ރިޕޯޓް / ލޯކަލް ޓޫރިޒަމް

އުކުޅަސް އަތެއް ނުލެވޭނެ، ތިން ދުވަހުން ތިން މިލިއަން!

މި ރަށުގައި ޓޫރިޒަމް ކުރިއަރަމުން އަންނަ ސްޕީޑަށް ބަލާއިރު އޮތީ އުފާވެރި ކަމެވެ. ޓެކްސްގެ ގޮތުގައި މި ރަށުން އަހަރަކަށް 50 މިލިއަން ދައުލަތަށް ދައްކައިފި އެވެ.

ެެެކައުންސިލަރުންގެ ކޮންފަރެންސް ފެށުމުގެ ކުރިން ބޭއްވި ސްޕޯޓްސް ފެސްޓިވަލްގައި އިއްޔެ ވާދަމަނީ: މި ކޮންފަރެންސަށް މި ރަށަށް 400 އަށް ވުރެން ގިނަ މީހުން ވަނީ ޖަމާވެފައި. -- ފޮޓޯ | ރައީސް އޮފީސް

28 މެއި 2022 - 07:05

18 comments

އއ. އުކުޅަސް ހާއްސަވަނީ, ކައުންސިލްގެ ރައީސް ޝައުކަތު އިބްރާހިމް ވިދާޅުވާ ގޮތުގައި, މަރުހަބާ އިންނެވެ. އެއީ, ޓޫރިޒަމްގައި މި ރަށުގެ ކުރިއެރުމާ ގުޅިފައިވާ ސިއްރެވެ. ލާމަރުކަޒީ ހައްލުތައް ހޯދަން ކައުންސިލަރުންނާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ފައްޓަވާ "ވިޔަވަތި" ކޮންފަރެންސް މި ރަށުގައި ބޭއްވުމުގެ ފަހަތުގައި އޮތް އެއް ސަބަބު ކަމަށް ވެސް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"ހިތްހެޔޮކަމާއި އެކުވެރިކަމާ އެކު މީހުންނަށް އެހީވުން. އެއީ ހަމަ އަޅުގަނޑުމެން މި ރަށުން ދޫކޮށްނުލާނެ ވިސްނުމަކީ، އަދި ކުރިއެރުމާ ގުޅިފައި ވަނީ ވެސް އެ ސިފަތައް،" ޝައުކަތު ވިދާޅުވި އެވެ.

އުކުޅަސް: މި ރަށުގެ މީހުންނަކީ މެހްމާންދާރީގައި ނަމޫނާ ބައެއް. -- ފޮޓޯ | މިހާރު

މި ރަށުގެ އާބާދީއަކީ ހާހެއްހާ މީހުންނެވެ. އެކަމަކު އެއްފަހަރާ 400 އަށް ވުރެ ގިނަ މީހުން އިއްޔެ ރަށަށް ޖަމާވެ ހަރަކާތްތެރިވެއްޖެ އެވެ. މިހާ ގިނަ ބަޔަކު އެއްފަހަރާ މި ރަށަށް އައުމަކީ އާ ކަމެއް ނޫނެވެ. އުކުޅަހުގެ ކޮންވެންޝަން ސެންޓަރަކީ މިފަދަ ގިނަ ބައްދަލުވުންތަކާއި ހަފުލާތަކުން އަބަދުވެސް ބިޒީ ތަނެކެވެ.

މިކަމުގެ ފައިދާ ވެސް އުކުޅަހަށް ބޮޑެވެ.

"ތިން ދުވަހުން މި ވަންނަނީ މި ރަށަށް ތިން މިލިއަން ރުފިޔާ. މި ރަށުގެ ހުރިހާ ގެސްޓް ހައުސްތަކެއް ފުރިއްޖެ. ރެސްޓޯރަންޓްތަކަށް ބާރުބޮޑުވާނެ. އެހެންވީމާ ކޮންމެ ދުވަހަކު މިލިއަނެއް މަދުވެގެން ވަންނާނެ," ކައުންސިލްގެ ރައީސް ޝައުކަތު ވިދާޅުވި އެވެ.

ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ފޯކާސްޓް ދައްކާ ގޮތުން ދެ އަހަރުގެ ތެރޭގައި އިތުރު 150 ކޮޓަރި އަންނާނެ.

ބޮޑެތި އިވެންޓްތައް މި ރަށުގައި ބާއްވާ އަނެއް ސަބަބަކީ ސިޔާސީ ގޮތުން ފޯރިގަދަ ވުމެވެ. ސިޔާސީ މޫސުންތަކުގައި މިއީ ފޯރިގަދަ ރަށެކެވެ. ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަ ބޮޑެތި ބަދަލުތައް ފެށުމުގައި ވެސް މިއީ އިސް ދައުރެއް އަދާކުރި ރަށެކެވެ.

ވިޔަވަތި ސްޕޯޓްސް ފެސްޓިވަލްގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެއް ކަމަކަށް އެމްޑީޕީގެ 2018ގެ ކޮންގްރެސް އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރިޔާސީ ޓިކެޓް ދޭން ނިންމީ އުކުޅަހުގައި 700 އަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުން ބައިވެރިވި ކޮންގްރެސްގަ އެވެ.

ޝައުކަތު ވިދާޅުވީ ސިޔާސީ ކަންކަމުގައި އަތޮޅުގެ އެހެން ރަށްތަކުން ނިންމުންތައް ނިންމުމުގައި ވެސް މި ރަށް އޮތް ގޮތެއް ބަލާނެ އެވެ.

"ވަރަށް މިސްޓޭކެއް ނުހަދާނެ ސިޔާސީ ކަންކަމުގައި ވެސް މި ރަށުން," އޭނާ ދެއްވާ ޔަގީން ކަމަކީ މި އެވެ.

ކައުންސިލްގެ ރައީސް ޝައުކަތު "މިހާރު"އާ ވާހަކަ ދައްކަވަނީ. -- ފޮޓޯ | މިހާރު

ކިތަންމެ ސިޔާސީ ވިޔަސް ވިޔަސް މި ރަށު މީހުން ދޫކޮށްނުލާނެ ކަންތައްތަކެއް ހުރެ އެވެ. އެއްބައިވަންތަ ކަމެވެ. ތަރައްގީ އަށް ގުޅިގެން މަސައްކަތް ކުރުމެވެ. ކޮންމެ ކުލައެއްގެ މީހަކަސް މުޅި ރައްޔިތުންގެ ފައިދާ އޮންނަ ކަންކަމުގައި ގޮތް ދޫކުރުމެވެ.

"މި ވަރުގެ ރަށްރަށުގައި ބައިބައިވުން ބޮޑުވެއްޖިއްޔާ އޭގެ އަސަރު ވަރަށް ބޮޑަށް ކުރޭ ރަށުގެ ކުރިއެރުމަށް. ރަށުގެ ރައްޔިތުން ވާން މި ޖެހެނީ އެއް ވިސްނުމެއްގައި އެއް އަމާޒެއްގައި ރަށުގެ ކުރިމަގަށް ކުރެވޭ މަސައްކަތުގައި އެއްބާރުލުން ދޭ ބަޔަކަށް," އޭނާ ވިދާޅުވި އެވެ.

ކައުންސިލަށް ވެސް އެންމެ މުހިއްމު އެޖެންޑާއަކީ ޝައުކަތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ ހަމަޖެހުމެވެ. ދިރިއުޅުމުގެ ހާލަތު ބަދަލުކުރުމެވެ. ދިމާވާ ކަންކަމުގައި އަޅާލައި ކަންކަން ފަސޭހަކޮށްދިނުމެވެ. ޝަކުވާތައް އަޑު އެހުމެވެ. ހައްލު ހޯދައިދިނުމެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ރަށުގެ މީހަކު ބަލިވެގެން މާލެ ފުރުވާލަން ޖެހުނަސް, ހާސްކަމެއް ކުރިމަތިވިޔަސް އެންމެ ކުރީގައި އެހީވާން ތިބޭނެ އެއް ބަޔަކީ ކައުންސިލަރުންނެވެ.

"އެ އިތުބާރު ވަރަށް ބޮޑަށް އުފެދިފައި މިއޮތީ ރައްޔިތުންނާ ކައުންސިލާ ދެމެދު," އޭނާ ވިދާޅުވި އެވެ.

