ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް މާލޭ މަސްވެރިންގެ ޕާކުގައި ހެދި ޓާމިނަލް: އެތަން ބޭނުންކުރަން ފެށުމުގެ ކުރިން ހުރީ ހަލާކުވެ މަރާމާތުކުރަން ޖެހިފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
28 ޖުލައި 2022 - 15:48
ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންނަށް ހާއްސަކޮށް މާލޭގެ މަސްވެރިންގެ ޕާކުގައި ހެދި ޓާމިނަލް ބޭނުންނުކުރެވި އުޅެނިކޮށް، އެ ތަން ހަލާކުވެ މަރާމާތުކުރަން ޖެހިއްޖެ އެވެ.
ކްރޫޒް ލައިނާތަކުން އަންނަ މީހުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނެއް ނެތުމުގެ ކަންބޮޑުވުން އިންތިހާ އަށް ބޮޑުވެ، 2019 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންގެ ޕާކުގައި ޓާމިނަލެއް ހަދައި އެ ތަން ހުޅުވުމަށް ތާރީހެއް ވެސް އޭރު އިއުލާންކުރި އެވެ.
އެކަމަކު ތާރީހު ފަހަނައަޅައި ގޮސް، އެންމެ ފަހުން ކޮވިޑް-19 ގެ ބަލިމަޑުކަމާ ހުރެ އެތަން ޓޫރިސްޓުންނަށް ބޭނުންކުރެވޭ ގޮތެއް ނުވި އެވެ.
އެމްޑަބްލިއުއެސްސީގެ ސީއެސްއާރު މަސައްކަތެއްގެ ގޮތުގައި ހެދި އެ ތަން ހިންގުމަށް މާލޭ ސިޓީ ކައުންސިލަށް ހަވާލުކުރިއިރު ވެސް އެ ތަން ބޭނުންނުކުރެވި ހުރީ ވަރަށް ބޮޑަށް ހަލާކުވާން ފަށައިފަ އެވެ.
އެކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެ ތަން އޮތީ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ބެލުމުގެ ދަށުގައި ކަމަށެވެ. ސިޓީ ކައުންސިލާ، ޓާމިނަލް ހަވާލުކޮށްފައި ވަނީ މީގެ މަސް ދުވަސް ކުރިން ކަމަށާާއި އޭރު އޮތީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުންނުކުރެވޭ ފަދަ ހާލަތެއްގައި ކަމަށް ކައުންސިލުން ބުންޏެވެ.
ކްރޫޒް ލައިނާ ޓާމިނަލް ބޭނުންކުރަން ފެށުމުގެ ކުރިން ހުރީ ހަލާކުވެ މަރާމާތުކުރަން ޖެހިފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
ކައުންސިލުން ބުނީ، ބަޖެޓް ހަމަނުޖެހުނުހާ އަވަހަކަށް ޓާމިނަލް މަރާމާތުކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"...ހަވާލުވިއިރު އެތަން އޮތީ ވަރަށް ބޮޑަށް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ވާތީ، ބަޖެޓް ހަމަޖެހުނުހާ އަވަހަކަށް އެތަން ރިނޮވޭޓް ކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ،" ކްރޫޒް ލައިނާ ޓާމިނަލްއާ ގުޅޭ ގޮތުން ސުވާލުކުރުމުން ކައުންސިލުން "މިހާރު" އަށް ބުންޏެވެ.
ކްރޫޒް ލައިނާތަކުން އަންނަ ޓޫރިސްޓުންނަށް މާލޭގައި މަޑުކޮށްލެވޭނެ ރަނގަޅު ތަނެއް ނެތްއިރު ޓޫރިސްޓުން ފާހާނާ ކުރުމަށް ދާން ޖެހެނީ ވެސް އޮފީސްތަކާއި ފިހާރަތަކަށެވެ.
އެހެންވެ، އަށް ފާހާނާ އާއި ފެންވެރޭނެ އިންތިޒާމުތަކުގެ އިތުރުން އެ ޓާމިނަލް ހެދީ ގެސްޓުންނަށް މަޑުކޮށްލައިގެން ތިބެވޭނެ ތަނަކާއި ލައުންޖެއް ވެސް ހިމެނޭ ގޮތަށެވެ. ޓާމިނަލްގެ މަތި ވެސް ހަދާފައި ވަނީ އިށީނދެގެން ތިބެވޭ ގޮތަށެވެ. އެ މަސައްކަތްތަށް 2.5 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކުރިން ކައުންސިލުން ބުނެފައިވާ ގޮތުގައި އެ ޓާމިނަލަކީ އެއް ފަހަރާ ގާތްގަނޑަކަށް 150 މީހުންނަށް ހިދުމަތް ހޯދޭނެ ތަނެކެވެ.
