ތ. ކިނބިދޫގައި އީދު ފާހަގަކުރިއިރު ސްކައުޓް ޔުނިފޯމް ބޭނުންކޮށްފައި.
17 ޖުލައި 2022 - 11:06
ތ. ކިނބިދޫގައި އީދު ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގައި ރާއްޖޭގެ ސްކައުޓް އެސޯސިއޭޝަންގެ ރަސްމީ ޔުނިފޯމު ބޭނުންކޮށް، އެ ޔުނިފޯމާއި ސްކައުޓް ހަރަކާތަށް ގަދަރުކުޑަވާނެ ގޮތަށް އަމަލު ކޮށްފައިވާތީ އެކަން އެ އެސޯސިއޭޝަނުން ކުށްވެރިކޮށްފި އެވެ.
އެ ރަށުގައި މި ފަހަރުގެ އީދު ފާހަގަކުރަން މާލި ނެރުނުއިރު ސްކައުޓް ޔުނިފޯމު ބޭނުންކުރި އެވެ. މީހެއްގެ ބަނޑެއް ގޮތަށް ހަދާފައިވާ އެ މާލި، ސްކައުޓް ޔުނިފޯމު ލާފައި ހުރި އިރު ހުރީ މޭމަތީގެ ގޮއްތަށް އެކަނި އަޅުވައިގެންނެވެ. އަދި ބަނޑުބޮޑުކަމުން، ބަނޑާ ދިމާލުން ގޮށް ނާޅުވާ ހުރީ ދޫކޮށްލައިފަ އެވެ.
އެ ހަރަކާތުގައި މާލި އަމަލުކުރި ގޮތެއް ސާފެއް ނުވެ އެވެ.
ސްކައުޓް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ސްކައުޓް ހަރަކާތަކީ ހުނަރުވެރި ޒިންމާދާރު ރައްޔިތެއް ބިނާކުރުމަށް މަސައްކަތްކުރާ ދުނިޔޭގައި އޮތް ނުރަސްމީ ތައުލީމު ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާ ކަމަށެވެ.
އެއީ ސިޔާސީ ވަކި ފިކުރަކަށް ނިސްބަތް ނުވާ، ދަރުމައަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށާއި ސްކައުޓުންނަކީ ރަށު ފެންވަރުގަ އާއި އަތޮޅު ފެންވަރުގައި އަދި ގައުމީ ފެންވަރުގައި ވެސް ހިދުމަތް ކުރުމުގައި ނަމޫނާ ދައްކާ ބައެއް ކަމަށް ބަޔާނުގައި ބުންޏެވެ.
އެ އެސޯސިއޭޝަނުން ބުނީ ސްކައުޓް ޔުނިފޯމާއި ސްކައުޓް ހަރަކާތުގެ އެކިއެކި ރަމްޒުތަކަކީ ސްކައުޓް ހަރަކާތުގެ ވައުދުވެ، އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އެކަނި ބޭނުންކުރުމަށް އެ އެސޯސިއޭޝަނުގެ ހިންގާ ގަވާއިދާއި ދުނިޔޭގެ ސްކައުޓް ޖަމިއްޔާ އިން ހުއްދަކުރާ އެއްޗެހި ކަމަށެވެ. އަދި އެސޯސިއޭޝަނުގެ ހުއްދަ ނެތި އެ ތަކެތި ބޭނުންކުރުމަކީ މަނާ ކަމެއް ކަމަށް ބަޔާނުގައި ވެ އެވެ.
"ސްކައުޓް އެސޯސިއޭޝަނުގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނިފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަދި ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުދަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫނެވެ،" ކިނބިދޫގެ އީދު ހަރަކާތެއްގައި ސްކައުޓް ޔުނިފޯމް ބޭނުންކުރި މައްސަލައާ ގުޅިގެން ނެރުނު ބަޔާނުގައި އެ އެސޯސިއޭޝަނުން ބުންޏެވެ.
