ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރުން މުހައްމަދު ނަޝީދު މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: ބަންދު ކުރުމުގެ މިންގަނޑުތަކެއް ކަނޑައެޅިފައި ނެތުމުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުން ލިބުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވި - ފޮޓޯ: މަޖިލިސް
13 އޯގަސްޓް 2017 - 19:58
ކުށުގެ ތުހުމަތުގައި މީހުން ބަންދުކުރުމާ ގުޅޭ މިންގަނޑުތަކެއް ނެތި މީހުން ބަންދު ކުރަމުން ދިއުމަކީ ނުރައްކަލެއް ކަމަށް، ގާނޫނީ ވަކީލް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ)ގެ ބެލެނިވެރިކަމުގެ ޒިންމާއާ ގުޅޭގޮތުން ނަޝީދު އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން ޕީޖީގެ ޒިންމާއަކީ ހަމައެކަނި ޖިނާއީ ދައުވާތައް ކުރުމާއި އަނބުރާ ގެންދިއުމާއި މުރާޖާ ކުރުމެއް ނޫނެވެ. އިތުރު ދެ މުހިންމު ޒިންމާއެއް ވެސް ގާނޫނު އަސާސީން ޕީޖީއާ ހަވާލު ކޮށްފައިވާ ކަމަށާއި އެއީ ޖިނާއީ ތަހުގީގުތައް ހިންގަނީ ރަނގަޅަށްތޯ ބެލުމާއި ކުށުގެ ތުހުމަތުގައި މީހުން ބަންދު ކުރެވޭނެ ހާލަތްތައް މުރާޖާކުރުން ކަމަށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ނަޝީދު ލިޔުއްވާފައިވާ ގޮތުން ހުކުމް ކުރުމުގެ ކުރިން މީހުން ބަންދު ކުރެވޭނެ ހަތަރު ހާލަތް ގާނޫނު އަސާސީގައި ބުނެފައިވާއިރު އެ ސަބަބުތައް އިތުރަށް މާނަކޮށްދޭ މިންގަނޑުތަކެއް އެކުލަވާލުން މުހިންމެވެ. އެ ހަތަރު ހާލަތުގެ ތެރެއަށް ފެތޭނީ ކޮން ކަންތައްތަކެއް ކަން ބަޔާންކުރާ އުސޫލެއް ޕީޖީގެ ޒިންމާގެ ދަށުން ތައާރަފް ކުރުން މުހިންމު ކަމަށް އޭނާގެ ލިޔުއްވުމުގައި އެވެ.
"މިސާލަކަށް މީހަކު ހެކި ފޮރުވަން އުޅުން ކަމަށް ބެލިދާނެ ކަންކަމަކީ ކޮބައިކަން އެއީ އޭގެ ޒާތުގައި ދުރާލާ ކަނޑައެޅިދާނެ އަދި ލިސްޓް ކުރެވިދާނެ ކަންކަމެވެ. ހެކިބަސް ދޭ މީހާ އަށް ނުފޫޒު ފޯރުވަން އުޅުން ކަމަށް ބެލިދާނެ ކަންކަމާއި މުޖްތަމައަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލިދާނެ ކަންކަމާއި ކޯޓަށް ހާޒިރު ނުވެދާނެ ކަމަށް ބެލިދާނެ ކަންކަމަކީ ވެސް ހަމަ އެފަދަ ކަންކަމެވެ.،" ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް ބައެއް މެންބަރުން ބަންދުގައި ތިބޭތާ ގިނަ ދުވަސްތަކެއް ވެފައި ވަނިކޮށް ނަޝީދު ލިޔުއްވާފައިވެ އެވެ.
ސަރުކާރު ހިންގާ ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު ލިޔުއްވާފައިވާ ގޮތުން، ބަންދުކުރުމުގެ މިންގަނޑެއް ނުވަަތަ އެފަދަ އުސޫލުތަކެއް ނެތި މީހުން ބަންދުކުރާ ނަމަ، ބަންދު ކުރަންޖެހޭ ހާލަތެއް ނެތަސް ކިތަންމެ ކުޑަ ކަމެއްގައި ވެސް މީހުން ބަންދު ކުރުމުގެ ފުރުސަތު ލިބެ އެވެ. އެއީ ގާނޫނު އަސާސީގެ ރޫހާ ޚިލާފް ކަމެއް ކަން ފާހަގަ ކުރައްވައި، ނަޝީދު ލިޔުއްވާފައިވާ ގޮތުން އެފަދަ ކަންކަމުގެ ސަބަބުން އިއާދަ ނުކުރެވޭނެ ގެެއްލުން މީހުންނަށް ލިބުމުގެ ފުރުސަތު ބޮޑެވެ.
