އޭސީޕީ މުހައްމަދު ރިޔާޒު: ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި އިންޑިއާ އައުޓް ބެނާ ނެގުމަށް ކޯޓު އަމުރު ހޯދުމަށް އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގް އޭސީޕީ ރިޔާޒު ބޭނުންކުރި ކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކުރޭ.
28 މެއި 2022 - 13:32
ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ ގެކޮޅުގައި ދަމާފައި ހުރި "އިންޑިއާ އައުޓް" ބެނާ ނެގުމަށް ކޯޓު އަމުރު ހޯދީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު އަންގައިގެން ކަމަށް ބުނެ ފަތުރާ ވާހަކަތައް ފުލުހުންގެ އިދާރާ އިން މިއަދު ދޮގުކޮށްފި އެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނީ، އެ ބެނާ ނެގުމަށް ކޯޓު އަމުރު ހޯދުމަށް އިންވެސްޓިގޭޝަން އޮފިސަރެއްގެ ލޮގް ބޭނުން ކުރައްވައިގެން، ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުގެ ހެޑް، އޭސީޕީ ރިޔާޒު އަމުރަށް އެދިވަޑައިގެންނެވި ކަމަށް ބުނެ ދައްކަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
ފުލުހުން އެކަން ދޮގުކުރީ "ދިޔަރެސް" ގައި އެ ގޮތަށް ރިޕޯޓް ކުރުމުންނެވެ.
ފުލުހުން ބުނި ގޮތުގައި ކޯޓު އަމުރަށް އެދުމުގެ އުސޫލު އޮންނަނީ އިންވެސްޓިގޭޝަން އޮފިސަރު އެ އަމުރަކަށް އެދުމުން އެ އޮފިސަރެއްގެ ސުޕަވައިޒަރު، އެޕްރޫވްކޮށް، ކޯޓު އަމުރު "ރިކުއެސްޓް ކޮމްޕިއުޓާ ސިސްޓަމް" އިން ހެދޭ ގޮތަށެވެ.
ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުމާ ދެކޮޅަށް ޔާމީން އިސްވެ ހިންގާ ކެމްޕެއިންގެ ބެނާ، އެ މަނިކުފާނުގެ ގެކޮޅުން ނެގުމަށް ވެސް އަމަލުކުރީ ހަމަ އެގޮތަށް ކަމަށް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.
"ދިޔަރެސް" ގައި ލިޔުނު ޚަބަރުގައި ފުލުހުންގެ މީޑިއާ އިން އެ މައްސަލައިގައި ޖަވާބެއް ދީފައި ނުވާ ކަމަށް ބުނެފައިވާތީ، ފުލުހުން ބުނީ އެކަމާ ގުޅޭ ސުވާލެއް ލިބިފައި ވަނީ އިއްޔެ ހެނދުނު 10:11 ގައި ވަޓްސްއެޕް މެދުވެރިކޮށް ކަމަށެވެ. އަދި ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ދެ ފޯނު ނަމްބަރެއް ދީފައިވީ ނަމަވެސް އެއިން އެއްވެސް ނަމްބަރަކަށް ގުޅުމެއް ނެތި ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ޖަވާބެއް ނުލިބުނު ކަމަށް ބުނެ ލިޔުނު ކަމަށް ފުލުހުންގެ ބަޔާނުގައި ވެ އެވެ.
"ދިވެހި ފުލުހުންގެ ހިދުމަތުން ނޫސްވެރިން ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ގޮތްތައް ބޭނުންކޮށްގެން އެކަމާ ގުޅޭ ސައްހަ މައުލޫމާތު ހޯދުމަށް އެކަށީގެންވާ މަސައްކަތްކޮށްފައި ނުވާކަން ފާހަގަކުރަމެވެ،" ބަޔާނުގަ ފުލުހުން ބުންޏެވެ.
ފުލުހުން އެދުނީ ފުލުހުންގެ މަސައްކަތާ ގުޅިގެން ދޮގު މައުލޫމާތު ނުފެތުރުމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ާއުނިމާ
30 May 2022
ދެން ތިޔަކަން ކުރި މީހެއް ނުވާނެ..ލޮލް
ޖެކް
29 May 2022
ދިޔަރެސް ގަ ލިޔެފަ އޮތީ މަސްދާރެއްގެ ފަރާތުން ލިބުނު އެއްޗެއް. ގަލޮޅު ވިލީ ފުލުސް ޗީފް އެގޮތަށް ބުނި ކަމަށް ހަބަރު ލިޔެފަ އޮތީ. މަށަށް ގަބޫލު ކުރެވެނީ މީ މިކަން ހިނގި ގޮތް ކަމަށް. ހައިކޯޓްގަ ފުލުހުން އެއުޅު ގޮތެއް ދޯ. ފަނޑިޔާރު އެއް ސުވާލެއް އެތައް ފަހަރު ކުރީމަވެސް ނުގުޅޭ ޖަވާބެއް ދެނީ. އެހެންތާ ވާނީ އެތަނަށް ގޮސް ތިބި މީހުނަށް ވެސް ނޭންގެ ބެނާ ނަގަން ޖެހުނީ ކީއްވެ ކަމެއް.
