އީވާ އެމްޑީޕީގެ ޕީޖީ އިންތިހާބުގައި ވޯޓު ދެއްވަނީ: ވިޕްލައިނަށް ތަބާނުވާނެ ކަމަށް ފާޅުގައި ވިދާޅުވީ ބަހުސަށް ޖާގަ ނުދޭތީ ކަމަށް ވިދާޅުވި. -- ފޮޓޯ | މިހާރު
14 ޖޫން 2022 - 13:07
ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކޮށްފައި ވަނީ މައްސަލަތަކުގައި ބަހުސްކޮށް ހައްލު ހޯދަން ކަމަށާއި އެ ފުރުސަތު ނުދޭ ވިޕްލައިނަކަށް ތަބާ ނުވާން ނިންމުމުން، "ހަދާނެ އެއްޗެއް ހަދަންވީ" ކަމަށް މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އީވާ ޕީޖީ ގްރޫޕުގައި ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެމްޑީޕީން ނެރޭ ވިޕަށް އެ ޕާޓީގެ 65 މެމްބަރުން ވެސް ތަބާވާން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވާން ފެއްޓެވުމުންނެވެ. އީވާ ހިމެނިވަޑައިގަންނަވަނީ، ވިޕަށް ވޯޓު ނުދޭން އިއްޔެ ތާއީދުކުރެއްވި 19 މެމްބަރުންގެ ތެރޭގަ އެވެ.
ޕީޖީ ގްރޫޕަށް ފޮނުއްވި މެސެޖެއްގައި އީވާ ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ އެއް ސިފަ ކަމަށެވެ. ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުމާ އެކު މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޖާގަ އޮތުން ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީގެ އެތެރޭގެ ވިޔަސް މަޖިލީހުގައި ވިޔަސް ކޮމިޓީއެއްގައި ވިޔަސް ކޮންމެ ބަހުސެއްގައި ވިޔަސް އެކަން ހިނގަން ޖެހޭނެ ގޮތަކީ އެއީ އެވެ.
"މެޖޯރިޓީ އޮތަސް މައިނޯރިޓީ އާއި އަދި އެހެން ހިޔާލުތަކަށް ޖާގަ އޮތުން. މެޖޯރިޓީއަށް ތަބާވުމަކީ އެމްޑީޕީގެ އަސާސްތަކާއި މަޖިލީހުގެ އަސާސްތަކާ ހިލާފަށް މަޝްވަރާ އާއި ބަހުސްއަށް ވެސް ޖާގަ ބަންދުކުރުމެއް ނޫން،" އީވާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިނަކަށް ތަބާ ވާކަށް ބޭނުމެއް ނޫން. ހަދާނެ އެއްޗެއް ހަދާ. އަޅުގަނޑު އިންތިހާބުކުރީ ބަހުސްކުރަން."
އެމްޑީޕީގެ އެތެރޭގައި ހިނގާ ކަންކަމުގައި ވިޔަސް "އެޅިހާ ބަތަކަށް ރިހަވާކަށް ނޫން" ކަމަށް ވިދާޅުވި އެވެ.
އެމްޑީޕީން އިއްޔެ ބޭއްވި ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު 19 މެމްބަރަކު ވިޕްލައިނަށް ވޯޓު ނުދޭން ނިންމީ، މަޝްވަރާނުކޮށް މައްސަލަތައް ނިންމަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކުރައްވަ އެވެ. އެ ގްރޫޕް ތެރެ ހޫނުވީ، ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭ ގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް މަޖިލީހަށް ހުށަހަޅަން ނިންމި ގަރާރަށް ޕާލަމެންޓްރީ ގްރޫޕުން ތާއީދު ނުލިބުމުންނެވެ. އެ ވާހަކަ މަޖިލީހުގައި ދައްކަން ވެސް ބައެއް މެމްބަރުން ބޭނުން ނުވާ ކަމުގެ ކަންބޮޑުވުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ތިއްބެވި މެމްމަބަރުންގެ އެބައޮތެވެ.
