މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު: އިގްތިސާދާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކުރެއްވި. -- ފޮޓޯ | މަޖިލިސް
27 މެއި 2022 - 15:05
ރާއްޖޭގެ އިގްތިސާދު އޮތް ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު މުހިންމު ސުވާލުތަކެއް އުފައްދަވައިފި އެވެ.
ތޯރިގުގެ ފޭސްބުކް އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ވިދާޅުވީ ދައުލަތުގެ ރިޒާވްގައި 800 މިލިއަން ޑޮލަރު ހުރި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވާ ކަމަށާއި ނަމަވެސް އެ ރިޒާވަކީ މީހުންގެ އެކައުންޓްގައި ހުރި ޑޮލަރު އެއްކުރީމަ އަންނަ އަދަދެއް ކަމަށެވެ. ދައުލަތުގެ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދި ހަނޑޫ ފަދަ ތަކެތި ގަންނަން ހުރި އަދަދު ހާމަނުކުރަނީ ކީއްވެތޯ ތޯރިގު ސުވާލު ކުރެއްވި އެވެ.
ސަރުކާރު ހިއްސާވާ އެންމެ ބޮޑު ކުންފުނި، އެސްޓީއޯގައި ކޭޝްފްލޯ ނެތިގެން ކާޑުގެ ބާވަތްތައް ގަންނަން ލޯނު ނަގަންޖެހުނީ ކީއްވެތޯ އާއި ތެލުގެ މިނިމަމް ރިޒާވް އެންމެ މަދުން ހުންނަން ބޭނުންވާ ސްޓޮކް އެފްއެސްއެމް އަށް ނުހިފެހެއްޓިގެން އުޅެނީ ކީއްވެތޯ ތޯރިގު ސުވާލު އުފެއްދެވި އެވެ.
"2026 ވަނަ އަހަރު ދައްކަން ޖެހޭ 800 މިލިއަން ޑޮލަރު ދައްކަން ސޮވަރިން ފަންޑުގައި ހުރީ ކިހާވަރެއްތޯ؟" އޭނާ ސުވާލު ކުރެއްވި އެވެ.
ސޮވަރިން ފަންޑުން އެންމެ ފަހުން ނެގި 500 މިލިއަން ޑޮލަރުން އެއްބައި ސަނީ ސައިޑް ބޮންޑު ދެއްކި ކަމަށް އަމީރު ވިދާޅުވި އެވެ. ހަރަދަށް ޒިންމާވުމުގެ ގާނޫނާ ހިލާފަށް ދަރަނި ދައްކަން، ދަރަނި ނެގީ ކީއްވެތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ގާނޫނުގައިވާ ގޮތުން ދަރަނި ނަގަން ވާނީ ގައުމީ ތަރައްގީގެ މަސައްކަތަށެވެ. ނުވަތަ އުފެއްދުންތެރިކަން އިތުރު ކުރާނެ މަޝްރޫއަކަށެވެ.
ނަމަވެސް އިންޑިއާގެ ކްރެޑިޓް ލައިނުގެ އެއް ބިލިއަން ޑޮލަރު ނަގައި ހުޅުމާލެ ސެންޓްރަލް ޕާކް ލޭންޑްސްކޭޕް ކުރުމާއި ޖެޓީ ކައިރީ ބެންޗު ހެދުމާއި ކުޑަކުދިންގެ ޕާކު އެޅުން ފަދަ މަޝްރޫއުތައް ހިންގީ ކީއްވެތޯ ތޯރިގު ސުވާލު އުފެއްދެވި އެވެ.
"ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ޖީޑީޕީ ޑެބްޓް ރޭޝިއޯ 60 ޕަސެންޓްގައި ހިފަހައްޓަން އޮތްއިރު، މިހާރު އެ ރޭޝިއޯ ހުރީ 117 ޕަސެންޓްގައި. މި ވާ އެއްޗެއް އެބައެނގޭބާ؟" ތޯރިގު ވިދާޅުވި އެވެ.
ތޯރިގު ވަނީ ދައުލަތުން ލޯނު ނެގުމުގެ ކުރިން އޭގެ ސަބަބުން އިގްތިސާދަށް ކުރާނެ އަސަރުގެ ދިރާސާ ކަރުދާހެއް މަޖިލީހަށް ހުށަހެޅުމަށާއި މަޖިލީހުން ފާސްކޮށްގެން ނޫނީ ލޯނު ނުނެގޭ ގޮތް ހެދުމަށް މަޖިލީހަށް ބިލެއް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާކަކާ
28 May 2022
ތާރިގުމެން ސަރުކާރުގައި ރަށްތަކާއި ފަޅުތަށްވިއަކައިގެން ނެގި ލާރިން މުއްސަދިވެގެން މިޔަދުތިބެވިދާނެ ގިޔާމަށް ދުވަހުން ކޮން ޖަވާބައްދޭނީ
އިލި
28 May 2022
ބަލަ ތޯރިގު މެން ކުއްލިޔަކަށް މުއްސަދިވީ ގޮތް ފުރަތަމަ ރައްޔިތުން ނައްކިޔާދީބަލަ .....2 ސަފާރީ ބޯޓް ،ލޯންޗު ފަހަރު، ހުޅުމާލޭން ރޯހައުސް، މާލޭން ބިން .....މިހެން ކިޔާހުސް ނުވާނޭ ....ކޮބާތޯ އެމް އެމް އާރު ޕީސީ ގެ ފައިސާގަނޑު
މަޖިލީސް
28 May 2022
ތިޔަތަނަށް ބޯޅަޖަހަން އުޅެފައި ވަނީމާ ދެންވަނީ މާބޮޑު އިކޮނޮމިސްޓަކަށް، ނުވަތަ ދީނީ ޢިލްމުވެރިއަކަށް ނުވަތަ ގާނޫނީ މާހިރަކަށް، ތިޔަ މީހާއަށް ސަރުކާޜުން ރަނގަޅުކަމެއް ކުރާތަން ފެނުނުތަ؟
އަފްރާސިޔާބު
28 May 2022
މީނަ އިގްތިޞާދީ ކަންކަން ކިޔަވައިގެން އައީ ކޮންތާކުންބާ؟ ފުޓްބޯޅަ ދަނޑުން އިގްތިޞާދީ މާހިރަކަށް ސިޔާސީ މީހަކަށް މި ބަދަލުވީ. މިބާވަތުގެ މީހެއް ޔުކްރައިނުގައިވެސް އެހުރީ ހަނގުރާމަ ކާމިޔާބު ކުރާނަމޭ ކިޔަކިޔާ.
