މީގެ ކުރިން ފުލުހުން އަތުލައިގަނެފައިވާ މަސްތުވާތަކެތި.
19 މެއި 2022 - 14:08
ތުރުކީ މީހަކު ރާއްޖެ އަށް އެތެރެކުރި ހަތަރު ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނީ ރާއްޖެ އައި ތުރުކީ ފިރިހެނެއްގެ ލަގެޖު ބަލައި ފާސްކުރިއިރު 4.2 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އެ ތަކެތި ތަހްލީލު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.
ތުރުކީގެ ސުއަޓް އިސިކްލީ, 56, ގެ ބަންދާ މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކޯޓުގައި އޭނާ ބުނީ އޭނާ ރާއްޖެ އައީ މަސައްކަތް ކުރަން ކަމަށާއި އޭނާގެ ފޮށީގައި ހުރި މަސްތުވާތަކެއްޗާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ. އަދި ހަނު ހުުރުމުގެ ބަދަލުގައި ފުލުހުންނަށް އެއްބާރުލުން ދީފައިވާ ކަމަށާއި އޭނާއަކީ ތުރުކީގައި ވެސް އެއްވެސް ކޯޓަކަށް ހާޒިރުކޮށް ނުވަތަ މައްސަލައެއް ހުށަހެޅިފައިވާ މީހެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.
ފުލުހުން އެދުނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓައިދިނުމަށެވެ.
ނަމަވެސް އޭނާ ވަކީލެއްގެ ފުރުސަތަށް އެދިފައިވާތީ އާއި މައްސަލައަކީ ދައުވާކުރުމަށް ހުށަހެޅިފައިވާ މައްސަލައަކަށް ނުވާތީ އާއި ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމާ މެދު ގޮތެއް ނިންމަވާނީ މައްސަލަ މައުލޫއީ ގޮތުން ބައްލަވާ ފަނޑިޔާރު ކަމަށް އިއްޔެ ބޭއްވި މުއްދަތު ޖެހުމުގެ މަޖިލީހުގައި ގާޒީ ދީބާނާޒް ފަހުމީ ވިދާޅުވި އެވެ. އެހެންވެ އޭނާގެ ބަންދަށް ދިނީ 15 ދުވަހެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާ އޭގީ
20 May 2022
ދެކިލޯ އިން 4 ކިލޯ އިން އަތުލައިގަތުން ފިޔަވާ ދެންކުރެވޭ އެއްވެސް ކަމެއް ނެތް
ދިވެހިރާއްޖެ މިވަނީ ޑްރަގް ކިއްލާ އަކައް!
20 May 2022
އެބުނީނު އޭނަގެ ލަގެޖް ގަ ހުރީ އޭނަގެ ޑްރަގްސް އެއް ނޫނޭ! އަދި ނުވެސް ދެނަހުރީމޭ! މި ގައުމުގެ ނުހުންނާނެ އެބުނި ބަހައް ދެކޮޅައް ވަކާލާތު ކުރެވޭނެ ފެންވަރެއް! އަދި ކޯޓު ތަކުންވެސް ކޮށާލުމެއްނެތި ސަލާމަތް ވާނެ! ލަގޭޖް ޗެކް ކުރެވުނީ ގޯސްކޮން! އެމީހާގެ ބޯޑިންޕާސް ގޯސްވާނެ! އިށީދެގެން އިނީ ކުޑަދޮރު ސީޓެއްގައެއް ނޫން! އެމީހާ އެއައީ އިޔުރޮޕުން! ނަމުގަ އެބައިން އަލިފު އަކުރު! މިއީ ހައްތަހާވެސް، މިގައުމުގަ ޑްރަގްސް ގެންގުޅުމުން ސަލާމަތް ވާނެ ރީސަން ތައް!
ތެދެއްބާ
19 May 2022
ކިތަންމެވަރަކަށް އަތުލިޔަސް ހޯދިޔަސް ކުރާނީކީއް؟ އެއަށްވާގޮތެއް ގެނައި ގެންގުޅުނުމީހުނަށް ވާގޮތެއް އެނެގެނީކީނޫން.. ގިނަފަހަރަށްފެންނަނީ އެކަށީގެންވާ ހެކިނެތި ޤަރީނާނެތި ދޫކޮށްލާތަން. ތަފްޞީލެއްލިބެނީ މަދުން. މިޤައުމުގަ މިމަނާކޮށްގެން ގަންނަގަނޑަށްވުރެ އެމީހަކާއެމީހެއްކިޔައި ދޫކޮށްލައިފިއްޔާ މީހުންގެއަނގައިން ކިޔޭތަކެއްޗާއި ބޮލުގަރިއްސާ ރިއްސުމަށް ލުއިލިބޭނެ.
ސުންދުރަ
19 May 2022
ވަރަށް ނުރައްކާތެރި ބައެއް ، މައްސަލަ ނިމެން ދެން ބަންދު ކުރޭ.
މުހައްމަދު.
19 May 2022
ތިފަދަ މައުލޫމާތު އިންޓަނޭޝަނަލް މެއިން ސްޓްރީމް މީޑިޔާތަކަށް ފޯރުކޮށްދިނުން ވަރަށް މުހިއްމު.
ކުރަފި
19 May 2022
ހުވާމިބުނީ ރަޝިޔާ ގަ އެހުރި ބާ ދަގަނޑު ފުނި މިވެރިން ލައްވާ މިގައުމަށް އެތެރެކުރަންވީ. އޭގެންވެސް 10 ބާދަބަރު ޓޭންކަރު އެތެރެކޮށްފިއްޔާ އަތުވާނީ 2