އެމްޕީ އާދަމް ޝަރީފް: މުދަލުގެ އަގު ބޮޑުވާތީ ހުށަހެޅި މައްސަލަ އަށް ބަހުސް ކުރަން ވޯޓެއް ނުލިބުނު -- ފޮޓޯ: މަޖިލިސް
13 ޖޫން 2022 - 11:06
ދިވެހިން އާންމުކޮށް ބޭނުންކުރާ މުދަލުގެ އަގު ބޮޑުވާތީ، އެކަން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާހެއް ނުވި އެވެ.
އެކަމާ ގުޅޭ ގޮތުން ނެގި ވޯޓުގައި އެ މައްސަލަ އަށް ބަހުސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ނުވަ މެމްބަރެކެވެ. އަދި ބަހުސް ކުރަން ނުފެންނަ ކަމަށް 29 މެމްބަރަކު ވޯޓު ދެއްވި އެވެ.
އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލާގައި ބުނެފައި ވަނީ މުދަލުގެ އަގު ބޮޑުވެ ރައްޔިތުންގެ އަތް ނުފޯރާ ހިސާބަށް އަގުތައް ގޮސްފައިވާ ކަމަށާއި އިންފްލޭޝަން މަތިވުމާ އެކު ދިވެހިން އާންމުކޮށް ބޭނުން ކުރާ މިފްކޯގެ މަސްދަޅު ފަދަ ތަކެތީގެ އަގު ވެސް އިންތިހާ އަށް ބޮޑުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން ސަރުކާރު ކުންފުނިތަކުން ކުރާ އެތެރޭގެ އުދުހުންތަކުގެ ޓިކެޓާއި ކާގޯ ހިދުމަތްތަކުގެ އަގާއި އިމާރާތް ކުރުމުގައި ބޭނުން ކުރާ ދަގަނޑު ފަދަ ތަކެތީގެ ވެސް އަގު ބޮޑުވަމުންދާ ކަމަށް އެ މައްސަލާގައި ބުނެފައި ވެ އެވެ.
ސަރުކާރު ކުންފުނިތަކުން އުފައްދާ ތަކެތީގެ ތެރެއިން ދިވެހިން އާންމުކޮށް ބޭނުން ކުރާ މުދަލުގެ އަގުތައް ކޮންޓްރޯލް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް އެ މައްސަލާގައި ގޮވާލާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަތްދައްތަ
13 June 2022
އަޅެ މީހަކު ދަތްދޮޅި ދުއްވާނުލިއްޔާ އެގޭކަމަށް ނުވަނީތަ؟މުދާ އަގުބޮޑުވިޔޭ ކިޔާފަ އަގު ހެޔޮކުރަން މަޖިލީހަށް ކުރެވޭނެ ކަމެއް ބުނެބަލަ. މެންބަރުންގެ މުސާރަޔާއި އިނާޔަތްތަކުން އުނިކޮށް ޔާމީނު ވަގަށް ނެގި ޑޮލަރުތައް އިގުތިސޯދަށް ޕަންޕު ކުރަން އާދަނު ހުށަހަޅާބަލަ. ދަގަޑޭ ސިމެންތިއޭ ތިޔަ ކިޔަނީ ޔާމީނުގެ ގެ ނުނިމޭތީދޯ.
މޫސަބެބޭ
13 June 2022
ސަރުކާރަށް މުހިންމީ އާންމުންނެއް ނޫން! އިންޑިޔާ އައުޓް ކިޔާފިޔާ ހީވަނީ އިބޫގެ ފަޔަށް ހިނިއަރައިގެން އުޅޭހެން!
ހާސަރު
13 June 2022
ތިކަމުގާ ސަރުކާރަށް ކުރެވޭނެ ކަމަކީ އާއްމު ޒަރޫރީ ބޭނުމަށް ގެންނަ މުދާ އަގުބޮޑުވިޔަނުދީ ވޭތޯ ބެލުން އެކަމަކު ދުނިޔޭގެ ބާޒާރުގައި އަގުބޮޑުވާނަމަ އެއަށްވުރެ ހެޔޮކޮށް ވިއްކޭނީ ކިހިނެއް؟! މިފަދަ ވަގުތެއްގާވެސް ތިބަލަނީ ކޮންމެސް އެއްޗެކޭ ކިޔައިގެން ސަރުކާރުދެކެ ރައްޔިތުން ރުޅިއެރުވޭތޯ!
ގަގުނަސް
13 June 2022
ރައްޔިތުންގެ ދިރިއުޅުމާ ގުޅިފަވާ މިފަދަ ކޮންމެ މައްސަލައެއް މަޖިލީހުގެ ތަޅުމާއި ހަމައަށް ގެނެސްދެއްވާ އެފަދަ މައްސަލަ ތަކަށް ހައްލު ހޯއްދަވައި ދެއްވުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާ ހަމައެކަނި ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި ހުންނެވީ އެމްޕީ އާދަމް ޝަރީފު. ސުވާލު ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ އުފެދެނީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ދެން ތިއްބެވި ޢިއްޒަތްތެރިން މި ކުރައްވަނީވެސް ރައްޔިތހުންގެ މަސައްކަތްތޯ؟
އުމަރުބެ ބަނޑިދޫ
13 June 2022
މީހާދަ ގަމާރު މީހެކޭދޯ މުޅި ދުނިޔޭގަވެސް އިންފުލޭސަން މިދަނީ މަތިވަމުން މީކީ ދިވެހިން ހަމައެކަނި ތަހައްމަލް ކުރާކަމެއްނޫން ..........އެމެރިކާ ވެސް ހަމަމިހާލު މިކަމުންވެސް ސިޔާސީ މަންފާ ނަގާ ރައްޔިތުން ގަޅި ހައްދަން މިމަސައްކަތްކުރަނީ
ރަދީފްއޮފިޝަލް
13 June 2022
ސަރުކާރަށް ނުކެރޭނެ މިބާވަތުގެ ވާހަކަތައް ދައްކަން.2023ގަ ހުރިހާ ރައްޔަތުންނަށް ލިބޭނެ ''7 × ''7 ގެ ކަރުދާސްކޮޅަކާ ގަލަމެއް.އެދުވަހު ބޭރުކުރަންޖެހެނީ ކޯޗެއްކަން ރައްޔަތުން ރަނގަޅަށް ވިސްނައިގެން ތިބެ ހިކްމަތްތެރިކަމާއެކީގަ އަމަލުކުރީމަ ވަރަށް ރަނގަޅު ފިލާވަޅެއް ލިބޭނެ.ވ.ވެދުން
ޥަސް
13 June 2022
ތިބުނާ “7×”7 ގެ ކަރުދާސް ކޮޅު ރައްޔިތުންނަށް ފުރިހަމަ މާނައިގައި ހޯދައިދޭން މަސައްކަތް ކުރި ބަޔަކާއި އެކަމަށް ހުރަސްއެޅި ބަޔަކުވެސް ތިބިކަން ދިވެހި ރައްޔިތުން ހަދާން ހުންނާނެ