ޚަބަރު / ޓީޗަރުން

ތައުލީމީ ދާއިރާގެ ބޮޑުކުރި މުސާރަ: ހައްގު މިންވަރުގެ ފެށުމެއް

އިތުރު ގަޑިއާ ނުލައި ވެސް ތައުލީމީ ދާއިރާގެ މުސާރަ ނިސްބަތުން ބޮޑު. މިއީ ޓީޗަރުންގެ ޒަމާންވީ ޝަކުވާއެއްގެ ނިމުން

ޓީޗަރުންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގައި ޓީޗަރުން ބައިވެރިވަނީ: ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު މިއަދު ވަނީ އިއުލާންކޮށްފައި. -- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އިއުލާންކުރެއްވި މުސާރައިގެ އާ އޮނިގަނޑަކީ ތައުލީމީ ދާއިރާގެ ދިގު އިންތިޒާރެއްގެ ނިމުމެވެ؛ ބުރަ މަސައްކަތާ އެކަށީގެން ނުވާ އުޖޫރައެއްގައި ޓީޗަރުން ދެމިތިބޭތާ އެތައް އަހަރެއް ވެއްޖެ އެވެ. މި ޝަކުވާއަށް ނިމުން މިއައީ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވި ގޮތުގައި، އުޖޫރައިގެ ގޮތުގައި އެ ދާއިރާއަށް ހައްގުވާ މިންވަރު ދޭން ފެށިގެންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ އާ އޮނިގަނޑަށް އައި ބަދަލުން ބައެއް މިސާލުތައް ދައްކަވައިފަ އެވެ.

ރ. ފައިނުގެ ޕްރިންސިޕަލަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި ގެއަށް ގެންދަން ލިބުނީ 14،800ރ. އެވެ. އެކަމަކު މުސާރައަށް ގެނައި ބަދަލާ އެކު 30،000ރ. މި މަހުން ފެށިގެން ލިބޭނެ އެވެ.

މިއީ، ނިސްބަތުން ވަރަށް ބޮޑު ކުރިއެރުމެއް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ސ. ހިތަދޫ ސްކޫލުގެ ޕްރިންސިޕަލަށް މިދިޔަ މަހުގެ މުސާރައިގެ ގޮތުގައި 27،800ރ. ލިބުނަސް މި ބަދަލާ އެކު 37،000ރ. އަށް ވުރެން މަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުރަވީ ސްކޫލުގެ ޕްރިންސިޕަލަށް މިހާތަނަށް ލިބެމުން އައީ 27،600ރ. އެވެ. އެކަމަކު 37 ޕަސެންޓަށް މުސާރަ ބޮޑުވެ ގެއަށް ގެންދަން 38،000ރ. ލިބޭނެ އެވެ.

މިނިސްޓަރު ވިދާޅުވީ 14،000ރ. ލިބެމުން އައި ލީޑިން ޓީޗަރުންނަށް އަންނަ މަހު 28،000ރ. އަށް ބޮޑުވާނެ އެވެ. މިއީ 63 ޕަސެންޓަށް ވުރެން ބޮޑު ކުރިއެރުމެކެވެ.

އިމާދުއްދީން ސްކޫލުގައި 14،000ރ. ލިބޭ ޓީޗަރެއްގެ މުސާރަ 19،400ރ. އޯޓީއާ ނުލައި ބޮޑުވާނެ އެވެ.

ޑިގްރީ ފެންވަރުގެ 12،000ރ. ލިބޭ ޓީޗަރުންނަށް 19،400ރ. ގެ ކުރިއެރުމެއް ލިބޭނެ އެވެ. މާސްޓާސް ލެވެލްގެ 15،000ރ. ލިބެމުން އައި ޓީޗަރުންގެ މުސާރަ ވަނީ 20،000ރ. އަށް ވުރެން ބޮޑުވެފަ އެވެ.

އެޑިއުކޭޝަން ޕްރޮފެޝަނަލުންގެ މުސާރަ ވެސް ބޮޑުކޮށްފައިވާ އިރު 17،000ރ. އިން 25،000ރ. އަށް ވަނީ ބޮޑުވެފަ އެވެ.

ތައުލީމީ ދާއިރާގެ 8،889 މުވައްޒަފުންގެ މުސާރަ ބޮޑުވި

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި ގޮތުގައި އާ އޮނިގަނޑާ އެކު ތައުލީމީ ދާއިރާގެ 8،800 އަށް ވުރެން ގިނަ މުވައްޒަފުންގެ މުސާރަ ވަނީ ބޮޑުވެފަ އެވެ. ޖުމްލަކޮށް 37 ޕަސެންޓުން ފެށިގެން 87 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް މުސާރަތަކަށް ވަނީ އައިސްފަ އެވެ.

