މިނިސްޓަރު މައުސޫމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ރިސޯޓު ކުލި ކުޑަކުރިޔަސް ދައުލަތަށް ގެއްލުމެއް ނުވަނެ ކަމަށް ވިދާޅުވި. -- ފޮޓޯ | މަޖިލިސް
16 މެއި 2022 - 11:45
ރިސޯޓުތަކުގެ ކުލި ކުޑަކޮށްގެން ދައުލަތަށް ލިބޭ ގެއްލުމަށް ވުރެ ފައިދާ ބޮޑުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމްގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި، އެކި ސަރަހައްދުތަކުގައި ހަދާފައިވާ ރިސޯޓުތަކުގެ ބިމު ކުލި ކުޑަކުރުމަށް ވަނީ ހުށަހަޅައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ، ދައުލަތަށް ފައިސާ ހޯދަން އެންމެ ފައިދާ ހުރި ގޮތަކީ ރިސޯޓުތަކުން ބިމު ކުލި ނެގުން ނޫން ކަމަށާއި ކުލި ކުޑަކުރުމުގެ ސަބަބުން އަލަށް ގިނަ ރިސޯޓުތައް ހުޅުވަން ފުރުސަތު ލިބި، ޓެކްސް ނިޒާމުގެ ތެރެއިން ލިބޭ ފައިދާ މާ ބޮޑު ވާނެ ކަމަށެވެ.
"އަލަށް ރިސޯޓުތައް ހެދީމާ ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑުވެގެން ދާނެ. ވަރަށް ޔަގީންކަމާއެކު ދަންނަވަން ކެރޭ ދުރު މުސްތަގުބަލަށް ބަލާއިރު ދައުލަތަށް އަދި ރައްޔިތުންނަށް ފައިދާ ހުރި ގޮތަކީ ވިޔަފާރި ބޮޑަށް ހިންގާލައި ޓެކްސް އިން ދައުލަތަށް ފައިދާ ލިބުން،" މައުސޫމް ވިދާޅުވި އެވެ.
މިއަދު ފެށި ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ ފުރަތަމަ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، އަލަށް ރިސޯޓުތައް ހެދުމުން ލިބޭ ޓެކްސްގެ އަދަދު ވަރަށް ބޮޑު ކަމަށެވެ. ކޮމިޓީ މަރުހަލާގައި އެ ބިލަށް ވާހަކަ ދައްކާއިރު އެ އަދަދުތައް ދެއްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުގެ ފަރާތުން ހުށަހަޅާފައި އެ އިސްލާހުތަކަކީ މަޖިލީހުން ފާސްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މައުސޫމް ވިދާޅުވި އެވެ.
ޓޫރިޒަމް ގާނޫނަށް އިސްލާހު ހުށަހެޅި ސަބަބެއް ކަމުގައި ބިލުގައި ބުނެފައި ވަނީ މިނިމަމް ވޭޖުގެ ސަބަބުން ރިސޯޓުތައް ހިންގާ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ އަސަރު ކުޑަ ކުރުމަށް ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފާމަނަންޓް ހެޑް ޑެމޭޖް
26 May 2022
ކަލޭ އަލުން ޕީއެޗްޑީ ހަދަންވީނު ވާނުވާ މާއްދާއިން؟
ޢެސް
17 May 2022
ޢިންކަމް އީކުއަލިޓީ ނެތިއްޔާ މޮނޮޕޮލީ އަކަށް ވެ އަންނަން އޮތް ޖީލު ތަކަށް ގެއްލުން ބޮޑު ވާނީ...މެދު ފަންތި އެއީ ގައުމެއްގެ ބެކްބޯން...އެމީހުން ކުރި އެރިވަރަކަށް ގައުމު ކުރިއަރާނީ...! ޢިންކަމް ޓެކްސް ގާނުން އިސްލާހު ކުރަންޖެހޭ
ލާމަސީލު
16 May 2022
ހިޔާފްލެޓްގެ ކުލި ކުޑަނުކޮށް މަހުޖަނެއްގެ ޕަޕެޓް މިނިސްޓަރަކު ތިކުޅެނީ ދިވެހިންގެ ލެޔާ.
