ޚަބަރު / ގޭންގް ހަމަނުޖެހުން

ގޭންގްތަކުގެ ނުރައްކާ: ބިރުން ފިތްކަނޑައިގެންދާ މަންޒަރުތަކެއް!

މާލޭގައި އެކަނި 44 ގޭންގު އޮޕަރޭޓް ކުރޭ. މި ގޭންގުތަކަށް ނިސްބަތްވާ 2،800 މީހުން ލިސްޓްކޮށްފައިވޭ.

ގޭންގްތަކާއި ޑްރަގްސްއާ ގުޅޭ ޕްރެޒެންޓޭޝަން ހުށަހަޅައިދިނުމުގެ ކުރިން ޕޮލިސް ކޮމިޝަނަރު ވާހަކަ ދައްކަވަނީ. -- ފޮޓޯ | ރައީސް

މާލޭގެ ހަލަބޮލި މަގަކުން، ރޯމާދުވާލު ވަޅިއެއް ހިފައިގެން ގޮސް ހަރާލީ މީހެއްގެ ކަރަށެވެ. އއ. އުކުޅަހުގައި، ފުލުހުން މިއަދު ދެއްކި ވީޑިއޯއިން ފެނުނު ގޮތުގައި، ބިރެއް، ޖެހިލުން ވުމެއް ނެތެވެ. އޭނަގެ ސިކުނޑިއަށް ހަމައެކަނި ސަވާރުވެފައި ވަނީ ލޭ އޮހޮރުވުމެވެ.!

އެހެން ވީޑިއޯއެކެވެ؛ ތަނެއްގެ ތެރެއަށް ވަދެ އެ ތަނުގައި ހުރި ހުރިހާ ސާމާނެއް އޮތީ ތަޅައި ސުންނާފަތިކޮށްލައިފަ އެވެ. މިއީ، ގޭންތަކުގެ ބަދަލު ހިފުމުގެ ތެރެއިން ކުޑަ ވަރެކެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކުގެ ނުރައްކާ އޮތް ވަރުގެ ހާދިސާތަކެއް ފުލުހުންގެ ޕްރެޒެންޓޭޝަންގައި އާއްމުކުރިއިރު، ބިރުން ފިތްކަނޑައިގެންދާ ވަރު އެވެ. ކައުންސިލަރުންގެ ކޮންފަރެންސްގައި، އެ ވީޑިއޯތައް ފުލުހުން ދެއްކީ މާލެ އާއި ބައެއް ރަށްތަކަށް މިކަން ފުޅާވަމުންދާ ކަން ސިފަކޮށްދިނުމަށެވެ. އެ ޖަރީމާތައް ހުއްޓުވަން ގައުމީ ފެންވަރުގައި، ގުޅިގެން މަސައްކަތް ކުރަން ޖެހިފައި އޮތް ކަމުގެ މެސެޖް މުޅި ރާއްޖެ އަށް ފޯރުކޮށްދިނުމަށެވެ.

"ބިރެއް ނެތި [ތި ފެނުނީ] އާއްމުންގެ ކުރިމަތީގައި ވަޅި އާއި ދަގަނޑު ބުރި ބޭނުންކޮށްގެން މާރާމާރީ ހިންގާ ތަން،" ޕްރެޒެންޓޭޝަން ހުށަހެޅުއްވި ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

"މި ގޭންގްތަކުން ދުނިޔޭގެ އެހެން ތަންތަނުގައި އަރައިގަންނަ ބޮޑެތި ހުރިހާ ކުށްތަކަށް އަރައިގަަންނަމުންދޭ. މީހުން މެރުމާއި މާރާމާރީ ހިންގުމާއި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް ކުރޭ."

ގޭންގަކުން މާރާމާރީ ހިންގުމަށޤ ބޭނުންކުރި ކަމަށް ބެލެވޭ ވަޅި: މާލޭގައި އެކަނި 44 ގޭންގެއް ދަނީ ހަރަކާތްތެރިވަމުން.

ވިއަވަތި ކޮންފަރެންސްގައި މަސްތުވާތަކެއްޗާއި ގޭންގްތަކާ ގުޅޭ ގޮތުން ރަައީސް ދެއްކެވި ވާހަކަ.

