ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމަށް ދިޔަމިގިލީގައި ބޭއްވި އެސެމްބްލީގައި އެ ސްކޫލުގެ ޓީޗަރުންނާއި ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ދިޔަމިގިލި ސްކޫލް
07 އޯގަސްޓް 2022 - 15:30
އާ ތަސައްވަރާއި އުއްމީދުތަކާއެކު ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު މި ފެށުނީ އެވެ. މި ނިމުނު ދިރާސީ އަހަރުގެ ތެރޭގައި ހާސިލްކުރަން ކަނޑައެޅި އަމާޒަށް ވާސިލް ނުވި ނަމަވެސް ނުވަތަ ބޭނުންވާ ނަތީޖާ ނުލިބުނަސް މާޔޫސް ނުވާށެވެ.
މޮޅު ދަރިވަރަކަށް ވުމަށް ޕްރޮސެފަރު ހަސަން އުގެއިލްގެ މި ޕޯސްޓުން ބޮޑު އެހީތެރިކަމެއް ލިބޭނެ އެވެ. ކިޔަވާއިރު މި ފަސް ޓިޕްސް އަށް ސަމާލުކަން ދީފި ނަމަ ބޮޑު ބަދަލެއް ފެންނާނެ އެވެ.
ނޯޓު: މިއީ އުގެއިލް، އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓުގެ ދިވެހި ތަރުޖަމާ އެވެ.
ކުރާނެ މަސައްކަތް ނުވަތަ ސްޓަޑީ ޕްލޭނެއް ނެތް ނަމަ ދުވަސްތައް ފާއިތުވެ ދާނީ އެއްވެސް އަމާޒެއް ނެތި އެވެ. ނަމަވެސް ރަނގަޅު ސްޓަޑީ ޕްލޭނަކުން އެކަން ބަދަލުވެ، ވަގުތު ދިނުމުގައި އެންމެ މުހިއްމު ކަންތައްތަކަށް ސަމާލުކަން ދެވޭނެ އެވެ. ގަނޑެއްގައި ލިޔެގެން ނުވަތަ ސިކުނޑީގައި ދުވަހުގެ ޕްލޭން ރާވާލުމުން ކަންތައްތައް އޮޅުމުގެ ބަދަލުގައި ނުވަތަ ކުރަންޖެހޭ ކަންކަން ނިންމައިލެވޭނެ އެވެ.
ކާމިޔާބުވުމަށް އެޅޭ އެންމެ ބޮޑު ހުރަހަކީ ސްޓްރެސް އާއި އެންޒައިޓީކަން އަބަދު ވެސް ހަނދާނުގައި ބަހައްޓަން ޖެހެ އެވެ. ވަގުތަށް ކަންކަން ނުކޮށް ފަސްކުރުމަކީ ވެސް އެންޒައިޓީއާ ސްޓްރެސް ވުމަށް މެދުވެރިވާ ކަމެކެވެ. އެހެންވެ، ވީ ވަރަކުން ފަހަށް ކަންކަން ކުރުމުގެ އާދަ ދޫކޮށްލަންޖެހެ އެވެ. މިއަދު ކަމެއް ކުރަން ޕްލޭން ކުރުމަށް ފަހު މާދަމާ އަށް ފަސްނުކުރާށެވެ. އެއީ މާދަމާ ވެސް ކުރަންޖެހޭ އިތުރު ކަންތައްތައް ހުންނާނެ އެވެ. މި ކަމަށް އޮތް ހައްލަކީ އެ ކަމެއް އެ ވަގުތަކު ފެށުމެވެ. އުނދަގޫ ކަމެއް ނަމަ ބައިބަޔަށް ބަހާލައި މަސައްކަތްތައް ކުޑަކޮށްލާށެވެ. އޭރުން ދަތި ކަމެއް އެކަން ކުރެވި، މެނޭޖުކުރަން ފަސޭހަވާނެ އެވެ.