އުކުޅަސް ބަޔަކު ކުޅިވަރުތައް ބަލާލަނީ: މި ރަށުގައި ދެ ދުވަހަށް ލާމަރުކަޒީ ކޮންފަރެންސް ކުރިއަށްދާނެ. -- ފޮޓޯ | ރައީސް އޮފީސް

"ކޮންމެ މަހަކު ވެސް ރަށުގެ ހަރު މީހުންނާ އަޅުގަނޑުމެން ބަދަލުކުރަން. އެއީ ރަށް ތަރައްގީކުރަން މިކުރާ މަސައްކަތުގައި ހިޔާލު ހޯދުން. ނުވަތަ އަޅުގަނޑުމެން މިކުރާ މަސައްކަތުގައި ރަނގަޅު ކުރަން ޖެހޭ ކަމެއް އޮތްތޯ ބެލުން. ގޭގެއަށް ގޮސް އަންހެނުންނާ ވެސް ބައްދަލުކޮށް, ކައުންސިލަށް ދެވޭނެ އެހީތެރިކަން ވެސް ބަލަން," އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް އަތުނުވާހާ ކުރިއަރަނީ

މި ރަށުގައި އެންމެ ފުރަތަމަ ގެސްޓް ހައުސްއެއް ހުޅުވީ 2012ގަ އެވެ. ތިން ކޮޓަރީގެ އެތަން ޓޫރިސްޓުންނަށް ހުޅުވި ގޮތަށް މަޑުޖެހުމެއް ނެތި ލޯކަލް ޓޫރިޒަމްގައި ރީތި ނަމެއް ފަވާލެވިއްޖެ އެވެ. އޭގެ ނުވަ އަހަރު ފަހުން މި ރަށް މިހާރު މިއޮތީ ޓޫރިޒަމްގައި އަތުނުލެވޭ ވެސް ކުރީގަ އެވެ.

މި ރަށުގައި 34 ގެސްޓް ހައުސް މިހާރު އެބަހުއްޓެވެ.

"މީ 668 ބެޑް, އަދިވެސް ވަރަށް ބޮޑެތި ތަންތަން ޕްލޭންކުރެވި ކައުންސިލާ ހަމައަށް ލިބި ކުރެހުންތައް އެޕްރޫވްކުރެވި ބައެއް ތަންތަނުގެ މަސައްކަތްތައް ކުރިއަށް އެބަދޭ," ޝައުކަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓް ހައުސްތައް މި ފަހުން އިމާރާތްކުރަމުން އަންނަނީ ސިޓީ ހޮޓާ ފެންވަރަށް ކަމަށެވެ.

ކައުންސިލަށް ފެންނަނީ ޓޫރިޒަމްގެ މިސްރާބު ބާރުވެފައި ކުރިއަށް ވެސް ފައިދާވާން އޮތް ތަނެވެ.

އުކުޅަސް: މިއީ ޓޫރިޒަމުން ކުރި ހޯދުމުގައި ސްޕީޑު ބާރު ރަށެއް.

"ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަޅުގަނޑުމެންގެ ފޯކާސްޓް ދައްކާ ގޮތުން ދެ އަހަރުގެ ތެރޭގައި އިތުރު 150 ކޮޓަރި އަންނާނެ," ޝައުކަތު ވިދާޅުވި އެވެ.

މި ރަށުގެ ފުލް ކެޕޭސިޓީއަކީ 700 އެވެ.

ލޯސީޒަންގައި 40 ޕަސެންޓް, މިޑް ސީޒަން 60 ޕަސެންޓް އަދި ޕީކް ސީޒަންތަކުގައި 100 ޕަސެންޓް އެބަވޭ," އޭނާ ވިދާޅުވި އެވެ.

ދައުލަތަށް ޓެކްސްގެ ގޮތުގައި، އެންމެ ފަހުން ކައުންސިލުން ބަލާފައިވާ ހިސާބުތަކުން އެނގޭ ގޮތުގައި 2018 ވަނަ އަހަރު 50 މިލިއަން ރުފިޔާ ދައްކާފައި އެބަހުއްޓެވެ.