ފުލުހުންގެ ވަރަށް ބޮޑު އެހެން ކަންބޮޑުވުމެއް ވެސް އެބައޮތެވެ؛

އެއީ، ބޮޑެތި ކުށްތަކަށް ރާއްޖޭގައި ވެސް އަރައިގަންނަމުންދާ އިރު އެކަމަށް ޝައުގުވެރިކަން އުފައްދަން ފުޅާކޮށް ކުރަމުން އަންނަ މަސައްކަތެވެ. ވީޑިއޯތައް ހަދާފައި ސޯޝަލް މީޑިއާގެ ފްލެޓްފޯމުތަކަށް އެބަ ދޫކޮށްލަ އެވެ. އެކަކު އަނެކަކަށް ތަޅާފޮޅާ މަންޒަރާއި ގިނަ ބަޔަކު މަގުމައްޗަށް އެއްކޮށްގެން "ގަޓުކަން ދައްކައި" ފޮޓޯ ނަގައި، ވީޑިއޯތައް ހަދައި ދޫކޮށްލަނީ ދައުވަތެއްގެ ގޮތުގަ އެވެ.

މާލޭގައި 44 ގޭންގް، 10 ގޭންގެއް ވަރަށް ނުރައްކާ!

ފުލުހުން އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން 1990 ވަނަ އަހަރުން ފެށިގެން މިހާތަނަށް މާލޭގައި އެކަނި 44 ގޭންގެއް ވަނީ އުފެދިފަ އެވެ. އޭގެ ތެރޭގައި ބިރުވެރި، ނުރައްކާ ބޮޑު 10 ގޭންގެއް ދަނީ ހަރަކާތްތެރިވަމުންނެވެ.

- މާލޭގައި އެކަނި 44 ގޭންގު އޮޕަރޭޓް ކުރޭ.

- 10 ގޭންގެއް، ނުރައްކާތެރި ދަރަޖަ އަށް، ފުޅާކޮށް އަދިވެސް ދަނީ ހަރަކާތްތެރިވަމުން.

- މި ގޭންގުތަކަށް ނިސްބަތްވާ 2،800 މީހުން ލިސްޓްކޮށްފައިވޭ.

- 60 ކުޑަކުދިން އެކި ގްރޫޕްތަކާ އެކު އެބައުޅޭ.

- ދެކުނުގެ އަތޮޅުތަކުގައި ގޭންގްތައް ގިނަ، މެދު ރާއްޖެތެރޭގައި ފާހަގައެއް ނުކުރެވޭ.

ފުލުހުންގެ ޕްރެޒެންޓޭޝަން، ޝާކިރު ހުށަހަޅުއްވައި ދެއްވާ އިރު ޕޮލިސް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރު ރިޔާޒް އަޑުއައްސަވަނީ. -- ފޮޓޯ | މިިހާރު

ފުލުހުން ބުނި ގޮތުގައި ކުރިއާ އަޅާބަލާއިރު ގޭންގްތަކުން މީހުން މެރުމާއި މާރާމާރީ ވަރަށް ބޮޑަށް މަދުކޮށްފި އެވެ. ސަބަބަކީ އެ މީހުން ކުށްތަކަށް އަރައިގަނެ ހިންގާ ވިޔަފާރިތައް ސިއްރުކުރުމެވެ. ބޮޑަށް ބަލަނީ މައްސަލައެއް ދިމާވިޔަސް ގޭންގްތަކުގެ ލީޑަރުން ވާހަކަ ދައްކައިގެން ހައްލުކުރުމަށެވެ.

ގޭންގްތަކުން ކުރިން މާރާމާރީ ހިންގަމުން އަންނަ ގޮތާއި މިހާރު ހަރަކާތްތެރިވަމުން އަންނަ ގޮތް ވެސް ވަރަށް ބޮޑަށް ތަފާތެވެ. ކަނޑި އާއި ދަގަނޑާއި އެހެން ވެސް ތޫނު ހަތިޔާރުު ފާޅުގައި ހިފައިގެން ނުކުމެ މާރާމާރީ ހިންގުމުގެ ބަދަލުގައި މި ފަހުން ފެންނަނީ ފުލުހުން ބުނިގޮތުގައި ވަޅި ފޮރުވައިގެން ނުކުމެ މީހުންނަށް ހަމަލާ ދިނުމެވެ.

އުކުޅަހުގައި ބާއްވާ ވިޔަވަތި ކޮންފަރެންސްގައި ކައުންސިލަރުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

މީހުން މަރާލުމުގެ ބަދަލުގައި ވެސް ހަމަލާދީ ނުވަތަ ވާހަކަ ދައްކައިގެން ހައްލުކުރަން އުޅެފައި ހުރި ކަން ތަހުގީގުކުރި އެކި ހާދިސާތަކުން ފުލުހުން ކިޔައިދިނެވެ.