އެއްފަހަރާ ގިނަ ކަންތައްތައް ނުކޮށް، ފަހަރަކު ކަމެއް ކުރާށެވެ. މަލްޓިޓާސްކް ނުވަތަ އެއްފަހަރާ ގިނަ ކަންކަން ކުރުމަކީ މޮޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރިޔަސް ހަގީގަތުގައި އެއީ ތެދެއް ނޫނެވެ. އަޅުގަނޑު ދަންނަ ކާމިޔާބު މީހުން އެއް ވަގުތެއްގައި ގިނަ މަސައްކަތެއް ނުކުރެ އެވެ. ފަހަރަކު ކަމެއް ކޮށް، އެ މަސައްކަތެއް ނިމެންދެން ފުރިހަމަ އެޓެންޝަން ދެ އެވެ.
އެ މީހެއްގެ ކިބައިގައި ހުންނާނީ އޭނައާ އެންމެ ގާތްކޮށް އުޅޭ ފަސް މީހެއްގެ އުޅުމެވެ. އެހެންވެ، އެއް ގޮތަކަށް ވިސްނާ މީހުންނާއެކު، އުޅުމުން ސްޓަޑީ ޕްލޭންގައި ހިފަހައްޓައި، އެ އަށް ގަވައިދުން އަމަލުކުރެވޭނެ އެވެ. އޭގެ އިތުރުން އެންމެ ބޮޑަށް ފައިދާވާނެ ގޮތަކަށް ކިޔަވަން ފަސޭހަވާނެ އެވެ. އަމިއްލަ އަށް އެނގޭ އެއްޗެހި އެހެން މީހުންނަށް ކިޔަވައިދިނުމަކީ ވެސް އެ މީހާ އަށް އެނގޭ އެއްޗެހި ޓެސްޓު ކުރުމަށް އޮތް ވަރަށް މޮޅު ގޮތެކެވެ.
މިއީ ވަރަށް ގިނަ ކުދިން އަޅާނުލައި ދޫކޮށްލާ ކަމެކެވެ. ކިޔެވުމަކީ ބޮޑު ބުރައެއް ކަމަށް ދެކިގެން ނުވާނެ އެވެ. ކިޔެވުން ބަލަން ޖެހޭނީ އާއްމު ދިރިއުޅުމުގެ ބައެއްގެ ގޮތުގަ އެވެ. އޭގެ މާނައަކީ، މުހިއްމު އެހެން ކަންކަމަށް ވެސް ވަގުތު ހުސްކުރަންޖެހޭނެ ކަމެވެ. ސިއްހަތަށް ރަނގަޅު އެއްޗެހި ކައި، ރަނގަޅަށް ނިދައި ހަރަކާތްތެރިކޮށް އުޅޭށެވެ. އޭގެ އިތުރުން ސްކޫލްގެ އިތުރު ހަރަކާތްތަކާއި އަމިއްލަ މީހާ އަށް ހަމަޖެހުން ގެންނަ ކަންކަމުގައި ބައިވެރިވާށެވެ. އެ އަށް ވުރެ މުހިއްމުކޮށް، ހަދާފައިވާ ޕްލޭނަށް އަމަލުކޮށް، ގަވައިދުން އަމަލުކުރާށެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކިޔެވުމާއި އަމިއްލަ ދިރިއުޅުން އެއް ވަރެއްގައި ހިފަހައްޓާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕްރޮފެސަރ އޭބީސީ
09 August 2022
ކިޔެވި އެއްޗެއް ކޮބާ؟ ކުޑަކުދިންނަށް އޭ ބީ ސީ ކިޔަވައިދިނުމުގަ އުޅެނީ.
ގެދާނޯމޮސް
08 August 2022
އަމިއްލަ ނަފްސު ބިޔަފޯނުން ސަލާމަތް ނުކުރެވި އިންސާނަކަށް ނަފްސު އިސްލާހެއް ނުކުރެވޭނެއެވެ.