އެމްޑީޕީގެ 65 މެމްބަރުން ތިއްބަވާ ޕީޖީ ގްރޫޕްގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުންފާޅުކުރައްވައި ވިޕަށް ނުބަލައި ވޯޓު ދެއްވަން ނިންމެވީ ނަޝީދާ އެކު ތިއްބެވި މެމްމަބަރުންނެވެ. ކުރިން ތިއްބެވި 18 މެމްބަރުންގެ އިތުރުން، އެ ފެކްޝަނުގެ ނިންމުމަށް ތާއީދުކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަޅީގައި ހުންނެވި ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިކަ
16 June 2022
އިބްރޭ އަކްށް ނަޟީދު ސަޕޯޓް ނެތި ނާދެވޭނެ ޔާމިމް ޖަލަޢްލާނެ ވއރިކަމުހެ ދަހޮވެތިކަމުގަ އެހމްވީމާ ފުރުސަތު ބޮޑީ ޤާސިމް އާއި ނާޒިމްއަށް
ކެނެރޭ
15 June 2022
ތީ އަސްލު ކެނެރީ ކުލަ ތިފާޅު ވަނީ. ވެރިކަމަށްޓަކައި ރައްޔިިތުން މޫނުމަތީ ތަފާލެއް ތިޖެހީ. އީވާމެން ލަދު ގަންނަން ޖެހޭ ޕާޓީތެރޭ ތިބެ ޕާޓީގެ އެތެރޭގެ ޑިމޮކްރަސީއަށް ގޮންޖަހަން.
އެނދިމަރިޔަނބު
15 June 2022
ތްރީލައިން ވިޕަކީ އެއްއިރަކުވެސް ރަނގަޅު އެއްޗެއް ނޫން. ކުރިން އީވާއަށް އެ ގޮތް އޯކޭ. މިހާރު ގޯސްވީ ދޯ؟ އަލަށްތަ ތި ޕާޓީއިން ވިޕެއް ނެރުނީ؟
ކުދުބެއްޔާ
15 June 2022
މިހާރު މިފެންނަނީ ބޮޑުތަނުން އިދިކޮޅާ ގުޅެން ކުރާ މަސައްކަތް. އެމްޑީޕީން ކަޑާލީމަ ވާ ދެރަ ވަރަށް ސާފުކޮށް އެބަފެނޭ.
ހިސާން
15 June 2022
އީވާމެންގެ ސައިޒު މިފަހަރު ރަނގަޅަށް ފެންނާނެ އިތުރަށް ފޮނުނާރުވާ މައިތިރިވެގެންތިބޭ އެހެންނޫނީ ނައިބު މަޤާމުވެސް ގެއްލިދާނެ
ޙ 12345
15 June 2022
މިގެ ކުރިން ވޯޓްދީފަ މިހާރުކޮންފަޅޮލޭތިކިޔަނީ!!
ޢެލެކްސް
15 June 2022
ރަނގަޅަށް ސައިޒް ވެފަ
އާބަން
15 June 2022
މައިނޯރިޓީގެ ބާރެއް ނޯވޭ ޑިމޮކުރަސީގައި އީވާ ދޮގު ނުހަދާ. ތިހެން މައިނޯރިޓީގެ ބަހަށް ތަބާވާން ޖެހޭނަމަ ކީއްވެ މެޖޮރިޓީ އެމްޑީޕީއިން މައިނޯރިޓީ ޕާޓީތަކުގެ މެންބަރުން މަޖްލީހުގައި ބަހުސްކުރާއިރު ދައްކާ ވާހަކަތަކަށް ނުބަލަނީ.
އައްލާރަކާ
14 June 2022
ގަބީލާ ކުޅިގަނޑު ފެށުނީދޯ އަނެއްކާވެސް، ތިއަނެއްގޭ މައުމޫނުމެން މާރަނގަޅު އަސްލުގަ، މިކަހަލަ ކަރާޓީ ވާހަކައެއް ނުދައްކާ ދުވަހަކުވެސް.
ޢިހްސާސް
14 June 2022
ދެން ކަމަނާމެން ކީއްވެޔޮ ރީކޯ މޫސަ ވިޕްލައިނާ ހިލާފުވިމަ އޭނަ އެމްޑީޕީ އިން ބަނދުނީ..
ރިސޯޓުކުލި ވަގުން
15 June 2022
ރީކޯގެ ވާހަކަ ދައްކާއިރު އޭނަ މިހާރުވެސް އެބޮތް ދައުލަތަށް އޭނަގެ ރިސޯޓު ކުލި އެތައް ބިލިއަނަކުން ނުދައްކާ. އެކަން މާ ބޮޑުވޭ އެބަ ނިކަމެތި ރައްޔެތު މީހާއަށް. ކަލޭ އެ ހޯދާފައި ދައުލަތުގެ ބަޖެޓަށް ލާބަލަ. އޭރަށް މަމެން ލައްކަ ސަނާ ކިޔާނަމޭ!
ހާނިމް
15 June 2022
އަސްލު ހަމަ ހަމަ ވާން ޖެހޭނީ ، ރީކޯ ދައްކަން އޮތްލާރިގެ ވާހަކަ އެއްނޫން މިދައްކަނީ ، މޮޔަފުޅުވީތޯ ރީކޯ ވަކި ކުރިއޭ މިކިޔަނީ ،