އާމްދަނީ ހޯދޭނެ މަގު އެބައޮތް

އާމްދަނީ ހޯދަން ބޭނުންވާ ނަމަ އެ މަގު ފަހިނުވާނެ މީހަކު އުކުޅަހުގައި ނުހުންނާނެ އެވެ. އެ ޔަގީންކަން މަނިކު ދެއްވީ ރަށުގެ ރައްޔިތުންގެ އެވްރެޖް އާމްދަނީން މިސާލު ޖައްސަވަމުންނެވެ.

އޭނާ ވިދާޅުވީ އެވްރެޖް އާމްދަނީ 10,000 އަށް ވުރެން މަތިވާނެ ކަމަށެވެ.

އުކުޅަސް: މި ރަށުގެ ރައްޔިތުންގެ އެކުވެރިކަމާއި އެއްބައިވަންތަކަމަކީ ކައުންސިލުން ކުރިއަރުވާ އެންމެ މުހިއްމު އެޖެންޑާ.

"ކޮންމެ މީހަކު ވިޔަސް ކުރާނެ މަސައްކަތެއް އޮންނާނެ މި ރަށުގައި. އެންމެ ކުޑަ މިންވަރަކަށް ބަލާ ނަމަ ރޮށި ފިހަން ބޭނުންވާ މީހާ އަށް އެކަމުން ވެސް މަހެއްގެ މައްޗަށް ލިބޭނެ ރަނގަޅު އާމްދަނީއެއް. ކިތަންމެ ކުޑަ ކަމެއް ކުރިޔަސް އެ މީހަކަށް ދިރިއުޅެވޭވަރުގެ އާމްދަނީއެއް ލިބޭނެ," ޝައުކަތު ވިދާޅުވި އެވެ.

ލާމަރުކަޒީ ގާނޫނުން ލިބުނު ބާރުތަކާ އެކު ރަށުގެ ތަރައްގީއަށް ކައުންސިލްގެ ވިސްނުންތަކެއް ނެރެފި އެވެ. އެއް ކަމަކަށް ރަށުގެ ހުޅަނގުކޮޅުން ބިމެއް ހިއްކުމެވެ. އެތަނުން 14 ހެކްޓަރު ބިމެއް ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މީގެތެރެއިން އެއް ކަމަކަށް ގޯތިގޮދޮރުގެ މައްސަލައަށް ހައްލު ލިބޭނެ އެވެ.

އެއާއެކު ވިޔަފާރިތައް ވެސް ބައިވަރު ބިންތަކެއް ދޫކުރާނެ އެވެ. ވޭތުވެދިޔަ 25 ވަރަކަށް އަހަރު މި ރަށުން ގޯއްޗެއް ދުލެއް ނުކުރެ އެވެ. އެހެންކަމުން ގޯތިތައް ބަހަމުން އައިސް ބޯހިޔާވަހިކަމުގެ ދަތިކަން ވަރަށް ބޮޑެވެ.

އުކުޅަހުގެ މަގެއް: މި ރަށުގެ ރައްޔިތުންނަށް ކުރިއެރުން ހޯދައިދޭން ކައުންސިލްގެ ޕްލޭންތަކެއް އެބަހުރި.

އަޅުގަނޑުމެން ވަރަށް ދެރަވޭ މި މައްސަލައިގައި. މި ޝަކުވާތައް ވެސް ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް އެބަ އާދޭ," ޝައުކަތު ވިދާޅުވި އެވެ.

ޝައުކަތު ސިފަކޮށް ދެއްވި ގޮތަށް އުކުޅަހުގެ ދިރިއުޅުން އުފާވެރި އެވެ. މިއީ ކުރިއަށް އޮތް ތަނުގައި މުސްތަގުބަލް އޮތް އުޖާލާ ރަށެކެވެ. ދެން އޮތީ، ލާމަރުކަޒީ ނިޒާމުން ލިބުނު ބާރުތައް ހަގީގީ މާނައިގައި ތަންފީޒުކޮށް، ރަށް ކުރިއެރުވުން ކަމަށް ޝައުކަތު ވިދާޅުވި އެވެ.

