ޚަބަރު / އިބްރާހިމް ހަސަން، ހަޔާ އެޑިއުކޭޝަން މިނިސްޓަރު

ޓެކްނިކަލް ދާއިރާއިން މީހުން ހޯދަން އިންތިހާ އަށް ދަތި، ފަރަގު ކުޑަކުރަން ބޭނުންވޭ: މިނިސްޓަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން-- ފޮޓޯ: މިނިސްޓްރީ

ޓެކްނިކަލް ދާއިރާއިން މީހުން ހޯދުމަކީ ރާއްޖޭގައި އިންތިހާ އަށް ދަތި ކަމެއް ކަމަށާއި އެ ފަރަގު ކުޑަކުރަން ބޭނުންވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ފެއާވެލް ރިސެޕްޝަންގައި މިނިސްޓަރު ވިދާޅުވީ ބަލިމަޑުކަމެއްގެ ތެރެއިން ރާއްޖެ އަރައިގަންނަ އިރު ބޭރު ގައުމަކަށް ތައުލީމު ހާސިލު ކުރަން ދިއުމަށް ފަހު އެނބުރި އަންނަ ކުދިންނާ މެދު އުއްމީދުތަކެއް ކުރައްވާ ކަމަށެވެ.

ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގައި ހިއްސާވުމަށްޓަކައި ކިޔަވައިގެން ރާއްޖެ އައިސް އެކި ދާއިރާތަކުގައި ބައިވެރިވެ ދާއިރާތަކުން އިތުރު އިލްމާއި ހުނަރުވެރި ފަރާތްތައް ފެންނަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިތަނުން [އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ފެއާވެލް ރިސެޕްޝަން] އިން ވެސް ފެންނަނީ އުއްމީދީ މަންޒަރެއް. އެބަ ފެނޭ މާދަމާގެ ލޯ އެންފޯސްމަންޓް އޮފިސަރުންނާއި އިންޖިނިއަރުންނާއި އައި.ޓީ އެކްސްޕާޓުންނާއި އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކާއި މެޑިކަލް ޕްރޮފެޝަނަލުންނާއި ސޯޝަލް ވޯކަރުންނާއި ލޯޔަރުން އަދި އެ ނޫން ވެސް މުސްތަގުބަލުގައި ހެޔޮ ބަދަލަށް މަސައްކަތް ކުރާނެ ފަރާތްތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އޮސްޓްރޭލިއާގެ ކޮލިފިކޭޝަންތަކަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ކޮލިފިކޭޝަންތަކެއް ކަމަށެވެ. އެ ގައުމަކީ ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ ސަގާފަތްތައް އެކުލެވޭ ގައުމަށްވާތީ ޔުނިވާސިޓީގައި އުޅޭ ދުވަސްތައް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިއުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މަތީ ތައުލީމުގެ ދާއިރާ ފުޅާކޮށް ޑައިވާސިފައި ކުރުމަކީ ރާއްޖެ އަށް މުހިއްމު ކަމެކެވެ. އެކަމަކު ޓެކްނިކަލް ދާއިރާތަކުން ހުނަރުވެރިން ލިބުމުގައި އިންތިހާއަށް ދަތިކަން އެބަ އޮތް ކަމަށާއި އެ ފަރަގުން ވެސް އަރައިގަންނަން ބޭނުންވާކަމަށް ވިދާޅުވި އެވެ. ރާއްޖޭގައި މަތީ ތައުލީމު ހޯދާ ޒުވާނުންގެ އަދަދު އިތުރުވަމުން އަންނައިރު މަތީ ތައުލީމާއި ތަމްރީން ހޯދާފައިވާ މީހުންގެ އަދަދު ވެސް މައްޗަށް އަރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ ސްކޮލާޝިޕް 20 ފަރާތަކަށް ލިބިފައިވެ އެެވެ. އެ ސްކޮލާޝިޕްތަކުގެ ސަބަބުން ވެސް ތައުލީމީ ދާއިރާ އަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އާއި އޮސްޓްރޭލިއާ އާ ދެމެދު 1974 ގައި ގުޅުން ގާއިމުކުރި ފަހުން އެ ގައުމުން ދަނީ ރާއްޖޭގެ އިންސާނީ ތަަރައްގީއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުން ކަމަށް ވެސް ވިދާޅުވި އެވެ.

11 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 0%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

534

11 May 2022

ޓެކްނިކަލް މީހަކަށް ވުރެން ޓީޗަރަކަށްވެސް މިހާރު މާބޮޑު މުސާރަ ލިބޭ. ދެން ޓެކްނިކަލް މީހުން ހޯދާނީ ކިހިނެތް. ބަޔަކު ބިނާކުރަންވެސް އުޅެނީއެއް ނޫން.

The name is already taken The name is available. Register?

މާގުރެޓު

10 May 2022

ޓެކްނިކަލް މީހުނަކީ ކޮބާކަންވެސް މިހާރަކު ނޭނގެ، ފަހާމީހުނާއި ޑުރައިވަރުންނާ ފަޅުވެރިންވެސް އެބަ ދައުވާކުރޭ ޓެކްނިކަލްމީހުނޭ ކިޔާފަ، ޓެކްނިކަލް އެލަވަންސް ކަންތަކުގަ މިސަކަރާތެއް ޖަހަން ހަދައިގެން މިހާރު ކާތިބުންވެސް އޭގެތެރެއަށް ލައިފި.

The name is already taken The name is available. Register?

