ހިޔާ ޓަވަރުތައް ކައިރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ: ހިޔާގެ ރައްޔިތުންގެ ޝަކުވާތަކަށް ހައްލެއް ހޯދުމުގެ މަސައްކަތްކުރައްވާ ކަމަށް ވިދާޅުވި-- ފޮޓޯ: ރައީސް އޮފީސް
16 ޖޫން 2022 - 11:49
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާތީ، އެ ތަނުގައި ހޮސްޕިޓަލެއް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެ ކަން އިއުލާނު ކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކައި، ތަރައްގީ ކުރަން ފެށި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވާއިރު ވެސް ރަނގަޅު ސިއްހީ ނިޒާމެއް ނެތް ކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށެވެ.
ދެވަނަ ފިޔަވައްސަށް ދިމާވެފައި އޮތް އާންމު ދަތުރުފަތުރުގެ މައްސަލައަށް ހައްލެއް ހޯދައިދީ، ބަހުގެ ހިދުމަތް އިތުރުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އެ ތަނުގައި އުޅޭ މީހުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.
އޭގެ ތެރޭގައި ސިއްހީ މައްސަލަތައް ހިމެނޭކަން ފާހަގަކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިޔާ ފްލެޓްގައި އުޅޭ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން އެ ތަނުގައި ތިން ކްލިނިކަކާއި ތިން ފާމަސީއެއް ހުޅުވުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
"...އޭގެ އިތުރުން ހޮސްޕިޓަލަކާއި އިތުރު ސިއްހީ ވަސީލަތްތައް ގާއިމުކުރުމަށް އެޗްޑީސީގެ ފަރާތުން އެ ގެންދަނީ ބީލަމަށް ލައި، އެ ކަމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން،" ހިޔާ ފްލެޓް ސަރަހައްދަށް ފުރަތަމަ ފަހަރަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވާހަކަފުޅު ދައްކަވަން ފެއްޓެވިއިރު ވެސް، ފްލެޓްގައި އުޅޭ ބައެއް މީހުން ނުކުމެ ދިޔައީ އެ ސަރަހައްދާ ތަންކޮޅެއް ދުރުގައި އަޑުގަދަކުރަމުންނެވެ. ފްލެޓްތަކުގެ ކުލި ކުޑަކުރުމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިސްތިއުފާ އަށް ވެސް އެ މީހުން ގޮވި އެވެ.
އެ ކަމަށް މާބޮޑު ސަމާލުކަމެއް ނުދެއްވައި ރައީސް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވަނީ ހިޔާ ފްލެޓްތަކުގައި އުޅޭ މީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
President @ibusolih attends the ceremony held in Hulhumalé to inaugurate the RTL Bus service. He was joined at the ceremony by other senior government officials. pic.twitter.com/JU5mtjRZR9
— The President's Office (@presidencymv) June 15, 2022
ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށިއިރު، ބައެއް އަސާސީ ހިދުމަތް ނެތް ނަމަވެސް މިހާރު އެ ސަރަހައްދުގައި ވަގުތީ ދެ މިސްކިތާއި އަމިއްލަ ފަރާތަކުން އަޅާފައިވާ މިސްކިތެއް ބޭނުންކުރަމުންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަނީ 3،000 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެޅުމަށެވެ. އަދި އަމިއްލަ ފަރާތަކުން ވެސް އިތުރު މިސްކިތެއް އެ ތަނުގައި އަޅާނެ ކަމަށް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ހިޔާގެ ހުރިހާ ޓަވަރެއްގައި މީހުން އުޅެން ފެށުމުން 40،000 އަށް ވުރެ ގިނަ މީހުން އެ ފްލެޓްތަކުގައި އެެކަނި ވެސް ދިރިއުޅޭނެ ކަމަށެވެ. އަދި މި ސަރުކާރުން އަޅައި ފްލެޓްތަކާއި ދޫކުރާ 1،000 ގޯއްޗާއެކު އެ ތަނުގެ އާބާދީ 70،000 އިން މައްޗަށް އަރާނެ ކަމަށް ވިދާޅުވި އެވެ. އެހެންވެ، އާބާދީއާ އެއްވަރަށް ހިދުމަތް އިތުރުކުރުމަށް މަސައްކަތްކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަ_ހުވަދޫ
16 June 2022
މި ސޯލިހުބުނި ކުޑަހުވަދޫގައިވެސް ހޮސްޕިޓަލެއް އަޅާނަމޭ. މިއީ ނިކަން އަނގައިން ފޮނިކަނޑާ މީހެއް. ނަތީޖާ ދެއްކުމުގައި ހަމަ ސުމެއް. ކުޑަހުވަދޫއެއް ބަޔަކު ސޯލިހަށް މަރުދެނީ. އަނެއްބަޔަކު އުޅެނީ ނަޝީދު ފަހަތުން، 2023އަށް ނަޝީދު ނުރެން. ދިޔަކޮޅަކަށްގޮސް ހުސް. ހުސް ކަނޑު ކޮހުން.
ސާމީ
16 June 2022
ދައުރު ނިމެންވާއިރައް ބުޑެއްޖަހާލަން ވަޅެއްވެސް ކޮނެވޭތޯ ޗަކޮއެ ބަލާބަލަ ސޯލިހޫ
މަންޑޭލާ
16 June 2022
ކިހިނެތްވެގެން އުޅޭބަޔެއްތަމީ. މިހާރުވެސް ތި ހުޅުމާލޭގައި އެތެއް ހޮސްޕިޓަލެއް އެބަހިންގާ. އެތަންތަނުން ދޭ ޙިދްމަތް ރަގަޅުކޮއްބަލަ. ހަރަދުކުޑަކުރަން އެގޭ ބަޔެއްވެސް ނޫން މީ.
