ސައީދާއި އައިންތު: ސައީދު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް.
03 މެއި 2022 - 14:51
ފުވައްމުލަކުގައި ޑައިވިން އަށް ގޮސް އުޅެނިކޮށް، އެ ރަށު މުހައްމަދު ސައީދު ގެއްލިގެން ހޯދަމުން އަންނައިރު އޭނާގެ އަންހެނުން އައިމިނަތު އިސްމާއީލް އަށް ކޮށްފައިވާ އަސަރު ހާމަކޮށްލީ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ކުރު، އެހެނަސް ހިތާމަވެރި ޖުމުލަތަކަކުންނެވެ.
ފުވައްމުލަކު ނެރު ކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް އެ ރަށު ނީމޯ، ސައީދު ގެއްލިގެން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓް ގާޑުން އިއްޔެ އިން ފެށިގެން ހުއްޓުމެއް ނެތި ކުރިއަށް އެބަގެންދެ އެވެ. އުމުރުން 44 އަހަރުގެ ސައީދަކީ ފުވައްމުލަކުގައި އަމިއްލަ ޑައިވިން ސެންޓަރެއް ހިންގާ، ތަޖުރިބާކާރު ޑައިވިން އިންސްޓްރަކްޓަރެކެވެ.
ސައީދުގެ އަންހެނުން އައިންތު އޭނާގެ ދެ ކުއްޖަކާއެކު.
މި ހިތާމަވެރި ދަނޑިވަޅު އޭނާގެ އަންހެނުން އައިންތު ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނީ، ސައީދަކީ އޭނާ އެންމެ ލޯބިވާ، ފުރާނަ ކަމަށެވެ. އެ ޕޯސްޓްގައި ވާ ގޮތުން ސައީދުގެ އަނބިމީހާ އައިންތުގެ ހުރިހާ ވެސް މީހަކީ ސައީދެވެ. ސަލާމަތުން ދުނިޔޭގައި ހުރީ ވެސް ސައީދުގެ ސަބަބުންނެވެ.
"އައިންތު އެންމެ ލޯބިވާ އައިންތުގެ ފުރާނަ. އައިންތުގެ ހުރިހާ ވެސް އުންމީދު. އައިންތުގެ ހިނިތުންވުން. އައިންތުގެ ހިތްހަމަޖެހުން. އައިންތު ދުނިޔޭގައި މި އޮތް ހުރިހާ ދުވަހު ސަލާމަތުން ހުރުމުގެ ސަަބަބު. އައިންތުގެ ފުރާނަ ފަދަ ލޯބިވާ ފިރިމީހާ ހެޔޮ ހާލުގައި ފެނުމުގެ ނަސީބު ލެއްވުމަށް އެންމެން ދުއާ ކޮށްދެއްވާ. އާމީން،" އުމުރުން 36 އަހަރުގެ އައިންތުގެ ޕޯސްޓްގައި ވެ އެވެ.
ގެއްލިގެން ހޯދަމުން އަންނަ ސައީދު -- ފޮޓޯ/ސޯޝަލް މީޑިއާ
އެހެން ޕޯސްޓެއްގައި އައިންތުގެ ހަނދާނަށް ގެނެސްފައި ވަނީ ދުވަސްތަކެއް ކުރިން ނިޔާވެފައިވާ މަންމަ އާއި މީގެ ދެ އަހަރު ވަރު ކުރިން ނިޔާވި ކޮއްކޮގެ މަރެވެ. އެ ދެ މަރުގެ މަތިން ވެސް ހަނދާންކޮށް، ދެން އައިންތު ގެނައީ ލޯބިވާ ފިރިމީހާ ސައީދުގެ ވާހަކަ އެވެ.
"ﷲ މި އަޅާ މި ހުރިހާ ކަމަކަށް ކެތްތެރިވަން. ޔާ ﷲ މި އަޅާގެ ފިރިމީހާ ހެޔޮ ހާލުގައި ސަލާމަތުން މި އަޅާ އަށް ފެނުމުގެ ނަސީބު މިންވަރު ކުރައްވާށި. ﷲ އަކީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ. އާމީން."
ސައީދާއި އައިންތުގެ ތިން ކުއްޖަކު އެބަތިއްބެވެ. އެންމެ ހަގު ކުއްޖާގެ އުމުރަކީ ތިން އަހަރެވެ. އެންމެ ބޮޑު ކުއްޖާ އަށް 16 އަދި ދެވަނަ ކުއްޖާގެ އުމުރަކީ ހަތް އަހަރެވެ.