އެ މީހުންގެ މެދުގައި ސުލްހަ ހޯދަނީ ފުލުހުން ކިޔައިދިން ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި އާއި މަނީ ލޯންޑާކުރަން ގެންގުޅޭ އެހެން ވިޔަފާރިތަކަށް އަތުވެދާނެ ލޮޅުމަކުން ސަލާމަތްވުމަށެވެ. ފުޅާކޮށް ހިންގާ މަސްތުވާތަކެތި ވިޔަފާރީގެ ނިވާފަތްގަނޑަކަށް ހަދާފައި ވަނީ ގެސްޓް ހައުސްތަކާއި ރެސްޓޯރަންޓްތައް އަދި އެހެންވެސް ބޮޑެތި ވިޔަފާރިތައް ކަމަށް ފުލުހުން ބުންޏެވެ.

"އޮޅިގެން" ހަ މީހަކު މަރާލި!

ފުލުހުންގެ ޕްރެޒެންޓޭޝަންގައި އާއްމުކުރި މައުލޫމާތުން އެނގޭ ގޮތުގައި ކުރިން ވަޅިހަރަމުން އައީ ތަނެއް ދޮރެއް ނުބަލަ އެވެ. ރުޅި އާއި ބަދަލު ހިފުމުގެ ރޫހުގައި ހިންގާ ހަމަނުޖެހުންތަކުގައި ޖުމްލަ 31 މީހަކު މަރާލާފައިވާ އިރު އޭގެ ތެރޭގައި "އޮޅިގެން" ވަޅި ހަރައި މަރާލި ހަ މީހުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.

ކުރިން މާރާމާރީތަކުގެ އަދަދު އުޅޭނީ ހާހުން މަތީގަ އެވެ. އެކަމަކު ކުށްކުރުމުގެ ޓްރެންޑް ބަދަލުކުރަމުން އައިސް އެ އަދަދު ވަރަށް ބޮޑަށް މަދުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ. ކުށްކުރުމުގައި އެ މީހުންގެ ނުފޫޒު ދައުލަތުގެ މުއައްސަސާތަކުގެ ތެރެއަށް ވައްދާފައި އޮތް ވާހަކައަށް ވެސް ފުލުހުން އެއްބަސްވެ އެކަން ހިނގަން އަދިވެސް އުޅޭ ކަމަށް ބުންޏެވެ.

ކުށަކަށް އަރައިގަތުމަށް ފަހު ސަލާމަތްވާން، އާއްމުކޮށް ވަކީލުންނަށް ދެމުން އަންނަ އަދަދުތަކަށް ވުރެން ބޮޑު އަދަދުތަކުން ފައިސާއެއްކުރެ އެވެ.

ކުށެއްގެ ތުހުމަތުގައި ފުލުހުން ބަލައި ފާސްކުރަނީ. -- ފޮޓޯ | މިހާރު

ޑްރަގްސް އާއި ގޭންގު ކުށްތަކުގެ ހާލަތު އޮތް ވަރު ކިޔައިދޭން ބޭއްވި ސެޝަންގައި ބައިވެރިވެވަޑައިގަތް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވީ ޒަމާން ވެފައި އޮތް އެ މައްސަލަ އަށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޕޭލޭންކުރެވި، މަސައްކަތްތަކެއް ކުރަން އެ ކަމަށް ޓާސްކްފޯސްތައް އެކުލަވާލާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.

ކުށްކުރާ މީހުން އެއް ދޮރުން ވައްދައި އަނެއް ދޮރޮން ވައްދާ ކަމުގެ ތުހުމަތު ހަމައެކަނި ފުލުހުންނަށް ދޫކޮށްލައިގެން ނުތިބުމަށް އެދިވަޑައިގަތެވެ. ފުލުހުން ގޯސް ހަދާ ނަމަ އެކަން ބަލާނެ ކަމަށާއި މުޅި ނިޒާމަށް ބަދަލުތަކެއް އަންނަން ޖެހޭ ކަމަށް ފާޅުކުރައްވާ ކަންބޮޑުވުން މިއަދު ވެސް ތަކުރާރު ކުރެއްވި އެވެ.

އޭނާ އެދިވަޑައިގަތީ މާލެ އާއި ރާއްޖޭގެ އެކި ރަށްތަކުގައި މިއޮތް ގޭންގް ނުރައްކަލާއި ޑްރަގުގެ ވަބާއިން އަރައިގަތުމުގައި ކައުންސިލްތަކުން ވެސް ދައުރު އަދާކޮށްދިނުމަށެވެ. ދާއިމީ، ހައްލުތަކަށް ފުލުހުންނާ އެކު ގުޅިގެން މަސައްކަތްތަކެއް ކުރުމަށެވެ.

