ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ނުވަދެވޭ ގޮތަށް ބަންދުކުރަން ވަނީ ނިންމައިގަ އެވެ. އީދު ނަމާދު ވަގުތުގައި ސައިކަލް ޕާކްކުރަން އެ ސަރަހައްދުގައި ހަމަޖެހިފައި ވަނީ ބޮޑުތަކުރުފާނު މަގުގަ އެވެ.
އިސްލާމީ މަރުކަޒުގައި ކުރެވޭ، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު 👇
— Maldives Police (@PoliceMv) April 30, 2022
❌ އިން މާކްކޮށްފައިވާ ސަރަހައްދުތަކުގައި ޕާކް ކޮށްފައިވާ އުޅަނދުތައް ނެންގެވުމަށް އެންމެހާ ބޭފުޅުންނަށް ހަނދުމަފުޅުކޮށް އަރުވަން pic.twitter.com/gF7S6lQ8Ki
އެހެންވެ، އިސްލާމީ މަރުކަޒުގެ ދެކުނަށް އޮންނަ ޕާކިން ޒޯނުގައި މިހާރު ޕާކްކޮށްފައި ހުރި އުޅަނދުތައް ނަގަން ވަނީ އަންގައިފަ އެވެ.
މާފަންނު ސްޓޭޑިއަމް ސަރަހައްދުން މާފަތްތަކުރުފާނުމަގާއި އަމީނީމަގާއި ހިލާލީމަގާއި އެ މަގުތަކަށް ވަދެވޭ ކުދި މަގުތައް ވެސް ބަންދުކުރަން ނިންމާފައިވެ އެވެ. އެ ސަރަހައްދުގައި ވެސް ސައިކަލު ޕާކްކުރާނީ ބޮޑުތަކުރުފާނުމަގުގަ އެވެ. ސްޓޭޑިއަމްގައި ފިރިހެނުން ނަމާދުކުރަން ހަމަޖައްސާފައި ވަނީ ޓާފް ދަނޑުގަ އެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައި ވަނީ ދުވާ ޓްރެކެވެ.
ބޮޑު ޖަމާޢަތުގައި މާފަންނު ސްޓޭޑިއަމް ސަރަހައްދުގައި ކުރެވޭ، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު 👇 pic.twitter.com/gbDLmMGXKK
— Maldives Police (@PoliceMv) April 30, 2022
ސަލްމާން މިސްކިތުގެ ސަރަހައްދުގައި ހުޅުމާލެ ފެށީ ޓާމިނަލު ހުންނަ ހިސާބުން ފެށިގެން މަޖީދީ މަގު ކަންމައްޗާ ހަމަ އަށް ހަތަރު، ފުރޮޅުލީ އުޅަނދުތަކަށް ވަނުން މަނާވާނެ އެވެ. އަދި އެ ހިސާބަށް ވަދެވޭ އެހެން މަގުތައް ވެސް ބަންދުކުރާނެ އެވެ. އެ ސަރަހައްދުގައި ވެސް ސައިކަލު ޕާކްކުރަން ހަމަޖައްސާފައި ވަނީ ބޮޑުތަކުރުފާނުމަގުގަ އެވެ.
ކިންގ ސަލްމާން މިސްކިތުގައި، 1443 ވަނަ އަހަރުގެ ފިޠުރު ޢީދު ނަމާދަށް މަގުމަތީގެ އިންތިޒާމްތައް ހަމަޖެހިފައިވާ ގޮތުގެ ޗާޓު 👇 pic.twitter.com/2KMarRUuyH
— Maldives Police (@PoliceMv) April 30, 2022
މިއީ 2018 ގެ ފަހުން މާލޭގައި ފިތުރު އީދު ބޮޑު ޖަމާއަތެއްގައި ކުރާ ފުރަތަމަ ފަހަރެވެ. މޫސުން ގޯސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ބޮޑު ޖަމާއާތް ނުބޭއްވުނުއިރު، މިދިޔަ ދެ އަހަރު އެކަން ނުވީ ކޮވިޑް-19ގެ ސަބަބުންނެވެ.
މި އީދަށް ހަފުތާއެއްގެ ބަންދު ލިބޭތީ ގިނަ ބަޔަކު މިހާރު ވާނީ މާލެއިން ބޭރަށް ވެސް ދަތުރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުޖުލު
01 May 2022
ޓުރެފިކް ދާއިރާގަ އެކަމަށް ތަޖުރިބާހުރި ބަޔަކު ނޫލެ އެންމެ ހަލަބޮލި ވާ ތަންތަނުގަ ތިގެން މީހަކު ފެންނަނީ ވެސް މަދުފަހަރެއް ގަ އެފެންނަ އިރެއްގަވެސް މަގު ބެދޭއިރުވެސް ބަހައްޓާފަ ހުންނަ ބުދެއްހެން ހަދާނެ ގޮތް ހުސްވެފަ ހުންނަނީ.
އޮސްޓްރޭލިއާ
30 April 2022
ޢޮސްޓްރޭލިއާގެ ވިނަ ރާޖޭގައި ހެއްދޭނީ މުއިޒް ވަރަށް ގަދަވީމަތާ، ހެހެ
އޮނަރަބްލް އަފީފު ދީދީ
30 April 2022
އީދު ނަމާދަށް އެކަންޏެއްނޫން ޓްރެފިކަށް ބަދަލު ގެންނާންވީ. މާގިރި ހޮޓަލުން ފެށިގެން އެމްޕީއެލް ކާރީގައި ހުރި ބަސް ސްޓޭންޑާއި ހަމައަށް ބާޒާރު މައްޗާއި އެކުގައި ފަތިހު 5:00 އިން ރޭގަނޑު 1:00 އަށް އެއްވެސް އުޅަނދެއް (ސައިކަލް ވެސް) ޕާކް ކުރުން މަނާ ކުރަންޖެހޭ. # އަދި ޑްރައިވަރު ނެތި މުދާ އަރުވަންވެސް މަޑުކޮށްފިނަމަ ވެހިކަލް ޓޯވް ކޮށް މާލެ ވަށައިގެން ބަސް ދަތުރު ކުރެވޭގޮތް ހަދާ ޕަބްލިކް ޓްރާންސްޕޯޓް ފުޅާކޮށްގެން ނޫނީ ޓްރެފިކް ހައްލު ހޯދަން ދަތިވާނެ.