ސައީދު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުގެ ޑައިވަރުން ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
04 މެއި 2022 - 18:37
ފުވައްމުލަކުގައި ޑައިވިނަށް ގޮސް އުޅެނިކޮށް ހާލު ދެރަވި ޒުވާނާ އިތުރު ފަރުވާއަށް މާލެ ގެނެސްފި އެވެ.
މިދިޔަ ހޯމަ ދުވަހު ޑައިވިނަށް ގޮސް އުޅެނިކޮށް އުމުރުން 18 އަހަރުގެ މަހްމޫދު ހާލު ގޯސްވެ އޭނާއަށް ފަރުވާދެމުން ދިޔައީ ދ. ކަނޑިންމަ ރިސޯޓުގައި ހުންނަ ޑިކޯ ޗެމްބަރުގަ އެވެ. އެކަމަކު އޭނާގެ ހާލު ރަނގަޅުނުވާތީ ނިއޮރޮލޮޖިސްޓަކަށް ދެއްކުމަށް އޭނާ މާލެ ގެނައީ މިއަދު ހަވީރު 3:15 ހާއިރެވެ.
މަހްމޫދުގެ އާއިލާގެ މީހަކު، "މިހާރު" އަށް ބުނީ ކުޑަހުވަދޫ މަގުން ސީޕްލޭންގައި މާލެ ގެނެސް މިހާރު ފަރުވާދެމުން އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
އެ ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު ހަވީރުގެ ވަގުތެއްގައި އޭނާ ގެންދާނީ ޅ. ކުރެއްދޫ ރިސޯޓުގައި ހުންނަ ޑީކޯ ޗެމްބަރަށެވެ.
އާއިލާ އިން ބުނި ގޮތުގައި ކުރެއްދޫއަށް މަހްމޫދު ގެންދަނީ މާލެއާ އެންމެ ކައިރީގައި ޑީކޯ ޗެމްބަރު ހުންނަ ބަނޑޮހުގައި ހުރި ޗެމްބަރު ހަލާކުވެފައި ހުރުމުންނެވެ.
މަހްމޫދުގެ ހާލު ގޯސްވެގެން އޭނާއަށް ފަރުވާދެމުން އަންނައިރު އޭނާއާ އެކު ދެން ޑައިވިނަށް ފޭބި ފުވައްމުލަކު ނީމޯ، މުހައްމަދު ސައީދު 44، ގެއްލިގެން އެމްއެންޑީއެފުން އަންނަނީ އޭނާ ހޯދުމުގެ މަސައްކަތްކުރަމުންނެވެ. މަހްމޫދަކީ ސައީދުގެ ޑައިވިން ސްކޫލުގައި މަސައްކަތްކުރާ ޒުވާނެކެވެ.
ފުވައްމުލަކުގެ "ޓައިގާ ޝާކް" ޑައިވިން ޕޮއިންޓަށް ފައިބައިގެން އުޅެނިކޮށް ގެއްލުނު ސައީދު އަދިވެސް ނުފެނެ އެވެ. ތިން ކުދިންގެ ބައްޕަ ހޯދަން ސިފައިންގެ ކޯސްޓް ގާޑުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނައިރު އެމްއެންޑީއެފުން މިއަދު ބުނި ގޮތުގައި ސިފައިން މިއަދު ކުރި ޑައިވެއްގައި 68 މީޓަރު (223 ފޫޓް) އަަޑިން ޑައިވިން ބެލްޓެއް ފެނިފައިވެ އެވެ.
