ރާއްޖެ އާއި މެލޭޝިޔާގައި ދެ ގައުމުގެ ޑްރައިވިން ލައިސެންސް ބޭނުންކުރުމުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ އަދި އެ ގައުމުގެ ޓްރާންސްޕޯޓު މިނިސްޓަރު ވީކާސިއޮންގް ސޮއިކުރެއްވުމަށްފަހު ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ޓްރާންސްޕޯޓު މިނިސްޓަރު
12 އޯގަސްޓް 2022 - 14:35
މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސެންސް ބޭނުންކުރެވޭ ގޮތަށް މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެ ގައުމުގައި ބޭއްވި ރަސްމިއްޔާތުގައި، ދެ ގައުމުގެ ލައިސެންސް އަނެއް ގައުމުން ބަލައިގަނެ، އެ ބޭނުންކޮށްގެން ދުއްވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖޭގެ ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ އަދި މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ވީކާ ސިއޮންގް އެވެ.
ކިޔެވުމަށާއި ޗުއްޓީ ހޭދަކުރުމަށް ގިނަ ދިވެހިން ގޮސް އުޅޭ މެލޭޝިއާގައި ރާއްޖޭގެ ލައިސެންސް ބޭނުންކުރެވޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
Speaking at the signing ceremony, Minister @aishath_nahula highlighted that this would ease mobility for Maldivians living in Malaysia and vice versa. She added that this symbolizes the strength of the relationship between the two nations. (3/3) pic.twitter.com/fPsjP1cZFd
— Ministry of Transport and Civil Aviation (@MoTCAmv) August 12, 2022
އެކަމަށް އަމަލީ ސިފައެއް ގެނެވުމުން މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ގިނަ ފަސޭހަތަކެއް ވެ، އިތުރު ލިޔެކިޔުމެއް ނެތި ލައިސެންސް ބޭނުންކުރެވޭނެ ކަމަށް އެ ރަސްމިއްޔާތުގައި ނަހުލާ ވިދާޅުވި އެވެ.
އެ އެއްބަސްވުމަކީ ރާއްޖެ އާއި މެލޭޝިއާގެ ބަދަހި ގުޅުން ރަމްޒު ކޮށްދޭ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ދެ ގައުމުގެ ލައިސެންސްގައި އުޅަނދު ދުއްވުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް އެއަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ 12 އިން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާދަނު33
14 August 2022
ދިވެހިންނަކީ ގޮތެއްފޮތެއް ބަލައިގެން ދުއްވާމީހުނެއްނޫން. މެލޭޝިއާގަ މިތާ ދުއްވާގޮތަކަށް ނުދުއްވޭނެ. ބޮޑުކޮށް ޖޫރިމަނާކޮށްލާނެ އަތްނުފޯރާވަރަށް. ރާއްޖޭގެ ފުލުހުންހެން ބިރަކުން ނޫޅޭނެ.
ޝަރަފް
13 August 2022
މެލޭޝިޔާ ރައްޔިތުންނައް ވަރަށް ތައުޒިއާ ދަންނަވަން. ދިވެހިން ދުއްވާ ކާރުތައް އެކުސިޑެންޑުކޮއް ގިނަ އަނިޔާތަކެއް މެލޭޝިޔާ ރައްޔިތުންނައް މިކަމުގެ ސަބަބުން ލިބިދާނެ ކަމަށް ގަބޫލު ކުރެވޭތީ..އެޑްވާންސުކޮއް ތައުޒިޔާ ކިޔާލީ.
ފާއިޒް
13 August 2022
ތިޔަ ނިންމާލެވުނީ މެގާ ޕުރޮޖެކްޓެއް.. ދެން އިންޑިޔާގައި ދިވެހިންނައް ބަސް ޑުރައިވަރުކަން ކުރެވޭގޮތައް ހަދަމާ.
އަޟިނާ
13 August 2022
ދެންދޭ މެލޭސިޔާގަ ވެރިކަން ކުރަން ? ވިލާ މެލޭސިއާ
ދިވެހި ލައިސަންސް އަކީ އެހެންމީހުންނައް ބިރެއް!
13 August 2022
ރާއްޖޭގެ ލައިސަންސް ރަގަޅު ވާނީ އެއްވެސް އެހެން ގައުމެއްގައި ބޭނުން ނުކުރެވުނިއްޔާ. އެއީ އެމީހެއްގެ އަދި އެހެންމީހުންގެ ރައްކަލަކައް! މާލޭގައި ކާރު ދުއްވުމުގައި ރޯޑް ރޫލްސްއެއް ނޯންނާނެ. ކުޑަ މަގަކުން ނުކުންނަ އިރު، ކުރި އަރާއިރު، ހުއްޓާއިރު، ސިގްނަލް ދިނުމުގަ، ވައްބުރު ވަށައިގެންދާއިރަކު. މާލެއައް ފަރިތަ ޑްރައިވަރަކު މެލޭޝިޔާގަ ރަގަޅުވާނީ ދިވެހި-ގަވާއިދު ހަދާން ނެތުނިއްޔާ! އެންމެ ރަގަޅުވާނީ އެގައުމެއްގެ ލައިސަންސް އަލުން ފެށިގެން ދަސްކުރިއްޔާ!
