މަސްދަރު ހާމަ ކުރަން މަޖުބޫރުވާ ގޮތަށް އޮތް ހެއްކާ ބެހޭ ބިލު އަނބުރާ ފޮނުވާލަން ނޫސްވެރިންގެ ފަރާތުން ރައީސް އޮފީހަށް ޕެޓިޝަނެއް ހުށަހަޅަނީ--ފޮޓޯ: މިހާރު
18 ޖުލައި 2022 - 20:43
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ ހެއްކާ ބެހޭ ބިލް އިސްލާހްކުރަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިންގެ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވަނިކޮށް، އެ ބިލު ތަސްދީގުކުރުމުން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތްކަން އެނގިއްޖެ ކަމަށް ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
އެ ބިލް ތަސްދީގުކުރުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ 158 ނޫސްވެރިއަކު ސޮއިކޮށް، ޕެޓިޝަން ހުށަހަޅާފައިވަނިކޮށް، ބިލް ތަސްދީގު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއް ކަމަށެވެ.
"ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމުގައި މި ޖަމްއިއްޔާއިން ފާހަގަކޮށް އެކަމާ ހިތާމަކުރަމެވެ،" ހަ މަސް ފަހުން އަމަލުކުރަން ފަށާ ގާނޫނާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާ ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ހެއްކާ ބެހޭ ބިލް ތަސްދީގުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެ ގާނޫނުގައި މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުން އަދި ކަމެއް ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތް ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ ގާނޫނުން މީޑިއާތަކާއި ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތަކާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓުތަކަށް އެންގިދާނެ އެވެ.
ނޫސްވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް އޮތުމަކީ ނުފޫޒާއި ބާރު ހުރި ބަޔަކަށް އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އޭގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅި، ޖަލަށް ދާން ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީބެ
19 July 2022
ކާކުގެ ކޮންވާހަކައެއް ނުލިޔެވިގެންބާ މިއުޅެނީ.
މަސްވެރިޔާގެ ހުސޭނުބޭ
19 July 2022
ކާކުގެ އަބުރެއް ނަގާނުލެވިގެންބާ އޭރު ރޯ މަސްތަކެއް ތެޅޭހެން ތެޅުނީ ނޫސްވެރިކަމުގެ މިނިވަންކަމޭ މާއްދާ ހަތށވީހޭ އޮނަތިރީހޭ ނަވާހައްޓިއޭ ކިޔައިގެން. މިހާރު ނޫސްވެރިކަމުގެ މިނިވަންކަމަށް އައި ހަމަލާ ކުޑައީބާ ހެވިފަ އޯކޭ ކިޔާލަކިޔާލާ ތިތިބެނީ؟!! ގޭސްހޮޅި ބަންދުކޮށްލަފާނެތީ ބިރުން އުތަ؟ ތިހެންވީއިރު ރަގާޅުވާނީ ނޫސްވެރިކަމުގެ މިނިވަންކަމޭ ނުކިޔާ ހަމަ މަހަށް ދިޔައްޔާ. އޭރުން ހުރިހާ މައްސަލައެއް ހައްލުވީނުން؟!!!
މަމިބުނީ
19 July 2022
އެއްވެސް މީހަކު ޝުކުރުވެރި ވުމުގެ ބަހެއް ބުނާތީ ނުފެނޭ ފެންނަނީ ލިބޭވަރު މަދުވެގެން އުޅޭތަން މިނިވަންކަމަކީ ކިހާހިސާބަކަށް ފެށޭ ކިހާހިސާބަކަށް ނިމޭއެއްޗެއްތޯ ބަލާލަން ޖެހިއްޖެއެވެ
އުދުހޭ
19 July 2022
އެމްޑީޕީގެ އަމަލުތަކުން ފެންނަނީ ކޯޓުތުގައި ސިޔާސީކަންކަން އަޑިއަޑިކުން ކުރެވޭގޮތަށް މަގުފަހިކުރަމުންދާތަން. ނޫސްވެރިނަށް ނުވަދެވޭ ގޮތަށް ޝަރީއަތް ހިންގުމަކީވެސް ކުރިން މިގޮތަށް ކޮށާފަ އޮތް މަގެއް، އޭގެ ބޭނުން ރަގަޅުގޮތުގައި ހިފިވަރަށްވުރެ ނާޖާއިޒް ފައިދާއަށް ބޭނުންކުރިވަރު އިތުރުކަމަށް ވިސްނޭ.
އަސް
19 July 2022
ތެދު ހަބަރު ގެންނަންޏާ މައްސަލެއް ނެރެއްނު މަސްދަރު ބޭނުންވާ އިރަކު ދޭނީ
އުދުހޭ
19 July 2022
ލިވާތުކުރުމުގެ މައްސަލަ ލިޔާނީ ކިހިނެއްތޯ؟ އެ ބެލުމަކީ ކުށެއް. މިގާނޫނު ހެދުމުގެ ސަބަބަކީވެސް އެފަދަ ކަންކަން ފޮރުވުންކަމަށް ވެދާނެ.