ދެ މީހުންގެ ވެސް ފުރަތަމަ ކައިވެނި ކަމަށް ވާއިރު، އުޅެމުން އަންނަނީ ވަރަށް އުފަލުން، ލޯބިން ކަމަށް ސައީދުގެ އާއިލާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ސައީދު ހޯދުމަށް މިހާތަނަށް ސާޗް ކުރި ސަރަހައްދު ފެންނަ ގޮތް.
ފުވައްމުލަކުން ވާހަކަ ދެއްކި މީހަކު ބުނެފައިވާ ގޮތުގައި ސައީދާ އެކު އެހެން މީހަކު ވެސް އެއްކޮށް ޑައިވިން އަށް ފޭބި އެވެ. އޭގެ ތެރެއިން ސައީދު ގެއްލުނުއިރު ހާލު ދެރަވި ޒުވާނާ މައްޗަށް އެރި އެވެ. އެކަމަކު އޭނާގެ ޚަބަރު އެ ވަގުތު ހުސްވީ އެވެ.
އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނީ، ސައީދު ހޯދުމަށް މިއަދު ހިންގާ އޮޕަރޭޝަންގައި ދެ ހާބަރު ކްރާފްޓާއި އެމްއެންޑީއެފް ޑޯނިއާ ފްލައިޓް ވެސް ހަރަކާތްތެރިވާ ކަމަށެވެ.
ސައީދަކީ 2001 ގައި ޑައިވް މާސްޓާ ކޯސް ފުރިހަމަކޮށް އަދި އޭގެ ފަހުން ޑައިވް އިންސްޓްރަކްޓަރު ކޯސް ވެސް ނިންމާފައިވާ މީހެކެވެ. އޭނާގެ އުމުރުގެ ބޮޑުބައި ހޭދަކުރީ ޑައިވިންގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިންގް އިލްހާމް
05 May 2022
ހެޔޮހާލުގައި ލަހައްޓަވައި ފެންނާނެ ގޮތް މެދުވެރި ކުރައްވާށި އާމީން، ދެރަނުވޭ އުޙްތާ ﷲ އީ އެންމެ އޯގާވަންތަ އިލާޙް ، ކެތްތެރިކަމާއި ނަމާދުން ވާގިހޯދާ އަދި ހެޔޮ ދުޢާކުރައްވާ ، ހަމަ ކަށަވަރުން ދަތިކަމާއި ތަނަވަސްކަމުގެ ހާލަތުގައި އަދި އުފަލާއި ހިތާމައިގެ ހާލަތުގައި ﷲ އިންސާނާ އިމްތިޙާން ކުރައްވާ.
ގެފަން ދިސް
03 May 2022
މީހަކުހޯދިޔަކަސް އަންޑިޔާސިފައިންއަކަށް ނުތިބެވޭނެ މީވަރަށް ވާހަކަ..
ގެފަންދިން
03 May 2022
ދައީދު ހޯދުމަށް ސިފައިން ކުރަމުން ތިގެންދާ ބުރަ މަސައްކަތް ފާހަގަކުރަން އަދި މިކަމުގައި ބައިވެރިވަމުންދާ އިންޑިއާގެ ސިފައިންނަށްވެސް ޝުކުރު އަދާކުރަން ޔާމީނުބުނާ މިގައުމަށް އަރާތިބި އިންޑިއާގެ އަސްކަރިއްޔާއަކީ މިއީ މިހިރީ ދިވެއްސަކުހޯސުމަށް އެމީހުން ވެދޭ އެހީތެރިކަން މީގައުމަށް ކިހާނުރައްކާތެރިކަމެއްތޯ
ސިޔާސީ މީހާ
03 May 2022
ކޮންމެ ކަމެއް ސިޔާސީ ނުކޮށްބަލަ
ލޮލީޖޮލޯ
04 May 2022
އިންޑިޔާ ސިފައިން މިކަމުގައި ބައިވެރިއެއް ނުވޭ ކޮންމެކަމެއް ސިޔާސީ ނުކޮށްބަލަ، މާތްﷲ ސައީދަށް ހެޔޮރަހުމަތް ލައްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި އާމީން