ކުޑަކުދިންނާއި ޒުވާނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ހަރަކާތެއްގެ ހައިސިއްޔަތަށް އުނިކަން އަތުވެދާނެ ފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އަމަލުނުކުރުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ. އެ އެންގުމާ ހިލާފަށް އަމަލުކުރާ މީހުންނާ މެދު އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެ އެސޯސިއޭޝަނުން ދެ އެވެ.
އެ މައްސަލައާ ގުޅިގެން ކިނބިދޫ ކައުންސިލްގެ ރައީސް އަލީ ހުސެއިން، "މިހާރު" އަށް މިއަދު ވިދާޅުވީ އީދު ފާހަގަކުރުމުގެ ތެރެއިން ސްކައުޓް ޔުނިފޯމު ބޭނުންކޮށްފައި ވަނީ އެ ހަރަކާތަށް ގަދަރުކުޑަކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އެ ގޮތަށް އެކަން ހިނގީ އެކި ގޭގެއިން މާލި ހަދައިގެން ނުކުތްއިރު ކަމަށާއި އެއީ ކައުންސިލަށް އެނގިގެން ހިނގި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ސްކައުޓް އެސޯސިއޭޝަނުގެ ހުއްދަ ނެތި އެހެން އެއްވެސް ފަރާތަކުން ޔުނިފޯމާއި އެފަދަ ރަމްޒުތައް ބޭނުންކުރުމަކީ މަނާ ކަމެކެވެ. އަދި ސްކައުޓް ޔުނިފޯމަށް ދެވޭ ގަދަރުކުދަވާ ގޮތަށް އެެއްވެސް ފަރާތަކުން ޔުނިފޯމު ބޭނުންކުރުމަކީ މި އެސޯސިއޭޝަނުން ބަލައިގަންނާނެ ކަމެއް ނޫނެވެ،"--- އެސޯސިއޭޝަން
"...އަޅުގަނޑުމެންނަށް ވެސް ފެންނާނީ ރަށުތެރެއަށް [މާލި] ނުކުތީމާ. މާލި ހަދާއިރު ގޭގައި ބޭނުންނުކުރާ އެއްޗެއްސާއި ބާ އެއްޗެހި ލައިގެން ގިނަ ފަހަރަށް މީހުން ނުކުންނަނީ. އެ ގޮތަށް ބޭނުން ނުކުރާ ޔުނިފޯމެއް ލައިގެން ނުކުމެފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
ކައުންސިލްގެ ރައީސް ވިދާޅުވި ގޮތުގައި އެ މައްސަލައާ ގުޅިގެން ވަނީ އެ މީހާއާ ބައްދަލުކޮށް، ކަން ހިނގައިދިޔަ ގޮތް ސާފުކޮށްފަ އެވެ. ބާ ޔުނިފޯމެއް އޮތުމުން މާލީގެ ގޮތުގައި ބޭނުންކުރީ ކަމަށާއި ގަދަރުކުޑަ ކުރުމުގެ އެއްވެސް ވިސްނުމެއް އެ ކަން ކުރި މީހާގެ ވެސް ނެތް ކަމަށް ކައުންސިލުން ބުންޏެވެ.