މި އިތުރުވި މުސާރަ އަށް ދައުލަތުގެ ބަޖެޓުން 488 މިލިއަން ރުފިޔާ ހޭދަކުރާނެ އެވެ.

"މިއީ ތައުލީމީ ދާއިރާއަށް ލިބުނު އީދު ހަދިޔާއެއް. އަޅުގަނޑުމެން އުފަލުން މިތިބީ،" މިނިސްޓަރު ވިދާޅުވި އެވެ.

މުސާރާއިގެ އޮނިގަނޑު ހަދާފައި ވަނީ މައިގަނޑު ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އަސާސީ މުސާރަ އާއި މަގާމުގެ އެލަވަންސް އަދި ހަޒިރީގެ އިނާޔަތް ހިމެނޭ ގޮތަށެވެ. އަދި އަސާސީ ޕެންޝަނަށް ވާ ފައިސާ ވެސް އޭގައި ހިމެނެ އެވެ.

ޓީޗަރުންގެ މުސާރަ އަށް އައި ކުރިއެރުން:

- ރޭންކް 1 (ޑިޕްލޮމާ ލެވެލް)ގެ ޓީޗަރަކަށް 13،266ރ. (22 ޕަސެންޓް ކުރިއެރުމެއް)

- ރޭންކް 2 (ޑިގްރީ ލެވެލް)ގެ ޓީޗަރަކަށް 19،467ރ. (50 ޕަސެންޓްގެ ކުރިއެރުމެއް)

- ރޭންކް 3 (މާސްޓާސް ލެވެލް)ގެ ޓީޗަރަކަށް 20،895ރ. (38 ޕަސެންޓް ކުރިއެރުމެއް)

މަސައްކަތް ކުރާ މުއްދަތަށް ބަލައިގެން މުސާރަ ބޮޑުކުރެވޭނެ އިތުރު ދެ ރޭންކެއް ވެސް އެ އޮނިގަނޑު ހިމަނާފައިވެ އެވެ.

އެކުލާވަލި އާ އޮނިގަނޑުގެ ތެރެއިން ބޮޑު މުސާރާއެއް ލިބޭނީ ސްކޫލްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ. އަދި މި އޮނިގަނޑުގެ ތެރޭގައި ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މޮނީޓާކުރާ ކޮލެޖާއި ޔުނިވާސިޓީތަކާއި އެހެން އިދާރާތަކުގެ މުވައްޒަފުން ނުހިމެނޭނެ އެވެ.

އެކަމަކު ގުރުއާނާ ބެހޭ މަރުކަޒުގެ 13 ޓީޗަރުންނަށް ވެސް މި މަހުން ފެށިގެން މުސާރަ ދޭނީ މި އޮނިގަނޑުގެ ދަށުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން ރައީސް އިއުލާންކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕޭ ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް އާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީޗަރުން މި ކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަގު ކުރެވޭނެ މަސައްކަތެއް ނޫން. މިހާރު ވެސް ދެވޭ އުޖޫރައަކީ ޒިންމާތަކާ ނުބައްދަލު އުޖޫރައެއް. އެހެންވެ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްގު އަގު ދެވޭތޯ. -- އެޑިއުކޭޝަން މިނިސްޓަރު

މުސާރަ އަށް އައި މި ބޮޑު ކުރިއެރުމާ އެކު، ޓީޗަރުންގެ މަސްއޫލިއްޔަތުތަކަށް އެއްވެސް ކަހަލަ ބަދަލެއް އަންނާނެތޯ "މިހާރު"ން ސުވާލުކުރުމުން މިނިސްޓަރު އައިޝަތު އަލީ ވިދާޅުވީ، މުސާރަ ބޮޑުކުރީ އެ ވިސްނުމުގައި ނޫން ކަމަށެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރި ކަން ރައީސް އިއުލާންކުރެއްވުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ޓީޗަރުން މި ކުރާ މަސައްކަތަކީ ހަގީގަތުގައި އަޅުގަނޑުމެންނަށް އަގުކުރެވޭނެ މަސައްކަތެއް ނޫން. މިހާރު ވެސް ދެވޭ އުޖޫރައަކީ ޒިންމާތަކާ ނުބައްދަލު އުޖޫރައެއް. އެހެންވެ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ އެ ކުރާ މަސައްކަތުގެ ހައްގު އަގު ދެވޭތޯ،" މިނިސްޓަރު ވިދާޅުވި އެވެ.

