ޚަބަރު / އެމްޑީޕީ

ވިޕްލައިނާ ހިލާފުވެ ޕީޕީއެމާ އެއްކޮޅަށް ވޯޓުދޭތީ ކަންބޮޑުވޭ: އަސްލަމް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވަނީ ޕީޖީ އެކަތިގަނޑެއްގެ ގޮތުގައި ބޭއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް. -- ފޮޓޯ/ މިހާރު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ވޯޓުތަކަށް ވިޕްލައިން ނެރެފައި އޮއްވައި ބައެއް މެމްބަރުން އެއާ ޚިލާފުވެ، އިދިކޮޅުން ބޭނުންވާ ގޮތަށް ވޯޓު ދެއްވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަަމަށާއި އެކަމަކު އެއީ އެ މެމްބަރުންނާއި ޕީޕީއެމް އެކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވުމެއް ނޫން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ 65 މެމްބަރުންނާއެކު މަޖިލީހުގައި އަޣުލަބިއްޔަތު އޮތް ޕާލަމެންޓްރީ ގްރޫޕުން މައްސަލަތަކުގައި ވިޕްލައިން ނެރެފައި އޮތަސް އިދިކޮޅުން ހުށަހަޅާ ގޮތަށް ބައެއް މެމްބަރުން ގެންދަވަނީ ވޯޓު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މި ހަފުތާގައި ނެގި ދެ ވޯޓެއްގައި، އެމްޑީޕީގެ މެމްބަރުންތަކެއް ވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ބޭނުންވާ ގޮތަށް ވޯޓު ދެއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއެކު ތިއްބެވި މެމްބަރުން މި ގޮތަށް ވޯޓު ދެއްވީ އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބާ ހެދި ހޫނުވި މައްސަލަތަކާ ގުޅިގެން ކަމަށް ބައެއް މެމްބަރުން ވިދާޅުވެ އެވެ.

މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮންނަ ޕީޕީއެމް ކޯލިޝަނުން އިއްޔެ ކާމިޔާބުކުރީ ސަރުކާރުން ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ތަރައްގީކުރާ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގެ ފެންވަރު ދަށް މައްސަލާގައި އިދިކޮޅު ޕީއެންސީގެ ފަރާތުން މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ހުށަހެޅުއްވި މައްސަލަ އެވެ.

ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި ބައެއް މެމްބަރުން ވިދާޅުވަނީ ކޮންމެ ޕާޓީއަކަށް ނިސްބަތްވެވަޑައިގަތަސް ދާއިރާގެ ރައްޔިތުންނަށް ހައްލެއް ހޯދަން މަޖިލީހުން ބަލަން ޖެހޭ ނަމަ އެ ކަމެއްގައި އެމްޑީޕީގެ މެމްބަރުން ވެސް އެއްބާރުލުން ދެއްވަން ޖެހޭ ކަމަށެވެ.

މި ފަހުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ތެރޭގައި މައްސަލަ މިހާ ހޫނުވެ ވޯޓުތަކުން ވެސް އެކަން ފެންނަ ހިސާބަށް ދިޔައީ، ޗެއާޕާސަން ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާ އެކު ނުކުންނެވި ފައްޔާޒް އިސްމާއިލާއި ނަޝީދުގެ ތާއީދާ އެކު ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕޭންގައި ހިނގަމުންދާ ކަންކަމާ ހެދި އެވެ. ކެމްޕޭން ފޯރިގަދަވެ އެއް ބަޔަކު އަނެއް ބަޔަކަށް ދަނީ ބޮޑެތި ތުހުމަތުތައް އަޅުވަމުންނެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް "މިހާރު"އަށް ވިދާޅުވީ މެމްބަރުން ވިޕްލައިނާ ހިލާފުވުމަކީ ދެރަ ކަމެއް ކަމަށެވެ. އެކަމަކު ދެ ވޯޓެއްގައި ވިޕާ ހިލާފުވި މެމްބަރުންނާ ދޭތެރޭގައި ފިޔަވަޅު އެޅުމުގެ ވިސްނުމެއް ނެތެވެ.

