ރިޕޯޓް / އެމްޑީޕީ

ރައީސަށް ކޮންޓްރޯލް، ނަޝީދަށް 2023ގެ ދޮރު ބަންދުވީތަ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފެނުނީ އެ ޕާޓީގެ ސިޔާސީ ވަރަށް ބޮޑެތި ހަގީގަތްތަކެކެވެ؛ ތާއީދުކުރާ ކެންޑިޑޭޓެއްގެ ކެމްޕޭނަށް ބިރުފަހަނާޅާއި ފާޅުގައި ނުކުތުމެވެ. ޕާޓީގެ ކޮންޓޯލް ކުރައްވާ ބޭފުޅުންނާ ދެކޮޅަށް ބަސް ބުނި ތަނެވެ. ޕާޓީއާ މެދު ދެކޭ ހިޔާލެއް، މިނިވަންކަމާ އެކު ފާޅުކުރި ތަނެވެ. ނަތީޖާ އިން ސާފުކޮށް ދެއްކީ އެމްޑީޕީގެ މިސްރާބު ގޯސްވެފައި އޮތް ކަމެވެ. ޕާޓީ ހިންގައި އަސްލަށް ރުޖޫއަކުރަން ވެފައި އޮތް ކަމެވެ.

ޑިމޮކްރަސީގެ ނަމުގައި ބީރައްޓެހި ސިފަތަކެއް އެތެރޭގައި ދަމަހައްޓަމުން އައި ޕާޓީއަށް މިއައީ ވަރަށް ބޮޑު ބަދަލެކެވެ. މި ފެނުނީ، ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި، ކުރިން ޕާޓީ ކޮންޓްރޯލް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު މުޅިން ބީވި ތަނެވެ. ޕާޓީގެ ހިންގުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ކޮންޓްރޯލަށް ފުރޮޅާލި ތަނެވެ.

ފުރަތަމަ، އެމްޑީޕީގެ ގައުމީ މަޖިލީހެވެ. އޭގެ ފަހުން، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ސާފު އަޣުލަބިއްޔަތެވެ. އޭގެ ފަހުން މި ލިބިވަޑައިގަތީ ޕާޓީ ހިންގުމުގެ ބާރެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ނުކުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފުރިހަމަ ތާއީދާ އެކުގަ އެވެ. ރައީސްގެ އަރިސް ފައްޔާޒް ކެންޑިޑެސީ އިއުލާންކުރެއްވި ފަހުން ނަޝީދާ ގާތް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ނެރުއްވި ސަބަބަކީ އެމަނިކުފާނަށް ޕާޓީގެ ކޮންޓްރޯލް ގެއްލުނަ ނުދިނުން ކަމަށް ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ގަބޫލުކުރައްވަ އެވެ.

ސިޔާސީ ތަޖުރިބާކާރުން ދެކެވަޑައިގަންނަވާ ގޮތުގައި، މި ފެނުނީ އެމްޑީޕީގެ ޒަމާންވީ ސިޔާސީ އޮއިވަރު މުޅިން އާ މިސްރާބަކަށް ބަދަލުކޮށްލި ނަތީޖާއެކެވެ. އެމްޑީޕީގެ ކުރިމަގަށް ވުރެން ބޮޑަށް އިންތިހާބު ވެގެން ދިޔައީ ބައެއް ބޭފުޅުންގެ ސިޔާސީ ކުރިމަގު ދެން ބައްޓަންވެގެންދާނެ ގޮތުގެ ކުރެހުންތަކެއް ވެސް ކުރައްސައިދިން މަންޒަރެވެ.

ސަރުކާރަށް ވައްކަމާއި ކޮރަޕްޝަނާއި ނުފޫޒުގެ އިނގިލި ދިއްކުރަމުން ދިޔަ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ފަހަތުގައި އެ ޕާޓީގެ މަގުބޫލް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނަށް ވަފާތެރި ލީޑާޝިޕްގެ މެމްބަރުން ތިއްބަވައިގެން ލިބުނީ ބޮޑު ނާކާމިޔާބީ އެކެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާޅުގައި އެންޑޯޒް ނުކުރެއްވިޔަސް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ ފަހަތުގައި ސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ ވެރިންނާއި ރައީސަށް ތާއީދު ކުރާ މަޖިލީހުގެ މެޖޯރިޓީ އާއި ގައުމީ މަޖިލީހުގެ މެމްބަރުން ތިއްބަވައިގެން އެމްޑީޕީ އާންމު މެމްބަރުންގެ 58 ޕަސެންޓު ތާއީދު ހޯއްދަަވައި ބޮޑު ތަފާތަކުން ވަނީ އިންތިހާބު ކާމިޔާބު ކޮށްފަ އެވެ.