އޭގެ މިސާލެއްގެ ގޮތުން ނަޝީދު ފާހަގަ ކުރައްވާފައިވަނީ މީހަކަށް ދައުވާ ނުކުރިޔަސް، ލަނޑެއް ދިނުމުގެ ގޮތުން ދުވަސްތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށް ފުރުސަތު ލިބުމެވެ. އެ ފުރުސަތު އޮތުމުން، ގާނޫނު އަސާސީގައި މީހުން ބަންދު ކުރުން ހުއްދަ ކުރާ އިސްތިސްނާ ހަތަރު ހާލަތަށް އޮތް ޚާއްސަ އުސޫލު އެއީ އާންމު އުސޫލެއް ކަމަށް ހަދާލެވޭ ކަމަށް ނަޝީދު ސިފަ ކުރައްވާފައިވެ އެވެ.
"ހިތާމަވެރި ކަމަކަށް މިކަންވަނީ ކުށުގެ ތުހުމަތު ކުރެވޭ މީހާގެ މިނިވަންކަން ހުއްޓުމަކަށް އައިސް، ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި އޮންނަން ޖެހުމެވެ. އަދި ފަހުން އޭނާގެ ތަހުގީގު ނިމޭއިރު އެކަމުގައި އޭނާގެ މައްޗަށް ހެކި ނެތް ދައުވާއެއް ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ވެދާނެ އެވެ. ނުވަތަ އޭނާގެ މައްޗަށް ކާމިޔާބު ދައުވާއެއް ކުރެވޭ ވަރުގެ ހަކަތައެއް އެ ތަހުގީގުގައި ނެތިގެންދާ ދައުވާ ނުކުރަން ނިންމަފާނެ އެވެ." ޕީޖީ އަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައި ނަޝީދު އާންމުކުރެއްވި ލިޔުމުގައި އެވެ.
ނަޝީދުގެ ލިޔުއްވުމުގައިވާ ގޮތުން ޕީޖީގެ ދައުރު ފެށޭނީ ހަމައެކަނި ތަހުގީގު ނިމި، ދައުވާ ކުރަން ޕީޖީ އަށް ފޮނުވުމުންނެއް ނޫނެވެ. އެއީ ގާނޫނު އަސާސީން ކަނޑައަޅާފައިވާ އުސޫލުން ނޫން ކަމަށާއި ޖިނާއީ ހުރިހާ ތަހުުގީގެއްގެ ހުރިހާ މަރުހަލާއަކީ ޕީޖީގެ ދައުރު ފުޅާ ދާއިރާއެއްގައި އޮންނަ މަރުހަލާއެއް ކަމަށް އެ ލިޔުއްވުމުގައިވެ އެވެ.
"ތަހުގީގު މަރުހަލާގައި ބަންދު ކުރާ ނަމަ ބަންދު ކުރަނީ ބަންދު ކުރަން ޖެހިގެންތޯ، ބޭނުންވާ ނިސްބަތަކަށްތޯ ނުވަތަ އެކްސެސިވް ކޮށް ނުވަތަ އަންރީޒަބްލް ކޮށްތޯ ބެލުމާއި، ރަނގަޅު ގޮތުގައި ހިންގައި ނިންމާ ތަހުގީގުތަކުގެ މައްޗަށް ދައުވާ ކުރުމާއި ނުކުރުމާއި މި ހުރިހާ ކަމަކީ ވެސް ޕީޖީ އަށް ގާނޫނު އަސާސީން ހަވާލު ކޮށްފައިވާ އަދި ހަމައެކަނި ޕީޖީއާ ހަވާލު ކޮށްފައިވާ ބޮޑެތި މަސްއޫލިއްޔަތެވެ،" ނަޝީދުގެ ލިޔުއްވުމުގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ކަނޑައަޅާފައި ވަނިކޮށް އޭގެ އިތުރުން ގޮތްތަކެއް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރުމުގެ ކުރިން ވެސް އެކަމުގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ނަޝީދު ބްލޮގްގައި ލިޔުއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސޭލާ
14 August 2017
މިކަންކަމުގެ ޒިންމާ ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލިސްގެ މެމްބަރުން. އެއިން އެކަކަށްވެސް މިކަމުން ބަރީޢަނުވެވޭނެ. ސަބަބަކީ މަޖިލީހަށް ބިލެއް ހަމަހުށަހެޅޭއިރަށް ކޮންމެވެސް ހަދިޔާއެއް ހޯދައިގެން ވޯޓުދީ ނިންމަނީ. އެކަމުން ރައްޔިތުންނަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނަސް ވަރިހަމަ. އެންމެފަހުން އަމިއްލަ އަތުން ވޯޓުދީ ފާސްކޮށްފައިވާ ދެއުޅިއެއްނުވާ ޤާނޫނުގެ ނުބައިކަން ކުރިމަތިވެފައިމިވަނީ މަޖިލިސް މެމްބަރުންނަށް.