އޭނާ ވިދާޅުވި ގޮތުގައި ތްރީ ލައިން ވިޕެއް ނެރެފި ނަމަ ހާޒިރުވެ ވޯޓު ދެއްވަން ޖެހޭ ކަމަށާއި މެމްބަރުންތަކެއް ހިލާފުވީ ޓޫލައިން ވިޕަކާ ކަމަށެވެ. އުސޫލެއްގެ ގޮތުން ފިޔަވަޅު އަޅާ ކޮމިޓީއާ ހަމައަށް މައްސަަލަ ފޮނުވަނީ ތްރީ ލައިން ވިޕަކާ ހިލާފުވެއްޖެ ނަމަ އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އުސޫލު އޮންނަ ގޮތުން ވިޕްލައިނެއް ނެރެނީ މެމްބަރުން ބައްދަލުވުމަކަށް ފަހު އެވެ. އެ ބައްދަލުވުމުން ވިޕެއް ނުނެރެވިއްޖެ ނަމަ ޕީޖީ ގްރޫޕްގެ ލީޑަޝިޕަށް ވިޕު ނެރުމުގެ ބާރު އޮވެ އެވެ.

"އަޅުގަނޑު ދެރަވެ، ވަރަށް ހިތާމަކުރާ ކަމެއް ޕާލިމެންޓްރީ ގްރޫޕުން ވިޕެއް ނެރެފައި އޮއްވައި އެއާ ހިލާފަށް ބައެއް މެމްބަރުން ވޯޓު ދެއްވުމަކީ. މެމްބަރުން ތިއްބަވާ ގްރޫޕްގައި ވެސް އަޅުގަނޑު ދެންނެވިން ވިޕްލައިނާ ހިލާފަށް ވޯޓު ނުލުމަށް،" ރަސްމީ ދަތުރެއްގައި ރާއްޖެ އިން ބޭރުގައި ހުންނަވައި އަސްލަމް ވިދާޅުވި އެވެ.

"ޕާޓީ އެކަތިގަނޑަކަށް ބޭއްވުމަށް މެމްބަރުން ވިޕްލައިނާ އެއްގޮތަށް ވޯޓު ދެއްވަން ޖެހޭ. އެ ނޫން މަންޒަރުތައް މި ފެންނަނީ ދެއްތޯ."

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ: މަޖިލީހުގައި ސާފު އަޣުލަބިއްޔަތު އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕް ތެރޭގައި ވަނީ މައްސަލަ ބޮޑުވެފައި.

ޕީޕީއެމުން ބޭނުންވި ގޮތަކަށް ދެ ވޯޓެއް ދިޔައަސް އެމްޑީޕީގެ މެމްބަރުން ޕީޕީއެމްގެ އުސޫލުތައް ގަބޫލުކޮށް، އިދިކޮޅާ ގުޅިގެން މަަސައްކަތް ކުރައްވާނެ ކަމަކަށް އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.

"އެއީ ގުޅިގެން މަސައްކަތް ކުރުމެއް ނޫން. މީގައި މިވާ ގޮތަކީ އިދިކޮޅު ފަރާތްތަކުން ވެސް އެމްޑީޕީގެ ބައެއް މެމްބަރުންގެ ބޭނުން ހިފަނީ. އަދި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް އިދިކޮޅު ފަރާތްތަކުގެ ބޭނުން ހިފަނީ،" އަސްލަމް ވިދާޅުވި އެވެ.

އިދިކޮޅު މެމްބަރަކު ހުށަހެޅުއްވިޔަސް ރައްޔިތުންނަށް ފައިދާ ހުރި ކަމެއް ނަމަ ބަހުސްކުރައްވައި މައްސަލަ ކުރިއަށް ގެންދަން ޖާގަ ދެއްވަން ޖެހޭނެ ކަމަށާއި މަޖިލީހުގައި އެ ފުރުސަތު ގެއްލިގެން އެބަދާ ކަަމަށް ވިޕްލައިނާ ހިލާފަށް ވޯޓު ދެއްވި މެމްބަރުން ވިދާޅުވާ ވާހަކަ އަސްލަމް ގަބޫލެއް ނުކުރައްވަ އެވެ.

