ކްރޮސްރޯޑްސް ސައި ލެގޫން: އެތަނުގެ ވޯޓާވިލާއަކުން ގެއްލުނު ޓޫރިސްޓަކު ހޯދަމުން ދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ ވަނީ ފެނިފައި -- ފޮޓޯ: ސައި ލެގޫން މޯލްޑިވްސް
25 ޖޫން 2022 - 12:54
ކްރޮސްރޯޑްސް ސައި ލެގޫންގެ ވޯޓާވިލާއަކުން ގެއްލުނު އޮސްޓްރޭލިއާގެ ޓޫރިސްޓަކު ހޯދަމުން ދަނިކޮށް، މޫދުގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ އެ ފިރިހެން މީހާ ގެއްލުނު ކަމުގެ ރިޕޯޓް ކޯސްޓްގާޑް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިއަދު ހެނދުނު 6:54 ގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓްކުރުމާ އެކު، ސިފައިންގެ މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ހާބަކްރާފްޓް ލޯންޗުގައި ޑައިވަރުންނާ އެކު މިއަދު ހެނދުނު ކްރޮސްރޯޑަށް ގޮސް، ގެއްލުނު ޓޫރިސްޓް ހޯދުމަށް ސާޗް އެންޑް ރެސްކިޔު އޮޕަރޭޝަނެއް ހިންގި އެވެ.
ކްރޮސްރޯޑްސް ސައި ލެގޫނުން ގެއްލުނު އޮސްޓްރޭލިއާ ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއަށް އެމީހާގެ ހަށިގަނޑު ފެނިއްޖެ.https://t.co/5SOtbknU25 pic.twitter.com/Pv99xdRLMM
— Maldives National Defence Force (@MNDF_Official) June 25, 2022
ކޯސްޓްގާޑުގެ ސިފައިން އެ މީހާ ހޯދުމުގެ މަސައްކަތްކުރަމުން ދަނިކޮށް، އެ މީހާގެ ހަށިގަނޑު ފެނުނީ މިއަދު ހެނދުނު 09:36 ހާއިރު ކަމަށް ބުންޏެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ ކްރޮސްރޯޑްސްގެ އިރުން 1.33 ނޯޓިކަލް މޭލް ބޭރުން ފަޅުތެރޭގައި ފެންމަތީގައި އޮއްވާ ކަމަށް ވެސް ބުންޏެވެ.
އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ކްރޮސްރޯޑަށް ގެންގޮސްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމިމު
25 June 2022
ގެސްޓުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަންވީވަރަށް ނުބެލެނީ, ހަމައެކަނި ޕްރޮޕަޓީ ސޭފްޓީއަކަށްނޫން ބަލަންޖެހެނީ..