142 ކޮމެންޓް, 47 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 6%
icon angry icon angry 77%
icon wow icon wow 6%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރައްޔިތ

29 May 2022

މިފަދަ ކުޑަކުޑަ ގައުމެއްގަ ނިސްބަތުން މިހާ ގިނަ ގޭންގުތަށް ހަރަކާތް ތެރިވަމުންދާއިރު އާއި މާރާމާރީ އާއި މީހުން މެރުންފަދަ ބޮޑެތި ކުށްތަށްކުރަމުން ދާއިރު އިސްލާމީ ޝަރީޢަތް ގާއިމު ނުކުރެވިގެން މިއުޅެނީ ކީއްވެބޭ، މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަށް ސާބިތިވާ ކަމަކަށް ވަނީކީ ނޫން، އިޖުރާއަތާ ހިލާފު ބައެއް އޮތިއްޔާ އެބައި ބާއްވާފަ އެ ކުށްކުރިމީހާ އަށް އަދަބު ދޭން އެބަޖެހޭ ދޯ، އަދި ކްލެމިންސީ ބޯޑުވެސް އުވާަން ޖެހޭ އެބަޖެހޭ،،

The name is already taken The name is available. Register?

މުހައްމަދު.

29 May 2022

މިޤައުމުގައި އިސްލާމީޝަރިއަތް ގާއިމްކުރެވިގެން ނޫނީ ހައްލެއްނެތް

The name is already taken The name is available. Register?

ރިސާްން

29 May 2022

ކިހިނެއްތޯ ކައުންސިލަރުންގެ އެއްބާރުލުން ތިކަމުގައި ލިބެނީ. ގިނަ ކައުންސިލަރުންނަކީ ތި ބާވަތުގެ މީހުން.

The name is already taken The name is available. Register?

ރައްޔިތު

29 May 2022

މާލޭގައި 44 ގޭންގު އޮޕަރޭޓް ކުރެވެނީ ކީއްވެ؟ -ގޭންގުތަކަށް ނިސްބަތްވާ 2،800 މީހުން 6000 އެއްހާ ފުލުހުންނައް ހައްޔަރު ނުކުރރވެނީ ކީއްވެ؟ - މާރާމާރީ އާއި ޑްރަގް ބޭނުން ކޮއް އޭގެވިޔަފާރި ކުރާ ގިނަ ކުޑަކުދިން ސްކޫލް ތަކައް ވެސް ދާނެތާދޯ. ދެން ކުޑަކުދިން އެމަގުން ދާންދިމާވާ ސަބަބު ނޭންގެނީތޯ؟ - ޑްރަގްގެ ވިޔަފާރިޔާ މިނޫންވެސް ނުހަމަ މުއްސަނދިކަމުން ދައުލަތައް ޓެކްސް ނަގަމުން ދާއިރު އަގުހުރި އެތައް މުދަލެއް ގަނެ އެތެރެކުރަމުން ދާއިރު ދައުލަތައް ނޭގޭ

The name is already taken The name is available. Register?

ހައްލަކީއުމަރު

29 May 2022

އިސްލާމްދީނުގެ ހުކުމްތަށް ( ވައްކަން ކުރާމީހާގެ އަތް ކެނޑުން / ޒިނޭކުރާ މީހުން ރަޖަމް ކުރުން/ މީހުން މަރާ މީނުނަށް މަރުގެ އަދަބު ދިނުން ) އަދި އިތުރުން މަސްތުވާ ތަކެތު ވިޔަފާރި ކުރާ މީހުނަށް މަރުގެ އަދަބު ދިނުން

The name is already taken The name is available. Register?

ވިސްނާލުން އެދެން

29 May 2022

ވަރަށް ފަހުން މަސްއޮޑި ގްރޫޕްގެ ބަޔަކު ބޮޑު ދިދަ ކައިރިއަށް އައިސް، ޔުނިފޯރމުގަ ހުރި ސިފައިންގެ މިހަކު ނެރެ އެބޭފުޅާ ވަށާލައިގެންތިބެ އިންޒާރު ދެމުން ދިޔައިރު، ޕޮލިހުންގެ މަރުކަޒާ ސިފައިންގެ މަރުކަރޒުގަ ތިބި އޮފިސަރުން ތިބީ ކުޅިބަލަން. މިއީ ޤައުމީ ދިފާޢީ ބާރުތަކުގެ ބޭފުޅުން ގޭންގުތަކުގެ ދަށުވެފަ އޮތްވަރު.

