ފަނޑިޔާރު އަބްދުއްރައޫފް: އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި -- ފޮޓޯ/މިހާރު
31 މެއި 2022 - 12:33
ހައި ކޯޓުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ރައޫފް އިސްތިއުފާ ދެއްވިއިރު، އޭނާ ފަނޑިޔާރުކަމުން ވަކިކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން އޮތީ ފޮނުވައިފަ އެވެ. އެއީ ކުރީގެ ސަރުކާރުގެ ދުވަސްވަރު މާލޭގެ ހައި ކޯޓުގައި ތިއްބެވި ފަނޑިޔާރުންނަށް އޭރުގެ ހައުސިން މިނިސްޓްރީން ދިން ފްލެޓްތައް ގަބޫލު ކުރައްވާފައިވާ މައްސަލާގަ އެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ހައި ކޯޓުން ކަށަވަރުކޮށްދެ އެވެ.
އެ މައްސަލާގައި ރައޫފާއި ފަނޑިޔާރު އަބްދުﷲ ހަމީދު ވަކިކުރަން މަޖިލީހަށް ފޮނުވިޔަސް، ޖޭއެސްސީން އަމަލުކުރި ބައެއް އިޖްރައާތުތަކާ މެދު މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ ސުވާލު އުފައްދައިފަ އެވެ. އެކަމާ މެދު ކޮމެޓީން އަދިވެސް ވަކި ގޮތެއް ނުނިންމަ އެވެ.
ހައި ކޯޓުގައި ބޮޑެތި އަދި މަޝްހޫރު މައްސަލަތައް ބެއްލެވުމުގައި ބައިވެރިވެ ވަޑައިގަތް ރައޫފަކީ 2011 ވަނަ އަހަރު ހައި ކޯޓަށް އައްޔަން ކުރެއްވި ބޭފުޅެކެވެ. އޭނާއާ އެކު އެ ކޯޓަށް އޭރު އައްޔަން ކުރެއްވި ފަނޑިޔާރު އަލީ ސަމީރު ވެސް ދާދިފަހުން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ސަމީރު މިހާރު ހުންނެވީ ޑެޕިއުޓީ ޕީޖީގެ މަގާމުގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުސައިން ރަޝީދު
31 May 2022
މާދަމާ ޑެޕިއުޓީ އޭޖީ އަށް ނުވާނެބާ
ފަހުމީ
31 May 2022
ފަނޑިޔާރުންގެ މައްސަލައަކަށްވާ މައްސަލައެއް އުޅެނީކީ ނޫނެވެ. ކޮންމެވެސް އެއްޗެކޭ ކިޔާފައި ބުނިހައި ގޮތެއް ހަދާނެ ބަޔަކު ހައިކޯޓަށް ލާން ބޭނުންވަނީއެވެ.
ވަކީލްް
31 May 2022
ރަނގަޅު، އިންސާފުން ކަންކުރި އަހުލާގު ރަނގަޅު ފަނޑިޔާރެކެވެ. ކާމިޔާބަށް އެދެމެވެ.
ކަރީމްބޭ
31 May 2022
ޖޭއެސްސީ އަކީ ވަރަށް ކޮރަޕްޓް މީހުންކޮޅެއް ހިސާރުކޮށްފައި އޮތްތަނެއް. ރަނގަޅު ހުރިހާ މީހުން ވަޒީފާއިން ވަކިކޮށް ޕަޕެޓުން ލުން އެއީ އަމާޒަކީ. ކުރިއަށް ދިވެހި ޤައުމު،
ޔާހު
31 May 2022
ރައޫފު ވަކި ކުރަންވީތާ ކިތަންމެ ދުވަހެއް. އޭނާ މައްސަލަ ތާވަލުކުރަނީ ރެޖިސްޓްރާ ބުނާގޮތަކަށް
ވސނ
31 May 2022
ފަނޑިޔާރަކު ތިފަދަގޮތްގޮތަށް ފުލެޓާއި ޢިނާޔަތް ޤަބޫލުކުރުމަކީ ރިޝްވަތުގައިހިފުންފަދަ ކަންތައް. އަމިއްލައަށް އިސްތިޣުފާ ދިންނަމަވެސް ފުލެޓު އަތުލެވެންވާނެ. އެޙައްޤު އެތައްބަޔަކު އެބަތިބި. ފަނޑިޔާރުކަމާއި މިނިސްޓަރުކަމާއި މަޤާމުމަޤާމު ލިބުމުން ކިޔޫފަޅާލާފަ އެމީސްމީހުނަށް ފުލެޓުދިނުމާއި ކަންކަންކޮށްދިނުމަކީ އެކަންކުރާބަޔަކުވެސް ކުށްވެރިކުރަންޖެހޭފަދަ ކަންތައް. މިކަހަލަކަންތައް ކުރިވުޔަދީގެން ކޮރަޕްޝަނޭތިކިޔާވަބާ ފިލުވައެއްނުލެވޭނެ.