"ވަރަށް ކުރިން މި ރަށުގައި ވެސް ސްކައުޓް އޮވޭ. މިހާރު ނޯވޭ. އޭރު ބޭނުންކޮށްފައި އޮތް ޔުނިފޯމެއް ފެނުނީމާ އެ ލައިގެން ނުކުތީ ކަމަށް ވަނީ. ސްކައުޓަށް އިހުތިރާމު ނުކުރާކަށް ނޫނީ އެ ކަހަލަ ކަމެއް ކުރުމުގެ ވިސްނުމަކު ކުރި ކަމެއް ނޫން އެއީ،" އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގައި ބޮޑު އީދުގެ ހަރަކާތްތައް ބާއްވާފައިވާއިރު އެކި ރަށްރަށުގައި ވަނީ މާލީ ނެރުން ބާއްވައިފަ އެވެ. ބައެއް ރަށްރަށުގެ ހަރަކާތްތައް ސިޔާސީވެ، ފާޑުކިޔުން ވެސް ކުރިމަތިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށު ސްކައުޓު
19 July 2022
ހިތާމަޔަކީ ކަމެއް ކުރުމުގެ ކުރިން ވިސްނާނުލެވޭކަން. އެ ޔުނިފޯމު ބޭނުންކުރުމުގެ ކުރިން އޭގައި ހުރި ސްކައުޓް ޖަމިއްޔާ އަށް ނިސްބަތްވާ ބެޖްތައް ނައްޓާލި ނަމަ ބަޔަކު ކަންބޮޑެއްނުވީސް ބޭއަދަބީ ކަންކަމާއި މަޖަލަކަށްވެސް އެފަދަ ލޯގޯ އަދި ބެޖްތަކާއި އެހެނިހެން ދިދަ ފަދަތަކެތި ބޭނުންކުރުން ގާނޫނުން މާކުރޭ އެކްން ކުރިފަރާތުން ގަސްދުގައި ކުރިކަމެއްކަމަކަށް ނުބަލަން ނަމަވެސް މިފަދަ ކަންކަމުން އޮބުރަތް ޚާސިލްކޮށް އެނގުން މުހިމްމު. ސްކައުޓް އަކީ މުހިންމުކަމެއް
ޙަސަން އަޙްމަދު
18 July 2022
ހުރިހާ ކަމެއްގައި ވެސް ކަންފަލަކުރުމާ ގޮތްބޮޑުކުރުން. ތަނެއްގެ ޔުނީފޯމު ލައިގެން މާލި ލީމާ ގަދަރު ކެނޑޭތަ؟ ބާވާލެއްވި މުގައްދަސް އެއްޗެއްތަ އެއީ؟ ގަދަރު ކެނޑެނީ ތިކަހަލަ ދޯހަޅި ބަޔާންތަކުން. ސްކައުޓަކީ މުޖުތަމައަށް ވާގިވެރިވާންޖެހޭ ތަރުބަވީ ބައެއް. ކުދިކުދި ކަންކަމާ މުޖްތަމައު ކުއްވެރިކުރަން ތިބޭ ބައެއް ނޫން. މިސާލަކަށް ކާޓޫނު ފިލްމެއްގައި މިކީ މައުސް ތިޔަ ޔުނީފޯމު ލިއްޔާ ޑިޒްނީ ކުންފުނި ކުއްވެެރިވާނެތަ؟
އަދަންޑެ
18 July 2022
އެރަށު ކުދިންނަށް ތިޔަ ސްކައުޓެއް ނުބާއްވާތާ 10 އަހަރު. ބާ ޔުނިފޯމްގަނޑެއް ލައިގެން ހާދަވަރެކޭ. މި ޤައުމުގެ ތަކެތީގެ އަގު މައްޗަށްދާތީ އެކަމާ އުޅެންވީނުން!
ރަޝީދު
18 July 2022
ދެންކީއްވެ ބަނގުލަދޭޝް ބޭފުޅުން ލީމަ ތިނޫސްބަޔާން ނުނެރެނީ؟ ތިސްކައުޓަކީ ބޭކާރު ހަރަދުތަކެއް!
ރަޝާދުއިދްރީސް
18 July 2022
ތީހަމަ ކޮމެންޓެއް ކުރަންވެގެން ލިޔުނު އެއްޗެއް. މަމިބުނަނީ ރަޝީދަށް ބަންގްލަދޭޝް މީހަކަު ސްކައުޓް ޔުނިފޯމް ލާފަ ހުއްޓަފެނިގެނެއް ހެން ހީނުވޭ ތި ކޮމެންޓް ތިކުރީ.
ާއުނިމާ
18 July 2022
ޢަންތަރީސްވެއްޖެ! ބަލް ސްކައުަަޓް ޔުނީފޯމަކީ ކިނބިދޫ ޒުވާނުންގެ ޖަމުޢިއްޔާގެ އެކްޜިވިޓީ ޔުނީފޯމުތޯ ކުޅިވަރުތަކަށް ނިކުމެ ލައިގެން ބޭނުންހާ ކަމެއްކުރަން، އެމްަޑީޕީ.ވެރިކަމުގަ އޮތަސް ކިނބިދޫއިން ބޭނުންހާކަމެއް ކުރެވިގެންނުވާނެ..މާލި ފެރޭޑުގައި ވައުދުވި ކިނބިދޫ ވޭމަންޑޫ ކޯޒްވޭއަށް މާލިއެއް ހެދިނަމަ މާ ތޯހިރުވީސް
ތާއީތާއި
17 July 2022
ދެރަކަމެއްނު. މިހާރު މިގައުމުގަ ނޯވޭ ޖޯކެއްޖެހޭކަށް ކުޅިމަޖަލައްވެސް.