ހާހޫހީ

10 May 2022

ޜިސޯޓު ތަކުގަ ޓެކްނުކަލް މީހުނައް 30،000ރ 50000ރ 80،000ރ އިން މުސާރަދޭ، އެކަމު މިވޒީފާތަކުގަ %99 ތިބީ ބޭރު މީހުން. ދިވެހި ސަރުކާރަކައް މިވަޒީފާ ތަކައް މީހުން ބިނައެއް ނުކުރެވޭ. ސަރުކާރައް ހީވެފަ އޮންނަނީ ދިވެހިންނައް މަތީތައުލީމު ދިނުންމީ އޮސްޓުރޭލިޔާ، އިންޑިޔާ ނޫނީ އިންގިރޭސި ވިލާރުގެ ޒިންމާއެއްހެން.

The name is already taken The name is available. Register?

ޚަބީރުންގެ ބަސް

10 May 2022

ވަކި ބަޔަކަށް މުސާރަ ބޮޑުކުރީމަކާ އެހެންމީހުންގެ އެއްބޜުލުން ނުލިބޭނެ އެކަން ފެނިގެން ތި ދަނީ

The name is already taken The name is available. Register?

އެނދިމަރިޔަނބު

10 May 2022

ޓޮޕް ޓެލެންޓް ޓިއަރގެ ޓެކްނިކަލް މީހުންގެ މުސާރަ ޕްރައިވެޓް ސެކްޓަރގަ 40-60 ހާހާ ދެމެދު. ސަރުކާރު މުސާރަ 20 ހާސްވެސް ނުޖެހޭ.

The name is already taken The name is available. Register?

ހުތްއާދަނު

10 May 2022

ވާހަކަ ދެއްކުމުގެބޭނުމެއް ނެތް . ރާއްޖޭގައި ސޮފްޓްވެއަރޑިވެލޮޕަކަށް ލިބެނީ މުޅި ދުނިޔެއަށް ބަލާއިރުވެސް ސުމެއްގެ މުސާރައެއް. އިއުލާނު ކޮށްލަބަލަ މީހަކު ވޭތޯ . ނުވާނެ.

The name is already taken The name is available. Register?

ދިއްދޫމީހާ

10 May 2022

މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން މީ ހަމަ ބޭކާރު ތަނެއް، ހަމަ ބަޔަކު މީހުންނަށް ކެބިނެޓުގެ ޕަސެންޓެއް ދޭން ވެގެން އުފައްދާފަ ހުރި ތަނެއްމީ، މާދަން އުފައްދާނެ މިނިސްޓްރީ އޮފް ޔެލޯފިން ޓޫނާއޭ ކިޔާފަ ވުޒާރާއެ…

The name is already taken The name is available. Register?

ބައިރޯ

10 May 2022

ޓެކުނިކަލް މީހުން ނުލިބެނީ ޓެކުނިކަލް އިލެވެންސް ނުދޭތީ، ތެކުނިކަލް މީހާޔަށް ލިބެނީ ސެކިއުރިޓީ އޭކިޔާފަ ނިދަން އޮންނަ މީހާޔާއަށް ލިބޭވަރަށް ވުރެ މަދުން، ލަދެއް ނުގަނޭ ތަންތަނަށް އަރާ ތިބެ ވާހަކަ ދައްކަން

The name is already taken The name is available. Register?

ޙިނި

10 May 2022

ޓެކްނިކަލް މީހުން އެއީ ގަހެއްގައި އަޅާ އެއްޗެއް ނޫން، ޓެކްނިކަލް މީހުން ބިނާކޮއް އުފެއްދީމަ ޓެކްނިކަލް މީހުން ލިބޭނީ. ނޫސްތަކުގައާ ޕޯޑިޔަން ތަކައް އަރާ ނިކަން ބުނެލަބަލަ ރާޖޭގައި ކިތައް ޓެކްނިކަލް ކޯސް މިއަހަރު ނޫނީ ފާއިތުވީ އަހަރު ހިންގއިޖެޔޭ މިތައް ހާސްމީހުނައް ކިޔަވައި ދަސްވެނިމިއްޖެޔޭ.

The name is already taken The name is available. Register?

މުސާރަ ކުޑައީ

10 May 2022

ޓެކްނިކަލް ރޮނގުން މާސްޓާރޒް ނަގައިގެން އައިސް ހޭބޯ ނާރާ މަސައްކަތްކުރީމާވެސް މިލިބެނީ ޑިގްރީ ނުނަގާ މަސައްކަތުގެ ދާއިރާއަށް ވަނީމަ ލިބޭ އެއްޗަކާ މާބޮޑު ފަރަގެއް ހުރި އެއްޗެއްނޫން. އަދި ވަޒީފާ އޮތް މާލޭގަ ކުއްޔަށް އުޅެފަ މަސް ނިމޭއިރު އަތަކު ނޯންނާނެ އެއްވެސް އެއްޗެއް. އެކަމަކު ހަމަ އެފާސްތައް ނަގައިގެން ބޭރުގަ މަސައްކަތް ކުރީމާ އެއްމެ މަދުވެގެންވެސް 3 ގުނަ އިތުރަށް ލިބި އަތުން ދާ ޚަރަދު ކުޑަވޭ. މިތާ އުޅެނީ އާއިލާއާއި ގައުމަށްޓަކާ. އެކަމަކު..

The name is already taken The name is available. Register?

އެނދިމަރިޔަނބު

10 May 2022

ވަރަށްބޮޑު ތެދެއް، އަހަރެންވެސް މަންމަ އެކަނިކޮއްފަ ނުދާން ވެގެން ހުރީ. އެހެން ނޫންނަމަ ރާއްޖެ ދޫކޮއްފަ ދާނަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454