އެމްޑީޕީގެ ބައެއް ދުވަސްވީ މެމްބަރުން ދެކޭ ގޮތުން ނަމަ މިއީ، ސީދާ ނަޝީދާ ދެކޮޅަށް ނިކުމެވަޑައިގެން އިންތިހާބެއް ކާމިޔާބު ކުރުން ކަހަލަ ކަމެކެވެ.

ކާމިޔާބަށް ފަހު ފައްޔާޒް މިރޭ އުފާ ފާޅުކުރައްވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް މިއީ ނަޝީދު ނެރުއްވި ކެންޑިޑޭޓަކާ ދެކޮޅަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފަހަތުގައި ހުންނަވައިގެން ބަލި ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. އެމްޑީޕީގެ އެންމެ ބާރުގަދަ ދެ ގުނަވަން ކަމަށްވާ ޕާލިމެންޓަރީ ގްރޫޕާއި ގައުމީ މަޖިލީހުގެ އިންތިހާބު ވެސް ކާމިޔާބު ކުރެއްވީ އެ ޕާޓީގެ އިސް ލީޑަރު، އިބްރާހިމް މުހަންމަދު ސޯލިހެވެ.

އެންމެ ފަހުން ޗެއާޕާސަންގެ މަގާމް ވެސް ނަޝީދުގެ އަތްޕުޅުން ދޫވެ، އެމްޑީޕީގެ އާންމު މެމްބަރުންގެ ބޮޑު އަގުލަބިއްޔަތެއް ރައީސްގެ ފަޅީގައި އޮތް ކަން ހާމަވުމުން ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އެމްޑީޕީގެ އެންމެ މަގުބޫލް ލީޑަރަކީ މި ވަގުތު ނަޝީދު ހެއްޔެވެ؟ އެމަނިކުފާނަށް ރައީސް އާ ވާދަކޮށްގެން އެމްޑީޕީގެ ރިޔާސީ ޓިކެޓު ހޯދި ދާނެ ހެއްޔެވެ؟ ބަރުލަމާނީ ނިޒާމެއް ގެންނަން އެމަނިކުފާނު ކުރައްވާ އުންމީދުތައް ކަފުން ކުރެވުނީ ހެއްޔެވެ؟

އާންމު މެމްބަރުން ކައިިރީގައި ނަޝީދުގެ ބަހެއް ނުވިކުނު!

ރޭގެ ނަތީޖާތައް ވަރަށް ސާފެވެ. އެމްޑީޕީގެ 28،000 އަށް ވުރެ ގިނަ މެމްބަރުން ފައްޔާޒަށް ވޯޓު ދިނެވެ. އިންތި އެ އަދަދާ ހަމަކުރަން އިތުރު 6000 އަށް ވުރެ ގިނަ ވޯޓު ހޯދަން ޖެހެ އެވެ. އެއީ، މިހާރު އެ ޓީމުން ކުރަމުންދާ ޝަކުވާތަކުން ވެސް ބަދަލުވާނެ ނަތީޖާއެއް ކަމަކަށް ނުބެލެވެ އެވެ.

އެ ނަތީޖާއާ މެދު ފައްޔާޒް ދެކިވަޑައިގަންނަވާ ގޮތުގައި އެއީ އެމްޑީޕީގެ މެމްބަރުން ހަމައެކަނި އޭނާ އަށް ދިން ވޯޓެއް ނޫނެވެ. އެ ނަތީޖާ އަކީ އަންނަ ރިޔާސީ އިންތިހާބު ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާ އެކީ މަސައްކަތް ކުރުން ކަމަށް ޕާޓީގެ ހުރިހާ ލީޑަރުންނަށް އާންމު މެމްބަރުން ދިން މެސެޖެއް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް އެމްޑީޕީ މެމްބަރުން ބޭނުންވި ވާހަކަ އެ އޮތީ ނަތީޖާ އިން ބުނެދީފައި. ޕާޓީ ހިންގަން ބޭނުންވާ ވާހަކަ އާއި ހާއްސަކޮށް މިހާރު މި އޮތް ސަރުކާރާ އެއްކޮށް ޕާޓީ އޮންނަން ބޭނުންވާ ކަން. އަދި 2023 ހޯދަން ބޭނުންވާ ކަަން،" ފައްޔާޒް ވިދާޅުވި އެވެ. "މި ނަތީޖާއަކީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއެކީ މަސައްކަތް ކުރުން ކަމަށް ޕާޓީގެ ލީޑަރުންނަށް އާންމު މެމްބަރުން ދިން މެސެޖެއް."