ކްރޫޒްލައިނާތައް އަންނަން ފެށިއިރު މާލެ އަށް ފޭބޭނެ އިންތިޒާމުތަކެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ކްރޫޒް ލައިނާތަކުގެ އެޖެންޓުން ފާޅުކުރި އެވެ. ކޮވިޑްގެ ކުރިން ކޮންމެ އަހަރެއްގެ ފަހުކޮޅާއި އަހަރު ފެށޭ ދުވަސްވަރު މާލެއަށް ގިނަ އަދަދެއްގެ ކްރޫޒްލައިނާތައް އަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލެއްގިކޮމިޝަނަރ
30 July 2022
ތީ ކުރޫޒްލައިނާރ ޓާމިނަލެއްތޯ ނޫނީ އަލީ ވަހީދު ވިޔަފާރި ކުރުމުގެ ނިޔަތުގައަޅާފަ ހުރި ކެފޭއެއްތޯ؟
ހުސްނޫނު
29 July 2022
ތިޔަތަން މަރާމާތު ކުރުވަން ޖެހޭނީ ހެލްތް މިނިސްޓަރީ ބަޖެޓުން. ތިޔަ ތަން ބޭނުންކުރީ އެޗް،ޕީ.އޭ މީހުން. ޤައުމުތަކުން ބޯކޮށް ފައިސާ ދީފަވޭ ނޫންތޯ.
ޟުހައިލް
29 July 2022
ސިޓީ ކައުންސިލުން އެއްވެސް ވަރަކަށް ތަންތަން މަރާމާތުކޮށް މެއިންޓެނެންސް ނުކުރާކަން ތީގެން އިންގޭ....ސީ.އެސް.އާރގެ ދަށުން އާރޓފިޝަލް ބީޗްގަ ހަދާފަ ހުރި ނުކުޅެދޭ މީހުންގެ ޗޭންޖިންގް ރޫމްގަވެސް އެއް އަހަރުވީ އިރުވެސް ވަރުނީސްކޮޅެއްވެސް ހާކާނުލެވިގެން އެ އުޅެނީ...
އަމާ ފަރަށް ދިއުން
28 July 2022
ކުރޫޒުލައިނާ ތަކުން އަންނަނީ އުމުރުން ދޮށީ މީހުން. އެމީހުންނަށް ހަދާފައި ކުރިތަން ބަލާލި މީހަކަށް އެނގޭނެ މިމީހުން ކަންކަމާއި މެދު ވިސްނާގޮތް.
ށަވިޔަނި
28 July 2022
ބޭނުން ކުރަން ނުފެށިއަސް ތަން ހެދި މަގްސަދު ހާސިލުވެއްޖެއްޔާ ރަނގަޅުވާނެ. މުއިއްޒު ޕާކިން ކުރާ ތަންތަންވެސް ތިކަހަލަ ގޮތަކަށްހެދި. އެތަންތަން ރޫޅާ ނަގަންވެސް ޚަރަދު.
ސާލިހުބެ
28 July 2022
މުއިއްޒު ހެދިތަނެއްނޫން.
ފިށާރި
28 July 2022
ކުރޫޒު ބޯޓު މާލެޔަށް ގެންނަ މީހުންލައްވާ މަރާމާތު ފަންޑު ކުރުވަ ބަލަ! އަހަރުމެން ޓެކުސް ލާރިން އެކަން ނުކޮށް. އެއީ ނު ރަނގަޅު ދެކޮޅުޖެހޭ ގޮތަކީ
ކުލާކީ
28 July 2022
އިހުމާލުވި ފަރާތްތައް ޖަވާބުދާރީ ކުރުވަބަލަ. ކިހާ ބޮޑު ކަމެއް.
ލޮލްސް
28 July 2022
ނަންވާނީ މުއިއްޒު ދެއްތޯ؟
އެމްސް
28 July 2022
ސީއެސް އާރު ދަށުން ހިންގެން ވާނީ ޖަމާޢަތަށް ކޮށްދޭ ކަންކަން! ތިޔައީ ފަތުރުވެރިކަމާއި ގުޅުންހުރި ބޮޑު ވިޔަފާރިއެއް! ބީއެމްއެލްއިންވެސް ކޮންމެ އަހަރަކު 300 މިލިޔަން ތިގޮތުގަ ޚަރަދު ކުރާކަމަށްވޭ! ޖަމާޢަތަށް އެއްވެސް ފައިދާއެއް ވޭބާ؟