ޙިނި
31 May 2022
ޙެހެ ކުރީގެ ހައުސިން މިނިސްޓަރޯ ފުލެޓުދިނީ،
ޝަފީރު
31 May 2022
ޢަހަރެންކައިރީ މީހަކުބުނި ހައިކޯޓުގައިހުރި ދުވަސްވަރު އެއީ. ފަނޑިޔާރުންގެ ތެރޭގައިހުރި އެންމެ ރަނގަޅުމީހަކީ މިބޭފުޅާކަމަށް. އަދި ކޮންމެ ސަރުކާރަކުންވިޔަސް އުޞޫލެއް ކަނޑައަޅައި ޢާންމު ކުރުމަށްފަހު އެއުޞޫލުގެތެރެއިން ދައުލަތުން މީހަކަށްވިޔަސް ފަނޑިޔާރަކަށްވިޔަސް ބިމެއް ފުލެޓެއް ދިނުމަކީ ރިޝްވަތު ކަމުގައިނުވާނެ. މިސަރުކާރުގައި އެކި ދާއިރާތަކުން ކުރާނެ މަސައްކަތެއްނެތި އިށިންނާނެގޮނޑި ނެތްއިރުވެ ވަޒީފާ ދިނުމަކީ ރިޝްވަތަކަށްނުވާނެތަ. ޚިޔާނާތްދޯއެއީ
ކުޗީ
31 May 2022
މީދެން ކިހާސަޅިގޮތެއް. ގާޒީ އަކަށްހުރެ އެތަށް އަހަރެން ވަންދެން ރިސްވަތު ހިފާފަ ، ފަޅާއެރީމަ މިދެނީ އިސްތިއުފާ. ދެން އެއްވެސް އަދަބެއް ނުލިބޭ ...
ޥަކީލު
31 May 2022
ދައުލަތުން ދޭ ފުލެޓް ނެގުމަކީ ރިޝްވަތު އޯކޭ. ދައުލަތުންދޭ މުސާރަޔޯ. އެހެނިހެން އެލަވަންސޯ. މިއުޅެނީ ފަނޑިޔާރުންނާ އަޅައިގަނެގެން ނެއްޓެން ނޭގިގެން އުޅޭ ބަޔަކަށް ބާރުތަކެއް ލިބިގެން. މަޖުލީހުގެ ރިޕޯޓް ކިޔާލިމަ އެގޭ ޖޭއެސްސީގެ އަޑިނުބައިކަން.
ކޮށަލި
31 May 2022
ޖޭއެސްސީގެ މުނާފިގު ސިޔާސަތުގެ ކަންބަޅިއަކަށް މިފަހަރު ރައޫފް. ދެން ހައިކޯޓުގެ ފަނޑިޔާރުކަން ދޭނީ ކްރިމިނަލްކޯޓުގައި ހުރި އެންމެ ޕަރފޯމަންސް ދަށް ފަނޑިޔާރަށް
ދަތްނެތްކުއްޖާ
31 May 2022
ސަހަރޯ! ހީވޭ ކަމެއްހެން. އިންސާފަށް ޙުކުމް ކުރަން ތިބޭ ފަނޑިޔާރުން ރިޝްވަތުގެ ހަޑި މުޑުދާރު އަމަލު ކުރަންޏާ މި ޤައުމުގައި އިންސާފު ޤާއިމެއް ނުކުރެވޭނެ ދުވަހަކުވެސް. ޤައުމަށް ވާނެ ހަތަރެއްޗެއް މިއޮތީ ވެ ނިމިފާ! މިތަނުގައި މި އޮތީ ޖަންގަލީގެ އުސޫލާއި، ކަނޑު ތަކުގެ އުސޫލު ޤާއިމު ވެ ނިމިފާ. ފުލުހުންވެސް ބުނަނީ ވަރަށް ނުރައްކާތެރި ގޭންގް ރާއްޖޭގަ އޮވެޔޯ! އެވެރިންނަށް ކުރެވޭނެ މާބޮޑު ކަމެއްތޯ! ދެން ޤައުމަށް ވަމުންދާނެގޮތް ވިސްނާ ފިކުރު ކޮއްލާ!
ކޮލަމާ
31 May 2022
މަޖިލިހުގަ ތިބީ ހުދު ފޮތި