އޭނާ ޔަގީންކަން ދެއްވާ ގޮތުގައި، އުކުޅަހުގައި މިއަދު ފަށާ ކޮންފަރެންސަކީ އޭގެ ފެށުމެވެ.

18 ކޮމެންޓް, 33 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 3%
icon angry icon angry 36%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮރަލް

04 June 2022

ތިހާ ބައިވަރު ފައިސާ ލިބޭ އިރު ތިޔަ ފައިސާ ހަރަދު ވާ ގޮތުގެ ސާވޭ އެއް ހަދާލުން ރަނގަޅެވެ. ރައީސް ވެސް އިގްތިސާދު ކުރުމަށް ގޮވާލަ އެވެ. ގިނަ ދިވެހީންނަކީ ބޭކާރު ހަރަދު ވ ގިނަ ބައެކެވެ.

The name is already taken The name is available. Register?

އިމަނާ

29 May 2022

ގޭންގްތަކާ، މާރާމާރީއާއި، ބޮޑެތިކުށްތައް، އަދި ހައްދު ފަހަނައަޅާފައިވާކަންކަން ތިޔަ ރަށުގައި ފެށިފައިވާކަން، ކުރިން ޕޮލިސްރިޕޯޓްތަކުންދައްކާތީ. އެންމެ ފުރަތަމަ އަވަސް ފިޔަވަޅެއް އަޅަންވީ އެކަމާ، ފައިސާއަކަށްނޫން. މަސްކިރުވާކަށްނޫން. ރަގަޅު އުޚުރަވީ ހަޔާތެއްހޯދަން. ހަމަޖެހިލައިގެންއުޅެން.

The name is already taken The name is available. Register?

ބޮޑުމީހާ

28 May 2022

މިފަހުން ހޮވުނު ކައުންސިލްތަކުން ކިތައް ކައުންސިލަކުންތޯ ރަށަށް އެކްސްޓާނަލް އިންކަމް ޖެނެރޭޓްވާނެ ކަމެއްކުރީ. 200 ކައުންސިލްގެ ތެރެއިން 10 ކައުންސިލަށްވެސް އެކަން ކުރެވުނުކަމާއިމެދު ޝައްކު. ބާކީ 190 ކައުނސިލް އެ އުޅެނީ ރައްޔިތުންގެ ޓެކްސް ފައިސާގަ. ކައުންސިލްތަކަށް ހޭދަކުރާ ފައިސާ މަސްވެރިކަން ދަނޑުވރިކަމަށް ހޭދަކުރިޔަސް މާ އުފެއްދުންތެރިވާނެ. ލާމަރުކަޒީ ނިޒާމަކީ ރާއްޖެއަށް.އޮތް ނިޒާމެއް ނޫން

The name is already taken The name is available. Register?

ސޮހޮލު

28 May 2022

ކޮންމެ އަހަރަކު މިކަހަލަ ކޮންފަރެންސްއެއް ބާއްވާ ނިކަމެތި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިން އެތައް މިލިއަނެއް ތަޅާ ބުރުވާލައި. ވާކަމެއް ހަރާން ހާސިލްވާކަމެއް ހަރާން. އެއްދުވަސް އެއްކޮށް ކުޅިވަރަށް.

The name is already taken The name is available. Register?

އެމެރިކާ

28 May 2022

މިމީހުން ރާއްޖޭން ބޭރުދަތުރުތައް އުޅެނީ ބޮލަކައް3ހަސް ޑޮލަރުގަ ދުވާލަކަ.

The name is already taken The name is available. Register?

ފޫހި

28 May 2022

މަ އިއްޔެވެސް ގޭގައި ކަށްކަން ގަތް ކުކުޅަށްވެސް 5 ރުފިޔާ އަދި ކެއުމަށްގަތް އެހެނިހެން ތަކެއްޗަށް ބޯކޮށް ޓެކްސްދެއްކިން. ކިހާ ސަޅި ސަރުކާރުން މަގޭ އަތުން ނަގާ ފައިސާ އިން މަޖާނަގަން އިސްރާފުކުރަނީ.

The name is already taken The name is available. Register?

