ހުޅުމާލޭ ދެ ވަަނަ ފިޔަވަހީގައި ފްލެޓްތަކެއް އަޅާފައި- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
25 ޖުލައި 2022 - 19:23
މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އާއްމުންނަށް މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދަން އެމްޑީޕީން ނިންމައިފި އެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީން މިއަދު ކުރި އިއުލާނެއްގައި ބުނީ، އެމްޑީޕީގެ އެންމެ އިސް އެއް ވައުދު ކަމަށްވާ ރައްޔިތުން ގެދޮރުވެރި ކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ހުޅުވާލާފައިވާ ގޯއްޗާއި ފްލެޓަށް ކުރިމަތިލާން އެހީތެރިވުމަށް މިރެއިން ފެށިގެން ކޮންމެ ރެއަކު 8:00 އިން 10:30 އަށް ސެޝަންތަކެއް އޮންނާނެ ކަމަށެވެ.
އެ ސެޝަންތައް އޮންނާނީ ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހައިގަ އެވެ.
އެކަމާ ގުޅޭ އިތުރު މައުލޫމާތު 7219897 ނަމްބަރަށް ގުޅުމުން ލިބޭނެ ކަމަށް އެ ޕާޓީން ބުނެ އެވެ.
ހުޅުމާލެ އިން 1،000 ގޯއްޗަށާއި ގުޅިފަޅުން 2،000 ގޯތި އަދި ހުޅުމާލޭގައި އިމާރާތްކުރާ 4،000 ފްލެޓަށް ކުރިމަތިލުމަށް ހުޅުވައިލީ މިދިޔަ މަހުގެ 29 ގަ އެވެ.
ޕްލޭނިން މިނިސްޓްރީގެ "ގެދޮރުވެރިޔާ" ޕޯޓަލް މެދުވެރިކޮށް، މިހާތަނަށް ގޯއްޗާއި ފްލެޓަށް އެދި 4،061 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައި އެވެ. އެ ފުރުސަތަށް އެދި އަންނަ ސެޕްޓެމްބަރު 26 ވަނަ ދުވަހާ ހަމައަށް ކުރިމަތިލެވޭއިރު، އަންނަ އަހަރުގެ ތެރޭގައި ގޯތި ލިބޭ މީހުންނަށް ރަޖިސްޓަރީ ހަވާލުކޮށް އަދި ފްލެޓް ލިބޭ މީހުންނަށް ލިޔުން ހަވާލުކުރާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ގޯތި ދިނުމުގެ އުސޫލުގައިވާ ގޮތުން މާލެ އިން ގޯތި ދޫކުރާނީ އެއްވެސް އިރެއްގައި މާލެ ނޫން އެހެން ރަށެއްގައި ރަޖިސްޓަރީ ނުވާ މީހުންނަށެވެ. އަދި ދަފްތަރުގައި ތިބި މީހުންގެ ތެރެއިން އެހެން އެއްވެސް ރަށެއްގެ ރަޖިސްޓަރީގައި ނެތް މީހުންނަށް ވެސް ގޯއްޗަށް ކުރިމަތިލެވޭނެ އެވެ. އެ ސްކީމުގެ ދަށުން ދޫކުރާ ގޯއްޗެއްގެ އެންމެ ކުޑަ މިނަކީ 1،225 އަކަފޫޓެވެ. އެކަމަކު އާއިލާގެ މެމްބަރުންނާ ބައިވެރިވެގެން ޖޮއިންޓް އެޕްލިކޭޝަން ހުށަހަޅާ ނަމަ އެކަކަށް ވުރެ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު އިތުރުކުރެވޭނެ އެވެ. އެގޮތަށް 4،000 އާ ހަމައަށް ގޯތީގެ އަކަފޫޓު އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ އެވެ.
މާލެ އިން 40 އަހަރު ފަހުން ހިލޭ ގޯތި ދޫކުރަން ހުޅުވައިލިއިރު އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލާމަސީލު
26 July 2022
މާލެ ދަފްތަރުގަ އޮންނަތާ 25 އަހަރު ވީމީހުންވެސް މާލެއިން ގޯއްޗަށް ލުމަށްވޝަރުތު ފުރިހަމަ ނުވާނަމަ ވޯޓް ހަންދާން ނައްތާލާ. ކުލިލިބޭ މާލެމީހުން ކަލޭމެނަށް ވޯޓް އަޅާފާނެތާދޯ. ދަފްތަރު މީހުންނާ ކުޅެގެން ނިކަން ގިނައިން ވޯޓް ލިބޭނެ.
ލ.އަތޮޅު
26 July 2022
އެމް.ޑީ.ޕީ އިން ތިކަންކުރަން އުޅެންޏާމު ތިއުޅެނީ ނުބައެއް...އަސްލު ތިއުޅެނީ ފޯމް ލީމީހުނާއި އަދި ފޯމް ލާމީހުންގެ ތެރެއިން އެމީހުންގެ ޕާރޓީމީހުން ޔަގީންކޮށްފަ އެމީހުނަށް ގޯއްޗާއި ފުލެޓް ދޭން ތިއުޅެނީ ނުބައެއް..ތިކަން ނުވިޔަސް ތިކަން ހުއްޓާލަން ގޮވާލަން......މިހާރު ކޮންމެ ގޭބިސީއަކީވެސް ތައުލީ ހެޔޮމިންގަނޑެއް ހުރި ގޭބަސީއެއް، އެހުންކަމުން ތިކަން ނުވެއެއްނުދާނެ.......
