މަޖިލީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި އަސްލަމް ވާހަކަދައްކަވަނީ. --ފޮޓޯ: މަޖިލިސް
14 ޖޫން 2022 - 15:08
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ތްރީ ލައިން ވިޕާ ތަކުރާރުކޮށް ހިލާފުވާ މެމްބަރުންނަށް ކުރިއަށް އޮތް ދައުރުގައި ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީގެ ޓިކެޓުގައި ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ގަވާއިދު އިސްލާހުކުރަން ވިސްނަމުން އަންނަ ކަމަށް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ "މިހާރު"އަށް ދެއްވި އިންޓަވިއުއެއްގައި އެ ގޮތަށް ވިދާޅުވީ، 65 މެމްބަރުން ތިއްބަވާ ޕާލަމެންޓްރީ ގްރޫޕްގެ 19 މެމްބަރަކު ވިޕްލައިނަށް ވޯޓު ނުދެއްވާނެ ކަން އިއުލާން ކުރައްވާފައި ވަނިކޮށެވެ. މީގެ ކުރިން، އެ ގްރޫޕްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި ޕީޕީއެމާ އެއްކޮޅަށް، އެމްޑީޕީގެ މެމްބަރުންތަކެއް ވޯޓު ދެއްވާފައި އެވެ.
އެ ފަހަރު ވެސް އަސްލަމް ވިދާޅުވީ، ޕީޖީގެ ގަވައިދަށް އިސްލާހު ގެނެސްގެން ވިޔަސް މިހާރަށް ވުރެ ބޮޑަށް ވިޕްލައިނާ އެއްގޮތަށް މެމްބަރުންނަށް ބާރު އެޅޭނެ އުސޫލްތައް ގާއިމުކުރަން ޖެހޭ ކަމަށެވެ. އެކަމަށް މަޝްވަރާކުރައްވަމުން ވެސް އަންނަ ކަަމަށް ވިދާޅުވި އެވެ.
އެ ބަދަލު ގެނައުމުގެ ވިސްނުމަށް ބާރު ދެއްވައި އަސްލަމް މިއަދު ވިދާޅުވީ ތްރީ ލައިނާއި ޓޫ ލައިން އަދި ފްރީ ވިޕް ނެރެން އޮންނަ އިރު، ތްރީ ލައިނާ ހިލާފުވުން އެއީ މެމްބަރުންނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑު އެބަ ވިސްނަން ބަދަލު ގެންނަން. ތަކުރާރުކޮށް ތްރީ ލައިން ވިޕާ ހިލާފުވާ ފަރާތްތަކަށް ޕާޓީގެ ޓިކެޓަށް ވާދަކުރުމުގެ ފުރުސަތު ނުލިބޭ ގޮތަށް ހަދަން،" އަސްލަމް ވިދާޅުވި އވެެ.
އެ ބަދަލު ގެންނަން ހުށަހަޅުއްވައި، ތަންފީޒުކުރުމާ މެދު މެމްބަރުންގެ ހިޔާލު ފުޅާދާއިރާއެއްގައި ހޯދަން މަޝްވަރާކުރައްވާނެ ކަމަށް އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވިޕާ ހިލާފުވުމަކީ އެއްވެސް މެމްބަރަކު ކުރައްވައިގެން ވާނެ ކަމެއް ނޫނެވެ. މެމްބަރުންނަކީ އެ އަށް ވުރެ ޒިންމާދާރުކަމާ އެކު ކަންކަން ކުރައްވަން ޖެހޭ ބޭފުޅުން ކަމަށާއި ތަކުރާރުކޮށް އެގޮތަށް އަމަލުކުރައްވާ ނަމަ އޮންނަ އުސޫލުގެ ތެރެއިން ވެސް ފިޔަވަޅު އަޅުއްވާނެ ކަަަމަށް ވިދާޅުވި އެވެ.
- ފުރަތަމަ ނަސޭހަތް ދިނުން.
- ދެ ވަނަ ފަހަރަށް ނަސޭހަތްދީ، މާފަށް އެދެން އެންގުން.
- ތިން ވަނަ ފަހަރަށް ނަމަ ޕާޓީން ދޭ އިނާޔަތްތައް ކަނޑާލުން. އޭގެތެރޭގައި ދަތުރުތައް ފަދަ ކަންކަން ހިމެނޭ.