ޙައްގު
28 May 2022
ފުޓުބޯޅަ ކުޅުނަސް އޭނަހުރީ ކިޔަވައިގެން
ބަކުންބެ
28 May 2022
މިއީ ވަރަށް ގޮތްކުޑަ ވާހަކައެއް.. ރާއްޖޭގެ ދަރަނި 36 ބިލިއަން އިން 60 ބިލިއަނަށް އަރުވާލާފަ ތަރައްޤީކުރެވޭނީ ދަރަނި ނަގައިގެންކަމަށް ތަކުރާރުކޮށް ޔާމީން ބުނަމުން ދިޔަ ސަރުކާރެއްގެ ވާހަ ތިދައްކަނީ، ތިފަދަ ކަންބޮޑުވުންވާންޖެހޭނީ ތިޔައީވެސް ޒިންމާދާރު ބައެގެގޮތުގައި ރައްޔިތުންނަށް ދެއްކުނު ނަމަ
އިމްރާނު
28 May 2022
ޤާނޫނު ނުކިޔާ މީހުން ތަންތަނާ ހަވާލުވެތިބީވީމާ ވާނުވާޢޭއް ހަދާނެ ނަހަދާނެ އެއްޗެއް ނޭނގެނީ. މިވެރިކަމުގައި ގިނަ ތަންތަން ހިންގަން ހަވާލުވެ ތިބިމީހުންނަކީ ޤާނޫނުފޮތާއި ތަންތަން ހިންގުމަށް ހެދިފައިހުރި ޤަވާއިދުތަށް ބޮލާލައި ޖަހައިގެން ތިބި ކޮރަޕްޓުމީން.
ފޫހި
28 May 2022
ބަލަ ފައިސާޔެއްނުހުންނާނެތާ ތޯރިގު މެންނަކީ ކުއްލިޔަކައް އދ އަތޮޅުގާ މިހާރު ހުރި އެންމެ މުއްސަދިމީހާ ގައިމު މާވަހަރެއްނުހޮވާ
ބްލަޑް
28 May 2022
ކަލޭމެން މެމްބަރުންގެ އިޚްލާސްތެރިކަން ހުންނަވަރު ދައްކަން އުޅޭނެކަމެއް ނެތް. ނިކަން ބޮޑެތި މުސާރައާއި ޢިނާޔަތްތައް ހަމަޖައްސައިގެން ތިބެ ޓާރފްދަނޑެއް އަޅަން ގެޒެޓް ކުރިޔަސް ތިޔަ ޢިއްޒަތްތެރި މެމްބަރުގެ މަސްލަޙަތު އޮންނަ ކުންފުންޏައް މަސައްކަތް ލިބޭނީ..
ފި ކު ރޭ
28 May 2022
މި މީހުން ހަމަ ހުސް ކުރަނީ! ކަލޭމެން ތިބެ ކަން ބޮޑުވެފައި@
މައުލޫމާތު
28 May 2022
ދިވެހި ރާއްޖެއަށް އެސްޓީއޯއިން އެތެރެކުރާ ތެލަކީ ވިޔަފަރި ނަފާވާގޮތައް އުސޫލުން ވިންކާ އެއްޗަކައް ވީހިނދު އެ ތެލައް ލިބޭ ފައިސާއައް ވާނުވަ ބަލާލަބަލަ ފުރަތަމަ. ށަރުކާރުން ހަދާފަހުންނަ ކުންފިނި ތަކުގެމާލީބަޔަން ނެރެން ޖެހޭ ގުތައް ހަދާ، އަދި އެ ކުންކުނުތަކުން މުޅި ޖުމްލަ ސަަރުކާރައް ފައިދާ ވަންނަވަރު ވެސް ރައްޔިތުންނައް އެބަހަމަކުރަން ޖެހޭ. މަޖުލިހުގަތިބި މެމްބަރުން މިއައްވުރެ ހޭލުންތެރިވެ ރައްޔިތުމީހާއަށް ވިސްނާލަން އެބަޖެހޭ.
88654
27 May 2022
ސުވާލުކުރާނެކަމެއްނެތް ވާނެގޮތެއްވެފައި މިއޮތީ. ބޯކޮށް ކަންޔާ ލާރިއެށް ނުހުންނާނެ ދޯ.
ބަލަ
28 May 2022
ކޭމީހުންނޭ މިހާރު އެއުޅެނީ ފަޔައްހިނި އަރައިގެން ކޮބާތޯ ތޯރިގުގެ މުއްސަދިކަމުގެ ސިއްރަކީ ހިއްވަރެއްހުރިއްޔާ ބުނެލަބަލަ