ޚަބަރު / ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ

ބޮމުގެ ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ ކަންބޮޑުވޭ: އެމްޑީޕީ

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ނަޝީދު ބައިވެރިވެ ވަޑައިގަންނަވަނީ: އެމަނިކުފާނަށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި -- ފޮޓޯ/މިހާރު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް ފަންޑުކުރި މީހުން ނުހޯދޭތީ އެކަމާ ކަންބޮޑުވާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

ނަޝީދަށް އަމާޒުކޮށް މިދިޔަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ހަމަލާއަކީ ބަޔަކު ދުރާލާ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވާއިރު، އެކަމަށް ހަރަދުކުރި ބަޔަކު މިއަދާ ހަމައަށް ވެސް ނުހޯދުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ހަރަދުުކުރި މީހުންނާއި އެކަމަށް އެހީތެރިވި މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް، އަވަހަށް ނަތީޖާތަކެއް ނެރެންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މީގެ އިތުރުން ޝަރީއަތްތައް އަވަސްކޮށް، އެފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ގޮތަކަށް ފިޔަވަޅުތައް އަޅަންޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު އެކަމާ ގުޅިގެން ނެރުއްވި ބަޔާނެއްގައި ވެސް، ފަންޑުކުރި މީހުން ނުހޯދޭތީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައިވެ އެވެ. އީވާގެ ބަޔާނުގައިވަނީ އަމަލީ ގޮތުން ބައިވެރިވި މީހުން ފިޔަވައި އިތުރު ބަޔަކު ހޯދިފައި ނެތް ކަމަށެވެ. އަދި ތަހުގީގުގައި އެކަން ނުބެލި ލަސްވާ ކޮންމެ ދުވަހަކީ އެފަދަ ކަންކަން އިތުރަށް ތަކުރާރުވާން ދެވޭ ފުރުސަތެއް ކަމަށް އެ ބަޔާނުގައިވެ އެވެ.

އީވާގެ ބަޔާނުގައިވާ ގޮތުން އެ ހަމަލާއާ ގުޅިގެން މަޖިލީހުން ހެދި އިންކުއަރީގައި ހުށަހެޅި ކަންކަން ފުރިހަމައަށް ތަންފީޒެއް ނުކުރެ އެވެ. އެއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާގެ ބަޔާނުގައިވެ އެވެ.

23 ކޮމެންޓް, 3 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަތޭލި

07 May 2022

ނަޝީދަށް ތާއީދު ނުކުރާ އެންމެންނަކީ ތިހަމަލާއަށް ފަންޑުކުރި މީހުންކަމަށް ނިންމީމަ ކެރަފާގޭ ކުދިން ހިތްހަމަޖެހޭނެ. ދެން އެއެންމެން ޖަލަށްލާނީ. މީހާ ހިތުން ވަރަށް ބޮޑު ތާއީދެއް އޮންނަ މީހެކޯ މިއީ. އެކަމަކު މަޖުލީހަށްވެސް ކިރިޔަ ކިރިޔާ ހޮވުނީ.

The name is already taken The name is available. Register?

ގައުމުއެދިރޮނީ

07 May 2022

ޢަނިޔާވެރި ހަމަލާތަކުގެ ޝިކާރައަކަށްވެފައިވާ ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް ނުކުޅެދިފައި ހުރެމެ ރާއްޖޭގެ ރައީސަކު ދަތުރުކުރަމުން ދިޔަ ލޯނޗް ގޮއްވާލުމުގު މޭސްތިރިން އިންސާފުން ރެކެން ފުރުސަތު ފަހިވެފައި ވާތީއާއި އާއިލާއިން އެދޭ ފަދައިން، ނަޝީދަށް ދެވުނު ހަމަލާއަށް ފުރިހަމަ އިންސާފެއް ހޯދާ ދެވިފައިނުވާތީ ، ރާއްޖެގެ ގާނޫނު ހަދާ މަޖްލިސްގެ ރައީސް އާއި އެހައިސިއްޔަތުން ޖުޑިޝަލް ސާރވިސްގައި ހުންނަވާ ނުފޫޒުގަދަ އިސްތިއުފާ ދިނުމަށް ގޮވާލަން!

The name is already taken The name is available. Register?

ޢިބޫގެ ދޫ އަލީގެ ބަސް

07 May 2022

ދިވެހި ރާއްޖެއަށް ބޭނުންވަނީ ވަކި އާއިލާއެއްގެ ވެރިކަމެއް ނޫން. ވަކި މީހަކު ވެރިކަމުގައި ހުރުމަކީ ކޮންމެހެން ލާޒިމްކަމެއް ނޫން. ބޭނުންވަނީ ހަރުދަނާ ވެރިކަމެއް. ދަތި، ގޮންޖެހުން ގިނަ ވަގުތުތަކުގައިވެސް ގާނޫނީ ތަރަހައިގެ ތެރެއިން ނިންމުންތަށް ނިންމާލެވޭ ފަދަ ، ތަފާތު ސިޔާސީ ފިކުރުތަކަށް ޖާގަ ދީގެން ވެރިކަން ކުރެވޭފަދަ ހަރުދަނާ ލީޑަރެއް!