- ހަތަރު ވަނަ ފަހަރު ނަމަ ޕާޓީގެ މަގާމެއްގައި ހުރި މީހެއް ނަމަ ވަކިކުރުން. އަދި އިންތިހާބެއްގައި ކުރިމަތިލުން އަހަރަކަށް މަނާކުރުން.
- ފަސް ވަނަ ފަހަރު ނަމަ ޕާޓީން ވަކިކުރުން.
ޕާލަމެންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ވިޕްލައިނާ ހިލާފުވާނެ ކަމަށް އިއްޔެ ހާމަކުރެއްވީ އެ ގްރޫޕްގެ ބައްދަލުވުމެއްގައި، ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ހުށަހެޅުއްވި ގަރާރު މަޖިލީހަށް ހުށަހަޅަން މެމްބަރުންގެ ތާއީދު ނުލިބުމުން އުފެދުނު ހިޔާލުތަފާތުވުންތަކުގަ އެވެ. އެއީ، އެ ވާހަކަ މަޖިލީހުގައި ދައްކަން ބޭނުން ނުވުން ކަމަށް ނަޝީދު ފެކްޝަންގެ މެމްބަރުން ގަބޫލުކުރައްވަ އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތަކަށް އެ ގަރާރު ހުށަހެޅުމުން އެއްކޮޅަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގަތް މެމްބަރުންގެ ތެރެއިން އަށް ބޭފުޅެއް ކަމަށެވެ. އެ ބަލައިނުގަތުމަށް 17 ބޭފުޅަކު ވޯޓު ދެއްވި ކަމަށް ވިދާޅުވި އެވެ.
"އޭގައި އަޅުގަނޑު ކުރާނެ ކަމެއް ނޯންނާނެ. އެއީ ވިޕެއް ވެސް ނޫން، މަޖިލީހަށް ބަލައިގަތުމަށް ފެންނަތޯ ބަލަން ނިންމީ އިއްޔެ. ތާއީދު ނުލިބުނީ،" އަސްލަމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕާލަމެންޓްރީ ގްރޫޕްގައި އަސްލު މައްސަލައަކީ ހިޔާލު ތަފާތުވުމެވެ.
"އަސްލު އިޝޫއަކަށް ވެގެން އުޅެނީ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި ދެ ފަރާތަކަށް ވިސްނުން ހުރީމާ މައިނޯރިޓީގެ ބޭފުޅުން ބޭނުން ނުވަނީ މެޖޯރިޓީއަށް ތަބާވާން،" އަސްލަމް ވިދާޅުވި އެވެ.
އެކަމަކު، މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މިއަދު ވިދާޅުވީ މައްސަލައަކީ މައިނޯރިޓީގެ އަޑު ނޭހުމާއި ބަހުސްކުރަން ވެސް ޕީޖީގައި ޖާގަ ނުލިބުމުން ކަމަށެވެ. އެ ފުރުސަތު ނުލިބޭ ނަމަ ވިޕަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރޭޓް
15 June 2022
ތިހެން މަހާ މަޅި އަމިއްލަ އެތީގައި އެޅުނީމަ ދެން އޮންނާނީ ބޮނޑި ބޮއިފައި. އެމްޑީޕީ އަކީ އެއް އިރެއްގައި ވެސް އެހާ ރޫލް ބައެއް ނޫން. އެކުވެރިކަމާއެކު ތިކަން ނިންމާ.
ހޭއް
15 June 2022
މިއީ ސިޔާސީ ރާޅު ހުރި ދުވަހެއް. ދެން އެންމެ އަވަހަށް ފެންނާނީ ރައީސް ނަޝީދުގެ ކެންޑިޑެސީ ބަޔަކު ހީނުކުރާ މީހުން އެންޑޯޒްކޮށް ފާޅުގަ ނުކުންނަތަން. އެމްޑީޕީގެ ހަރު މީހުންނާއި ސަރުކާރު ބަޔަކު. ފޮރިންގ މިނިސްޓަރ ޝާހިދު، މުހައްމަދު ޝިހާބު އަފީފް އަދިވެސް އަދިވެސް.. ސަރުކާރު ހަމައަށް ދެބައިވީ ނަމަވެސް ޕްރައިމަރީ ނިމެންދެން. އޭގެ ފަހުން އެކައްޗެއް. އެއީ އެމްޑީޕީ.