ކުލީކުލި
16 May 2022
ޖީއެސްޓީ ޓެކުހަކީ ޓޫރިސްޓުން ފެލައިގެން ނަގާ އެއްޗެއް. އެމީހުން ނާންނަންޏާ، ހަރަދު ނުކުރަންޏާ ނުލިބޭނެ އެޔެއް. ކުއްޔަކީ ސީދާ ރިޒޯޓު ހިންގާ މީހުން އަތުން ނަގާ އެއްޗެއް. ޓޫރިސްޓުން އަޔަސް ނަޔަސް އެ ދޭންޖެހޭނެ. ދިވެހި ބިމުގެ އަގު އެއީ، މަހު ޖަނުންނަށް ދޫކޮށްފަ ހުރި. އެހެންވީމާ ކުލި ކުޑަކުރާކަށް ނުފެނޭ.
ކޮރަލް
16 May 2022
99 އަހަރަށްދީފަ އަދި ކުލި ވެސް ކުޑަ ކުރަނީ އެވެ. އޭގެ ފައިދާ ލިބޭނީ މިހާރު ރިސޯޓް ހިންގާ ފަރާޓް ތަކަށެވެ. އޭގެ ގެއްލުން ދިގު މުއްދަތަކަށް ރައްޔިތުން ނަށް ލިބޭނެ އެވެ. 100 ބިލިއަނުން މައްޗަށް ލޯން ދާއިރު ފައިސާ ދައްކަން ޖެހެނީ ޑޮލަރުންނެވެ. ހަނގުރާމައިގެ ސަބަބުން ޓޫރިޒަމް ދަނީ ދަށަށެވެ. ނޫހުގަ ނުޖެހިއަސް ބައެއް ތަކެތީގެ އަގު ބާޒާރުގަ ބޮޑު ވެއްޖެ އެވެ.
އެކްސްްް
16 May 2022
ބޯގޯސް ވާހަކަ ނުދައްކާ. ރިޒޯޓު މަހުޖަހުންނަށް ހިތުހުރި ގޮތަކަށް ލުއިދީގެން ދައުލަތުގެ އާމްދަނީ މަދުވާގޮތަށް ކަންކަން ކުރުމަކީ މޮޔަކަމެއް. ،މިހާރުވެސް ދައުލަތުގެ އާމްދަނީއަށް ވުރެ ޚަރަދު ބޮޑުވުމުގެ ސަބަބުން ދަރަނި ބޮޑުވުން ނޫންކަމެއްނުވޭ. ރިޒޯޓުތަކުގެ ކުލި އަދިވެސް ބޮޑުކުރަންވީ.
ވަހުތާން
16 May 2022
އާންމުން ފެލައި މަހުޖަނުން، މަހާ މަހުޖަނުންނަށް ވުމަށް މަގުފަހިކުރުމަކީ ސަރުކާރުގެ ޒިއްމާއަކީ ތޯ؟
ބަރުތީލަ
16 May 2022
ރިސޯޓު ކުލި ކުޑަކޮށްފައި ކުދި ވިޔަފާރި ތަކަށް ކުއްޔަށް ދީފާއިވާ ތަންތަނާ މާރުކޭޓު ގޮޅިތަކުގެ ކުލި ބޮޑު ކުރީމަ އޯކޭވާނެ. ފަގީރުން އިތުރަށް ފަގީރު ކުރުން. ހިންގާލުން
ގުއި ސައްޕެ
16 May 2022
މާލެ އަތޮޅު ގަ ހުރި ރިސޯޓް ތަކަކީ ވަރުވާއަށް ކަމަށް ބުނެ ނަގާފައި ، މިލިއަން ޑޮލަރަށް ރިސޯޓް އޮޕްރޭޓް ކުރަން ކުއްޔަށް ދީފަ ހުރި ރަށްތަކެއް. މިއީ ތޯ ތިޔަ ބުނާ އިންސާފާ ހަމަ ހަމަ ކަމަކީ.. މިރަށްރަށުގެ ވާރުތަވެރިންނަށް މަހަކު އެތްއް ލައްކަ ޑޮލަރެއް ލިބޭ...
ބޮޑުމީހާ
16 May 2022
މިގައުމުގައި އުޅެންވީ މަހުޖަނުން. ސައިކަލު އަހަރީ ފީ، ގެ ކުލި ނުދެއްކިގެން މިއުޅެނީ. މިވަރުންވެސް ރިސޯޓްގެ ކުލި ކުޑަވަނީ. ނިމިދިޔަ އަހަރުވެސް 1.6 މިލިއަން ފަތުރުވެރިން އައި. ދެން ކޮން ފައިދާ ނުވާވާހަކައެއް ތިދައްކަނީ. އެކަމަކު ވޯޓަކާއިޖެހުނީމަ ރައްޔިތުންވެސް ބަލަނީ ކޮންމެވެސް ބްރޯއަކަށް ވޯޓް ދެވޭތޯ