7887887
28 May 2022
ބުނިއޭ ކިޔާގެން މީހުންގެ އަބުރު ކަތިލުން ނޫން ކަމެއް މި ނޫސްވެރިން އަށް ނުކުރެވޭ ދެން ލިޔެލާނެ އެއްޗެއް ނެތީމަ ކޮންމެވެސް އެއްޗެއް ލިއެގެންތާ މުސާރަ ކޮޅުވެސް ލިބޭނީ
މުލޭ2
29 May 2022
ކުރިއްޔާ ބުނާނެތަ ތިމަންނަ ކުރީމޭ؟ ބަޣާވާތް ކޮށްފަ އެއްބަސްވި؟ އެހެރީ ވީޑިއޯތަކުން ފެންނަން..
ާއުނިމާ
30 May 2022
ދެން އެކަން ކުރި މީހެއްވެސް ބުނަންވީނު ތިޔަހާ ޔަގީންކަން އޮތިއްޔާ
ޤާނޫނޭ
28 May 2022
އިތުރަށް ވާހަކަދެއްކީމާ ވާނީ، އެއްދޮގު ފޫބައްފަން އަނެއް ހަތަރު ދޮގު ހަދަން ޖެހޭގޮތް! އެހެން ނޫނަސް ތިޔަ މުއައްސަސާއަކީ، އެއިރެއްގައި އޮންނަ ސަރުކާރެއް ބުނާގޮތް ހަދާ ސިޔާސީ ޖަގަހައެއް ކަހަލަ ތަނެއްކަށް މެޖޯރިޓީ ރައްޔިތުން ގަބޫލުކުރާނެ! ރައީސުލްޖުމްހޫރިއްޔާ އަށް، ޤާނޫނަކުން ދީފައިވާ ބާރެއް ނަފީކުރާ ޤަރާރެއް، ސްޓޭޓް އޮފް އިމަރޖެންސީ ހިންގާފައި ނޫނީ ނުނެރެވޭނެކަން ޤާނޫނު އަސާސީން ރަނގަޅަށް ދޭހަވާނެ! އަދި ސަލާމަތީ ބާރުތަކުން ޢަމްދުން އެފަދަ ޤާރާރެއް ތަންފީޒު ކުރުމަކީ އަދި އެއަށް ވުރެ މާ ނުސިޔާނުކަމެއް! ޤާނޫނަށް ބަދަލު ގެނެވޭނީ ހަމަ އެކަނީ ރައްޔިތުންގެ މަޖިލީހަށް!
ވަހީދުބެ
28 May 2022
ވެދުން ސަލާމަށްފަހު ދަންނަވަމެވެ. ލޮލުން ބޮލުން ފުލުހުން ދައްކާ ވާހަކަތަކަށް އަހަރުމެން އިތުބާރު ކުރަމެވެ. އިހްތިރާމް
އުދުހޭ
28 May 2022
ފުލުހުން ދައްކާ ވަހަކަ ގަބޫލުކުރަންވީ ސަބަބެއް ބުނެދީބަލަ!
ރަދީފްއޮފިޝަލް
28 May 2022
ފުލުހުންނަށް އަހަރުމެން އިތުބާރުކުރާނީ #ވީވަރަކުން.އެހެންވީމަ މިކަމުގަ އިތުބާރެއް ނުކުރަން.
ޖަންދަލް
28 May 2022
މިތާނގަ ވިކިލީކްސް ވާން ވެގެން އުޅޭ ބަޔެއް ތީ.
ރަދީފްއޮފިޝަލް
28 May 2022
ވިކިލީކްސް (އަސާން) އަދި އެޑްވަޑް ސްނޯޑަން އެއީ ދުނިޔޭގެ ސިޔާސީ ނާރެހަށް އިންގިލާބީ ބަދަލުތަކެއް ގެނައި ބައެއް.
ރަދީފްއޮފިޝަލް
28 May 2022
*އަސާންޖް