ރަދީފްއޮފިޝަލް

28 May 2022

ސާބަހޭ އުކުޅަސް ރައްޔަތުން.ގުޑް ލަކް.

The name is already taken The name is available. Register?

އަންނައުނު

28 May 2022

ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު އާދެ، ރައްޔިތުން ހަނާކޮށް ނިކަމެތި ކޮއްފަވިޔަސް ދައުލަތް / އިޤްއިސާދުގެ މަލމަތި އޮމާންކުރާނެކަމީ ތާރީހް ފެންނަންއޮތް ބޮޑު ހެއްކެތް. އެކަމާ ހާސްނުވޭ! ދަރިންގެ ދަރިންނަށް ހުރި ވަސީލަތްތައް ވިއްކާ، ބަހާ ހުސްކުރަނީ! އެކެއް ނޫން އެންމެން އެއްބައިވެގެން. ކޮންމެ ސަރުކާރެއްގަވެސް.

The name is already taken The name is available. Register?

ޑޯންވޮނާނޯ

28 May 2022

ސަރުކާރުގެ ބަޖެޓުން 3 މިލިއަން ރުފިޔާ ނަގާ އުކުޅަހުގެ ގެސްޓް ހައުސް ތަކަށް މިދަނޑިވަޅުގައި އަޅާލާ ރައީސް އިބޫ ވާދަމާ އަދި އަދި ތެޔޮ ދަމާ ހަދަނީ ރާއްޖޭގެ އިގްތިސާދު ބިންދައިގެން ގޮސް ލަންކާ މިހާރު އޮތް ހާލަތަށް ވުރެން ދަށްވަމުން ދާ ދަނޑިވަޅުގައޭ އެއްގޮތަކަށް ވެސް ޚަރަދުކުޑަ ކުރަން އެއްވެސް ކަމެއް ނެތޭ ރައީސް އިބޫ ކޮށްފައި ރާއްޖެތެރޭ ކައުންސިލަރުންގެ މަހާސިންތާ އެއް ބޮޑެތި ޚަރަދުކޮށްގެން ނުބާއްވާ އޮންލައިން ކޮށް ވާރޗުއަލް މީޓިންގް ހެދޭނެއޭ

The name is already taken The name is available. Register?

ބަނަވާނެއޭ

28 May 2022

މުޅި ރާއްޖެތެރޭގެ ހުރިހާ ރަށެއްގެ ކައުންސިލަރުން ގެންގޮސްގެން ސަރުކާރުގެ ޚަރަދުގައި ހުރިހާ ގެސްޓް ހައުސް ތަކެއް ހިފާނަމަ އަދި ތިއަށް ވުރެން ވެސް ކުރިއަރާނެއޭ ޓޫރިޒަމް ގެ ހަގީގީ ކުރިއެރުމަކީ ރާއްޖޭން ބޭރުން އަންނަ ގެސްޓުންނޭ އެވެސް ވަކިން ޚާއްސަ ކޮށް ޔޫރަޕް އިންނާއި ޗައިނާ އިން އަންނަ ގެސްޓުން އިންޑިއާ އިން އަންނަ ގެސްޓަކު ހަފްތާ އަކު ކުރާ ޚަރަދު ޗައިނާ ޖަޕާން އަދި ޔޫރަޕް މީހުން އެއް ދުވަހުން ޚަރަދުކުރެއޭ ރާއްޖެތެތޭގެ ލޯކަލް ޓޫރިޒަމް މުސްތަގްބަލް

The name is already taken The name is available. Register?

ކީކޭތޯ

28 May 2022

އިންޑިޔާ މީހުން އައިސް ހަރަދުކުރާނެ، އިންޑިޔާ މީހުން ދަބަސްގަޑަށް ނޫޑްލިސް ޕެކެޓް ލާގެން އަންނަ ބައެއްނޫން އެއީކީ، ޗައިނާމީހުންނަކީ ހަރަދެއްކުރަން ކެރޭ ބައެއްނޫން، ކާން ނޫޑްލިސް ޕެކެޓްގަޑު ހިފާގެން އަންނާނީ، އެމީހުން ނައިއްޔާ ރަގަޅުވާނީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454