މި ނަތީޖާއަކީ 2023 ހޯދުމަށްޓަކައި އެންމެ ރަނގަޅު ގޮތަކީ ސަރުކާރާއެކީ މަސައްކަތް ކުރުން ކަމަށް ޕާޓީގެ ލީޑަރުންނަށް އާންމު މެމްބަރުން ދިން މެސެޖެއް. -- ފައްޔާޒް

ކެމްޕެއިންގެ ތެރޭގައި ނަޝީދާއި އިންތިގެ ޓީމުން ތަކުރާރުކޮށް ގޮވާލަމުން ދިޔައީ މިއީ އެމްޑީޕީ ސަލާމަތް ކުރަން ލިބޭ ފަހު ފުރުސަތު ކަމަށެވެ. ޗެއާޕާސަންގެ މަގާމަށް ރަނގަޅު ވާނީ އާންމު މެމްބަރުން އިތުބާރު ކުރާ ބޭފުޅެއް ކަމަށެވެ. އަދި ނުފޫޒު ފޯރުވުމާއި ވައްކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދެވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: މަޖިލިސް

ނަޝީދު ވެސް ފަހު ވަގުތާ ޖެހެންދެން ގެންދެވީ ސަރުކާރަށް ވެސް ފާޑު ވިދާޅުވަމުންނެވެ. ރައީސްގެ އާއިލާ ބޭފުޅުންނަށް މަގާމްތައް ދިނުމާއި ވައްކަންތައް ނުބެލޭ ކަމާއި އެމްޑީޕީ މެމްބަރުން ބާކީވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެމްޑީޕީގެ މެމްބަރުންގެ ތާއީދެއް އެގޮތަށް ނުލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެ ހުރިހާ ތުހުމަތުތަކަށް ނުބަލައި އާންމު މެމްބަރުންގެ އިތުބާރު ކުރެއްވީ ސަރުކާރަށެވެ. ނަޝީދު ޕާޓީން ބޭރު ކުރައްވަން އުޅޭ ވާހަކަ ވެސް ނުހިނގި އެވެ. އެމްޑީޕީ ހިންގަން ހަވާލު ކުރެއްވީ ފައްޔާޒާ އެވެ.

ދެން އޮތީ އެމްޑީޕީގެ ރައީސް އާ ދެކޮޅަށް ޕާޓީގެ އެތެރޭގެ ކަންކަން ބައްޓަންކޮށް ނިންމުންތައް ނިންމިދާނެތޯ އުފެދޭ ސުވާލެވެ. އެމްޑީޕީން ރިޔާސީ ޕްރައިމަރީއެއް ބާއްވައި ނަޝީދާއި ރައީސްގެ ސީދާ ކުރިމަތިލުމެއް ފެންނާނެތޯ އެވެ.

"ރިޔާސީ ޓިކެޓާއި ރައީސް ދެމެދު ހުރަހެއް ނެތް"

ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ ގާބިލް އެއް ބޭފުޅެއް ކަމަށްވާ ނަޝީދުގެ ވިސްނުންފުޅު ހުރި މިސްރާބު އިންތިގެ ކެމްޕެއިންގެ ތެރެއިން ފެނިގެން ދިޔަ އެވެ. މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވި ގޮތުގައި 2023 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީގައި ނަޝީދު ވާދަ ކުރައްވާނެ އެވެ.

އެހެން އިންޓަވިއުއެއްގައި ނަޝީދު ވެސް އިއްޔެ ވަނީ ރިޔާސީ ޓިކެޓު ދޭނެ ބޭފުޅެއް ނިންމަން ޕްރައިމަރީއެއް ބާއްވަން ޖެހޭނެ ކަމާއި އެ ޕްރައިމަރީގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ރައީސް ސޯލިހާ އަޅުގަނޑާ ނޫން އެހެން ބޭފުޅުން ވެސް މި ރޭހުގެ ތެރޭގައި ނުކުތުމަކީ ވަރަށް ބޭނުންތެރި ކަމެއް. އަޅުގަނޑު ލަފައެއް ނުކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުކުންނަވާނެ ކަމަކަށް،" ނަޝީދު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދަު ބައިވެރިވެވަޑައިގަންނަވަނީ -- ފޮޓޯ: މަޖިލިސް

އެ ވިސްނުންފުޅާ ގުޅޭ ގޮތުން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމްޑީޕީގެ މެމްބަރަކު ހުންނެވި ނަމަ ދެވަނަ ދައުރަކަށް ޓިކެޓު ދޭން ޖެހޭނެ ކަމަށް ޕާޓީގެ ގައުމީ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ.