"މިހާރު މި އައި ބަދަލާ އެކު ރަނގަޅު އެއްޗެއް މުދައްރިސުންނަށް، އަބުރުވެރިކަމާ އެކު ދިރިއުޅެވޭނެ ވަރުގެ އެއްޗެއް ލިބޭނެ."

ސްކޫލްތަކަށް ދިވެހި ޓީޗަރުން ނުލިބޭ މައްސަލަ ބޮޑުވެ، އެކަމާ ގުޅޭ ގޮތުން މިފަހުން ހެދި ދިރާސާގައި ވެސް އެހެން އެކަން ދިމާވާ އެންމެ ބޮޑު ސަބަބަކީ މުސާރަ ކުޑަވުން ކަމަށް ބުނެފައިވެ އެވެ. އެހެންވެ، މިއަދު މި ގެނެވުނު ބަދަލަކީ އެ މައްސަލަ ހައްލުކުރުމަށް ވެސް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި އެކަމަށް މީގެން ހައްލެއް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު މި އައި ބަދަލާ އެކު ރަނގަޅު އެއްޗެއް މުދައްރިސުންނަށް، އަބުރުވެރިކަމާ އެކު ދިރިއުޅެވޭނެ ވަރުގެ އެއްޗެއް ލިބޭނެ -- އެޑިއުކޭޝަން މިނިސްޓަރު

ޓީޗަރުންނަށް ވުރެ ޕްރިންސިޕަލުންގެ މުސާރަ ބޮޑުވުމުގެ ޝަކުވާ

ތައުލީމީ ދާއިރާގެ މުސާރަތަކަށް ގެނައި ބަދަލު މިއަދު އިއުލާންކުރުމާ އެކު، ޓީޗަރުންގެ މުސާރައާ އަޅާބަލާއިރު، ޕްރިންސިޕަލުންގެ މުސާރަ ބޮޑުވުމުން ބައެއް މީހުން ކަންބޮޑުވުން ފާޅުކުރި އެވެ. ޓީޗަރަކު ކުރާ މަސައްކަތް، ޕްރިންސިޕަލަށް ވުރެ ބުރަވާނެ ކަމަށް ބުނެ އެވެ.

ތިން ފަންތީގެ ސްކޫލެއްގެ ތިން ޕްރިންސިޕަލުންގެ މުސާރަ އަށް އަންނާނެ ބަދަލު -- ފޮޓޯ: ނިޝާން އަލީ | މިހާރު

ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އެކަމާ ގުޅޭ ގޮތުން "މިހާރު"ން އެޑިއުކޭޝަން މިނިސްޓަރާ ސުވާލުކުރުމުން ވިދާޅުވީ، ޕްރިންސިޕަލުންނަކީ މުޅި ސްކޫލްގެ ހުރިހާ ކަމަކަށް ޒިންމާ ނަންގަވާ ބޭފުޅުންނަށް ވާތީ، އެ ބޭފުޅުންގެ މަސްއޫލިއްޔަތު ބޮޑުވުމުން ލިބޭ މުސާރަ ވެސް ބޮޑުވާނެ ކަމަށެވެ. މުސާރައިގެ އޮނިގަނޑު ހެދިއިރުގައި އެ ދެ މުސާރަ ފަރަގުކޮށްފައި ވަނީ އެގޮތަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ.

ޕްރިންސިޕަލުންގެ މުސާރަ އަށް އައި ކުރިއެރުން:

- ރޭންކް 1 ގެ ޕްރިންސިޕަލަކަށް 30،610ރ. (82 ޕަސެންޓްގެ ކުރިއެރުމެއް)

- ރޭންކް 2 ގެ ޕްރިންސިޕަލަކަށް 33،075ރ. (59 ޕަސެންޓްގެ ކުރިއެރުމެއް)

އިދާރީ މުވައްޒަފުންނަށް ވެސް މުސާރަ ބޮޑުވާނެ!

މިނިސްޓަރު ވިދާޅުވީ ސްކޫލުތަކުގެ އިދާރީ މުވައްޒަފުންގެ މުސާރަ ވެސް މި މަހު، މި އާ އޮނިގަނޑުގެ ތެރެއިން ބޮޑުވާނެ ކަމަށެވެ. ސްކޫލްތަކުގައި މަސައްކަތް ކުރާ 1،749 އިދާރީ މުވައްޒަފުން ތިބޭއިރު، އެ މީހުންނަށް މިހާރު ލިބޭ މުސާރައިގެ 35 ޕަސެންޓް އިތުރަށް ލިބޭނެ އެވެ. އެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑުގެ ތަފުސީލު ފަހުން އާންމުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

