އައިޖީއެމްއެޗް: ހުމާއި ރޯގާ ގިނަވެ އެ ހޮސްޕިޓަލުން ވަނީ ފްލޫ ކްލިނިކެއް ހަަދައި ހިދުމަތް ދޭން ފަށާފައި-- މިހާރު ފައިލް ފޮޓޯ
24 ޖޫން 2022 - 20:04
ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވެ، އައިޖީއެމްއެޗުގައި ފްލޫ ކްލިނިކެއް ހަދައި އެފަދަ ބަލި މީހުން ފްލޫ ކްލިނިކަށް ދިއުމަށް އެ ހޮސްޕިޓަލުން އެދިއްޖެ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލުން މިއަދު ބުނީ، ހުމާއި ރޯގާ ޖެހިގެން ފަރުވާ ހޯދުމަށް ދާ ބަލި މީހުންގެ އަދަދު އިތުރުވެ، އެ ހޮސްޕިޓަލުގެ ފްލޫ ކްލިނިކްގައި އެފަދަ ބަލި މީހުންނަށް ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.
އެ ތަނުން ހިދުމަތް ދޭނީ ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. ހުމާއި ރޯގާ އަދި ކެއްސުމުގެ އަލާމާތެއް ހުންނަ މީހުންނަށް ފްލޫ ކްލިނިކެއް ހާއްސަކުރިއިރު މި ދުވަސްވަރު އަނެއްކާ ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަނީ އިތުރުވެފަ އެވެ. މީގެ ކުރިން ވެސް ކޮވިޑްގެ ކޭސްތައް އިތުރުވި ދަނޑިވަޅުގައި އައިޖީއެމްއެޗުން ވަނީ ފްލޫ ކްލިނިކްގެ ހިދުމަތް ދީފަ އެވެ.
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މި ދުވަސްވަރު އާންމު ރޯގާތައް ޖެހޭ މީހުންގެ އަދަދު ވެސް އިތުރެވެ. އެންމެ ފަހުން އެޗްޕީއޭ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން މިދިޔަ މޭ މަހު 13،361 މީހަކު އަރިދަފުސް ރޯގާ ޖެހިގެން ޑޮކްޓަރަށް ދެއްކި އެވެ. އަދި 185 މީހަކަށް ޑެންގޫ ޖެހުނުއިރު ބޭރަށް ހިންގުމާއި ހޮޑުލުން ޖެހިގެން 1824 މީހަކު ފަރުވާ ހޯދި އެވެ.
އާންމު ބަލިތައް މި ދުވަސްވަރު ވަރަށް ބޮޑަށް އިތުރުވެ ހޮސްޕިޓަލުތަކަށް ވެސް ވަރަށް ބާރުބޮޑެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލައްކަ
24 June 2022
މަކުނު ވިދުރި ވެސް ދުނީޔޭގަ އެބަ ފެތުރޭ އެހެން ވީމަ އެޗު ޕީ އޭ މީހުންނައް މަތިން ފައިސާ ގެ ވާރޭ ވިލާގަނޑެއް އެެއީީ
މަކުނު ވިދުރި
24 June 2022
ތިޔަ ހޮސްޕިޓަލުގެ ވާހަކަ ނުދައްކާ އެޕޮއިންޓު މެންޓެއް ހައްދައިގެެެން އަހަރެއް ފަހުންވެސް އެބާގުޅާ
ކޮރަލް
24 June 2022
ވ ސްލޯ މިނިސްޓަރެކެވެ. ކަމަކު ނުދެ އެވެ. ޑޮކްޓަރުން ވެސް އަންނަނީ ދުނިޔޭ އަނެއް ބިތް ކިއުބާ އިންނެވެ .
ހިމާރުލްގައުމު
24 June 2022
ހިންނަވަރު ހިތްތިރި މަނިއްޕުޅު ތިޔަ ރޯގާތަކަށް ހާއްސަ ބޭސް ޝިޕްމެންޓެއް މިފްކޯ ބޯޓުން ގެނެސްފި ރޭގަ. އިސާހިތަކު އަރައިގަނެވޭނެ.
ދިއްދޫމީހާ
24 June 2022
ހުމާއި ރޯގާއަ ވުރެން ރަނގަޅު ކަންނޭގެ މިހާރު މަކުނުވިދުރިއަ ޓެސްޓް ކުރާ ކްލިނިކެއް ހުޅުވިއްޔާ، މިހާރު ފެންނަ މަންޒަރުތަކުން މާ އައުލާކަން ބޮޑުކަންނޭގެ، ކޮއްކޮ މާއިދާ މާދަން ތައްޔާރު ކޮއްލަބަލަ މަކުނުވިދުރިއާ ބެހޭގޮތުން ރިޕޯޓެއް، ބޭބެމެން މުސްކުޅިންނަ އަދި ނެތް ރަނގަޅު މައުލޫމާތެއް ލިބިފަކާ އެކަމާ ބެހޭގޮތުން.
ކިނބޫ ކޯރު
24 June 2022
ބަލަ އިނބޫ ފިޔަވަހި 2 ގަ މީ ކީއްކުރާ ބައެއް މިތަނުގަ ސިންހީ މަރުކަޒެއް ނެތޭ ކްލިނިކަށް ލާރިދީގެން ކިހިނެތް މިކަން ކުރާނީ
ފަރެސް.
25 June 2022
ހިޔާ ފުލެޓްގައި ތިބޭ މީހުނަށް ކާރާއި ސައިކަލްގަ ކ.އަތޮޅު މާލޭގެ ކޮންމެ ހޮސްޕިޓަލަކަށްވެސް ދެވޭނެ. އެކަމަކު މިރަށް ރަށުގައިބަލިވެއްޖެނަމަ ޖެހެނީ ކަންނެލި ދޯންނެއްގައި ޖެހިގެން އޮތް ރަށުގެ ހޮސްޕިޓަލަށްދާން. ހުރިހާ ކަމެއް އޮތީ މުޤައްދަސް ރަށްކޮޅަށް ޖަމާކޮށްފަ.
ދިއްދޫމީހާ
24 June 2022
އަނެއްކާ ކޮންކަހަކަ ރޯގާއެއްބާ؟؟ ރޭންސުރެން އެބައުޅެ ފާޑެއްގެ ފިރިހެން ބޭފުޅުންނަ ހާއްސަ ރޯގާއެ ނުކުމެގެން..
@ ދދދމހާ
24 June 2022
ސަރުކާރު ހިންގޭނޭ ކިޔާފަ އައިސް ނުހިންގޭ ކަމުގެ ހެކި 29 ހާސް މީހުން ފިޔަވަހި 2 ގައި އުޅެމުންދާއިރު ސަރުކާރުގެ ކްލިނިކެއްވަރު ނެތް އަމިއްލަ މީހަކު އައިސް ވިޔާފާރި އުޞޫލުން ކުލިނިކު ހަދައި އުޅެނީ މިވަރު މީހަކު ތިމަންނަ ޗޮއިސް އެކޭ ބުނީމަ ހަމަ ސޭކިކަމުންނޭ ހިތަށް އަރަނީ
ވިޖޭ
24 June 2022
މިކަހަލަ ރޯގާއިން އަޅަމެން ސަލާމަތް ކުރައްވާންދޭ... މީ ލައިގެން ހުންނަ އަންނައުނުވެސް އިސާހިތަކު ފޮހެވިގެންދާ ރޯގާއެެއް
ނަމީރާ
24 June 2022
ތެދެއްތިބުނީ ކޮވިޑް ވެކްސިން ޝިޕްމަންޓް ހުސްކުރަންވެއްްޖެ