The name is already taken The name is available. Register?

ރިވެތި

07 May 2022

އަފްރާޝީމުގެ މަރާ ދެންހުރި މަރުތަކަށް ފަންޑުކުރި މީހުން ނުހޯދުމުގެ ނަތީޖާ މިއަދު ތިޔަ ލައިގަތީ ބޮޑެތިފަންތީގެ މީހުނަށް. ގައިގަ ރޯވީމަ ކަންބޮޑުވަނީ

The name is already taken The name is available. Register?

ޖުލައި2021

07 May 2022

މީހަކު ނޫނީ ބަޔަކު ފަންޑުކޮށްގެން ކުރިކަމެއްކަމަށް މިހާތަނަށް އަދި ވެސް އެއްވެސް ލީޑެއް ނުހޯދޭކަމަށް ފުލުހުންކުރި ތަހްގީގުތަކުން ހާމަވާއިރު. ދެން އެ ބައެނގޭދޯ ބަޔަކު ކުރުވިކަމެއްނޫންކަން. އެކަމުވެސް ހަމަ ދޭތެރޖައްސާ ސައްކު އުފެއްދުން ދޯ މިމީހުންކަމަކީ. ދެން ނަސީދު އައް ފަންޑުކުރި ބަޔަކު އެނގޭނަމަ ހެއްކާއެކު ފުލުހުންނަށް މައުލޫމާތު ދޭންވީއެއްނު ތިހެން ނުކިޔާ

The name is already taken The name is available. Register?

ށަވިޔަނި

07 May 2022

ފަންޑުކުރި މީހުންނަށް ކަމެއް ނުކުރެވޭނެ. އަދަބެއްވެސް ނުދެވޭނެ. އެހިތްވަރު ޚުދު ނަޝީދުގެ ކިބައިގައިވެސް ނެތް.

The name is already taken The name is available. Register?

ބޮޑުމީހާ

07 May 2022

2018 އިން 2023 އަށް 20000 ފްލެޓް އަޅަން އައިބަޔަކަށް އެކައްޗެއްވެސް ނޭޅުނީމަ ކަންބޮޑެއްނުވޭތަ. 20000 ފްލެޓަކީ އެއްލައްކަ މީހުންގެ ބޯހިޔާވެހިކަން. އެއްލައްކަ ރައްޔިތުންނަށް ވުރެ އެކަކުގެ ހައްގުތައް މުހިންމުވެގެން މިއުޅެނީ

The name is already taken The name is available. Register?

ފަޔާ

07 May 2022

ތީ އޯލްޑް އެމްޑީޕީ ތަ؟

The name is already taken The name is available. Register?

ިހުސޭނިކުބޭ

06 May 2022

ބަޔަކު ހިތާވިއަސް ނުވިއަސް ދިވެހިރާއްޖޭ އާދައިގެ ރައްޔިތުންގެ ހައްގު ހޯދަދޭން އެންމެބޮޑު މަސައްކަތެއްކޮށް މިހާތަނަށް ހޯދިފައިވާއެއްޗެއް ހޯދަދިނީ އަންނިކިޔާމީހާ. މިހާރުވެސް މިމީހާ ކަމުނުގޮސްގެން މިއުޅެނީ ވައްކަމުގެ ވާހަކަ ދައްކާތީ. މީނަ ކަމުނުދާ ވާހަކަ ގިނައިން މިދައްކަނީ އެކިޔާ އެމްއެމްޕީއާރުސީއަކާ އެހެނިއެހެން ކަރަފުސަނާއި އެކު ގޮތްޖެހި މަޅިއަރާފަ ތިބިމީހުން.

The name is already taken The name is available. Register?

ގައުމީދޫ 001

07 May 2022

ޙަގީގަތުގައި ރާްއްޖޭގައި އޮތީ މާ އަމާން މާހައުލެއް. ޢަދި ދިވެހި ފައިސާގެ އަގު މަތި. ރައްޔިތުންގެ އަތުން ޓެކްސް އެއް ނުނަގާ!ނެތީ ވެރިކަމާ ތޮޅުމުގެ ހައްގު. ދީނަށާއި މީހުންނަށާއި ގައުމަށާއި މުއައްސަސާތަކަށް ފުރައްސާރަކުރުމުގެ ހައްގު. ގައުމު އޮތީ މާ ފުދިގެން މާ ހަރުދަނާ މުސްތަގިއްލު ގޮތެއްގައި.

The name is already taken The name is available. Register?

ޙަމީދުބެ

06 May 2022

ފުލުހުންގެ މުއައްސަސާގައި ތިވަރު ބޮޑު އޮޕަރޭޝަނެއް ހިންގޭވަރުގެ ޤާބިލް ކަމެއް ނެތް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454