ޕީޖީ
14 August 2017
ހަމަ ފިޑީ ހަމަ ފިޑީ
ދުރުމި
14 August 2017
ތިހެން މާ ފުނނާބު އުސް ކަމަށް ހެދިގެން ހުސްއަނގަ ތެޅިއަކަސް ކަމަކު ނުދާނެ. ތިކަހަލަ ގާނޫނު ތައް ހަދަން ޖެހެނީ ތިމީހުން. ކޮންމެ މީހަކު ގާނޫނޭ ގާނޫނޭ ކިޔާފަ ރަޢްޔިތުންނަށް ފަޢިދާހުރި އެންމެ ގާނޫނެއްވެސް ނަހަދާ. ދެން ކޮން ވާހަކައެއް ދައްކާކައް.
އައި
14 August 2017
މި ލިޔުން ލިޔަންވީތާ ކިތަންމެ ދުވަހެއްވެއްޖެ. އަހަރުމެން މިތިބެނީ އެވެރިންނަށް ގާނޫނުގައިވާ އެއްޗެއް ކިޔަން ނުވަތަ މާނަކުރަން ނޭނގެނީ ކަމަށް ބަލައިގެން.
އައިމަން
14 August 2017
ޕީ.ޖީ. އަށް ދައުވާކޮށް، މިހާރު ކަންތައްތައް ކުރާގޮތުން އެކަމަށް ޒިންމާ އުފުުލުވާ، ބަންދުކުރާނެ ދުވަހެއް އަންނާނެކަން ޔަގީންވެއްޖެ.
ޖަމީ
14 August 2017
ބަންދު މާނަކުރަން އޭޖީ ފޮނުވާ ސުޕްރީމް ކޯޓަށް. ރައްޔިތުންގެ މަސްލަހަތުގައި މާނަކުރުންތައް ގެންނަން ފަޔަށް ހިނިއަރައިގެން ނުހުރެވިގެން ނުނިދިގެން ގާނޫނު އަސާސީ ކިހިލިޖަހައިގން މާނަކުރަން ސުޕްރީމްކޯޓު ދޮށްުގަ އެހުންނަވަނީ. އަވަހަށް ހަވާލުކުރޭ.
ޖާސިމް
14 August 2017
ރައީސް ނަޝީދު ވަނީ ޤާނޫނު ތަކާއި ޚިލާފަށް އެތަށް ބަޔަކު ހިފާ ހައްޔަރުކޮށް، ޖަލަށް ލައި ބަންދުކޮށްފައިނޫންތޯ؟ ޖަމީލަކީ މީގެ މިސާލެއް، މިއީ އެންމެން ދަންނަކަމެއް، ދިވެހިން ދުއް އެންމެ ކަމުނުދާ އެންމެ ވިޔާ ނުދާ ވެރިޔަކީ ރައީސް ނަޝީދު
ނޫންނޫން
14 August 2017
ޔާމީނުގެ ނުބައިކަމާ ޖެހުނީމަ ނަޝީދު ނުވި އެކައްޗަކަށްވެސް. ފަނޑިޔާރުގެއާ ތިޖޫރީއާ ވަޒީފާގެ ބިރުދެއްކުމާ ގައުމު ވިއްކުމާ ޕާޓީ އަތްދަށުލުމާ މިއިން އެއްވެސް ކަމެއްގައި ނަޝީދު ނުވި އެއްޗަކަށް. ނަޝީދާ ދެކޮޅަށް މުޒާހަރާވެސް ކުރެވުނު. މިހާރު މީޑިޔާއަކުން ބްލޮގަކުން ވެސް އެއްޗެއް ބުނެފިތަ؟ ވޮށްއަނދިރީގަ ނަމަވެސް ސަލާމަތެއް ނެތް.