މުސާރަ ބޮޑުވި ކަމުގެ އުފާވެރިކަން ތައުލީމީ ދާއިރާއާ ހިއްސާކުރައްވަން ވީޑިއޯ މެދުވެރިކޮށް ދެއްވި މެސެޖުގައި ރައީސް ވިދާޅުވީ ތައުލީމީ ދާއިރާގެ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެހެން މުވައްޒަފުން ހިމެނޭއިރު އޮނިގަނޑަށް ސަރުކާރުން ގެނައީ ހެޔޮ ބަދަލެއް ކަމަށް ގަބޫލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. މިއީ ތައުލީމީ ދާއިރާގެ ކަންބޮޑުވުންތަކަށް ލުޔެއް ލިބި ދާއިރާ އިތުރަށް ކުރިއަރުވައި ރަނގަޅު ޖީލެއް ބިނާކުރަން އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވި އެވެ.

44 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 0%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީ

03 May 2022

200 ކުދިން އުޅޭ ސްކޫލްތަކާއި 2000 ކުދިން ކިޔަވާ ސްކޫލްތަކުގެޓީޗަރުންވެސް މުސާރައިގަ ހަމަހަމަ

The name is already taken The name is available. Register?

އަސްލަމްބެ

03 May 2022

ތަޢުލީމީ ދާއިރާގައި ޔުނިވަރސިޓީގެ ލެކްޗަރާއިން ނުހިމެނީތޯ؟ ލެކްޗަރާއިންނަށް ވުރެ ޓީޗަރުންގެ މުސާރަ ބޮޑު ކުރީމަ ޔުނިވަރސިޓީ ދޫކޮށް އެންމެން ދާން ފެށީމަ މޮޅެތި ޓީޗަރުން އުފައްދާނީ ކާކުތޯ؟ މިހާރު ވެސް ޔުނިވަރސިޓީގެ ބައެއް މަގާމު ތަކަށް މީހުންނެއް ނުލިބޭ. މީގެ ފައިދާ ނަގަނީ އަމިއްލަ ކޮލެޖުތަކުން. އޮންލައިންކޮށް އަގުބޮޑުކޮށް ފްރީ ޑިގްރީ ސްކީމްގެ ތެރެއިން ސެޓިފިކެޓް ވިއްކަން ހުންނާނެ.

The name is already taken The name is available. Register?

ސުހާނީ

02 May 2022

ޓީޗަރުން އެކަނި ގޮސްގެން ލާހިކެއް ނޫން ކިޔަވައިދޭކަށް. އިދާރީ ގޮތުންނާ އެހެނިހެން ގޮތްގޮތުން މަސައްކަތްތަކެއްކޮށް ކިޔަވައި ދިނުމަށް ކްލާސްތަށް ރެޑީކޮށްހެދީމަ ކިޔަވައިދެވެނީ. މިސައްކަތްތައްކުރާމުވައްޒަފުންގެ ޙައްގުކޮބާ؟ ދާއިރާގެއެހެން އެންމެނަށް 35% ގެ މުސާރައިގެ ކުރިއެރުމެކޭ އެބުނަނީ އޮޅުވާލަން. އެއީމީގެ ކުރިންވެސް އެހެން އޮފީސްތަކުގައި ނޮން ޕްރެކްޓިސް އެލަވަންސްގެ ނަމުގައި ދެމުން އައި އެލަވަންސްއެއް. 10 އަހަރުވަންދެން ނުދީ އޮވެފަ ދޭންފަށަނީ.

The name is already taken The name is available. Register?

ާޢާލިމް

02 May 2022

ކިޔަވައިދިނުން ރަގަޅުވާނެކަމަށް އުއްމީދުކުރަން. މިހާރުވެސް ކަމަކީ ކިޔަވައިދޭން ނޭނގޭ ކޮންމެ ފިލާވަޅެއް ދޭނީ ގެޔަށް ހަދަން. ފޮތް މާރކްކޮއްލުމެއްވެސް ނޯންނާނެ.

The name is already taken The name is available. Register?

ޒިސްޓީރިއާ

02 May 2022

އިންފްލޭޝަން ދަންނަންތަ އިންފްލޭޝަން؟ ލާހިކެއްނޫން ޑޮލަރު އަގު ހިފަހައްޓާލަން މުސާރަތައް ބޮޑުކޮށްލީމާ

The name is already taken The name is available. Register?