އޭއި
15 June 2022
ބުނާނެ އެއްޗެއް ނެތް. ފާރުމަތިން ހޫރުމާއި ސައިކަލު މައްޗަށް އިބޫ ވެއްޓިފަ އޮތް ދުވަސް ހަނދާން ވެއްޖެ.. ވެރިކަމަކީ މަސްތެއް. ވިޕު ކަންކަން އަސްލަމު މެން ތިޔަ ގޮތަށް ގެންދަންޏާ ކަމަކު ނުދާނެ
އޭރުވެސް މިޙާރުވެސް ވިޕްލައިން ކަޑައޭ!!!!
15 June 2022
ވިޕް ލައިނޭ ކިޔައިގެން ރައްޔިތުން ހޮވާ މެންބަރުންގެ ކަރުގައި ބަޑި ޖައްސައިގެން ވަކި ގޮތަކަށް ވޯޓުލާން މަޖުބޫރުކުރުމަކީ އެންޑީޕީ ކުރިއަސް ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް. އޭރަށް އެވަނީ ސީދާ މައުމޫނު ހާއްސަ މަޖުލިހުގައި މައުމޫނު އަންގާ ގޮތަށް މެންބަރުން ވޯޓު ދިނުން ފަދަ ކަޑަ ކަމަކަށް. މަށަށް ކަޑައީ ޑިމޮކްރަސީއޭ ރިހާކުރޭ އެންޑީޕީއިން ގޮވާފައި ފާޑެއްގެ ވިޕެކޭ ކިޔާ އެއްޗެއް ހަދައިގެން އެވިއްކަން އަސްލަމު މެން އުޅޭތީ.
ފިޔަވަޅު ބަރި
15 June 2022
ތަކުރާރުކޮށް ސޯލިހު ފެކްސަނުގެ މެންބަރުން އިސްވެ ތިބި މައިނޯރިޓީ ޕާޓީތަކުން މަޖްލިހަށްލާ ރައްޔިތުން ކަންބޮޑުވާ ކަންކަން ބަހުސް ކުރަން ފުރުސަތު ނުދީ ބޭރުކުރާތީ މަވެސް އަސްލަމު މެންނަށް ފިޔަވަޅު އަޅާނަން ދެން އޮންނަ އިންތިހާބެއްގައި. 2023 އޮތީ ލައްކަ ކައިރީގައި ކަލޯމެނޭ!!!!
ހާދަބޮޑޭ
15 June 2022
5 އަހަރުގެ ޚުލާސާ: އެންމެ ފްލެޓެއްވެސް ނާޅާ، ނުވިތާންގަ އެހެން ބަޔަކު އެޅި ފްލެޓްކޮޅުވެސް މާލެ މީހުންނަށް ޚާއްސަކުރީ. އެމްޑީޕީ އޮޔާދުއްވާލީ. އަނެއްކާ އެއަންނަނީ ވޯޓުހޯދަން. ވޯޓު ކަ!!
ބުލްބުލޭ
14 June 2022
ތިޔަ ގަޓް ހުންނާނޭ ހެން ހީވެސް ނުވޭ
ޗޯޓޭ
14 June 2022
ގަޓު ހުއްޓަސް ނެތަސް އެޔަކީ އެބައިމީހުން އެދައުވާ ކުރާ ޑިމޮކްރަސީއާ މާކަ ދޯޅު ކަމެއްނޫން ކުރާކަށް. އަނގަޔަށް ބާރުލާފައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ގޮވާފަ އަހަރުމެން ވޯޓު ދިން މެންބަރުންގެ ކަރުގައި ބަޑި ޖައްސައިގެން އެ ކިޔާ ވިޕަކީ ރައްޔިތުންނަށް ގެއްލުން ހުރި އެއްޗަކަސް ވޯޓުދޭން މަޖުބޫރުކުރުވީމަ މާކަ ތާހިރެއްނޫން!!!!!
އަސްތާ
14 June 2022
ހުރިހާ އެންމެންނަށްވެސް ހަނދުބޮޑުވެގެން މިއަދު އުޅެނީ.
މަބިނީ
14 June 2022
ބޮޑު ސޯބަށް 2 ވަނަ ދައުރެއް ޤާނޫނު އިދްލާހުކޮންގެންދީ އަހުރެމެންގެ ވޯޓަކުން ނުލިބޭނެ. ވަރަށް ސަލާމް.
ދިއްދޫމީހާ
14 June 2022
ހޫމްހޫމް ޓިކެޓްދޯ ނަމަނަމަ ތިޔާގެން މީހަކަށް ކަލާޔާ ނުލާގެ ޓިކެޓެއް ނުދޭތީ..