The name is already taken The name is available. Register?

މަސްފޮޑި

29 May 2022

އެމީހުނައް ބާރުދޭބަޔަކުވެސް އުޅޭ

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

29 May 2022

ގޭންގުތައް ހުއްޓުވުމަށް އެކުލަވާލެއްވި ޓާސްކްފޯސް ސިފަ ކުރައްވަނީ "ދަތް ނެތް މިނިކާވަގެއް"ގެ ގޮތުގައެވެ.، ގާނޫނީ ބާރާއި، ވެރިކަމުގެ ފަރާތުން ބޭނުންވާ ޖެހިލުން ކުޑަކަން ނުދެއްކޭ ނަމަ ކުށްވެރިން ދައްކާނީ ޖެހިލުން ކުޑަކަން ،" މި މަސައްކަތުގައި އެންމެ މުހިއްމު ކަމަކީ ފުލުހުން އިތުރަށް ބާރުވެރިކޮށް، ގޭންގުތަކާ ދެކޮޅަށް ވަރުގަދަ ފިޔަވަޅުތަކެއް އެޅޭނެހެން ގާނޫނުތައް ބައްޓަން ކުރުމެވެ. 100 ކައިގެ ވާހަކައެއް ! ޢުމަރު /ސަން ނިއުސް

The name is already taken The name is available. Register?

ޑޮކްޓާރ. ބަނާނާ

29 May 2022

މަދިރި ހަފާވަރުން އުދަގޫ ވާތީވެ މަދިރި ހެފުމަކީ މަނާކަމެއް ކަން އެންގުމަށްވެސް ގާނޫނެއް ހެދިދާނެ.. ޑރ. ބަނާނާ

The name is already taken The name is available. Register?

އިބުރާ

29 May 2022

ބޮޑު ރަށެއްގެ އާބާދީއާއި އެއްވަރުގެ އަދަދެއް. ސިޓީއެއްގެ ދަރަޖަ ދީފަ ތި އެންމެން ވަކި ރަށަކަށް ބަދަލުކޮށްލާ. އަދި ރަށުބަންދުކޮށްލާ. ކެއުމާއި ބުއިމާއި، ނިދުމާއި ސަރުކާރުން ހަމަޖައްސައިދީ. ދުވަސްކޮޅަކުން އިސްލާޙު ވެދާނެ ނޫނީ ހުސްވެދާނެ.

The name is already taken The name is available. Register?

މަރީނާތު

29 May 2022

ޕޮލިހުން ލަދެއް ނުގަނޭތަ މިވާހަކަ ދައްކަން. ތިކަމުން އެނގެނީ ރާޢްޖޭގެ އަމަން އަމާންކަން ބަލަހައްޓަން ހަވާޅުކޮށްފަ އޮތް މުއައްސަސާ ފެއިލްވެފަ ވާވަރު. އެވަރުންވެސް މުޅި ޕަރީވާރަށް ހިލޭ ބޭސް ފަރުވާ ދޭން ޖެހޭ. މީ މިޤައުމު ބަލަހައްޓާ މީހުންނޭ ކިޔައިފަ.

The name is already taken The name is available. Register?

ޙުށޭނު

29 May 2022

މަރީނާތު، އެއްވެސް ޙާލެއްގަ ޖެއްސުމަށް ރައްދު ދޭކަށް ނުވަތަ ފުލުހުން ދިފާޢު ކުރާކަށް ނޫން. ލަދުގަންނަންވީ ހަމަ އެކަނި ފުލުހުންނެއް ނޫން. ރާއްޖޭގެ މަޖްލިސް އަދި ޖުޑިޝަރީގަ ތިއްބަވާ "ނަޒާހަތްތެރި" ބޭފުޅުން. ކިއު.އާރު.ޓީގަ ފުލުހުންތެރޭ އަޅުގަނޑު އުޅުނީ. ހައްޔަރު ކުރިން ބޯކޮށް! ދޫކޮށްލަނީ ކޯޓުތަކުން. ފުލުހުންގެ މަސައްކަތް ހަލާކު ކުރަނީ ސިޔާސީ މީހުންނާ ރާއްޖޭގެ ކޯޓުތަކުން. މަހަކު އެއްފަހަރު މުޙައްމަދު ރަސޫލުﷲގެ ލޫތުގެފާނު ބައި ދައްކަންވީ އެންމެންނަށް!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454