ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު: ގޭންގުތަކާ ދެކޮޅަށް ސަލާމަތީ ހިދުމަތްތަކުން ނުކުތީ ވަރުގަދަ ޕްލޭނަކާ އެކު. -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
10 ޖެނުއަރީ 2022 - 13:33
މާލޭގައި ކުށްތަކަށް އަރައިގަނެ އާއްމުންގެ ތެރޭގައި ބިރުވެރިކަން އުފައްދާ ގޭންގުތައް ހުއްޓުވައި، އެ މީހުންގެ ބާރު ކަނޑުވައިލަން ޕްލޭނަކާއެކު ފުލުހުންނާއި ސިފައިން ނުކުމެއްޖެ އެވެ.
އެކި ނަންނަމުގައި އޮޕަރޭޓް ކުރާ ގޭންގުތައް ހުއްޓުވަން މީގެ ކުރިން ވެސް ސަލާމަތީ ހިދުމަތްތަކުން އޮޕަރޭޝަންތައް ހިންގާފައިވެ އެވެ. އެކަމަކު އެ އޮޕަރޭޝަންތައް ނިމެނީ ނުފޫޒު ގަދަ ފަރާތްތަކާ ގުޅުން އޮންނަ ގޭންގުތަކުން ދައްކާ ބިރަށް ފުލުހުން ކިޔަމަން ވެގެންނެވެ.
އެކަމަކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ، މި ފަހަރު ފެށި އޮޕަރޭޝަނުން ގޭންގުތައް "ހުއްޓުވައި" ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. މިއީ ދެ ދުވަހަކަށް ކުރިއަށް ގެންދާނެ އޮޕަރޭޝަނެއް ނޫން ކަމަށާއި އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާ އިރު ދިގު މުއްދަތަކަށް ކުރާނެ މަސައްކަތެއް ކަމަށް ވިދާޅުވި އެވެ.
"ފުލުހުންނާއި ސިފައިން ހިންގާ މި އޮޕަރޭޝަނަކީ މި މަސައްކަތުގައި ކުޑަ މިންވަރެއް. މީގެއިން ނަތީޖާ ނެރެވޭނެ،" ކޮމިޝަނަރު ވިދާޅުވި އެވެ.
ގޭންގު ކުށްތައް ހުއްޓުވަން ޓާސްކް ފޯހެއް އުފެއްދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ޗެއާކުރައްވާ ގޮތަށް މަސްތުވާތަކެއްޗާ ދެކޮޅަށް ގައުމީ ޓާސްކް ފޯހެއް އެކުލަވާލުމަށް ފަހު އެވެ.
ކޮމިޝަނަރު ވިދާޅުވިގޮތުގައި، ޖަމާއަތްތައް ހަދައިގެން ހިންގާ ކުށްތައް ހުއްޓުވުމުގެ ޓާސްކް ފޯހެއް ހަދަން މަޖުބޫރުވީ މަސްތުވާތަކެތީގެ ކުށްތައް އިތުރުވަމުން ދިއުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި ކުޑަކުދިން ބައިވެރިކޮށް އާއްމު މަސްލަހަތު ނަގައިލެވޭ ބިރުވެރި އަމަލުތަކަށް އަރައިގަންނަ ވަރު އިތުރުވެ، ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ސަރުކާރަށް ގަބޫލުކުރެވޭތީ އެވެ.
ގްރޫޕްތަކުގެ މެދުގައި މާރާމާރީ ހިންގައި، މީހުންގެ މުދަލަށް ގެއްލުންދީ ފުރާނަ އަށް ނުރައްކާވާ ފަދަ އަމަލުތަކަށް އަރައިގަންނަނީ ވެސް މަސްތުވާތަކެތީގެ މައްސަލަތަކާ ހެދި ކަަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެ އެވެ.
މާލޭގައި ސަލާމަތީ ހިދުމަތްތަކުން މި ފެށި އޮޕަރޭޝަންގައި އެކި ތަންތަން ބަލައި ފާސްކޮށް، ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރާނެ އެވެ. އޮޕަރޭޝަންގެ ކުރިއަށް ވެސް ގިނަ މަސައްކަތްތަކެއް ކަމާގުޅުން ހުރި ފަރާތްތަކާ އެކު ކުރެވިފައިވާ ކަން ހަމީދު ފާހަގަކުރެއްވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި މި މައްސަލައިގައި މިފަހަރު ވަށައި ޖެހޭ ހައްލެއް ހޯދާނެ އެވެ. ފުލުހުންގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ވެސް މިކަމާ ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކޮށް ދިގު މުއްދަތެއްގެ ހައްލަށް އަމާޒުތަކެއް ކަނޑައަޅާފައިވާ ކަން ވެސް ފާހަގަކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑެވލޮ
29 May 2022
?????
