ކޯޓު ރޫމެއް: ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ތިން މަހުގެ އަދަބަކަށް ވަނީ ބޮޑުކޮށްފައި --- ފޮޓޯ/މިހާރު
17 ޖުލައި 2022 - 12:20
ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު ތިން މަސް ދުވަހުގެ ޖަލު ހުކުމަކަށް ބޮޑުކޮށްފި އެވެ.
ކޯޓުތަކާބެހޭ ގާނޫނު ކުރިން އޮންނަ ގޮތުން ޝަރީއަތް ހިނގަމުން ދަނިކޮށް ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވެ ނުވަތަ ޝަރީއަތުގެ ނިޒާމާ ޚހިލާފުވާ ފަދަ އަމަލެއްކޮށްފި ނަމަ ޖަލަށްލެވޭނީ ގިނަވެގެން 15 ދުވަހަށެވެ. އަދި ގޭގައި ބަންދު ކުރާ ނަމަ ކުރެވޭނީ ގިނަވެގެން އެއް މަހަށެވެ.
އެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިދިޔަ މަހު ފާސްކުރިއިރު ކޯޓުގެ ހުރުމަތް ކެނޑުމުގެ އަދަބު އޮތީ ތިން މަސް ދުވަހުގެ ޖަލު ހުކުމަކަށް ނުވަތަ ގޭ ބަންދުގެ ހުކުމަކަށް ބޮޑުކޮށްފަ އެވެ. އެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިއަދެވެ.
ޖަލަށްލުމާއި ގޭ ބަންދުގެ އިތުރުން އެފަދަ ކަންކަމުގައި 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ކޯޓުތަކަށް އޮވެ އެވެ. އެކަމަކު ޖޫރިމަނާގެ އަދަދުތަކަށް މި އިސްލާހުގައި ބަދަލެއް ގެނެސްފައެއް ނުވެ އެވެ.
ކޯޓު ތެރޭގައި ފަނޑިޔާރާއި ދައުލަތުގެ ވަކީލުންނަށް އިންޒާރު ދީ އަދި ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުން ބައެއް މީހުން ޖަލަށްލާން މީގެ ކުރިން ހުކުމްކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ބަލީ
18 July 2022
ކޮބާހެ އަލީ ވަޙީދު! ޖަލުގަ އުތަ؟
ބަކުންބޭ
17 July 2022
ކޯޓްގެ ހުރިމަތް ކެނޑޭނީ ހަމައެކަނި ކޯޓްތަކަށް ހާޟިރުކުރެވޭ މީހުންގެ ސަބަބުން އެކަންޏެއް ނޫނެވެ. ފަނޑިޔާރުންގެ އަމަލުތަކަކީ ވެސް ކޯޓްގެ ހުރުމަތް މާބޮޑަށް ކެނޑިދާނެ ކަމަކެވެ. ފަޅޮލާ ބަރަބޮލަށް ގޮވުންފަދަ އަމަލުތަކަކީ ވެސް ވަރަށް ނުރައްކާތެރި ކޯޓްގެ ހުރުމަތް އަދި މުޅި ޕްރޮފެޝަންގެ އަގުވެއް ވެއްޓޭފަދަ ޢަމަލުތަކެވެ.
ޢިންނު މުހައްމަދު
17 July 2022
ދައުވާ ކޮށްފަ މައްސަލަތަށް ނުނިމި ކިތަށް މީހުންތޯ ކިތަށް އަހަރު ވެޖެތޯ ތިބޭތާ؟؟ އިންސާނުންނަށް ކުއް ކުރެވޭނެ..އޭގެ މާނައެއް ނޫން ދައުވާ ކޮށްފަ 3 ،4 އަހަރު ވަންދެން މައްސަލަ ނުނިމި ވާނުވާގަ ޖަލުގައި ތިބުން..މީހުންގެ ދިރިއުޅުން ބަރުބާދު ކުރާތަނެއް ތިީ..