ޕްރޮފެސާ ޕްލީޒް ރަން ފޯ ޕްރެސިޑެންސީ
07 August 2022
ކިޔަވައިގެން ތިބި މީހުން އަރުވާ ގައުމު ހިންގަން. ތިކަހަލަ މީހަކު އަރައިފިއްޔާ ފަހަތުގަ ހުންނާނަން މަރު ދެންދެން ވެސް.
ކިރު ސައި
08 August 2022
ކިޔެވުމަކުން ވާކަމެއްނޫން ހެޔޮލަފާ ވެރިކަމަކީ. ތިގޮތައް އަޅުދާސްވެ މީހަކަށް ގޮސް ހުސްވާތީ ހުރިހާވެސް މައްސަލައަކީ.
ޕްލޭން ޔޯ ފިއުޗަރ.
07 August 2022
6) ގައުމުން ބޭރައް ހިޖުރަކުރުން! ކޮންމެ ގޮތަކައް ބެލިކަމުގައިވިޔަސް، މިހާރުވެސް، ޑރ އުގެއިލް ކަހަލަ މޮޅު އިލްމްވެރިންނައް އެޖާގަ ލިބި، އަދި ދުނިޔޭގެ ފެންވަރުގައި މޮޅު ހުނަރު އަދި އެކި ގޭމްޕްލޭ އެ ޖެއްސޭނީ މި ކުޑަކުޑަ ގައުމުން ނުކުމެ، ހުޅަނގުގެ އެންމެ ކުރީ ސަފުގައި އެހުރި ގައުމުން ގައުމަކައް ހިޖުރަ ކުރެވިގެން! ގަބޫލުވެސް ކުރަން ދަތިހާ ތަފާތު ބޮޑުވާނޭ! ޕްލޭން ގަ ވަރައް މުހިންމު، ތިމާ އައްޓަކާ، ތިމާގެ ދަރިންނައް ޓަކާ، މި ޖަންގަލިން ނުކުތުން!
ދި ފިޔުޗަރ
08 August 2022
ވަރަށް ރަގަޅު ވާހަކައެއް. ރަގަޅު އިލްމުވެރިން އެމީހުންގެ އިލްމް ބޭނުން ހިފޭގޮތަކަށް ކަންކަން ނިންމަންޖެހޭނެ. އުގެއިލް މިގައުމުގަ ހުރިނަމަ އޭނަގެ އިލްމާ ހުނަރުގެ ބޭނުން އޭނައަށްވެސް މުޖުތަމައުއަށްވެސް ނުކުރާނެ. ލިބިފައިވާ އިލްމްގެ ބޭނުން އަމިއްލަ ގައުމުން ނުހިފޭކަމަށްވާނަމަ އެހެން ގައުމަކަށް ހިޖުރަކުރުން މޮޅީ. މިސާލަކަށް ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބޭނީ އިންޑިއާ މީހުން. ގައުމު ކޮރަޕްޓް ކަމުން.
އަބްޑޫޅް
14 August 2022
"ދި ފިޔުޗަރ"، އުނހުނ. ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިބެނީ އިންޑިއާ މީހުންނެއް ނޫން. އިންޑިޔާ އަކީ ޑަބަލް ރައްޔިތުކަން ހުއްދަކުރާ ރަށެއް ނޫން. އެހެންވީމަ މިމީހުން ވިހާބޮޑުވި ރަށް ބޮލާލާޖަހާފަ ހަމައެކަނި، ދޮންމީހުންގެ ރައްޔިތުކަން ނަގައިގެން އުޅެނީ. އެކަމަކު އުޅޭއުޅުމުން ހީވާނެ، ހުސްގަޔާ އުޅުނު ގާނދީ އަށްވުރެން މިމީހުންގެ އިންޑިޔާކަން ބޮޑޭ. ދެފުށްކެހެރިން. މި ޕޮރުފިސަރަކީ އަދިވެސް ފުރިހަމަ ދިވެއްސެއްތަ؟