މަޖިލިސް
19 July 2022
ނޫސްވެރިން މީސްމީހުންގެ އަބުރު ނަގާލާހޮތައް ލިޔާލޔުންތަކާއި ކަނޑައެޅިގެން ފިުތުނަ އުފެދޭގޮތައް ލިޔާ ނޫސްވެރިން ޒިންމާކުރެވޭނެ ގޮތެއް ނުވަތަ އެމައްސަލަތައްބެލޭނެގޮތެއް އަދި އަބުރު ގެއްލުނުމީހާއަށް ބަދަލުނެގޭނެ އުސޫލެއް ހަދާ މީޑިއާ ކައުންސިލުން އާއްމުކޮށްދެއްވަފާނުތޯ؟
ދޮންހުސޭނުު
19 July 2022
ބުނަން މި އުޅެނީކީ ހުރިހާ ނޫސްތަކާ ނޫސްވެރިންގެ ވާހަކައެއް ކަލޭނޭ! އެކަމަކު ގައުމު މިއަދު މިއޮތް ފިތުނައިގެ ހާލަތުގައި ނޫސްވެރިންގެ ދައުރު އޮތީ ކޮންލެވެލެއްގައިތޯ އަމިއްލައަށް ވަޒަންކޮށް. ނޫސްވެރިކަން ކުރަނީ ވަކި މާއްދާއެއް ޕްރޮމޯޓުކުރަންތޯ ނުވަތަ އަމިއްލަ އެޖެންޑާއެއް ފުރިހަމަކުރަންތޯ ބަލަން ރިވިޒިޓެއް އެބަޖަހަންޖެހޭ. މަސްދަރުގެ ބޮލަށް ކަނޑާލާފަ ފިތުނައިގެ ކިހާ އަލިފާނެއްތޯ ރޯކުރީ ވެސް ހިސާބެއް ހައްދަވާ އަމިއްލަފުޅަށް. ވަރަށް ސަލާމޭ.
ޖަމީލުބެ
19 July 2022
އެއްވެސް ހައްދެއް ނެތް ނޫސްވެރިކަން އޮންނަނީ ކޮން ގައުމެއްގަތަ؟
އިބްރ
19 July 2022
އެއްވެސް ޙައްދެއްނެތް ނޫސްވެރިކަން ކަށަވަރުވާންޖެހެނީ އެމްޑީޕީ އިދިކޮޅުގައި އޮންނައިރު އެކަނި. އޭރުންތާ އެއިރެއްގައި ވެރިކަމުގައި ހުންނަވާ ބޭފުޅެއްގެ މަސް މުޅަކޮށް ކާލެވޭނީ.
ޢިބްރާހިމައެކު
18 July 2022
ޢަދި އެއް.ސެލްފީ ނަގާލާ ގޮސް
އަލީ އަސްފާގު
18 July 2022
ނޫސްވެރިކަމުގެ މިނިވަންކަން ނަގާލީ ރާއީސް ޔާމީން. ޔާމީނުގެ ވެރިކަމުގަ ދި ޓީވީގެ ހުރިހާ ޗެނަލަކާއި ހަވީރު ނޫހާއި ކިތަންމެ ޗެނަލެއް ބަންދުކުރި އަދި ޓީވީ ޗެނަލްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަންފެށި. ހަވީރުނޫސް ބަންދުކުރި ދުވަހަކީ ދިވެހި ނޫސްވެރިކަން ކަފުން ވެގެންދިޔަ ދުވަސް. ހަވީރު ނޫހަކީ ހަގީގަތުގަ ނޫސްވެރިކަމެއް ކުރި ހަމަ އެކަނި ނޫސް. މިހާރުގެ ނޫސްވެރިންނަކީ ސިޔާސީ މީހުންގެ ޕަޕެޓުން، ތަފާތަކީ ނޫސްވެރިކަމުގެ ފާހެއް އޮންނަކަން.
މުހައްމަދު.
18 July 2022
ފުރަތަމަ ކުރަންވީ ފުރިހަމަ ދިވެހިބަހުން ޝައްކާއި ނުލައި ހުރިހާ ރައްޔިތުންނަށް އެގޭ ވަރަށް ޓެރަރިޒަމް އާއި ގައުމީ ސަލާމަތަކީ ކޮބައިކަން ގާނޫނުގައި ލިޔަން. ނުރުހޭ ރައްޔިތަކަށް އަނިޔާއެއްދޭންވީމާ ކޮންމެކަމަކީ ކުށަކަށް ވެގެންނުވާނެ.