އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މިއަދު ބަންޑާރަކޮށީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
02 ޖޫން 2025 - 14:58
އޮސްޓްރޭލިއާއިން އެމްއެންޑީއެފްއަށް "ގާޑިއަން ކްލާސް" ޕެޓްރޯލް ބޯޓެއް ހަދިޔާކުރަން ނިންމައިފި އެވެ.
އެކަން އިއުލާންކުރީ އޮސްޓްރޭލިއާގެ ބޮޑުވަޒީރުގެ ނައިބު އަދި ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މިއަދު ބަންޑާރަ ކޮށީގައި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
އެ ބައްދަލުވުމުގައި ރިޗާޑް ވިދާޅުވީ މިހާރު ކުރިއަށް ދަނީ އެ ބޯޓު ބަނުމުގެ މަސައްކަތް ކަމަށާއި އަދި އަންނަ އަހަރު އެ މަސައްކަތް ނިންމައި، އެމްއެންޑީއެފްއާ ހަވާލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އޮސްޓްރޭލިއާގައި ބަންނަ އެ ބޯޓަކީ ދެ ގައުމުގެ ގުޅުން ހާމަކޮށްދޭ ރަމްޒެއް ކަމަށް ރިޗާޑް ވިދާޅުވި އެވެ.
އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރިޗާޑް މާލްސް އާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މިއަދު ބަންޑާރަކޮށީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
"މިއީ ހަމައެކަނި އަސްކަރީ އުޅަނދެއް ނޫން. މީގެން އެނގިގެންދަނީ ރާއްޖެއާ [އޮސްޓްރޭލިއާއާ] ދެ ގައުމުގެ ގުޅުން ބަދަހިވެގެން ދާކަން،" ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖެއަށް އެ ގައުމުގެ އެހީތެރިކަން ލިބޭނެކަން ފާހަގަ ކުރައްވައި، ރިޗާޑް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ގައްސާން ވިދާޅުވީ އެ ބޯޓަކީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކޮށް، ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
ރާއްޖޭގެ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން، މިއަދު ބަންޑާރަކޮށީގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މިހާރު
އޮސްޓްރޭލިއާއިން ހަދިޔާކުރާ ވަސީލަތްތަކުގެ ސަބަބުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ އަސްކަރިއްޔާ ކުރިއެރުވުމަށް ކުރައްވާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ޣައްސާން ވިދާޅުވި އެވެ.
އެ ބޯޓުގެ އިތުރުން މަލްޓި-ބީމް އިކޯ ސައުންޑާ އާއި ހައިޑްރޯގްރެފިކް އިކުއިޕްމަންޓް އަދި ކެޕޭސިޓީ ބިލްޑް ކުރުމަށް ވެސް އޮސްޓްރޭލިއާއިން އެހީތެރިވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ. އަދި އެ ވަސީލަތްތަކުގެ ސަބަބުން އިގްތިސާދީ ރައްކާތެރިކަން ކަށަވަރު ކުރެވޭނެ ކަމަށް ވެސް ޑިފެންސް މިނިސްޓްރީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަލްޓިކޯ
02 June 2025
ޢަހަރެމެން އުޅެންޖެހޭނީ ހަދިޔާ އާ ސައުދީ ކަދުރުން އަމިއްލަކަމެއް ނެއް އަލުން ބަންނަވާހަކަބުނީމަ ވެސް އެއްޗެއް ނުވިސްނޭތަ
ކެރެޓޭ
02 June 2025
ޕެޓްރޯލު ބޯޓުފަހަރު މިހާރަކު ރާއްޖެއަކާ ނުގުޅޭ. ޑީސަލަށް ގިނަމީހުން ދަނީ.
މުޑަހަންޖާ
02 June 2025
ތިޔައީ 5 ލޮލުގެ ޖާސޫސީ ޖަމުއްޔާ ގައުމެއް، ހައިޑްރޮގްރަފީއާއި އެއާގުޅޭ ޖާސޫސީ ސާމާނު ހަރުކޮށްފަ މިކޮޅުގަ ދުއްވަން ބޯޓުބާއްވާފަ ދޭތެރެދޭތެރޭން އެވެރިން އަންނާނީ ސޮފްޓްވެއާ އަޕްގްރޭޑްކޮށްދޭން. އެއަންނަ ފަހަރު ބޭނުންވާ ޖާސޫސުކޮޅު ޕެންޑްރައިވަށް އަޅައިގެން ދިޔައިމަ އެނިމުނީ. ތިކަހަލަ ކަންކަމަށް އަހަރެމެންގެ ތާއީދެއްނެތް.
ހަސަނަނާ
02 June 2025
މީހަދިޔާދިނުމުގެ ލާމަސީލު ނަމޫނާއެއް، ހަދިޔާއަށް ދޭންވާނި ރަނގަޅުއެއްޗެހި، ބާދަނގަޑެއްނޫން