ހިތާމް
12 January 2022
"އިދިކޮޅާއި ގުޅިފައި ތިބި ގޭންގްތައް އެމްޑީޕީ ކޮޅަށް އަނބުރާލަން ވަރުގަދަ ޕްލޭނަކާއެކު ފުލުހުންނާއި ސިފައިން ނުކުމެއްޖެ" ސުރުޚީ ރަނގަޅު ކޮށްލާ.
ހަސަން އަލީ ހަމީދު
11 January 2022
ހައްލަކީ ހައްޔަރު ކުރުމުން، ނުފޫޒު ފޯރުވާ މީހުންވެސް ހައްޔަރު ކުރުން. ގާނޫނުގައި ޕްލިހުންގެ ވާޖިބަށް ހުރސް އަޅާމީހުން ހައްޔަރު ކުރެވޭ ގޮތަށް އޮތީ. ވަކި ބަޔަކު ހައްޔަރު ކުރުމުން ÷ްރެޝަރު ކުރާނަމަ ކޮންމެ މީހަކަސް ޖެހޭނީ ބަންދު ކުރަން. ދެތިން މަހު ގޮޅީގައި ބަހައްޓާލައިފައި ދޫކޮށްލަން ވިޔަސް އޯކޭ. ޟިގަ މުހިއްމީ ނުފޫޒޫ ފޯރުވާމީހުން ނެގުން.
މަހޯލި
11 January 2022
ތަރުބިއްޔަތު ނެތި ބޮޑެތިވީމަ ދެން ވާނެ ގޮތް ތިހުރީ ވެފަ ތި ނިކުންނަ ނިކުތުން ވާނީ ހޫނު ދަގަނޑުމައްޗަށް އަޅާ ފެނަށް
މެސީ1
11 January 2022
ގޭންގުތައް ހިންގަނީ ބޮޑުން. އެއީ ޤާނޫނު ނުހިނގާބައެއް، ދެން ދެކޮޅައް ނުކުންނަ މީހާ ފެންނާނީ ދޫނިދޫ ގޮޅިން
ބުޅާބެ
11 January 2022
ނިކުމެގެން ކޮން ކަމެކޯ ކުރެވުނީ. ޖަމަލުޖަހާ ފޮޑިއޭވެސް ކިޔާ. ދެން ތިބެތިބެފަ ކައިގެން ފިލާނީ. ދެން ނެރޭނެ ބޮޑުސިންގާ ރިޕޯޓެއް. ދެން އޭގަ ބުނާނެ އައިއެސްއޭ. ޖުބުހަތުއްނުސްރާއޭ. ހައްދުފަހަނަ އެޅީއޭ. ދޮންފަޅޮލޭ. މީގެ ރިޕޯޓެއް ނެރޭނެ. ދެން ފެންނާނީ ސްުޕްރީމް ކޯޓަށް ފަނޑިޔާރަކަށް ލައްވާތަން. ދެން ބަޑިއާ ޓޭންކަރާ ނެރެގެން އުޅޭތަން ފެންނާނެ. އިރުކޮޅާކަުން ފިނދަނައެއްހެން ވާނީ
ެަރަދުން
11 January 2022
ކަލޯ ތިސޮރުކިބައިގައި ތިވަރުގެ ޤާބިލްކަމެއްނެތް.ތީ ފެމިލީގެ ތެރެއިން އައި މަޤާމެއް. ހިތަށް އަރައި ތިކާމާއި ހަވާލުވާން ކުޑަކޮށްވެސް ލަދުނުގަނޭބާއޭ.
ނަސީ
11 January 2022
ރައްއިތުން އަބަދުވެސް އޮޅުމެއްގެތޭގައި ބޭއްއިތިއބުން މީކޮންވެ ވެރިޔަކައްވެސް ކުރަން އެންމެ ރަގަޅު ކަންތަން
މޯޑް
11 January 2022
ނިކުމެގެން ކުރާކަމެއް ނުފެނެ. މަގުމަތީ ދެކޮޅަށް ބުރުޖެހުން ފިޔަވާ
އާރީ
11 January 2022
ތިކަމެއް ނުވާނެ. ތިބޭފުޅާ މަގާމް ގެއްލޭއިރުވެސް