އެކަން ކުރެއްވީ ނަޝީދުގެ ވެރިކަން މެދު ތެރެއިން އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތުމުން ކަމަށް ވެސް އިބްރާ ވިދާޅުވި އެވެ.

"އެ ބޭފުޅުން ފަހުން އޭގެ އިބާރާތުން ތަންކޮޅެއް ބަދަލުކޮށްފައި އޮތީމަ އެ ވާހަކަ ނަގައިފާނެ. ނުވަތަ ނަޝީދު ވާދަ ކުރައްވާނެ ކަމަށް އިއުލާން ކުރެއްވިޔަސް ދެން ވެސް އަސާސީ ގަވައިދުގައި އޮންނަ ގޮތުގެ މަތިން ގައުމީ މަޖިލީހުން މިކަންކަން ނިންމާނީ،" އިބްރާ ވިދާޅުވި އެވެ.

އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރިޔާސީ ޓިކެޓާ ގުޅޭ އެފަދަ ބޮޑެތި ކަންކަން ނިންމުމުގެ ބާރު ގައުމީ މަޖިލީހަށް ލިބިގެންވެ އެވެ. މީގެ ކުރިން ރިޔާސީ ޓިކެޓާ ގުޅޭ ގޮތުން އެ މަޖިލީހުން ފާސްކޮށްފައިވާ ގަރާރު ދަމަހައްޓާނީތޯ ނުވަތަ ނޫންތޯ ވެސް ނިންމާއިރު ގައުމީ މަޖިލީހުގެ ފުރިހަމަ ތާއީދު ވެސް އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަތްޕުޅުގަ އެވެ.

ނަޝީދު ދައްކަވާ ބަރުލަމާނީގެ ވާހަކަ ވެސް ޖެހޭ ހިސާބަކީ އެއީ އެވެ. މެމްބަރުންގެ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް ނުވަތަ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެޅިޔަސް ރައީސްގެ އެންޑޯޒްމަންޓަކާ ނުލައި އެކަންކަން ކުރިޔަށް ގެންދާކަށް ފަސޭހައެއް ނުވާނެ އެވެ.

"އަންނި އާއި ރައީސް ސޯލިހާ ދެ ބޭފުޅުން މާ އެކުވެގެން މަސައްކަތް ކުރެވޭ ތަނެއް ދެން ނުފެނޭ. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ. މިފަހަރު ކޮންމެވެސް އެއް ކަނޑިއެއް އުރައިން ނިކުންނާނެ،" އިބްރާ ވިދާޅުވި އެވެ.

އެއްޗެއް ވިދާޅުނުވެ ހުންނެވިޔަސް މި އިންތިހާބުގެ ނަތީޖާ އިން އެމްޑީޕީގެ ލީޑާޝިޕާއި އެހެން މެމްބަރުންނަށް ރައީސްގެ ފަރާތުން ބޮޑު މެސެޖެއް ލިބިއްޖެ އެވެ. ރިޔާސީ ޕްރަމައިމަރީ ވިޔަސް، ބަރުލަމާނީ ނިޒާމަކަށް ދާ ވޯޓަކަސް އެމްޑީޕީގެ މުސްތަގުބަލު އެނބުރިފައި އޮތީ އެމަނިކުފާނާ ދިމާލަށެވެ.

35 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 5%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބުޅި

15 May 2022

ނަޝީދު ދެން ވެރިކަމާހެދި ނޫޅެ އެމްޑީޕީއަށް ވެރިކަމުގަ ދެމިއޮވެވޭތޯ މަސައްކަތްކުރަންޖެހެއެވެ. ނަޝީދަށްޓަކައި ވަރަށް ގިނަ މެމްބަރުން ގުރުބާންތަކެއް ވެއްޖެއެވެ. އެއިގެ އަގުވަޒަންކުރާށެވެ.

The name is already taken The name is available. Register?

އަހްމަދް….

