ހުޅުމާލޭގައި ބިދޭސީއަކު މަރާލުމުގެ ތުހުމަތުވާ އާބިދު: އޭނާގެ ބަންދަށް އިތުރު 15 ދުވަސް ވަނީ އިތުރުކޮށްފައި -- ފޮޓޯ/ޕޮލިސް
02 މެއި 2022 - 10:29
މިދިޔަ ރޯދަ މަހު ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރު ކޮށްފައިވާ ޕާކިސްތާނު މީހާގެ ބަންދަށް އިތުރު 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
މިދިޔަ މަހު ހުޅުމާލޭގެ ހާންޖީ ރެސްޓޯރެންޓްގައި ހިންގި މާރާމާރީއެއްގައި، އެތަނުގައި މަސައްކަތްކުރި ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ މަރާލި މައްސަލާގައި ހައްޔަރުކުރީ އެތަނުގެ ޝެފެއް ކަމަށްވާ ޕާކިސްތާނުގެ މުހައްމަދު އާބިދެވެ. އޭނާގެ ބަންދަށް ހުޅުމާލޭ ކޯޓުން ކުރިން 15 ދުވަސް އިތުރުކޮށްދިނެވެ.
ކްރިމިނަލް ކޯޓުން އިއްޔެ އޭނާގެ ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން 15 ދުވަސް އިތުރުކޮށްދިނީ ކުރިން އިތުރުކުރި މުއްދަތު ހަމަވާތީ އެވެ.
އާބިދުގެ ބޮލަށް ލިބިފައިވާ ގެއްލުންތަކަށް ފަރުވާ ނުލިބޭ ކަމަށް އޭނާ ކޯޓުގައި ބުނެފައިވާތީ އެކަން ބެލުމަށް ކޯޓު އަމުރުގައި ފުލުހުންނަށް އަންގާފައިވެ އެވެ.
އާބިދު ހައްޔަރުކުރީ އެ މާރާމާރީއަށް ފަހު ފިލައިގެން އުޅެނިކޮށް ހުޅުމާލޭ ދެވަނަ ފޭސްގެ ބީޗް ސަރަހައްދުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަޓޭ
03 May 2022
ބަލަ ޖަލައް ދަނީ ގާނޫންތަކާ ހިލާފް ވެގެން. ޖަލައް ދިއުމަކީ ލާޒިމް ކަމެއް ނޫން..އެކަމް ގާނޫނައް އަމަލު ކުރުމަކީ ލާޒިމް ކަމެއް..ޖަލުގަ ނުޖެހޭ އޭސީ ރޫމް ހުއްނާކަށް..މީހުންގެ ހައްގު ތަކައް އަރާ މުދާ ފޭރި ޑުރަގު ބޮއެގެން ޖަލައް ލާއިރު ތިބުނަނޭ އެތަން އޭސީ ކޮށް އެމީހުނަށް ފައިވްސްޓާރ ކެއުން ދޭށޭ..އަމާ ތޯއްޗެއް.
ގެދޮރު ނެތް މާލޭމީހާ
02 May 2022
ނަސީބެއް މީނަގެ މައިބަދަ ރަނގަޅުކަން. ރާއްޖޭގެ ޖަލަކަށް މީހަކު ލާއިރަށް މައިބަދަ ހަލާކުވެގެން ޑޮކްޓަރަށް ދައްކަން ޖެހިފަ އޮންނަނީ. ރައީސް މައުމޫން ފިޔަވައި ކުރީގެ ހުރިހާ ރައީސުންނަށްވެސް ވީ ހަމަ އެވަރު. ބަލީކީ ނޫން. ހަމަ ހުސް މަކަރު.
ފުންނާބު
03 May 2022
މަކަރެއް ނޫން. ކުޑަ ގޮޅިއަކަށް އިންސާނަކު ލައިފަ، ކޮންކްރީޓް ގަނޑެއްގެ މަތީ ދިގު މުއްދަތަކަށް ނިދަން މަޖުބޫރުކޮށްފަ ބޭއްވުމުން އެކި ކަހަލަ ސިއްހީ މައްސަލަ ދިމާވާނެ. ޖަލަކީ މުޑުދާރު ތަނެއް. އިންފެކްޝަން ފެތުރުމާއި ކަށީގެ އެކި ބަލިތައް ޖެހޭނެ. ކުށްވެރިއަކަށް ވީތީ ނުޖެހޭން އެގޮތަށް ގެންގުޅޭކަށް. ކަލޭމެން ހިތުން މާ މޮޅެތި ވާހަކަ ތިދައްކަނީ ތިބެ އޭސީ ރޫމެއް ދޭށެ އަނެކައްޗެކޭ ބުނާއިރު.