ސާއިން
13 August 2022
މީ ވަރަށް ރަނގަޅު ވާހަކައެއް.
އަބްޑޫޅް
13 August 2022
އޭރުންތާދޯ އެއްކާރު އަނެއްކާރުގަ ޖެހި، ފުލުފުލންލާނީ. ރާއްޖެ އާއި މެލީސިޔާ އާއި ތިޔައީ، ތިންވަނަ ދުނިޔޭގެ ދެ ރަށަ. ހަމަ ޔަގީނުންވެސް ތިޔަ ހިފައިގެން ޖޮހޯރު ކޯސްވޭ ހުރަސްކޮށް، އަނެއް ފަރާތުގަ އޮންނަ އެއްވަނަ ދުނިޔޭގެ، ތަހުޒީބު ރަށަށް އެރިޔަކަ ނުދޭނެ.
ލައިސަން
12 August 2022
ތީކުރާވަރުކަމެއްނޫން ބަންގާޅީންނަށްވެސް ދިވެހި ލައިސަންސުތައް 5000 ރުފިޔާ އަށް ވިއްކާ ވަގުވިޔަފާރި ހިންގާ އެއްޗެއް ، މެލޭޝިޔާ އަށް މިކަން އަންގަންވީ އަވަހަށް ، މީ ބޮޑު ގުއިފޯލި ލައިސަންސަކަށް ވެފައޮތް އެއްޗެއް.
މާލޭޝިއާ
12 August 2022
1998 ވަނަ އަހަރުން ފެށިގެން އެމްބަސީ ލިޔުން އޮތިއްޔާ ރާއްޖެ ލައިސަންސްގަ ދުއްވޭ
އަމުރުމައުރޫފު
12 August 2022
އެއްލަކިން ދޫކުރި ލައިސަންސް ތަނުގަ މައްސަލަ އުޅޭނެ އެހެންނޫނީ އޯކޭ
އިސްމާލި
12 August 2022
މެލޭޝިއާގައި މީގެ ކުރިންވެސް ރާއްޖޭގެ ލައިސަންސް ބޭނުންކުރެވޭ. ދިވެހި ލައިސަންސެއް އޮތް ނަމަ އިތުރަށް ލައިސަންސް ނަގާކަށް ނުޖެހޭ. ކުރަންޖެހޭހާވެސް ކަމަކީ ރާއްޖޭގެ އެމްބަސީ އިން ދޭ ލިއުމެއް ހޯދުން. އެއިރުން އެ ވީ. އެ ލިއުން ދައްކާލުމުން ފުދޭ. ދެން މިހާރު މި ވީ ގޮތަކީ އެ ލިއުންވެސް ބޭނުންކުރަން ނުޖެހުން ކަންނޭނގެ.
ވާއު
12 August 2022
ތި ކޮންޒަމާނެއްގެ ވާހަކައެއް އަނެއްކާ؟ ތިބުނާހެން އޮށްވާ ބަދަލުގެނެސްފަ ވަނީ ދިވެހި ލައިސަންސް ބޭނުން ނުކުރެވޭ ގޮތަށް. މިހާރު އަނބުރާ ކުރިން އޮތްގޮތަށް ބަދަލު ކުރީ އަނެއްކާވެސް، މިފަހަރު ވެދާނެ އެމްބަސީން ލިއެކިއުން ހޯދަން ނުޖެހޭގޮތަށް ކަމަށްވެސް.
ގިސްލަމާ
12 August 2022
ޕޮއިންޓަކީ ކޮބާ؟ ޔާންޓެ ކުރިކަމެކޭތަ!
ާަކޮމެންޓަރ
12 August 2022
ލިޔުން ބޭނުން ކޮއްގެން ވެސް ނުދުއްވޭ ގޮތަައް އޮންނަތާ އަހަރުތަކެއް ވެއްޖެ.
ޚަލީލްސް
12 August 2022
އެ ލިޔުން ބަލައިނުގަންނަތާ 4 ވަރަކަށް އަހަރު ވެދާނެ. އެކަމަކު ދިވެހިން ދުއްވަނީ ހަމަ ކުރީގެ ލިޔުން ހިފައިގެން.