ބެލްޓެއް ފެނުނު ކަމަށް ބުންޏަސް މިއީ ގެއްލުނު މުހައްމަދު ސައީދުއާ ގުޅުން ހުރި އެއްޗެއް ކަމަކަށް އެމްއެންޑީއެފަކުން ނުބުނެ އެވެ. އެކަމަކު ރޭ އެމްއެންޑީއެފުން ބުނީ މަސް ހިފަން ސައީދު ގެންގުޅުނު އާލާތެއް 59 މީޓަރު އަޑިން ފެނުނު ކަމަށެވެ. އެކަމަކު އެއީ ކޯޗެއް ކަމެއް ނުބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިހްސާސް
05 May 2022
ސައީދު މަސްހިފަން ގެންގުޅުނު އެއްޗެއްކަން ކަށަވަރުވަނީ ކިހިނެއް؟
ވިކިލީކުސް
04 May 2022
ދިވެހިންނަކީ ކަނޑުގެ ބައެއް. ޓޫރިޒަމްގެވެސް ބޮޑުބައި މޫދާ ވަނީ ގުޅިފަ. ކޮންމެ ރިސޯޓެއްގަ ޗެމްބަރެއް ހުރުން ޝަރުތު ކުރުމަކީ ރަނގަޅުކަމެއް ކަމުގަ ދެކެން. އާންމު ރައްޔިތުންނާ އެމީހުންގެގޭގެއިން މޫދަށް ކުނިއެޅުން މަނާ.ނަމަވެސް ރިސޯޓްތަކަށް ހުއްދަވީމަ ހާދަ ހެއްވައޭ. ރިސޯޓުން ޖީއެސްޓީ ނުދެއްކިޔަސް އެވެސް މާފުކޮށްދޭ. ރިސޯޓުގަ މަސްތުވާ އެއްޗެހިވިއްކުންވެސް ހުއްދަ. މިދެން ކިހާ ދެރަ ކަމެއް.
ސިމްޕަލް
04 May 2022
މާލެއާ އެންމެ ކައިރީގައި ޑީކޯ ޗެމްބަރު ހުންނަ ބަނޑޮހުގައި ހުރި ޗެމްބަރު ހަލާކުވެފައި. ދެންމިޖެހުނީ ޅ. ކުރެއްދޫއަށް ގެންދަން. މާލެން ދެކުނުގައި ހަލާކުނުވާ ޑީކޯ ޗެމްބަރެއް ހުރީ ކަނޑިންމާ ރިސޯޓްގައި. މުޅި ރާއްޖޭގައި ޑައިވްކުރަން ހުޅުވާލެވިފައިވާ އިރު ޑީކޯ ޗެމްބަރު ފަދަ ފަރުވާދޭ ތަންތަން ހަލާކުނުވެ ހުރޭތޯ ޔަގީންކުރަން އެބަޖެހޭ، ސަރުކާރު ހިއްސާ ވެގެން ހިންގާ ތަންތަނަށް ހަދައިގެން ނަމަވެސް މިކަން ކުރުން މުހިންމު.
ބާއާދު
04 May 2022
ޑީކޯ ވެގެން އުޅޭ މީހަކު އިރު އިރުކޮޅާ މަތިންދާ ބޯޓާ ހެލިކޮޕްޓަރުގައި އުދުއްސުން މިއީ ކޮންކަހަލަ ކަމެއްބާ؟! އަވަސް ޝިފާއަކަށް އެދެން.
ޗެންބަރު
04 May 2022
ޗެންބަރަކީ އޯލް-އިން-ވަން ފަރުވާދޭ އެއްޗެކަށް ނުވާތީ. ކޮންމެ ކޭސް އަކީވެސް ތަފާތު ކޭސްއެއް.
ދަކުތަރު
04 May 2022
ލޯ އެލްޓިޓިއުޑްގަ ފްލައިކޮށްފަ ގެންނާނީ. އެނޫންގޮތެއް ޯނޯންނާނެ. ފްލައިޓް ޗާޓަރުކޮށްގެން ގެންނާނީވެސް އާއްމުކޮށް.
ޗޮސްބެ
05 May 2022
މަތިންދާ ބޯޓަކު ނުގެނެވޭނެ، އެހެން ނަމަވެސް ހެލިކޮޕްޓަރުގަ ގެނެވިދާނެ. އުދުހެންޖެހޭނީ ވީހާވެސް ތިރިން.