ވަކީލް ނާޒިމް ސައްތާރު: އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި އޭނާ ހައްޔަރުކުރަން ފުލުހުން ދަނީ މަސައްކަތް ކުރަމުން --- ފޮޓޯ/މިހާރު
28 ޖުލައި 2022 - 17:49
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރަން މިއަދު މެންދުރުފަހު ފެށިއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ ވަކީލް ނާޒިމް ސައްތާރު ރިސޯޓަކަށް ފުރައިގެން ހިނގައްޖެ އެވެ.
ބިދޭސީއަކާއެކު ގިނަ ދިވެހިންތަކެއް އެއްޖިންސުން ގުޅުން ހިންގި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމުގެ އޮޕަރޭޝަންގައި ފުލުހުން މިއަދު ވަނީ ބައެއް މީހުން ހައްޔަރު ކޮށްފަ އެވެ.
އެ މައްސަލާގައި ތުހުމަތު ކުރެވޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ހައްޔަރުކުރަން ކޯޓު އަމުރު ހޯދުމާ އެކު، އޭނާ މާލެއިން ފުރައިގެން ރިސޯޓަކަށް ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާ ހޯދުމަށް ފުލުހުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް އެނގިފައިވެ އެވެ.
އެ މައްސަލައާ ގުޅިގެން އޭނާ ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް، އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓައިފަ އެވެ. އޭނާގެ އިތުރުން އެ މައްސަލާގައި ދެން ތުހުމަތު ކުރެވޭ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) މިއަދު ވަނީ ހައްޔަރުކޮށްފަ އެވެ.
އެ މީހުންނާ އެކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ ބަންގްލަދޭޝްގެ އަލަމްގީރް މި މަހުގެ 12 ގައި ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ބަންދުގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލަމްގީރު ބިން ރަދީފް
29 July 2022
ޚަބަރުގެ ސުރުޚިގަ މިހެން ޖެހޭނެބާ!!! މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރުކަމުން ހޯދަން ފެށުމުގެ މާ ކުރިންވެސް ނާޒިމް ތި ރިސޯޓަށް ގޮސް ހުރެދާނެ. ޙަގީގަތެއް ނޭގެ އެކަމަކު ހޯދަން ފެށިފަހުން ފުރައިގެން ދިޔަނަމަ ފިލީކަމަށް ލިޔެވިދާނެ. ކޮންމެ ގޮތެއްވިޔަސް އެވީޑިޔޯއިން ނާޒިމް އަލަމްގިރި ކައިރިޔަށް ދިޔަކަން އެބައެގޭ.
ރަތްބެ
29 July 2022
ކީއްވެ ނުޖެހެންވީ، މަސްދަރު ހާމަ ކުރާކަށް ނުޖެހޭނެ. 10 ޖަމިއްޔާ އެތިބީ ނޫސްވެރިންގެ ހިމާޔަތުގަ.
ބެރީސް
28 July 2022
ހަގީގަތުގައިވެސް ފިލީ ނޫންނަމަ އެއީ ގީބަ. ގީބަ އަކީ ދިވެހިން ވަރަށް ލުއިކޮށް ނަގާއެއްޗެއް. ނަމަވެސް ގީބަ އަކީވެސް ހަރާމްކަމެއް.
ބޯހަލާކު ހުވާ
28 July 2022
އަލަމްގިރި ދޯ.....ޕިސްޕިސް
އިބްރ
28 July 2022
މީނަގެ ވަކީލުކަމުގެ ހުއްދަ ބާތިލު ނުކުރޭބާ!
ކޮރަލް
28 July 2022
ކަމެއް ނުކުރާ ނަމަ ފިލަން ޖެހޭ ސަބަބެއް ނެތެވެ.
ގެދާނޯމޮސް
28 July 2022
ފުލުހުންނަށް ފިލޭނީ ސިޔާސީ މީހަކު އަޑީގައިހުރެގެންނެވެ. ހުރި ރިސޯޓެއް ނޭންގޭ ކަމުގަ ދެންފުލުހުން ކިޔަކިޔާ ތިއްބާ އެންމެ ރައްޔިތެއްގެ މަޖިޅީހުގެ އިދާރާއިން ދެން ފުރުވާލާނީ ރާއްޖޭން ބޭރަށެވެ.
ބަތަލާ
28 July 2022
ތިކަން އެންގި ގޮތަކަށް އަންގައި ފިލާނެ ޗާންސް ދީފައި އޮންނާނީ. ބޭބެފުޅު ޚަަރަދު ކުޑަކުރަން ސީޝެލްސްގެ ހުރިހާ ބަސްސްޓޮޕަކަށް ޒިޔާރަތްކޮށްފައި ޑުބާއީއަށް ގޮސް އެތާގައި އަރާމުކޮށްފައި މިހާރު ރައްޓެހިންނާ ބައްދަލުކުރަން ޔޫކޭއަށް ކަނޑާލީ. މިއީ ﷲ އަށްޓަކައި ބުނާ ތެދެއް. ޙަގީގަތް ހޯދާ.
މަކުނު
28 July 2022
ގަނޑުވަރު ނާޒިމް އަށްވެސް ޤާނޫނޫންގެ ދިގު އަތް ފޯރާނެ ދުވަހަކަށް ގިރިގިރިތައް ފިޔަވައި އެހެން ދިވެހިން އިންތިޒާރުކުރެއެވެ.
ކުރާާށޭކުރާށޭ
28 July 2022
ކެނެރީގެ ނާޒިމް ފިލާފާނެއޭ ސީޝެލްސް އިން ކަނޑުބޯޓެއް ގެނެސްގެން ވެސް އޭނާ ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ ކެނެރީގެ ނާޒީމް ހައްޔަރުކުރޭ
ޟާނު
28 July 2022
ސިފާ ހައްޔަރު ނުކުރޭތަ