15 May 2022

ކޮއްމެއަކަސް ވަރަށް އުފާވެއްޖެ އެމްޑީޕީތެރޭގައި ނަޝީދު ބަލިކަށިވެ އޭނާގެ ބާރުކެނޑި ބަލިކަށިވަމުން ދާތީވެ…. الحم

The name is already taken The name is available. Register?

ދަލްކް

15 May 2022

ބާތިލު ވޯޓަށް ވުރެ މަދުން 2008 ގައި ލިބުނު މީހަކު ނުކުމެ އުރައިގައި އޮތް ކަނޑީގެ ވާހަކަ ދެއްކުމުގެ ބޭނުމެއް ނެތް. 2023 ގައި ނުކުންނާނެ މީހަކު ނިންމާނީ އެމްޑީޕީ މެންބަރުން.

The name is already taken The name is available. Register?

ޙެކް

15 May 2022

ރައީސް ތާއީދު އެނގޭނީ މިދައުރި ނިމުނީމަ ދެން އޮންނަ އިންތިހާބެއްގަ. ރައީސް ހޮވިފަ އެހުރީ އިބޫ އައް ދިންވޯޓަކުން ނޫން. ޢެެއީ އެމްޑީޕީ މެމްބަރުން ނަސީދައް ދިން ވޯޓެއް. ސުކުރިއްޔާ،

The name is already taken The name is available. Register?

ރޯޒަސް

15 May 2022

ތޯ އޮޅުމެއް.. ނަޝީދު ނިކުންނަމަ ބަލިވީސް. ގިނަ މީހުން ވޯޓު ދިނީ އިބޫވީމަ.

The name is already taken The name is available. Register?

ޗޮސް

15 May 2022

ނޫން. އަންނި ކުރިމަތި ލި ނަމަ މި ވެރިކަމެއް ނުލިބުނީސް. ވަރަށް ސާފު.

The name is already taken The name is available. Register?

މުހައްމަދު ސައީދު

15 May 2022

އިބު ހޮވިފަ އެހުރީ ރައީސް ޔާމީނާއި ދެކޮޅަށް ދިން ވޯޓުން .

The name is already taken The name is available. Register?

އަބްޑޫޅް

15 May 2022

ބަލަ، އޭނަގެ ރަސްމީ ހައިސިއްޔަތަކީ، "ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރަޢީސް" ނޫންތަ؟ މިހާރު "ކުރީގެ ރައީސް" ކަމުން ވަކި ކުރެވުނީތަ؟ އެހެން ކަމުގަ ވާނަމަ އެއީ، "ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ކުރީގެ ރައީސް" ދޯ؟

The name is already taken The name is available. Register?

ފުހި

15 May 2022

ނަޝީދެކޭ ބޯގަންވިލާ ފައްޔާޒެކޭ ހަމަ އެއްވެސް ތަފާތެއްނެތް.

The name is already taken The name is available. Register?

ހަސަންކާރި

15 May 2022

ސީދާ ރައީސް ނަޝީދު ފައްޔާޒާ ދެކޮޅަށް ނިކުމެ އެބަލިވީ..

The name is already taken The name is available. Register?

ހައްދުންމަތި

15 May 2022

މީ ހަމަ ނަމެއްގައި ޑިމޮކްރަސީވެގެން އުޅޭ ގޮލައެއް.. އޭނާއަށް މަންވާ ނުވަތަ ވެދާނެ ޙާލަތުގައި އެކަނި ޑިމޮކްރަސީފެންނަނީ.. އަސްލަކީ ހަމަ ފައްކާ ޑިކްޓޭޓަރުގެ ސިފަ މިހާރު އަހަރުމެން އެންމެނަށް ވެސް އެކަން ވަރަށް ސާފު އެހެން ވީމާ، ދެން ރާއްޖޭގެ ވެރިކަމާ ތޮޅެން ނޫޅެ ގާދޫ ކޮލުން ބޭރަށް ވަޑައިގަތުން ބުއްދިވެރި. ވަރަށް ސަލާމް.

The name is already taken The name is available. Register?

އަނަސް1

15 May 2022

ކުރިމަގު އޮތީ އުޖާލާކޮށް ރައީސް ނަޝިދުގެ

The name is already taken The name is available. Register?

ސުއްމަ

15 May 2022

މައުމޫނައްވުރެ ނަސީދުގެ ވެރިކަމުގެ ދަހިވެތިކަން ވަކި ކުޑައެއްނޫން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454