ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު، މަޖިލީހުގެ ރައީސް ނަޝީދު ބަލަހައްޓަވަނީ.---ފޮޓޯ: މަޖިލިސް
13 ޖޫން 2022 - 09:47
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ، ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްއާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކަ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ދޮގުކުރައްވައިފި އެވެ.
އިސްގާޒީ ޝަކީލާއި ހިސާންގެ އިތުރުން އެ ކޮމިޝަންގެ މެމްބަރެއް ކަމަށްވާ އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ދަންވަރުގެ ވަގުތެއްގައި ޖޭއެސްސީގައި ބައްދަލު ކުރެއްވި ކަމަށް ބުނެ މީޑިއާއަކުން ވަނީ ޓްވީޓު ކޮށްފަ އެވެ.
ޝަކީލަކީ ކްރިމިނަލް ކޯޓުގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހުރިހާ މައްސަލަތަކެއް ވެސް ބައްލަވާ ފަނޑިޔާރެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، އިސްގާޒީ ޝަކީލްއާ ހަވާލާ ދެއްވައި ނަޝީދު ވިދާޅުވީ، ދަންވަރު ގަޑީގައި ބައްދަލު ކުރެއްވުމުގެ ފުރުސަތެއް އެއްވެސް ބޭފުޅަކަށް ދީފައި ނުވާ ކަމަށެވެ. އަދި ހިސާނާއި ޝަކީލް ބައްދަލުކުރެއްވި ކަމަށް ބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ވެސް ދެކޭގޮތުގައި މި ބާވަތުގެ ހަގީގަތެއް ނެތް ވާހަކަ ފެތުރުމަކީ އެއްވެސް ފަރާތަކަށް ފައިދާ ހުރި މަސްލަހަތެއް ނޫން،" ހިސާންގެ ދިފާއުގައި ނަޝީދު ވިދާޅުވި އެވެ.
ޖޭއެސްސީން ވެސް ވަނީ އެ މައްސަލަ ދޮގު ކޮށްފަ އެވެ. އެ ކޮމިޝަންގެ އަގު ވެއްޓޭ ގޮތަށް ދޮގު ޚަބަރު ފަތުރާ މައްސަލަ ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ވެސް އެ ކޮމިޝަނުން ރޭ ކުރި ޓުވީޓެއްގައި ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭކުބެ
13 June 2022
ނަޝީދު ކީއްވެގެން މިކަމާ ތިއުޅެނީ. ހިސާން ބައްދަލު ނުކުރާކަމުގެ ޔަގީންކަން ބޭނުމީ ހިސާންގެ ކިބައިން. ނަޝީދު ކޮންމެހެން ނުޖެހޭ ސުރުހީއަށް އަރަން ތިމާއާ ނުބެހޭ ކަންކަމާ ބެހޭކަށް.
ގުދާރު
13 June 2022
އަންނި ބުނީ ރަސްމީ ގޮތުން ނުކުރެޔޭ އަމިއްލަ ގޮތުން ކުރުން މައްސަލައެއްތަ؟
މީނަގެ އާދައޭމީ
13 June 2022
ނަޝިދުގެ ތެދުކުރުން އެއީ ދޮގު އަދި އޭނަގެ ދޮގުކުރުން އެއީ ތެދު
މީރާއްޖެ
13 June 2022
އަންނި ބުނެފިއްޔާ ވަރަށް އުނދަގޫ ގަބޫލު ކުރަން. އާއްމުކޮށް އިދިކޮޅަށް ދިމާވާތީ
ޙިސާބް
13 June 2022
މިހާރު އެނގިއްޖެ ބައްދަލު ކުރިކަން! ލޮލް ވ ވެދުން
ރާއްޖެ
13 June 2022
މުސްކުޅިން ބުނެ އުޅޭ އަޑެއް ކިއްޔާ ރެނދެއް ލާނެއޭ.
ރަދީފްއޮފިޝަލް
13 June 2022
ވައްކަންކޮށްފަ އެކަކުވެސް ބުނާނެތަ އަހަރެން ވައްކަންކުރީމޭ!!! ލަދު ކޮބާ؟؟ ވ.ވެދުން
އަންއޮފިޝަލް
13 June 2022
ތިބުނީ ޔާމީނުގެ ވާހަކަތަ؟
ރަދީފްއޮފިޝަލް
13 June 2022
ވަކިމީހެއް ނޫން.ވަގަށް ނުވަތަ ނުހައްގުން އެއްޗެއް ހޯދި / ހޯދާ ކޮންމެ މީހެއް.