ހިސްޓޯ ބްރޯ
14 August 2017
ތިބޭޅާ މިހާރު ތިޔަވާހަކަ ދެއްކުމުން އަޅުގަނޑު ހައިރާނެއްނުވޭ. ކުއްޓިގެ ދާއިރާއަށް ވޯޓްދޭ މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ 2019 ގައި ތިބޭޅޭ މިހިިސާބަށް ވޯޓް ހޯދަން ވަޑައި ނުގަންނަވައްޗޭ. ތިބޭޅާގެ ވޯޓްގެ ނިސްބަތް އަޅުގަނޑުމެން މިހާރު ކަނޑައަޅާފައިވާނީ ވަހީދު ޕަސެންޓޭޖުންނޭ.
ގަޅިބެ
14 August 2017
މ. އަތޮޅު އެއޮތީނު. އެތަންނުން ވޯޓްހޯދާކަށް ދައްޗެއްނުވާނެ.
އިބޫ
14 August 2017
ގާނޫނަށް ލޯބިކުރާ މެމްބަރުން އެބަތިބިކަން ހާމަ ވެއްޖެ. ނަޝީދު ގެ މި ބްލޮގް ވިޔު ތަކަށް ޝުކުރު.. ޕީޖީ އަކީ ސަރުކަރުގެ ޕަޕެޓަކަށް ވެގެންކަމަކު ނުދަނެ، ޒިންމާ ނަގަން ޖެހޭ. ޕީޖީ ކަމަނާ އަށް ދަންނަވާން އޮތީ މި ބްލޮގް ދެތިްނ ފހަހރު ވިދާޅުވެ ފަހުމް ވޭތޮ މަސައްކަތަ ކޮށްލައްވާ، ޕީޖީގެ ޒިްނމާ ނަންގަވާ ދެއްވާށޭ
އެލީ
14 August 2017
ޤައުމެއްގެ ޙާލަތު ދެން މިއަކަށްވުރެ ދަށަކަށް ދުވަހަކުވެސް ނުދާނެ ޙާލަތައް މިއަދު މިވަނީ ގޮސްނިމިފަ. މަޤާމްތައްދެނީ ތަޖުރިބާނެތް ޙިކްމަތެއް ނުދަންނަ ކުދިންނާ ސޮރުންނަށް. އެމީހުނަށް އެފަދަ މަޤާމްތައް ލިބުމުން ހީވަނީ ދުނިޔެ ރަންވާހެން. މުޅި ޤައުމުގެ އިޖްތިމާޢީ ފޭރާން ހަލާކުވެ މިދަނީ ތިޔަ މަޤާމްތަކުގައި ތިބި ވިޔާނުދާ ނުލަފާ، ގޮތަކުޑަ ރަހުމަކުޑަ ގޮތެއްފޮތެއްނެތް މީހުންގެ ސަބަބުން. ޢަދުލުއިންސާފު އެއީ ހިތައްއެރިގޮތެއްކަން ޤަބޫލްކުރާހިސާބަށް ހިނގައްޖެ. ފައިސާ އާ ޖާހަތައްޓަކައި ނުކުރާނެ ކަމެއްނެތް ހިސާބައްހިނގައްޖެ. ޒުވާނުންނޭކިޔައިގެން އެއުޅޭ ކަހަލަ މީހުން މިދުނިޔޭ މަދުޤައުމަކުން ނޫނީ ނުފެންނަކަހަލަ ބައެއް. އަޖައިބުވެ އަނތަރީސް ވެއްޖެ. ދީނީ ޢިލްމުވެރިއަކަށްވެސް އެއްވެސް އެއްޗެއް ބުނެލަން ނުކެރި އެތިބެނީ ލިބޭ އެއްޗަކަށް ދަހިވެތިވެގެން ނުވަތަ ބިރުން ދެފައިދަނޑިއަށް ސީލެވިފަ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މި އެންމެންނަށް އިނބަސުވާމީންގެ ހިދާޔަތު ދައްކަވާ މިޤައުމަކީ އިނބަރަސްކަލާންގެއަށް ބިރުވެތިވާ އަދި އެކަލާންގެއަށް ބަރާބަރަށް އަޅުކަންކުރާ ބައެއްކަމުގައި ލައްވާފާންދޭވް.