05 އޯގަސްޓް 2022 - 07:34
ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ސްވިޑްން އާއި ފިންލޭންޑުން ހުށަހަޅާފައިވާ ހުށަހެޅުން، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ މަތިގެ، ސެނެޓުން އިއްޔެ ފާސްކޮށްފި އެވެ.
ޖުމްލަ 100 މެމްބަރުން ހިމެނޭ ސެނެޓްގައި އެ ދެ ގައުމުގެ ހުށަހެޅުމަށް ވޯޓަށް އެހުމުން، ހާޒިރުވެ ތިއްބެވި 95 މެމްބަރުންގެ ތެރެއިން، އެ ދެ ހުށަހެޅުމަށް 95 މެމްބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ. ނޭޓޯގައި ގައުމެއް ބައިވެރިވުމަށް އެދި ހުށަހަޅާ ހުށަހެޅުމަށް ސެނެޓުން ފާސްވާނީ، ޖުމްލަ މެމްބަރުންގެ ތިން ބައިކުޅަ ދެ ބައިގެ (67 މެންބަރުން) އަޣުލަބިއްޔަތު ލިބިގެންނެވެ.
ނޭޓޯގެ މެމްބަރުކަން ހޯދުމަށް އެދި ފިންލޭންޑާއި ސްވިޑްން އިން ހުށަހެޅީ، ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް މިހާރު ކުރަމުންދާ ހަނގުރާމައާ ގުޅިގެންނެވެ. ރަޝިޔާ އިން މީގެ ކުރިން ވެސް ވަނީ، އެ ދެ ގައުމު ނޭޓޯގައި ބައިވެރި ނުވުމަށް ތަކުރާރުކޮށް އިންޒާރު ކޮށްފަ އެވެ.
ރަޝިޔާ އިން ދެކޭ ގޮތުގައި ޔޫރަޕްގެ އިރުމަތީ ބިތުގެ ގައުމުތައް ނޭޓޯގައި ބައިވެރިވުމަކީ، ހުޅަނގުގެ އަސްކަރީ ހަތިޔާރުގައި ރަޝިޔާގެ ދޮރުމަތީގައި އަތުރައިލުން ފަދަ ކަމެކެވެ. އެފަދަ ފުރުސަތެއް ނުދޭނެ ކަމަށް ރަޝިޔާ އިން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ ވެސް، ހުޅަނގުގެ ގައުމުތަކާއި ޔޫކްރޭނާ ދެމެދު އަސްކަރީ ގުޅުން ވަރުގަދަވެ، ރަޝިޔާގެ ސަލާމަތީ ރައްކާތެރިކަމަށް ނުރައްކާވާ ކަމުގެ ވާހަކަތަކެއް ފެންމަތިވެފައި ވަނިކޮށެވެ.
ސެނެޓްގައި ލިބުނު ކާމިޔާބާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވީ އަސްކަރީ ގޮތުން ގާބިލުކަން ލިބިފައިވާ ދެ ގައުމެއް ނޭޓޯގައި ބައިވެރިވުމަކީ، މިހާތަނަށް ދުނިޔޭގައި އުފެދިފައިވާ ދިފާއީ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ.
ފިންލޭންޑާއި ސްވިޑްން އިން ހުށަހެޅި ހުށަހެޅުން، މިދިޔަ މަހުގެ ތެރޭގައި ނޭޓޯ އިން ވަނީ ބަލައިގެންފަ އެވެ. ނޭޓޯގެ މެންބަރު 30 ގައުމުގެ ގާނޫނު ހަދާ މަޖިލިސްތަކުން އެ ހުށަހެޅުން ތަސްދީގުކުރުމާ އެކު، ނޭޓޯގެ މެމްބަރުކަން ދިނުމުގެ އިޖުރާއާތުތައް ފުރިހަމަކުރުމުގެ މަސައްކަތް ފެށޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަލީމު އިދުރީސް
06 August 2022
މިއޮއް ހުރިހާދުވަ ރޫސީންގެ ނުރައްކަލެއްނެތި ސުއިޑަނާ ފިއްލެޑައް އެގައުތަކުގަ ޑިމޮކުރަސީ މަތީ ދެމިތިބެވުނު އިރު ދުނިއެ ބޮޑު ހަނގުރާމަޔަކައް ދިއުމުގެ ފުސަތުއޮއް ކަމެއް ކުރަން އުޅުމަކީ ބުއްދިވެރި ގޮތެއްބާ؟
ށަވިޔަނި
05 August 2022
ސްވިޑްން، ފިންލޭންޑް، އަދި ސްވިޒަރލޭންޑް އާއި އޮސްޓްރިއާ އަކީ މިހާތަނަށް އެމެރިކާގެ ކިސަޑުގަނޑުން ސަލާމަތްވެފައި ތިބި ޔޫރަޕްގެ ގައުމުތަކެވެ. މިހާރު އެ ދެގައުމު އެއުޅެނީ އެކިސަޑުގަނޑުގެ ތެރެއަށް ވެއްޓިގަންނާށެވެ.
ބީރުބޮލު ވަޒީރު.
06 August 2022
މުޅިދުނިޔެއަށް ވެހެނީ ކިސަޑު. މީހުންގެ ސިކުނޑިއަށް ވެސް ވެހެނީ ކިސަޑު. މި ކިސަޑުން ސަލާމަތްވި އެއްވެސް ބަޔަކު ނެތް. ރަހުމަތުގެ ވާރޭ ބިމަށް ވެހުނު ދުވަހަކުން މި ކިސަޑު ފިލާނީ.