"އެހެނެއް ނޫން، އަޅުގަނޑުމެން ވެސް އެ ހުށަހަޅާ ކަންކަމާ ގުޅުވައި ވަރަށް ބޮޑަށް މައުލޫމާތު ހޯދައި ގޮތް ނިންމަނީ. މިސާލަކަށް ހޮސްޕިޓަލެއްގެ ކަމުގައި މަޖިލީހުގައި ކިތަންމެ ވަރަކަށް ބަހުސް ކުރިއަސް ހެދޭތޯ. ބައެއް މެމްބަރުން މި ކުރައްވާ ކަމަކީ ތިމަންނަމެން ހުށަހަޅައިގެން މި ކަން ކުރީއޭ ދައްކަން ހުށަހަޅުއްވަނީ،" އަސްލަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ހޮސްޕިޓަލެއްގެ މައުލޫމާތު ބޭނުންވާ ނަމަ އެ މައުލޫމާތު ހޯއްދެވޭނެ ކިތަންމެ ގޮތްތަކެއް އެބަހުއްޓެެވެ. އެ ކަހަލަ މައްސަލަތައް މަޖިލީހަށް ހުށަހަޅައިގެން ބަހުސްކޮށް ވަގުތު ނަގާލުމަށް ވުރެން ފައިދާ ހުރި ގޮތަކަށް އެކަން ކުރެއްވެން އޮތް ކަމަށް އަސްލަމް ވިދާޅުވި އެވެ.

"އެ ކަމެއް ނުވެގެން ސީރިއަސް ކަމެއް ނަމަ މަޖިލީހަށް ހުށަހަޅައި ބަހުސް ކުރަންވީ. ކުދިކުދި ކަންކަން އެ ކަމެއް ހިނގާފައި އޮންނަތާ އެތައް ދުވަހެއް ފަހުން ވެސް ކުއްލި މައްސަލައެއްގެ ގޮތަށް ހުށަހަޅައިގެން ވަގުތު ނަގާލަން އެބަ މަސައްކަތް ކުރޭ. އެހެނެއް ނޫން މިކަން ކުރަން ޖެހޭނީ."

މާވަށު ދާއިރާގެ މެމްބަރު، ސައީދު އިއްޔެ ހުށަހެޅުއްވި ހޮސްޕިޓަލް މައްސަލައިގައި ވެސް، އަސްލަމް ވިދާޅުވި ގޮތުގައި، އެ ހޮސްޕިޓަލް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މަޖިލީހުގެ ސާފު މެޖޯރިޓީ އޮވެ ހިޔާލުތަފާތުވުމާއި ބައިބައިވުމުގައި މެމްބަރުން މަސައްކަތް ކުރެއްވުމަކީ ގޯސް ނަތީޖާ ނުކުމެދާނެ ކަމަކަށް ވާތީ، އަސްލަމް ވިދާޅުވީ އެކަން ހައްލުކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ. މާލެ ވަޑައިގެން، އެ ހިޔާލުތަފާތުވުންތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރާނަން ހުރިހާ މެމްބަރުންގެ މަޝްވަރާ އާއި ތާއީދާއެކު ޕާލަމެންޓްރީ ގްރޫޕްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް،" އެމްޑީޕީގެ އެތެރޭގެ ފެކްޝަން ކޯޅުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅީގައި ހުންނެވި އަސްލަމް ވިދާޅުވި އެވެ.

25 ކޮމެންޓް, 15 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 27%
icon angry icon angry 53%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފްއޮފިޝަލް

31 March 2022

ޕީޕީއެމާ އެއްކޮޅަކަށް ނޫން ވޯޓު ދެނީ.ވޯޓު ދެނީ ދިވެހިރައްޔަތުންނާ އެއްކޮޅަށް.120 ދަރިވަރުން ކިޔަވަމުން އައި ސްކޫލެއް (ސ.ހިތަދޫ ކޮމްޕްރިހެންސިވް ސްކޫލް) ހިންގަން ހަވާލުކުރީމަ ހިންގަން ނޭނގި ފެއިލްވި މީހަކު ދައްކާ ވާހަކަ ގަބޫލުކުރާނެ މީހަކު މިއަދު ނެތް.ދެން އޮންނަ މަޖްލިސް އިންތިހާބްގަ މީނަ ކުރިމަތިލައިިފިނަމަ ފެއިލްކުރަން ރައްޔަތުން ތިބީ ކެތްމަދުވެފަ.ވ.ވެދުން

The name is already taken The name is available. Register?

ބޮޑުމީހާ

31 March 2022

އައްޑޫ މީހުންވެސް މިކަހަލަ މީހުން ހޮވާތީ މައްސަލައަކީ. މި ފެއިލްވެފަ އޮތް ސަރުކާރެއް. މަޖްލިސްވެސް ފެއިލްވީ. ރައްޔިތުންނަށް ކޮށްދެވުނު ކަމެއް ނެތް

The name is already taken The name is available. Register?

ލަޝްކަރީން

31 March 2022

ވިޕާޚިލާފުވާ މީހުން ޕާޓީން ކަނޑާލާ ކުރިޔަށް ދިވެހި ގައުމު

The name is already taken The name is available. Register?