ވިކިލީކްސް
16 June 2022
ހުޅުމާލެ 2ވަނަ ފިޔަވަހީގަވެސް ހޮސްޕިޓަލެއް އަޅަންވީ.. އެކަމަކު އަޅަންޏާ އަޅާ ޓާޝިއަރީ ހޮސްޕިޓަލެއް. ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ޓާޝިއަރީ ހޮސްޕިޓަލެއް ހުންނަން ޖެހޭނެ. އެތަންތަނުގައި ކެންސަރަށް ސްކޭން ކުރެވެން ޖެހޭނެ..އޮޕަރޭޝަން ކުރެވެން ޖެހޭނެ. ރާއްޖެއަށް މިހާރު އޮތް އެންމެ ބޮޑު ބިރަކީ ކެންސަރު!
ކުރުކޮށް
16 June 2022
މުހިންމީ ނަމެއްގަ ކަމެއް ކުރުމަށް ވުރެ ކަމެއްގަ ނަމެއްކުރުން
ބޮޑުމީހާ
16 June 2022
އިބްރާހިމް މުހައްމަދު ސޯލިހުގެ ސިކުނޑި ޓެސްޓްކުރަން އެބަޖެހޭ. އެއްފަސްކޮށް އޮތް ތަނެއްގައި 10 މިނެޓުން ދެވޭ ދުރުމިނެއްގައި އެހެރީ ހޮސްޕިޓަލް. ދެން މިތަނުން ލިބޭ ހިދުމަތްތައް ރަގަޅުކުރަން ނޫންތަ މަަސައްކަތްކުރަންވީ، ކޮންމެ މީހެއްގެ ގޭ ބުޑުގަ ހިދުމަތެއް ނުލިބޭ އިމާރާތެއް އެޅުމަށްވުރެ
@ބޮޑޭ
16 June 2022
ހޮސްޕިޓަލް ނޫނަސް ޞީއްޙީ މަރުކަޒެއް ނަމަވެސް އަޅަން އެބަ ޖެހޭ ބޮޑޭގެ ތި ކަށި ވިސްނުން ދޫކޮށްލާ ޒަމާނަށް ހޭލާބަލާ އިބުރާހީމް ފުޅު މުއްދަތު ހަމަވަނީ އެވެ. އަސުރުން ތިރިވީމަ ދެން އެޖެހޭ ވައި ފިނިކުރަން ތިބެ ދައްކާވާހަކައިގެ ފިނި ކޮށް ކަމަށް ދައްކަން ބޭނުންވާ ރޯޅިއެވެ. ބަހުން ހޮސްޕިޓަލެއް ނަމުގަ ހުންނާނީ ޞިއްޙީ މަރުކަޒެއްގެ ދަށުގަhަދާފަ ޚަރަދު ހިންގޭނީ ހޮސްޕިޓަލެއްނަމުގައޭ ބުނެގެން
ޝަމު
16 June 2022
ހޮސްޕިޓަލް އަޅަންޖެހޭނީ ޑޮކްޓަރުން ތަރައްޤީ ކޮށް ގެން އެހެންނޫނީ ރަނގަޅު ސިއްޙީ ނިޡާމް ނުލިބޭނެ ދުވަހަކުވެސް! ފުރަތަމަ ޑޮކްޓަރުން ފަހުން ވަސީލަތް!!!!!
ޖާނު
16 June 2022
ލައްކަ ކަޑަ ޖަހާނޭ މިހާރު 2023 ކައިރި ވާ ވަރަކަށް. ލަދެއްނެތް މީހެއް ސޯލިހަކީ ހުވާ
މުހައްމަދު.
16 June 2022
ހާދަ ބަލި މީހުން އުޅޭ ގައުމެކޭ. ހަކުރު ގިނަވެގެން، ލޮނު ގިނަވެގެން، ނަފުސާނީ ވެގެން ގިނަމީހުން އުޅެނީ. ހޮސްޕިޓަލް އެޅުމުގެ ބަދަލުގައި ބަލިވާ ސަބަބު ބަލަން ވެއްޖެ ނުން. އެހެން ގައުމުތަކަށް ޖިޒީ ދައްކާހާ ހިނދަކު އާއިލާވެސް ގައުމު ވެސް ތަރައްގީ ނުކުރެވޭނެ.
ޝަބާސް
16 June 2022
މާލެ ސަރަހައްދުގައި ހޮސްޕިޓާ މަދެއް ނޫން މިއީ ބޮޑު އިސްރާފެއް ކޮންމެވެސް އެހެން ކަމަކަށް ފައިސާ ބޭނުން ކުރުން ރަނގަޅު މުޅިރަށް ފުރޭނދެން ހޮސްޕިޓާ އެޅުމުގެ ބޭނުމެއް އަޅެ ބުނެބަލަ ކެންސަރަށް ފަރުވާ ދޭ ހޮޮސްޕިޓާ ވެސް އަޅަން އަޅަން އުޅެނީ މާދުރު ރަށެއްގައި ކަމެއް ކުރަން ނޭނގުނަސް މި ދެން ފުކެއް ބޮޑުވަރޭނުން ކީކޭ ބުނާނީ އަޅެ