މިސްޓަރ ޓިނޭ
18 July 2022
ވަރަށް ހެއްވާ ކަމެއް، ފުލުހުންނާއި ސިފައިންގެ ޔުނިފޯމް ލައިގެން ފިލްމް ވެސް ކުޅޭ ދުނިޔޭގެ ހުރިހާ ގައުމެއްގަ، ދެން ސްކައުޓް ޔުނިފޯމް އެއް ލައިގެން ، މާލިމަޖާ ކުޅެލިއެކޭ ކިޔާފަ ތިހާ ފޮނެއް އަރުވާލަން ނުވާޅޭ
ލޯޔަރު އަލީ ސައީދު
17 July 2022
ސްކައުޓް ހަރަކާތަކީ ކިހިނެއް ކޮންގޮތަކަށް ކޮން މަޤްސަދެއް ހާސިލުކުރުމަށް އުފެދިގެން އައި ހަރަކާތެއްކަން އެއީ އެންމެން ދަންނަ ބޮޑު ހަގީގަތެއް.. ބުއްދިވެރީން އެ ހަރަކާތަށް ގަދަރުނުކުރާ ހިނދު ކިހިނެއްބާ ދެންތިބި މީހުން ތިޔަ ޔުނީފޯމަށް ގަދަރުކުރާނީ ..
ސްކައުޓުންގެ ޔުނިފާމް ވިއްޔާ!! ދެރަވެއްޖައިމު!
17 July 2022
މިއީ މުޅި ގައުމުގެ ހުރިހާ މުއައްސަސާ ތަކެއް ކަޅިހުއްޓޭވަރުގެ ކަމެއް! މާތް ކަލާކޯ! މާތްކަލާކޯ! މާތްކަލާކޯ! އެކަމަކު ވާ! ގޮއްވެސް ނާޅުވާ އެހުރީ! ޔުނިފޯމް ވިއްޔާ!!! އަޅެ ދެން އަވަހައް ގޮއްއަޅުވާ ފޮޓޯނެގިނަމަނު!! ސުޕްރީމް ކޯޓުގެ އަވަސް ބައްދަލުވުމެއް ބާއްވާފަ، އިންޓަޕޯލް އައް އަންގާ! އޭމީހާ ގަޑައް އެއްވެސް ތަނަކައް ދަތުރު ކުރެވިގެނެއް ނުވާނެ! މާތް ކަލާކޯ! މާތްކަލާކޯ!!!
ޑޮކްޓާރ. ބަނާނާ
17 July 2022
ޢަނެއްކާވެސް މިއޮތީ މަގޭ ބޯ "ބުރާންޓީޒް" ވާކަހަލަ ހަބަރެއް! މިފަދަ ހާދިސާ ތަކުން މިތަންތަނުގައި ތިއްބަވާ ބޮޑު މުސާރަ ނަންގަވާ ވެރިން ގެ ފެންވަރުވެސް ފެނިގެންދޭ! ޥަރަށް ސަލާމް!
ޒިޔާންން
17 July 2022
ޖޫރިމަނާ ކުރޭ!!! އީދުގަ މާލީ ނެރޭ މީހުން ހަމަޔަކަށް އަޅުވާނޭ ޕާޓީ އަކަށް ދެން ވޯޓް ދޭނީ!!! އީދުގަ ކުޅޭ ކުޅިވަރޭ ކިޔާފަ ޖަނަވާރުންނަށް ވުރެ ހުތުރު ސިފަ ޖައްސައިގެން ތިބެނީ.... ވަރަށް ހުތުރު، އެއްވެސް މަޖަލެއް ނޫން.... ބައެއް ރަށް ތަކުގެ މީހުންގެ ފެންވަރު ދަށީ ހަމަ...