ވަހީދު
26 July 2022
ސައުދީ ސަރުކާރުން ހަދިޔާ ކުރި ކަދުރުގެ ތެރެއިން ބައެއް ކަދުރު އަމިއްލަ ޖަމިއްޔާއަކުން ( ރައީސް ޔާމީނުގެ އަނބިކަބަލުންގެ ) ބެހުމުން މައްސަލައަކަށް ހެދި މީހުން، ރަނަށްވުރެ އަގުބޮޑު ގޯތި ބަހަން އެހީމިވަނީ. ތިބޭފުޅުންނަށް މިކަން މައްސަލައަކަށް ނުވޭތޯ؟
އައިކްކާ
26 July 2022
ބެސްޓް... ދާނަން މައުލޫމާތު ހޯދާ ލާން... ކުޑަކޮށް އޮޅުން އަރާ ތީ ގޯއްޗަށް އެޕްލައި ނުކުރެވިގެން މިއުޅެނީ... ވަރަށް މުހިންމު، ފައިދާހުރި ކަމެއް... ޝުކުރިއްޔާ އެމްޑީޕީ...
މަބުނަންތަ
26 July 2022
ޕުލެޓު ކޮޅެެއްވެސް އަޅާ ނުލެވުމު ޕާޓީއެއް މިފަހަރު
ދޮންބެއަލީ
25 July 2022
ރަށް ރަށުގެ ލޭންޑް ޔޫސް ޕުލޭން ފާސްނުކޮށް ގޯތިދިނުން ހުއްޓުވާފައި މާލޭ ޕުލޭނިން މިނިސްޓުރީއިން ކޮން ހަޑިއެއްތަ މިހާވަނީ މުޅި ރަށްފުށުގެ ތަރައްޤީ މިހުއްޓުވަނީ ސުލޯމިނިސްޓުރީއިން .ހުރިހާ ކަމެއް ކެންސަލް ކުރަނީ ..
ޛުުުހހގގ
25 July 2022
ލިޔުން ދޯ ދެނީ. އެހެންވީމަ ދެން އަންނަ ސަރުކާރުން އެލިޔުން ބާތިލްކޮށްފަ އެމީހުން ބޭނުން ބަޔަކަށް ދޭނެ. މިދިޔަ ސަރުކާރުން އަހަންނަށް ފްލެޓް ދިން ލިޔުން ލިބުނު. މިސަރުކާރުން އެންމެ ޕޮއިންޓެއްގެ ތަފާތުން ފްލެޓް ކަޓުވާލީ. މިފަހަރު ލިޔުން ލިބުނަސް މިސަރުކާރަށް ވޯޓެއް ނުދޭނަން.
އަސްލު
25 July 2022
މިއުޅެނީ މާލޭ ސިޓީ ކައުންސިލުން, ގޯއްޗަށާއި ފްލެޓަށް ފޯމްލާން އެހީތެރިވާނެ ކަމަށް ބުނުމުން އެހެންވެގެން. ދެން މާލޭ މީހުން ތި މަކަރުވެރި ޕާޓީއަކަށް ވޯޓެއް ނުލާނެ. އިން ޝާ ﷲ
ކިރު ސައި
26 July 2022
އިންސާފުން އެއްކިބާވާ އިރު ކޮބާތޯ ބޭފުޅާގެ އީމާންތެރިކަން.
އަމިއަލަ ރަށުގައި ބޮޑު ހިއްކިބިމެއް އޮވެ ގޯތި ނުލިބިގެން އަމިއްލަ ރަށުގައި ކުއްޔަށް ދިރިއުޅޭ ރާއްޖެތެރޭ މީހާ
25 July 2022
މާލޭ މީހުންނަށް މާލއެިން ގޯތި ދޭގޮތަށް އަތޮޅުތެރޭގައި ގޯތިދޭން ހިއްކާފަ ހުރި ބިންތަކުން ގޯތި ނުދޭން ތިއެމްޑީޕީ ސަރުކާރުން ތިއުޅެނީ ރާއްޖެތެރޭ މީހުން ނިކަމެތިވީމާތަ. މާލޭ މީހާއަށް ވެސް ދެވޭނީ 1 ވޯޓު ރާއްޖެތެރޭ މީހާއަށް ވެސް ދެވޭނީ އެންމެ ވޯޓެކެވެ
ޝަރީފްބެ
25 July 2022
ގދ.ހަވަރު ތިނަދޫ ކައުންސިލުން ކަރުން ނާރު ފުއްޕާފަ އެކިޔަނީ އިބޫގެ އޯޑަރަށް މިނިސްޓަރު އަސްލަމު އަންގައިގެންނޭ ހަވަރު ތިނަދޫއިން ގޯތިނުދީގެން އުޅެނީ. އެތަނުން ގޯތި ނުދީ ބޭއްވީމާ މިނިސްޓަރު އަސްލަމުއާއި ރައީސް އިބޫ ހީކުރީ އަމިއަލަ ޒާތުގައި އެތާގައި ފުލެޓާއި ރޯހައުސްއެޅި އެތަންނަށަ ދިރުން އަންނާނެކަމަށްތަ.