ވެލެންސިއާ ކުރިން ކުޅުނު މެޗެއްގެ ތެރެއިން: މިރޭ ގްރާންޑޭގެ މައްޗަށް ކުރި ހޯދައި އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ --- ފޮޓޯ: އެފްއޭއެމް
14 އޯގަސްޓް 2022 - 00:37
ދަ ގްރާންޑޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ކްލަބް ވެލެންސިއާއިން އެފްއޭ ކަޕުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.
އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކުޅޭ ސެމީގެ މެޗުގައި ވެލެންސިއާ އާ ދެކޮޅަށް ނުކުންނާނީ ކްލްބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ތެރެއިން ކޮންމެވެސް ޓީމެކެވެ. ކުއާޓާގެ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު އީގަލްސް އާއި ސަސް ވާދަ ކުރާނެ އެވެ.
މިހާރު ސެމީ ޖާގަ ހޯދާފައި ވަނީ ވެލެންސިއާގެ އިތުރުން މާޒިޔާ އާއި ގްރީން ސްޓްރީޓްސް އެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ވެލެންސިއާގެ ދެ ލަނޑު ވެސް އެ ޓީމުން ޖެހީ މެޗުގެ ފުރަތަމާ 20 މިނެޓް ތެރޭގަ އެވެ. އެ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި ކީޕަރަކަށް ފުރުސަތު ދިނީ އާދަމް އިމްއާން އެވެ.
މެޗުގެ 14 ވަނަ މިނެޓްގައި ވެލެންސިއާ އަށް ލީޑް ނަގައިދިނީ އަސްހަދު އަލީ (އަޑުބަރޭ) އެވެ. ގްރާންޑޭގެ ހާފުގެ ތެރެއިން އަބްދުﷲ ޔާމީން (ޔާން) ދިން ބޯޅަ ހިފައިގެން އޭރިއާގެ ތެރެއަށް ވަދެ އަސްހަދު މަސައްކަތް ކުރީ އެ ބޯޅަ އަށް އިސްމާއީލް އީސާ އެރުމުން އޭނާ އަށް ބޯޅަ ދިނުމަށެވެ. އެހެންވެ ބޯޅަ ގޯލް ކުރިމައްޗަށް ހުރަސް ކުރި އެވެ. އެކަމަކު ގްރާންޑޭ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ބޯޅަ ރީބައުންސްވި އެވެ. އަލުން ބޯޅަ ހީޯދައި އަސްހަދު ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
\
ވެލެންސިއާގެ ދެވަނަ ލަނޑު 18 ވަނަ މިނެޓްގައި ޖެހީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ހަސަން ސުފިއާނު އެވެ. ވެލެންސިއާ އަށް ލިބުނު ކޯނަރު މުހައްމަދު އުމޭރު ނެގުމުން ގްރާންޑޭގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާ އެބޯޅަ ދިފާއު ކުރި އެވެ. ނަމަވެސް ބޯޅަ ރީބައުންސް ވުމުން އޭރިއާގެ ތެރޭގައި ހުރެފައި ސުފިއާން ވަނީ ގޯލްގެ ތެރެއަށް ބޯޅަ ވައްދައިލައިފަ އެވެ.
އޭގެ ފަހުން އަސްހަދު އަށް ހުސް ފުރުސަތެއް ލިބުނެވެ. އޭރާ ބޯޅަ ހިފައިގެން މުޅިން ހުސްކޮށް ވަނުމުން ގްރާންޑޭގެ ޑިފެންޑަރާ ކޮންޓެކްޓްވެ އަސްހަދު އޭރިއާ ތެރެއަށް ވެއްޓުނެވެ. ވެލެންސިއާގެ ބެންޗުން ޕެނަލްޓީއަކަށް އެޕީލް ކުރިނަމަވެސް ރެފްރީ ނިންމީ ފައުލު ކޮށްފައި ނުވާ ކަމަމށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަފޯޓަރ
14 August 2022
ފަސްޓް ޑިވިސަނަށް ވުރެ.. ދެވަނަ ޑިވިސަނުގެ ފޯރިގަދަވެ ދަނޑަށް ވަންނަ ސަފޯޓަރުން އަދަދު ގިނަކަމުން ތޯ ނިއުގެ ސަފޯޓަރުންނަށް ނިއުގެ ޒަމާންވީ ކާޅު ސިޑިބަރީ ނުތިބެން އެންގީ. ސަފޯޓަރުން އެތާ ތިބެންޖެންޔާ ޓީމް ޖޫރިމަނާ ކުރާނެކަން އެންގީ. ނޫނޭ އެފްއޭއެމުން ދިވެހި ފުޓްބޯޅަ ހަލާކުކުރަށް ތި ކުރާ މަސައްކަތަށް ސާބަސް. ވަކި ތާކު ތިބެން އެފްއޭމަށް އެންގޭނެތޯ?
ތައި
14 August 2022
ކީއްކުރާނީ ބައްސާމު އާއި އޭނަގެ އައުވާނުން މޭކަރާލެއް ބޮޑީ