ލަންކާގެ ރައީސް ގޯޓާބަޔާ.-- ފޮޓޯ: އޭއެފްޕީ
14 ޖުލައި 2022 - 19:33
ސްރީ ލަންކާގެ ރައީސް ގޯޓާބަޔާ ރާޖަޕަކްސާއަށް ސިޔާސީ ހިމާޔަތް ނުދޭ ކަމަށާއި އަމިއްލަ ދަތުރެއްގައި އެ ގައުމަށް ވަޑައިގަތުމުގެ ހުއްދަ ދީފައިވާ ކަމަށް ސިންގޫޕުރުގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ރާއްޖެއިން މިއަދު ފުރާވަޑައިގެންނެވި ގޯޓާބަޔާއަށް ސިންގަޕޫރުން ހިމާޔަތް ދީފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ދެކެވޭ ވާހަކަތައް ދޮގުކޮށް، އެ ގައުމުގެ ފޮރިން މިނިސްޓްރީން ނެރުނު ކުރު ބަޔާނެއްގައި ބުނީ ސިންގަޕޫރުގެ ހިމާޔަތަށް އޭނާ އެދިވަޑައިގެންފައިނުވާ ކަމަށެވެ. އަދި ހިމާޔަތް ދީފައިވެސް ނުވާ ކަމަށް ބުންޏެވެ.
އާއްމު އުސޫލެއްގެ ގޮތުން ސިންގަޕޫރަކީ ސިޔާސީ ހިމާޔަތް ދޭ ގައުމެއް ނޫން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސިއްރިއްޔާތުގައި އެއާފޯސްގެ ބޯޓެއްގައި ގޯޓާބަޔާ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ. ގާތްގަނޑަކަށް 35 ގަޑިއިރު ފަހުން ސައުދީ އެއާލައިންގެ ބޯޓެއްގައި ރާއްޖެއިން ފުރާވަޑައިގަތީ ސިންގަޕޫރުން ހިމާޔަތްދޭނެ ކަމުގެ ޔަގީންކަން ދިނުމުން ކަމަށް ވެސް ބޭރުގެ ނޫސްތަކުން ބުންޏެވެ.
ގޯޓާބަޔާ އާއި އޭނާގެ އަނބިކަނބަލުން ލޯމާ ރާޖަޕަކްސަ އަދި ދެ ބޮޑީގާޑުން ސިންގަޕޫރަށް ވަޑައިގަންނަން އެންމެ ފުރަތަމަ އުޅުއްވީ ސިންގަޕޯ އެއާލައިންސްގަ އެވެ. ނަމަވެސް ސެކިއުރިޓީ ސަބަބުތަކާ ހެދި ރޭ ފުރާވަޑައިނުގެންނެވީ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ލަންކާގެ ރައީސާ ދެކޮޅަށް އެ ގައުމުގެ އެތައް ހާސް ބަޔަކު ނުކުތީ އިގްތިސޯދީ ހާލަތު ދަށްވެ، ކަންކަން މެނޭޖު ކުރުމުގައި ބޮއްސުންލައިގެން ދިއުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހިބިރިންބެއްޔާގެ ކުޑަސޮރު
14 July 2022
މީހުންކިޔާގޮތުގާ ގޯޓާއަށް ހިމާޔަތްދެނީ ޔޫ.އޭ.އީ ނޫނީ ސައުދީން. މީގެ ތެދުދޮގެއްވެސް އެނގޭނީ ދުވަސްކޮޅެއްފަހުން.
ބީރުބަލް
14 July 2022
ގާނޫނާ ގަވައިދު ތަންފީޒުކުރާ ތަހުޒީބު ގައުމަކަށް އެތެރެވެވުމަކީ ވެސް ހިމާޔަތެއް. އެއީ އެކަހަލަ ގައުމުތަކުގަ މުޒަާހިރާކޮށް ހަޅޭއްލަވައިގެން ބަޔަކު ބޭނުންހާކަމެއް ނުކުރެވޭނެތީ.
ހަމަބީރުބޮލް
15 July 2022
ސިންގަޕޫރުންވެސް ދޮގުހަދަނީތަ. ގައުމުތަކައް އެތެރެވުމުގައި އެކި ކަހަލަ ހުއްދަތައް ދޫކުރޭ. ހިމާޔަތް ދިނުނަކީވެސް އެކަމަށް އެޕްލައިކޮށްގެން ވަކިހަމަތަކެއްގެ މަތިން ދޫކުރާ ހުއްދައެއް
އަލީރާޖާ
14 July 2022
ހިމާޔަތް ދިނުމަކީ ދިވެހި ރާއްޖެއަށް ބޭރު މީހުން އެތެރެވުމަށް ކިޔާ އެއްޗެއް. އެހެންވެ ގޮޓޭވެސް މިތާ ހުރީ 32 ގަޑިއިރު ހިމާޔަތްދީފަ.
ބަލީމުރާޖާ
15 July 2022
ވީއިރު އެގައުމުގައި ހުރި މީހަކަށް ހިމާޔަތް ނުދެމޭ އެބުނަނީ ކީއްވެ!
ސަސ
14 July 2022
ކަންނިމިގެން އެތައް އިރެއްވީއިރުވެސް މިގައުމުގެ ކަމާބެހޭ މީހަކު ބަހެއް ނުކިޔާވީއްޔަ. ދެންވެސް ބުނާނެ ރައްޔިތުންގެ ވެރިކަމެކޭ
ޓްރޫ
14 July 2022
ބައެއް ފަހަރު ސައިލެންޓް ވުމަކީ ބުއްދިވެރިކަމެއް. މާގިނަ ވާހަކަ ދައްކަންޏާ ރަނގަޅެއް ވެސް ނުވާނެ.