ހުސޭނިކުބޭ

31 March 2022

ވާނުވާނޭގި މުޅިއެތި ރޫޅި ކުދިކުދި އެތިކޮޅުތަކަށްވީމަ ލެވޭވޯޓުތައްވެސް ހުންނާނީ ހަމައެގޮތަށް އެމީހަކު ހުރިތަނެއްގައި. އަދިމިދާގޮތުން އާންމުއާދަނީ ނުވަތަ އަވާމީލާގަށް ވެސް ވޯޓުދެވިދާނެ. ހަމަ ވާނުވާނޭގޭތީ. ވިޕެއް އެއްޗަކަށް ނުބެލޭނެ. ކަންބޮޑުވިއަސް ނުވިއަސް ހާލަތުހުރިގޮތް

The name is already taken The name is available. Register?

ޢަބްދުލް

30 March 2022

އަސްލަމް ވިޔަސް ކޮންމެ މީހަކު ވިޔަސް، ރައްޔިތުންގެ އިޙްސާސްތަކާ ދެކޮޅަށް ވޯޓުދީގެން ވާހަކަ ނުދައްކަނީ ކީއްވެ؟ ވަކި ޕާޓީއެއް ނޫން، ތިޔަ މަޖިލީހަށް އަހަރުމެންގެ ވޯޓުން ހޮވިގެން، ރައްޔިތުންގެ ލާރިން ބޮޑު މުސާރަ ނަގައިގެން އަމިއްލަ ޕާޓީގެ ބޭނުންތައް ފުއްދުމުގައި އަވަދިނެތި އުޅުމަކީ ލަދުވެތިކަމެއް

The name is already taken The name is available. Register?

ފައި.

30 March 2022

އަސްލަމް ދަރުމަވޭހެއް ތެތަނުން ދުރޫވިގަނު ފެލެ. އަފިރިން ބޮލަށް ތާއި ހެދީ ތެބެ އުދަގޫވެއި.

The name is already taken The name is available. Register?

ސްމޭޝް-ފުވައްމުލައް

30 March 2022

މަޖުލިސް މެމްބަރެއްގެ ހައިސިއްޔަތުން އަސްލަމަށް މުހިންމު ވަނީ ކޮން ކަމެއް ހެއްޔެވެ؟ ސަރުކާރު ޖަވާބުދާރީ ކުރުން ޖެހޭ ކަން އެގޭތޯ އެވެ؟ އެއީ އަދި ޕީޕީއެމް ބޭނުންވާ ގޮތަށް ވޯޓު ލުމެއް ނޫން. އެއީ ރައްޔިތުން އެދޭ ގޮތަށް ވޯޓު ލުން. މަޖުލީހުގެ ވަގުތޭ ތޯ؟ މަސައްކަތެއް ނެތިގެން ހުއްޓާލާ ދުވަސްތައް މަދެއް ނޫން! ހޮސްޕިޓަލުގެ މަސައްކަތް ކުރާ ކަން ރައްޔިތުންނަށް ސާބިތުކޮށް ދޭން ލިބުނު ފުރުސަތު ގެއްލުވާލަން ތޯ މައްސަލ ބޭރުކުރަނީ؟

The name is already taken The name is available. Register?

އިސްހާ

30 March 2022

ކަންބޮޑުވަންޔާ އިސްދިއުފާ ދީބަލަ

The name is already taken The name is available. Register?

މުހުތަރަމާ

30 March 2022

އަމިއްލަ ޕާޓީ ދެބަޔަށް ބެހި ދެބައި މީހުން ޖެހި އަމިއްލައަށް މަރުދަން ޖެހޭތަން ދުށުމަކީ އަހަރެން އެދުނު ގޮތް. އެކަން އިރާދަކުރެއްވިއްޔާ ވެއްޖެ. ޔާމީނާ މައުމީނާ ޖެހުމަށް ވުރެ މިހާރު މާ ހާލު ބޮޑު.

The name is already taken The name is available. Register?

ހުސްނުހީނާ

30 March 2022

ވަރަށްދެރަވަރު ކަންތައްތައް ތިހުންނަނީ. މީހަކު ވެރިކަމާއިހެދި އަތުންފައިން ގޯސްހަދަމުންދާތަން ތިފެންނަނީ. ތިމީހާ ވެރިކަން ހޯދަން ނުކުރާނެ ހަމައެއްކަމެއްވެސް ނޮއޮންނާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454