ޑއިޜ

02 May 2022

އިންފުލޭސަން އަކީ ތަކެތީގެ އަގު އުފުލުން، އެހެން ގޮތަކަ ބުނަންޔާ ދިވެހި ފައިސާގެ އަގު ދަށައް ދިއުން. 100ރ ލިބެން ހުރި ކިރުދަޅެއް، 120ރ މިހާރު ލިބަންޔަް، މިޔައްކަނީ 20% އިންފުލޭސަން. ޢެމް، އެމް، އޭއިން މީހުން އާމުކޮއް ބޭނުން ކުރާ އެއްޗެހި ބާސްކެޓްކައް އަޅާނީ، ޖުމްލަ އިފްލޭސަން ނަންބަރެއް ޖަހާފަ، ރިޕޯޓެއް ނެރޭނެ ކޮންމެ އަހަރަކު. މިޔައް ކިޔާނީ ކޮންސިއުމޯ ޕުރައިސް އިންޑެކްސް ( ސީ، ޕީ އައި( ތިހުރީ ކަމަކާ މީހުން ނުވިސްނައޭ. ބޭނުމެއްވެސް ނުވޭ ވިސްނާކަ

The name is already taken The name is available. Register?

ނާނާ މިވެސް ބައެކޭ

02 May 2022

އެބަޔަކު ކުރާ މަސައްކަތެއްގެ ގޮތުން އުޖޫރަދެއްވަން ވިސްނަވާނަމަ މަގުމަތި ކުނިކަހާ މީހުންނާ ފާޚާނާ ސާފުކުރާމީހުންނަކީ އެންމެ ބޮޑު މުސާރައެއް ދެވެން ވާނެ މީހުން. ދެން އިލެކްޓްރިކް ދާއިރާގައި މަސައްކަތް ކުރާ މަގުކޮނެ ކޭބަލް އަޅާމީހުން. މިއީ ސަރުކާރުން އެންމެ އިހާނެތިކޮށް މުސާރަ ދޭމީހުންނަކީ.

The name is already taken The name is available. Register?

ރެޓޭ

02 May 2022

ދެން ކަޅުސައިތައްޓެއް 10 ރުފިޔާއަށް ވިއްކަން ފެށީމާ ހުންނާނީ ހަތަރެސްކަން ހަމަވެފަ! ބިދޭސީންގެ ގަވާއިދާ ހިލާފު ވިޔަފާރިތައް ނުހުއްޓަވަންޏާ ކުރިއަށްއޮތް 3 އަހަރުތެރޭ ގައުމު ލަންކާއަށްވާނެ! ބަނގުލާދޭޝް ބޭފުޅުން 22 ރުފިޔާއަށް ޑޮލަރު ގަނެގެން ގައުމަށް ފޮނުވަނީ! މިހާރު އެމީހުން ރަސްމީކޮށް މަސްވެރިންނަށްވެސްވެއްޖެ! މަހަށްގޮސް ހަފްތާއަކު އެބޭފުޅުން އެބަނަގާ 30 ހާހުން 40 ހާހުން! ދެން ކިހިނެއް ވިޔަފާރިވެރިން މުދާ އިމްޕޯޓް ކުރަން ޑޮލަރު ހޯދަނީ 15 ގެ ރޭޓުން

The name is already taken The name is available. Register?

އަލި

02 May 2022

ހިތެއްނުފުރޭނެ. ޝަކުވާ އަށް ނިމުމެއް ނާންނާނެ.

The name is already taken The name is available. Register?

ބޮޑު މުސާރަ

02 May 2022

ދުވަސްކޮޅަކުން އިންފްލޭޝަން އަރާ ހަމަކުރާނެ!

The name is already taken The name is available. Register?

ގައުމު ދިވެހި ފަސްޓް

02 May 2022

އިސްލާމްދީނާ ދެކޮޅުމީހުންސަރުކާރުން ދުރުކޮށް އިންޑިޔާއަށް ގައުމު ވިއްކާނުލާނަމަ އަހަރެންވެސް ސޯލިހަށް ސަޕޯޓް ކުރުމާ ދޭތެރޭ ވިސްނާނަން.

The name is already taken The name is available. Register?

ވައްކަންލާސްޓު

02 May 2022

ތިޔަބުނީ ތިމަންނަ ސަޕޯޓުކުރާނީ ވައްކަމާއި ކަރަޕްޝަނާއި އަނިޔާވެރިކަމާއި ބޭއިންސާފަށޭތަ؟ އެކަންކަމުގެ ދީނީ ހުކުމްތައް ރަނގަޅަށް ބަލާލާ. މަގުއޮޅިފައިވާ އެންމެންނަށް ހެޔޮވިސްނުން ދެއްވާށި. އާމީން. އީދު މުބާރަކު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454